ޚަބަރު / އިސްލާމް

ތާއީދު ކުރަނީ މެދުމިނަށް، ދީނަށް ކުޑައިމީސް ކުރުން ބަލައެއް ނުގަންނަން: އެމްޑީއެން

އެމްޑީއެން ރިޕޯޓުގެ ބޭރުގަނޑު.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ އިސްލާމް ދީނުގެ މެދުމިނަށް ތާއީދުކުރާ ބައެއް ކަމަށާއި އިސްލާމް ދީނަށް ތައުހީނުކޮށް ކުޑައިމީސް ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން އެ ޖަމިއްޔާ އިން ބުނެފި އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ބުނީ ރިޕޯޓުގެ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބަސް މަގާ މެދުގައި ހިތާމަކުރާ ކަމަށެވެ.

އެ މައްސަލަ ޖަމިއްޔާގެ ސަމާލުކަމަށް އައުމާ އެކު، ރިޕޯޓުގައި ބަސް މަގު ބޭނުންކޮށްފައިވާ ގޮތާ މެދު ރައްޔިތުންގެ ކިބައިން މާފަށް އެދި، ރިޕޯޓުގައި ހުރި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށް ރިޕޯޓު އަނބުރާ ގެންގޮސްފައިވާކަން އެމްޑީއެންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓާ ގުޅިގެން ފުލުހުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އަޅުގަނޑުމެންނަކީ މެދުމިނަށް ތާއީދުކުރާ ސުލްހަވެރިކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މާތްވެގެންވާ އިސްލާމް ދީނަށް ތައުހީނުކޮށް ކުޑައިމީސް ކުރުމަކީ މި ޖަމިއްޔާ އިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫނެވެ،" އެމްޑީއެންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީއެން އިން ބުނި ގޮތުގައި ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު އެބަ އޮތް ކަމަށެވެ. ޓެރަރިޒަމްގެ ހަރަކާތްތައް ހިންގައި އެކަމުގައި ޒުވާނުން ޝާމިލްކުރުވުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތްތަކާއި ވަކި ފަރުދުން މަސައްކަތް ކުރަމުންދާ ކަން އެ ޖަމިއްޔާ އިން 2016 ގައި ނެރުނު ދިރާސާ އިން ފެންނަން އެބަ ކަމަށް ބުނެފައިވެ އެވެ. މި ކަންކަން ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހުއްޓުވަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

"އެކަންތައްތައް ފޮރުވަން މަސައްކަތްކޮށް އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކުގެ ފޯކަސް ގެއްލުވާލައި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރެވެ އެވެ،" އެމްޑީއެން އިން ބުނެފައިވެ އެވެ.

އެމްޑީއެން އިން ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ އަނިޔާވެރިކަމަށް ގޮވާލުމަށް އެއްވެސް ހާލެއްގައި ފުރުސަތު ނުދިނުމަށާއި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ހަރަކާތްތެރިވާ ޖާގަ އިތުރަށް ހަނިކުރުމުގެ ފުރުސަތު ނުދިނުމަށް އެންމެހާ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.

އެމްޑީއެންގެ މެމްބަރުން ހައްޔަރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުން އަންނަ ދަނޑިވަޅުގައި އެމްޑީއެން އިން ބުނީ ޖަމިއްޔާގެ މުވައްޒަފުންނާއި މެމްބަރުންނަށް ފުރައްސާކޮށް މަރުގެ އިންޒާރު ދިނުން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލުތައް ކުރާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ.

ބަޔާނުގައި ވަނީ އެމްޑީއެން އުފެދުނީއްސުރެ މިހާތަނަށް ވެސް އެ ޖަމިއްޔާ އިން އަންނަނީ ދިވެހި މުޖުތަމައުގައި އުފެދޭ، ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ބޮޑެތި މައްސަލަތަކުގައި ކަމުގެ ހެވަށް ބުރަވެ، ވަކާލާތުކޮށް އެ މައްސަލައެއް ހައްލުކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓް ބަލައިނުގަންނަ ކަމަށާއި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކުރި ކަމެއް އަދި ނޭނގެ އެވެ. މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސް ކަމަށް ބުނެ ދީނީ އިލްމުވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

24 ކޮމެންޓް, 103 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 2%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

120687

01 April 2022

ތިޔަ ގަބޫލު ކުރާ އިސްލާމްދީނަކީ ކޮބައިތޯ، އަހަރުމެން މި ތިބީ ޝައްކެއްގެ މަތީގައި. ނިކަން ސާފު ބަހުން އެ އިސްލާމްދީނަކީ ކޮބައިކަން ކިޔައިދޭންވީނުން. އިސްލާމްދީނަކީ ކަލޭމެން ދަންނަ މެޖޯރިޓީއަށް ހިނގާ ދީނެއް ނޫން. އެއީ ހުރިހާ ބާރެއް މިލްކުވެވޮޑިގެންވާ އޮތޯރިޓޭޓިވް އޯލްޕަވާފުލް އޯލްނޯވވިންގ ފަރާތަކުން، އެ ފަރާތުގެ މިލްކުގައިވާ އަޅުތަކުން މެދުގައި ހިންގުމަށް އަމުރު ކުރައްވާފައި ޝަރީޢަތެއް ހިމެނޭ ދީނެއް. ވަންސް ޗޯސެން އިސްލާމް އިޒް ނޯ މޯ އަ ޗޮއިސް.

The name is already taken The name is available. Register?

ސަފޫ

10 October 2019

ނޫޝީނަށް އަދަބު ލިބުނީމަ ނޫނީ އަހަރުމެންގެ ވޯޓު ކައުންސިލް އިންތިހާބުގަ ލާނީ އިދިކޯޅު ކެނދިޑޭޓުންނަށް އިނގޭ!

The name is already taken The name is available. Register?

އެކުލަވާ

10 October 2019

ގިނަ މީހުންނަކަށް ނޭނގޭ ތިޔަ ކިޔާ މެދުމިނެއް. އެއީ ލާ ހެދުމުގެ އަތް މެދާ ހިސާބަށް ހުރުންތޯ، ލާ ޓޮޕާ ގަމީސް ހަށިގަނޑުގެ މެދާހަމައަށް ހުރުންތޯ އިސްތަށިގަނޑު ވަކި ހިސާބަކަށް ހުރުންތޯ ކިޔާދިނީމަ އެނގޭނީ. ތިޔަ ކިޔާ މެދުމިނުގެ ތަފްސީލު ކިޔާ ދިނީމަ އެންމެންނަށްވެސް ސާފުވާނެ ދީނީ މިންގަނޑުން ކިހާ މެދާ ކައިރީގަކަން ތިބަޔަކު އަސްލު ތިޔަ ތިބީ.

The name is already taken The name is available. Register?

ބޮޑު ހަސަންބެ

10 October 2019

ބަލަ ދީނުގަ ވަކި މިނބެއް ކަނޑައަޅާފައެއްނޯވޭ. މީ ކީ މިނެ ކިރާ އުޅޭ އެއްޗެއްތަ. ހިސާބަކަށް ބުއްދި ގަބޫލުކުރާ އެއްޗެއް ކިޔާބަލަ ޝަހިންދާ... އިއްޔެގެ މަޖިލީހުންވެސް އެމް.ޑީ.ޕީ މެންބަރުން ތަކެއް ޝަހިންދާ އައް ތާއީދުކުރި. ހުސް އަންނިގެ ޕުރޮޕެގެންޑާ މި ފެންނަނީ.

The name is already taken The name is available. Register?

ދޮންމީހަ

10 October 2019

ޤުރުއާންގެ އާޔަތްތައް ދޮގުކޮށްފަ މި ބުނަނީ މެދުމިނުގެ ދީނޭ. މިޔައްކިޔަނީ ހައްދު ފަހަނ އެޅުން.

The name is already taken The name is available. Register?

5555

10 October 2019

މުސްލިމް ނޫނަސް އިލްމުގެ އަހްލުވެރިއަކު، ކާއިނާތުގެ ވެރި އިލާހަށް ކުޑައިމީސް ބަހެއް ނުބުނާނެ. އީމަން ނުވެދާނެ. އެހެނީ އީމާން ކަމަކީ ﷲ ގެ ހެޔޮރަހްމަތް ލިބިގެންވާ އަޅުންނަށް އެކަނި ލިބޭ އެއްޗެއް.

The name is already taken The name is available. Register?

ރަބަރު

10 October 2019

ދީނަކީ މިންއަޅާ އެއްޗެއްނޫނެވެ. ދީނުގައި މިންއަޅަން ފެށީ ޔަހޫދީ ނުވަތަ ޞަހްޔޫނީންނެވެ. ދުނިޔޭގެ މީޑިއާގައި ނުފޫޛު ގަދަ ޔަހޫދީން މީހުން އޮޅުވާލަން ތިފާޑުގެ ނަންތައް ދުނިޔޭގައި އާންމުކުރުމަކީ އެމީހުންގެ ކިބައިގައި ހަރުލާފައިވާ ނުބައި ނުލަފާ އާދައެކެވެ. އިސްލާމް ދީނަކީ ވުޖޫދަށް އައުމުގައިވެސް އިޢްތިދާލު ގެ ދީނެވެ. މުސްލިމުންގެ ތެރޭ މިންތައް އެޅޭނެ ބަޔަކު ތިބެދާނެއެވެ. އެއީ ދީނާ ގުޅޭކަމެއްނޫން. وكذلك جعلناكم امة وسطا

The name is already taken The name is available. Register?

ކިލާސް

10 October 2019

މިއީ ދިވެހިންގެ ސުއޫރުތަކަށް އިހުތިރާމު ނުކުރާ ޖެއްސުން ކުރާ ބައެއް.

The name is already taken The name is available. Register?

ނޫރު

10 October 2019

އެމީހުން އެކުރީ ކުށެއްކަމަށް އިއުތިރާފްވެ މާފަށް އެދެފި.. ދީނުގައި އޮންނަނީ ކުށެއްކުރެވުނީމަ ތައުބާވެ އިސްލާހުވާން.. އެމީހުންގެ ފަރާތުން އެކަހަލަކަމެއް ތަކުރާރު ނުވަންޏާ ދީނުގަ އޮންނަ ރީތި އުސޫލުން ނަމޫނާ ދައްކައި އެމީހުންނަށް މާފްކުރުން ރަނގަޅު.. އިސްލާމް ދީނަކީ ރަހްމަތުގެ ދީން.. އެކަން މުސްލިމުންގެ ފަރާތުން ފެންނަ ނަމަ..

The name is already taken The name is available. Register?

ސަކީނާ

10 October 2019

އިލްުމުވެރިން ސިޔާސީ މަންފާހޯދަން ވިސްނަައިދެނީ އެހެންގޮތަކަށް.

The name is already taken The name is available. Register?

އެހެންތޯ

11 October 2019

ކިހިނެތް އިނގެނީ އެމީހުން ތައުބާ ވެއްޖެކަން؟ އެމީހުން ދެރަވަނީ ރިޕޯޓްގައި އޮތް އެތި އެހެންމީހުން ގޯސްކޮށް ވިސްނުނީމައި.. ރިޕޯޓުގެ "ބަސްމަގު" ވަކިގޮތަކަށް ބެހެއްޓުނީމައި. މާނައަކީ އެމީހުން އަދިވެސް އެރިޕޯޓްގައި ބުނަން އެއުޅޭ އެއްޗަކަށް ތާއީދު ކުރާކަން. އެއީކީ ތައުބާ ވުމެއް ނޫން އަދި މާފަށް އެދުމެއްވެސް ނޫން. އެއީ "އަހަރެން ބުނަން އުޅުނުއެއްޗެއް ކަލޭ ގޯސްކޮށްނެގީމައި އެކަމަށް މާފަށް އެދެންޖޭނަމަ މާފަށް އެދެމޭ" ބުނުން ކަހަލަ ކަމެއް..

The name is already taken The name is available. Register?

ކުޑި

10 October 2019

ދީން ނޭނގޭތާ އިނގިރޭސި ވެސް އެގޭ ބައެއް ނޫން ކަންނޭނގެ... ބަލަ އެ ރިޕޯޓުގައި ހުރީ ބަހުރުވައިގެ މައްސަލައެއް ކަމަށް މި ބުނަނީ ކާކު

The name is already taken The name is available. Register?

ބޮޑުމީހާ

10 October 2019

މިދެން ގަރުނުގެ ބޮޑު ޖޯކު. އަމިއްލައަށް ނެރެ އަމިއްލައަށް ކުށްވެރިކޮށް އަމިއްލައަށް އިސްލާހުކޮށް. ސަރުކާރު ހިގާ އުސޫލުން އެމްޑީއެންވެސް ތިހިގަނީ، ޖަމްއިއްޔާތަޢް ވިލަރެސް ކުރާ ޔޫތު މިނިސްޓަރުވެސް ތިކަން ހަމަ ކުށްވެރިކުރީ، ޢަމިއްލަ ސަރުކާރެއް އޮވެފަ، އިސްލާމިކް މިނިސްޓަރަށް އަދި ފުލުސް ކޮމިޝަނަރަށް ތިކަމާ ކުރެވުނު ކަމެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454