ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާހަކަ ދައްކަވަނީ. ރާއްޖެ އެތައް އަހަރު ފަހަތަށް ދާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި. --- ފޮޓޯ: މަޖިލިސް
09 އޮކްޓޯބަރ 2019 - 12:10
ރާއްޖެ ވާންވީ ޖަޒީރާ ރާއްޖެ އަށް ނޫން ކަމަށާއި މި ގައުމު ބަދަލުވާންވީ އެމެރިކާގެ ނިއު ޔޯކާއި ވޮޝިންޓަނާއި ސިންގަޕޫރަށް ކަމަށް ރައްޔިތުން މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރާއްޖެ އަށް ކުރިއެރުން ނުލިބެނީ ޕްލޭނެއް އަދި ވިސްނުމެއް ނެތި މަސައްކަތް ކުރާތީ ކަމަށެވެ.
ޖާބިރު ވިދާޅުވީ ޖަޒީރާ ރާއްޖެ ކިޔަނީ ރާއްޖެ 300 އަހަރު ފަހަތަށް ދިއުމަށް ކަމަށެވެ. އަދި ރައްޔިތުން އެތައް އަހަރެއް ފަހަތަށް ދާން ބޭނުން ނުވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. ރާއްޖެއަކީ ޖަޒީރާ ރާއްޖެ އެއް ނޫން ކަމަށާއި އެއީ "ދިވެހިރާއްޖެ" ކަމަށް ވެސް ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
"ރާއްޖެ ބަދަލުވާންވީ ނިއުޔޯކަށް، ވޮޝިންޓަނަށް، ސިންގަޕޫރަށް. ޖަޒީރާ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ރާއްޖޭގެ ރައްޔިތުން ޖަޒީރާވަންތަކަމެއް ދެން ބޭނުމެއް ނޫން،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ދިވެހިން އުފަންވެފައި ވަނީ ޖަޒީރާ ރަށްތަކަށެވެ. ސިޔާސީ ބޭނުމަށް ޖަޒީރާ ރާއްޖެ ޕްރޮމޯޓް ކުރުމަކުން އަދި ނުފުދޭ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރަނީ ކީއްވެހޭ ރައްޔިތުން ބިކަހާލުގައި، ފަގީރު ހާލުގައި ތިބެން ޖެހެނީ ތާ އުމުރު. އަޅުގަނޑު ހިތަށް އަރަނީ އެކަންކަން ބަދަލު ކުރަން އެބަޖެހެއޭ،" ޖާބިރު ވިދާޅުވި އެވެ.
ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޑީއާރުޕީގެ ލީޑަރު ކަން ކުރައްވާ ޖާބިރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމުކޮށް ރާއްޖެ ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
"މިކުރާ މަސައްކަތަކީ އެކިއެކި ވާހަކަތައް ދައްކައިގެން ސިޔާސީ މަގްސަދުތައް ހާސިލް ކުރުން. ސިޔާސީ ބޭނުމަކަށް ކުރާ ކަންތައްތަކުގެ ސަބަބުން ތަރައްގީ ނުވަނީ. އެކަންކަން ހުއްޓާލަން ޖެހޭ. އެ މީހަކު ހުރި ތަނަކުން އެ މީހަކު ބޭނުންވާ ކަންތައްތައް ފުދިގެން ދާން އެބަ ޖެހޭ،" ޖާބިރު ވިދާޅުވި އެވެ.
"ޖަޒީރާއޭ، އެތަނެއްގައި ތިބެގެން މަރުވާންވީ އޭ ކިއާފައި ގަބުރުސްތާނެއް ނެތް ތަނެއްގައި، ހޮސްޕިޓަލެއް ވެސް ނެތް ތަނެއްގައި މީހުން ބޭތިއްބުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށ.އަތޮޅު މީހާ
09 October 2019
ޖާބިރޫ ކޮބައިތަ ކަލޭ ކާށިދޫ ދާއިރާގެ ރައްޔިތުންނަށްވީ ވަޢުދުތައް. މަޖިލިހުގަ ޑްރާމާ ނުކުޅެ އެކަންކޮށްބަ ފުރަތަމަ.
ޝިރޫ
09 October 2019
ސިންގަޕޫރާއި ނިޔު ޔޯކާއި ދެތަނުން ކޮންމެވެސް އެއްތަނެއް ޗޫސް ކުރީމަ ދޯ އިބޫއަށް ވެސް ފަސޭހަވާނީ ތީތި އިމްޕްލިމެންޓް ކުރަން
ދާނި
09 October 2019
ރާއްޖެ އެއްވެސް އެއްޗަކަށް ވެވެނީ ރާއްޖެ ތަރައްޤީކުރާނެ ގައުމީޕުލޭނެއްވެސް ޑިޒައިނެއްވެސް ތައްޔާރު ކުރެވިގެންތާ. ސަރަހައްދު ތަކަކަށް ބަހާލައިގެން ތަރައްގީ ކުރަން ބޭނުންނަމަ. އެސަރައްދުތައް ދެނެގަނެ. ކޮންމެ ސަރަހައްދެއްގެ އާބާދީ އެއްލައްކަ ނަމަ، އާޗިޓެކްޗަރުންނާއި އެކުސްޕަޓީސް ހޯދައިގެން. ޑިޒައިންކޮށް ގޯތިގެދޮރާއި އެސަރަހައްދުތަކުގެ ވަށައިގެންވާ ނެޗްރަލް ރިސޯސްތައް ބޭނުންކޮށްގެން އާމްދަނީއާއި ވަޒީފާތަކައި ހަމަޖައްސަނެ ގޮއްވެސް ޕުލޭންކޮށްގެނެއްނު
ކުޑޭ
09 October 2019
ޖާބިރެއްކަމަކު މިފަހަރު ތި ބުނީ ރަނގަޅު ވާހަކައެއް ކިހިނެތް ތަރައްގީކުރެވޭނީ 190 ރަށުގަ މީހުން އުޅެގެން! 1000 ވުރެ އާބާދި މަދު 100 ރަށް އެބައޮތް ކިހިނެތްވާނީ
ސަލީފު
09 October 2019
ރާއްޖެހަދަން ބޭނުންވަނީ ސިންގަޕޯ ނުވަތަ އެމެރިކާ (ނިއު ޔޯކު) ފަދަ ސެކިއުލާގައުމަކަށް ނޫން! އަހަރެމެން ބޭނުންވަނީ ރާއްޖެ ސައުދީ އެރެބިއްޔާ ފަދަ ގައުމަކަށް ހަދަން!
ޒުވާނާ.
09 October 2019
ނިއުޔޯކާ ސިންގަޕޫރައް ހެދޭނީ ޖާބިރު މެން ގާސި މުމ މެން އިންކަ މް ޓެކްސް ދައްކައިގެން އޮޅުވާނުލާ ޖާބިރޫ
އަހުމަދުއަލޯ
09 October 2019
ދިވެހި ދަރިއެއް ތިޔަ. ތިޔަކަހަލަ މީހަކު އެބައުޅޭ އެމެރިކާގެ ސަރޙައްދީ ރޮނގުގައި ފާރެއް ނުރޭނިގެން
ރަދީފު ބުން ކުމާރު
09 October 2019
މައުމޫނު ދިޔައީ މިތަން ސިންގަޕޫރަށް ހަދާފައި. ޔާމީނު ދިޔައީ މިތަން ނިއުޒިލޭންޑަށް ހަދާފައި. މިހާރު ތިއުޅެނީ މިތަން ވޮޝިންޓަނަށް ހަދާން...... ނުވާނެ ހަދައިގެންނެއް.
ބަލްރޯގް
09 October 2019
ނިއު ޔޯކަކީވެސް އަދި ސިންގަޕޫރަކީވެސް ޖަޒީރާ (އައިލަންޑް) ތަކެއް
ދިވެހިމީހާ1
09 October 2019
ދިވެހިން ހަމަ މޮޔައީ. ޖަޒީރާއޭ ކިޔައިން ދިވެހިން ބޯކައިގެން ވެރިކަން ލިބިއްޖެ. ދެން ބާރަށް އަތްޖަހާ. ލޮލް