ޕްލނިން މިނިސްޓަރު މުހައްމަދު އަސްލަމް. އޭނާ ވިދާޅުވީ ގުދަންތައް ހަދަން އިންޑަސްޓްރިއަލް ވިލެޖް ކަމު ނުދާ ކަމަށް. ފައިލް ފޮޓޯ/މިހާރު
22 ސެޕްޓެމްބަރ 2019 - 19:41
މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ކުރީގެ ސަރުކާރުން ހިއްކާފައި އޮތް ސަރަހައްދަކީ އިންޑަސްޓްރިއަލް މަސައްކަތް ކުރަން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެ ސަރަހައްދު ބޭނުން ކުރާނީ އެހެން ކަންތައްތަކަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ "އިންޑަސްޓްރިއަލް ވިލެޖް"ގެ ގޮތުގައި މިސަރުކާރަށް ވާރުތަވީ ގޮނޑެއް ކަމަށެވެ. އެތަނުގެ ބޭނުން ކުރުމަށްޓަކައި އެތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖް ހިއްކީ މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ކެމިކަލް ގުދަންތައް އެތަނަށް ބަދަލުކުރަން ކަމަށް ކުރީގެ ސަރުކާރުން ބުންޏެވެ. އަލިފާނުގެ ބޮޑު ހާދިސާ ހިނގުމާ ހަމައަށް ވެސް އެކަން ނުވެ އޮތުމުން އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލެއަކީ އެއްތަނެއްގެ ގޮތުގައި ބަަލަމުން އަންނަ އިރު ބްރިޖް ނިމިނިމި އޮއްވައި މާލެއިން ތަނެއް ހިއްކައި، އެތަން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބޭނުންކުރަން ކުރީގެ ސަރުކާރުން ނިންމީ ކީއްވެތޯ އަސްލަމް ސުވާލުކުރެއްވި އެވެ.
"މާލޭގެ ބޮޑުތަކުރުފާނު މަގުގައި، އެ ސަރަހައްދުގައި އިންޑަސްޓްރިއަލް ކަންތައްތަކެއް ހިންގަން ފެށީމާ ދެން އެތަނުގެ ޓްރެފިކަށް ވާނެގޮތާއި ތޮއްޖެހޭނެ ގޮތާ އެއާ ދޭތެރޭގައި ވެސް ވިސްނާލުން [ރަނގަޅު]. އަމިއްލަޔަށް ވެސް ވިސްނާލުން، ހަމަ ވިސްނާލުން ރަނގަޅުވާނެ،" އަސްލަމް ވިދާޅުވި އެވެ.
އެ ސަރަހައްދަކީ ކެމިކަލް ރައްކާކުރާ ގުދަންތަކެއް ހަދަން ރައްކާތެރި ތަނެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ހުޅަނގު ބަނދަރުގައި ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި ދޯނިތަކެއް އަނދައިގެން ދިޔަކަން ހަނދާން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މީހުން ދިރިނޫޅުނުކަމުގައި ވިޔަސް ތޮއްޖެހިފައި އޮންނަ ސަރަހައްދެއްގެ ވާހަކަ މިދައްކަނީ. ބަޔަކު ނުނިދަނީ އެތަނުގައި، ނުނިދަނީ ގެދޮރު އަޅައިގެން. ނިދާ މީހުން ތިބޭ އިނގޭތޯ. އެ އަލިފާނުގެ ހާދިސާގެ އަސަރު މިއަދުވެސް ހުންނާނެ ކަޅުތުއްކަލާ ކޮށިން ފެންނަން،" އަސްލަމް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖްގެ ގޮތުގައި ހިއްކިތަން ބޭނުންކުރާނެ ގޮތާ ބެހޭ ގޮތުން އަސްލަމް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ސަރަަހައްދުގައި ބޭނުންކުރާ ބޮޑެތި ވެހިކަލްތައް ޕާކްކުރާނެ ސަރަހައްދެއް އެތަނުގައި ހަދަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލެއަކީ ވެހިކަލްތަކުން ވެސް ތޮއްޖެހިފައިވާ ތަނަކަށް ވާތީ އެކަމަށް ހައްލުތައް ހޯދަމުން އަންނަ ކަމަށާ އިންޑަސްޓްރިއަލް ވިލެޖްގައި ހެވީ ވެހިކަލްތަކަށް ޕާކިން އޭރިއާއެއް ހަދަނީ އެހެންވެ ކަމަށެވެ.
"އިންޑަސްޓްރިއަލް ވިލެޖްގައި ބޮޑު ސަރަހައްދެއް ސާފުކޮށް ނިންމާފައި އެތަނުގައި ގާއެޅުމުގެ މަސައްކަތްކުރަން ތައްޔާރުވެފައި މިހާރު އެއޮތީ. ކަސްޓަމްސް ސަރަހައްދުގައި އެހުންނަ ބޮޑެތި ވެހިކަލްތައް ޕާކްކުރާނެ ސަރަހައްދެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ސަރަހައްދުގެ އެއް ބަޔަކީ އާއްމުންނަށް ވަދެ އުޅެވޭ، ބައެއް ކުޅިވަރުތައް ވެސް ކުޅެވޭ ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ. އަދި އެސްޓީއޯ އިން ވިއްކާ ކޮންކްރީޓް މިކްސްގެ މަސައްކަތް ކުރަން ވެސް އެ ތަނުން ސަރަހައްދެއް ދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސިމު
23 September 2019
ރަނގަޅު ނިންމުމެއް... މުއިއްޒު މިތަން ހަލާކު ކުރީ...
ފޮނިކަލޯ
23 September 2019
ބަލަ .....!މިހާރު ނުވަ މަސް ތި ހޭދަކުރީ ކޮންކަމެއްތޯ ތި ކުރެއްވީ ބޭކާރު ހުސް އަނގަ ނުތަޅާ އިސްތިޢުފާ ދީފަ ވަޑައި ގަންނަވަންވީނޫންތޯ ކޯންޗެކޭ ކިޔަން ތިއުޅެނީ ޔާމީނު ކަމެއްކުރިޔަސް ތި މީހުންނަކައް ނުކުރެވޭނެ ......!
އެހެންތޯ
23 September 2019
ސުބްހާނަﷲ. މިވަރުގެ ނެގަޓިވް ކޮމެންޓްތަކެއް އަދި މިސަރުކާރާ ދެކޮޅަކަށް ނުދެކެން!. %80 މީހުން ރުޅިއަތަނެއްވެސް ނުދެކެން. މިނިސްޓަރ އަސްލަމް އިބްރަތެއް ހާސިލުވާން ބޭނުންނަމަ ރައްޔިތުންގެ އަޑު ތިއޮތީ އިވިފައި.
ހަދާބަލަ
23 September 2019
އެތަން ގޮނޑެއްހެން އޮތިއްޔާ މިސަރުކާރުގައި ހުންނާނެ އެކަހަލަ ކުނި ނަގައި މުޑުދާރު ތަންތަން ސާފުކުރަން ވަރަށް ކޮލިފައިޑް މިނިސްޓަރެއް. ދަބަރުޖަހާފަ ހުރި ތަންތަން ނައްތާލާ ސާފުކުރާ ވާހަކަ މަޖްލިހުގަ ދައްކާފަވަނީ. އެތަން ގޮނޑުކޮށް އޮވެގެން ކޮން ހާހެއްތަ ތިވަނީ؟
ޝެމެކްސް
23 September 2019
ޢަސްލަމެން މޮޅު ޢަގަތެޅުން އޮތީ، 9 މަސް ދިޔަ އިރު އެެސެސްމެންޓް ހެދުމުގައި، ޙަރާމް
ކެޔޮނިރު
23 September 2019
ތަރައްގީ ގެ ޕުލޭން އޮތީ ކަޓު އެންޑް ޕޭސްޓު ހަދާ އަސްލަމުގެ ކުނފުނިތަކަށް ކޮންސަލްޓަންސީ އަށް ދީފަ، އަމަލީ މަސައްކަތް ކުރާނެ ބަޖެޓެއް ނެތް ހަމަ އެކަނި ކޮންސަލްޓަންސީ އަށް އެކަނި ބަޖެޓު ހަމަޖެހުނި، އަންނަ އަހަރު އަދި ރައްޔިތުންގެ ކޮންސަލްޓަންސީ މި ދޭންޖެހެނި ފުރީ ކޮށް
ވާލުސޮރު
23 September 2019
ތިޔަ އިންޑަސްޓްރިއަލް ވިލެޖްގެ ހަގީގަތް މިނިސްޓަރު ވަރަށް ސާފުކޮށްކިޔާދެމުން ވިދާޅުވީ އަމިއްލައަށްވެސް ވިސްނާލާށޭ. އެހެން ބުނީމަވެސް އިނގޭ މިތާ ހެޑްލައިންކިޔާފަ ކޮމެންޓުކުރާ މީހުން އަމިއްލައަށް ނުވިސްނާނެކަން. މިނިސްޓަރު ވިދާޅުވީ 180 މިލިއަން ޑޮލަރަށް ބަޔަކަށް ދީގެ ހަދަން އުޅުނީ އައިޖީއެމްއެޗް 25 ބުރި ކަހަލަ ބޮޑު ވައްކަމެއްގެ ގޮތުގައޭ. ކާކުހޭ ހުޅުމާލޭ ބުރިޖް ނިމެނިކޮށް މާލެ ފަޅު ހަލާކުކޮށްލައިގެން ތަނެއް ހަދާނީ. ވިސްނަބަލަ ކުދިންނޭ
ކާޅުސޮރު
23 September 2019
އެ ސަރުކާރުން ތިޔަ ބުނާ ކޮރަޕްޝަނެއް ހިންގަން އުޅުނުނަމަ މި ސަރުކާރަށް ނޭނގެނީތަ ކޮރަޕްޝަން ނުހިނގާނެ ގޮތަށް އެތަނުގައި ކަންކަން ކުރަން؟ ބިންކޮޅެއް ލިބޭއިރަށް ކޮންމެވެސް ކުޅިވަރެއް ކުޅެވޭނެ ތަނެއް ހެދޭތޯ އުޅެން މިސަރުކާރުން ބަލަނީ.
ރޯޒްސް
23 September 2019
އަހަރެން ވިސްނާ ވިސްނާ ތިބުނަން އުޅުނު އެއްޗެއް ނޭންގުނު.. އަހަންނަށް ވިސްނުނީ ވާލުސޮރު އަމިއްލައަށް ފައިން އެރުނީކަމަށް. 180 މިލިއަން ޑޮލަރު ދީގެން ކޮރަޕްޝަނުން އަޅަން އުޅެނިކޮށް މިނިސްޓަރ ހުއްޓުވީނަމަ ތިކަން ކޮރަޕްޝަނާނުލާ 80 މިލައަން ކުރެވުނީސްތާ؟ އަދި މާ ރަނގަޅެއްނު؟ ބްރިޖު އަޅާފައި ބޮޑުމަގަކުން އިންޑަސްޓްރިއަލް ވިލެޖާ ހުޅުމާލެއާއި ގުޅާލީމައި އަދި މާ ރަނގަޅެއްނު؟ އަދިވެސް ވިސްނަންވީ؟؟
ހޮޓްކިންގ
23 September 2019
ތިމާމެންގެ ކަމަކީ ބިމުގެ ޑިމާންޑަށް ބެލުމެއްނެތި މާލޭގެ ބޮޑެތި ބިންތަކުގައި ރޮނގުދަމާލާފައި ޕާކިންޒޯނަށް ހެދުން. އެހިސާބުން ބިމުގެ ބޭނުން ދިޔައީ. އެއީ ހޯދައިދޭ ތަރައްގީއަކީ. އެއްފަހަރުވެސް އެއްބަހެއް ނުވޭ ތިމާމެންގެ ނެތްކަން ކަމެއް ކުރާނެ ހިތްވަރެއް، ފެންވަރެއް، ޕްލޭލެއް، އަގި ގާބިލްކަންވެސް. އަބަދުވެސް ކަމަކީ ކުރީސަރުކާރަށް އެއްޗެހި ކިޔުން. ބޭކާރު ދުވަސްތަކެއް މިދަނީ.
ހަސަންބެ.
23 September 2019
މިމީޙުންނަށް ވާނެކަމެއް ހަރާމުން ހަރާންވާނެ. ބޮޑުހުސްބިމެއް ފެނިއްޖެއިޔާ މިމީހުންނަށް ގާފޮޅެއް ރާނާފައި ރޮގުދަމާލާފައި ޕާކިންޒޯނެއް ހެދީމާ އެގެނެވެނީ ތަރައްގީ. 192 މިލިޔަން ރުފިޔާގެ ހައިބަތުހުރި ޒަމާނީ ގުދަންތަކެއް ހަދަން ޗައިނާ އާއި ހަވާލުކޮށްފައި އޮތީ. އެކަމަކު މިސަރުކާރަކަށް ޗައިނާއިން ކަންތަކެއް ނުކޮށްދޭނެ. އިގިރޭސިން އެމެރިކާ އިންޑިއާ އެއީ ބަޔަކަށް މިކަހަލަ ކަމެއްކޮށްދޭނެ ބައެއްނޫން.
ވާލުސޮރު
23 September 2019
އެއީ ލޯނ،ު، ދައްކަން ޖެހޭނީ ކަޓުތަކާ އެކީގަ ރައްޔިތުންގެ ޓެކްސް ފައިސާއިން. އެވަރު ހަދަރު ނުވެސްވާނެ ތަނެއް އެއީ. އައިޖީއެމްއެޗްގެ 25 ބުރި އިމަރާތް އަގަކީ 55 ބުރީގެ ޓަވަރެއްގެ އަގުކަން އިނގޭތޯ
އަލި
23 September 2019
މީ އެއްވެސް ކެލިބަރއެއް ހުރި މިނިސްޓަރެއް ނޫން. އެމްޑީޕީ އަށް ބަލަދު އަރާފަ ހުންނަ ބޭފުޅަކާ ވައްތަރީ.. މާލޭގައި ހުސްކޮށް އޮތް ހުރިހާތަނަކަށް ވެހިކަލް އެޅިއަސް މާލެ ބޭފުޅުންގެ ގެތަކުން ޕާރކިން ޖާގަ ނުހަދާހާ ހިނދަކު ހައްލެއް ނާންނާނެ...