މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވާހަކަ ދައްކަވަނީ. މާލޭގައި އެތައް ޒަމާނެއް ވަންދެން ހާލުގައި ދިރިއުޅޭ މީހުން ތިބި ކަމަށާއި އެމީހުންނަށް ގޯއްޗެއް ހައްގު ކަމަށް ވިދާޅުވި. --- ފޮޓޯ: މަޖިލިސް
10 އޮކްޓޯބަރ 2019 - 14:24
ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލައްވައިފި އެވެ.
ހުޅުމާލޭގެ ބިމަކީ މާލޭގެ ރައްޔިތުންނަށް ހައްގު ބިމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވި މައްސަލައިގައި އޭނާ އަށް ބައެއް މެމްބަރުންނާއި އާންމުންގެ ފަރާތުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. ބައެއް މީހުން ބުނީ، އެއީ މާލެ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ނިކަމެތިވާ ގޮތަކަށް ބޮންޑޭ ވިދާޅުވި ބަސްތަކެއް ކަމަށެވެ. އެކަމަކު، މަޖިލީހުގައި ވިދާޅުވި ވާހަކަތައް، "މިހާރު" އަށް މިއަދު ދެއްވި އިންޓަވިއުގައި ވެސް އޭނާ ދިފާއު ކުރެއްވި އެވެ.
ބޮންޑޭ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން މަޖިލީހަށް އިންތިޚާބުވި ހުރިހާ މެމްބަރުން ވެސް، މާލެ ވަޑައިގެން މާލެ އިން ހޯއްދެވީ ގޯތި ކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެނބުރި އެ ބޭފުޅެއްގެ ރަށަށް ވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް އޮތީ އޭރުގައި އޮންނަ ރައީސަކަށް "ސަނާ" ކިޔައި "ހުޝާމަދު" ކުރާ މީހުންނަށް ގޯތި ލިބޭ ގޮތަށެވެ. އަދި މިއަދާ ހަމައަށް އައި އިރު، އެ ސަގާފަތަށް ނިމުމެއް ނާންނަ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ފުރަގަސް ދީގެން ރައީސަށް ހުޝާމަދު ކޮށްފައި އަޅުގަނޑު ހޯދާނެ ގޯއްޗެއް ނުވަތަ ފްލެޓެއް ނޯންނާނެ. އަޅުގަނޑެއް ރައީސަކަށް ސަނާއެއް ނުކިޔޭނެ،" ---ބޮންޑެ
އެކަމަކު، 19 ވަނަ މަޖިލިހުގައި ތިއްބެވި ރަށްރަށުގެ މެމްބަރުން މެމްބަރުންނަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވި މަޖިލިހުގައި އެންމެ ގިނަ އަދަދަކަށް ތިއްބެވީ އެމްޑީޕީގަ އެވެ. މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.
މަޖިލިހުގެ ކުރީ ސަފުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު. --- ފޮޓޯ: މަޖިލިސް
"ރައްޔިތުންނަށް ފުރަގަސް ދީގެން ރައީސަށް ހުޝާމަދު ކޮށްފައި އަޅުގަނޑު ހޯދާނެ ގޯއްޗެއް ނުވަތަ ފްލެޓެއް ނޯންނާނެ. އަޅުގަނޑެއް ރައީސަކަށް ސަނާއެއް ނުކިޔޭނެ،" ބޮންޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހޮވިވަޑައިގަތީ އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކަމަށާއި އޭނާގެ މަގްސަދަކީ އެކަންކަން ރައްޔިތުންނަށް ފުރިހަމަކޮށްދިނުން ކަމަށެވެ. އޭނާގެ ދާއިރާގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރު ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ. އެޖެންޑާ 19 ގެ ސިޔާސަތުތަކުގެ ދަށުން އެންމެ ބޮޑު ވައުދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
"ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގޭނީ އެ ދާއިރާއެއްގެ މެމްބަރަކު އެ ދާއިރާގެ ތަރައްގީ އަށް މަސައްކަތް ކޮށްގެން. ރައްޔިތުން ޖީބަށް ވަންނާނެ އާމްދަނީ ހޯދަން އެ ރަށެއްގައި ތިބެގެން މަސައްކަތް ކުރަން އިސްނަގާނެ ބަޔަކު އުފަންވާންވީ. އެއީ އަޅުގަނޑުގެ ހިޔާލަކީ މިކަމުގައި،" ބޮންޑޭ ވިދާޅުވި އެވެ.
އެކި ރަށްރަށުގައި ދިރިއުޅޭ މީހުން އެ ރަށްތައް ދޫކޮށްފައި މާލެ އަންނަ ނަމަ، ރަށްތަކުގެ ކޮންޓްރޯލް ނަގަމުން ދަނީ ބިދޭސީން ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން އުޅޭއިރު، "ދަނޑު ހައްދައި، ގެސްޓް ހައުސް" އަޅައި އެފަދަ ބައިވަރު ވިޔަފާރިތައް ރަށްރަށުގައި ހިންގާ ކަމަށެވެ.
އަދި ވިދާޅުވީ ހުޅުމާލެ އަށް ވަޒަންވެރި ވާން ޖެހޭނީ އެ ސަރަހައްދުގައި އެންމެ ގިނަ ދުވަހު އުޅުނު މީހުން ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަފްތަރެއް ހަދާފައި އެ ދަފްތަރުގައި ޖައްސާ މީހުންނަށް ހުޅުމާލެ އިން ގޯތި ދެވޭ އުސޫލަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި ތިބީ ވެސް ރާއްޖެތެރެއިން އައިސް ތިބި ގިނަ މީހުން. އެމީހުން މާލޭގައި އުޅޭތާ 100 އަހަރު، 50 އަހަރު، 20 އަހަރު، 10 އަހަރު ވެފައި އެބަތިބި. އެމީހުންނަށް ހުޅުމާލެ ނޫނީ މާލެ ކައިރި ސަރަހައްދަކުން މާ ބޮޑަށް ވެސް ގޯތި ހައްގު،" ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑެގެ ވާހަކަތަކަށް ރައްދު ދެއްވައި މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ހުޅުމާލެ އަކީ ރާއްޖޭގެ އެންމެންގެ އަވަށެއް ކަމަށާއި އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްގީ ކުރާ ތަނެއް ކަމަށެވެ. ބަހުސްގައި ބައެއް މެމްބަރުން ވާހަކަ ދެއްކެވީ ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ނިކަމެތިވާ ގޮތަށް ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްލި
15 October 2019
މާލޭ މީހުން ގެދޮރުއަޅަން ލޯނު ނެގީމާ އެ ދައްކަނީ ރާއްޖެތެރޭ މީހުން.ބޮންޑޭ އެ އުޅެނީ އޮޅިގެން.
ސިލް
14 October 2019
ބޮންޑާއަށް ހީވަނީތައް ކަލޭމެންގާނޫނު ހަދަން މަޖިލީހަށް ނަމުގައި ވަދެފަ ތިކަހަލަ ބަހުސަކުން ފަރުޖެހިދާނެކަމަށް. ނޫން ގާނޫނު ހަދާ! މާލޭމީހަކަސް ރާއްޖެތެރޭ މީހަކަސް ދައުލަތުގެ ބިން އެންމެންނަށް ހަމަހަމަ ވާންޖެހޭނެކަމަށް. ރާއްޖޭގެ ކޮންމެތަނެއްގައި ދައުލަތުން ހޭދަކޮށްފަ ހަދާ ފުލެޓްތައް ވެސް ހަމަހަމަވާނޭކަމަށް. އޭގެފަހުން ޒުވާބަކަށް ދަނީ.
ކަތީބް
13 October 2019
މިއީ، ވަރަށް ގޮތްކުޑަ މެމްބަރެއް. ގައުމުގެ ހަލާކު
ހަބޭސް222
13 October 2019
މިސޮރު މިހުރީ މާލޭ މީހަކަށް ވީތީ ވަރަށް ވެފަ ދޯ! ހަރާމުން ހަރާމް އަތުން ފައިން މަސައްކަތެއް ކުރާނަމަ، އެހޮޓަލުން މިހޮޓަލުން، ގެ ބޮޑުއަގުގަ ކުއްޔަށްދީފަ އެފައިސާއިން ނާޗަރަންގީ ކުޅުންފިޔަވާ އިތުރު ކަމެއް މިސޮރަކަށް ކުރެވޭ ކަމަކަށް ނުވޭ! ކަލޯ މި މާލެ، މާލެއަކަށް ހެދީ ކޮންބައެއްތޯ ވިސްނާ ފިކުރު ކޮށްބަލަ! ރައީސް އިބޫއަށް ދަންނަވަން މާލޭގަ މިއޮތް ވެރިކަން ކޮންމެވެސް އެހެންރަށަކަށް ބަދަލުކޮށްދެއްވާ!
މިޙުއްމާ
12 October 2019
މިކަހަލަ ނަސްލީ އިމްތިޔާޒްގެ މީހުން މަޖްލިސްގަ ތިބުން ރަގަޅެއްނުން. ދެންފަހަރަކު ދާއިރާގެ ރައއޔިތުން ވިސްނާނެ ކަމަށް އުއްމީދު ކުރަން.
ޟިމިމު
12 October 2019
ޙުޅުލެއަކީ ޒަމާނުއްސުރެ މާލޭގެ ބައެއް. މާލެމީހުން އެއީ ހިންހެޔޮބައެއް. މާލެއެވަރައް ތޮއްޖެހުންއިރުވެސް ރާއްޖެތެރޭމީހުންނައް ރަންގަޅު. މިއަދު މާލެމީހުންނައް ޙުޅުމާލެ ދިރިއެޅެން ދޫދޭންޖެހޭ. މާލެއެއޮތީ ތޮއްޖެހު ބާރުވެފަ. ބޮންޑާ އެދައްކާވާހަކަ އަޑުއަހާ. ސިއާސީ ނުވޭ. ދޫދީ.
ޝަރީފް1
05 November 2019
ދޫ ދެވޭކަށްނެތް ޙުޅުލެއަކީ ހުރިހާ ދިވެހި ރައްޔިތުންގެ ހައްގެއް
ލޮބީބު
15 January 2020
ބަލަގަ ހުޅުލެ ހިއްކަން މިރާއްޖޭގެ ހުރިހާ ހިސާބަކުން މީހުންގެނެސް ޗަންދާނަގާހެދި. ބޮންޑާ މާލެވީމަ އެކަން ނޭގިދާނެތީ ބުނެލީ. ވެރިކަންކުރާރަށް މާލެ ނޫން ރަށަކަށް ބަދަލެވެއްޖެއްޔާ ދެންތިނަގާ ބޮޑުކުލި ނެގިދާނެބާ. ދުނިޔެމިދަނީ ބަދަލުވަމުން. މާދަން މިމާލޭގެ އުޅެންބޭނުންވާ އެކަކުވެސް ނުހުރެދާނެ. ތިމާ ވާހަކަދައްކާއިރު މިކިޔޭނުކިޔޭ ރަނގަޅަށް ވިސްނާފަ ވާހަކަދެއްކުން އެދެން. ހެޔޮވިސްނުން ދެއްވާށި.
ނީރާ
11 October 2019
ބޮންޑޭ. ބުނަންތަ ވާހަކައެއް. މާޅޭގަ ހުރި ސަރުކާރު އޮފީސތަކުންނާ އެހެނިހެން.މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތްދެނީ ހަމައެކަނި މާލޭ މީހުންނެއްނޫން. ބޮޑު ޢީދެއްގައިވެސް އަދި އެހެން އިރެއްގައިވެސް މާލޭމިހުން އަތޮޅުތެރޭގެ ރަށަކަށް އަރަން ނޫޅޭތި.
ހުހު
11 October 2019
ހުވަދޫ ، އައްޑޫ ނެއްނަމަ ދިވެހިރާއްޖޭގަ އަދިވެސް އޮންނާނީ ރަސްކަން. މާލޭމީހުން ދިވެހިންނައް ވަކިނަމަކުން ގޮވާ - ރާއްޖެތެރޭ މީހުންނޭ ކިޔަނީ ތަފާތުކުރުމައްތަކާ. އެތަފާތުކުރުން ބޮންޑާ ގެފަރާތުންތިފެންނަނީ. މީކީ އަލައްވާކަމެއްނޫން. މިއީ ރާއްޖެތެރޭމީހުން ގެ ކުރިއެރުން ހުއްޓުވާ ސަގާފީގޮތުން މާލެމީހުން ކުރާކަމެއް.
އާލިން
11 October 2019
މި ސަރަހައްދަށް ތޮށްޖެހުން ހައްލު ވާނީ މި ސަރަހައްދަ ނިސްބަތް ނުވާ މީހުން މިތަނުން ބިން ހޯދައިގެން މިތަނުގައި މުޅި އުމުރު ދިރިއުޅެން ނުވިސްނާ ދުވަހަކުން. ރަށުން ގޯތި ހޯދާފަ އެތަނުގައި ގެސްޓަހައުސް ހަދާފަ އައިސް މުޅި އާއިލާ މާލޭގައި. އެގެސްޓް ހައުސްއަށްދާ މާލޭ މީހާާ ކޮޓަރި ހިފަން ދައްކަންޖެހޭނީ ހަމަ ބޮޑު ރޭޓް، އެހެންވީމަ ރާއްޖެތެރެ މީހާވެސް މާލޭގައި ކުލި ދައްކަންޖެހެނީ ހަމަ ބޮޑުކުލި.ސަބަބަކީ ދެތަނުގައި ވެސް އިންވެސްޓްކުރަނީ ވިޔަފާރި ވެރިން ވީމަ.
ޟިމި
11 October 2019
ތީމުޅިންއާވާހަކައް.
ވޯލް
11 October 2019
އެބުނާ ވާހަކަ ރަގަޅު 300،000 ހާ މީހުންގެ ޤައުމެއްގައި އެންމެ މާލޭއިން ގޯތި ބޭނުންވަނީ، ދެން ހަމަ އެނޭވާގަ މިގޮވަނީ ރަށްތަކަށް ޚަރަދު ކުރާށޭ. މާލޭއިން ހަމަ ކޮންމެ މީހަކަށް ގޯތި ލިބެން އޮތް އުސޫލު ހަނިކޮށް އެމީހަކު ނިސްބަތްވާ ރަށަކަށް ނޫނީ ދާއިރާއަކަށް އެމީހަކު ކާރި މުސްތަޤްބަލެއްގައި ދިއުމުގެ ވިސްނުން ގެންގުޅެގެން ރަށްރަށް ތަރައްޤީވާނީ، މީހުން ތިބިގެން ރަށްތަރައްޤީ ކުރެވޭނީ. މިހާރު ރަށްރަށުގެ ހާލަތު އޮތީކީ މީގެ 20، 30 އަހަރު އޮތް ގޮތަކަށް ނޫން،