ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް
14 އޮކްޓޯބަރ 2019 - 11:48
ގާނޫނު ހެދުމުގެ އެންމެހައި ކަންކަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ކަމަށާއި މަޖިލިހުގެ ވަސީލަތްތައް ބޭނުންކުރަނީ "ގެއަށް ލައި[ގެން] ކާނެ އެއްޗެއް ހޯދަން ނޫން" ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު "އައްޑަނައަކަށް" ގާނޫނުއަސާސީ ނަންގަވައި ވިދާޅުވީ އޭގެ ދަށުން ގާނޫނު އެކުލަވާލުމާއި ގާނޫނަށް ބަދަލު ގެނައުމާއި ގާނޫނު އުވައިލުމުގެ އެންމެހާ މަސައްކަތް ކުރަން ޖެހޭނީ މަޖިލިހުން ކަމަށާއި "މިއީ ދިވެހި ދައުލަތުގެ ގާނޫނު ހަދާ މަޖިލިސް" ކަމަށެވެ.
"ބިލެއް ހެދުމުގައި ބައެއް ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާ މި މަޖިލިހުގެ ވަސީލަތްތައް އެމްޑީޕީ ނޫނީ އެހެން ޕާޓީތަކުން ބޭނުން ކުރާ ވާހަކަ. މަޖިލިހުގެ ވަސީލަތްތައް ބޭނުން ކުރެވެނީ ތިއިން އެއްވެސް ބޭފުޅެއްގެ ގެއަށް ލައި[ގެން] ކާއެއްޗެއް ހޯދާކަށް ނޫން. ގާނޫނު ހަދަން،" ނަޝީދު ވިދާޅުވި އެވެ.
އެއްވެސް މެމްބަރަކު އެއްވެސް އެއްޗެއް ވިދާޅުވުމުގެ ކުރިން ނަޝީދުގެ އެ ވާހަކަ މި އައީ، މަޖިލިހުން ބިލްތަކެއް ޑްރާފްޓްކުރަން ފެށުމުން އެކަމާ ބައެއް މީހުންގެ ފާާޑުކިއުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.
ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބު އޮފީހުން ހަދާ ގާނޫނެއް މަޖިލިހަށް ހުށަހަޅަން އެއްވެސް ހާލަތެއްގައި ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މަޖިލިހުން ގާނޫނެއް ހަދާއިރު، އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ މަޝްވަރާ ހޯދުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ބިލް ޑްރާފްޓް ކުރާ އިރު، ނަޒާހަތްތެރިކަމާ ގުޅިފައި އޮންނަނީ މަޖިލިހުގެ މެމްބަރުންގެ ގެއަށް "ލައި[ގެން] ކާ އެއްޗެއް" ނުވަތަ "އަންނައުނެއް [ގެންދަން] މިތަނުން ވަސީލަތްތަކާ އެކު ބޭނުން ކުރީމަ" އެވެ. އެކަމަކު ދިވެހި ދައުލަތުން އިންތިޒާމުކޮށްފައި އޮންނަ ގޮތުން މަޖިލިހުގެ ވަސީލަތްތައް ބޭނުންކުރާނީ ގާނޫނު ހަދަން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑަށް ފެންނަ ފެނުމުގައި އެއްވެސް އޮޅުމެއް ނެތް މަޖިލިހުން ގާނޫނު އެކުލަވާލުމުގެ މަސައްކަތް ދާނީ ކުރިއަށް،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ މި ދައުރުގެ ތެރޭގައި 20 ބިލެއް އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް ބަޔާންކޮށް ނަޝީދަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އަދި ނަޝީދު ވަނީ ކަމާ ގުޅޭ ކޮމިޓީތަކަށް ސިޓީފުޅުތަކެއް ފޮނުއްވައި ކޮމިޓީތަކުގެ މެމްބަރުން ބިލްތަކުގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ފުރިހަމަކޮށް ނިންމައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ބައެއް ކޮމިޓީތަކުން ވަނީ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
މަޖިިލިހުގެ ކޮމިޓީތަކުން ބިލްތަައް ޑްރާފްޓްކުރަން ފެށިކަން މީޑިއާ އިން ތިލަވުމާ އެކު، ބައެއް މިނިސްޓަރުން ވަނީ އެކަމަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވައިފަ އެވެ.
ކުޅިވަރާއި ޒުވާނުންނާ ބެހޭ މިނިސްޓަރު އަދި ދެ ދައުރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވި އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސަރުކާރުން ހުށައަޅާ ބިލްތައް ޑްރާފްޓްކުރާނީ ސަރުކާރުން، އެއީ އޭޖީ އޮފީހުން ކުރައްވާ މަސައްކަތެއް" ކަމަށެވެ.
މަހުލޫފްގެ ޓްވީޓަށް ފަހު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ގޮތުގައި ސަަރުކާރުން މަޖިލިހަށް ހުށައަޅާ ބިލްތަކަކީ، "ސަަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތެވެ". އަދި ނަޒާހަތްތެރި މަޖިލީހަކުން އެ ފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޖައިބު
14 October 2019
މީނާ އަށް މުސާރަޔާ އިނާޔަތް ތަކާއެކު ލިބޭވަރު ނޫހެއްގައ ޖަހާލަދީބަލަ
ކުރޮޅި ކަތީބު
14 October 2019
އަން! މިއުޅެނީ ކާއިގެން ލާނެއެއްޗެއް ނުލިބިގެން
ފަރުދާގެ
14 October 2019
މިއުޅެނީ ބޮޑު ވަޒީރުކަން، މަށަށް ލިބޭ ގޮތަށް ގާނޫނީ ނިޒާމް ބައްޓަންކުރަން....
ތަސައްރަފް
14 October 2019
އެހެންވިއްޔާ ތިބުނީ ކޯޓުތަކުން މައްސަލަ ނުނިމި ގިނަދުވަސް ވާނަމަ އަމިއްލައަށް ފައިސަލާކޮށް ހުކުމް އިއްވާ ނިންމާލަން ވީއޭތާ. ގާނޫނުހަދާ މަޖިލީހުގެ ވެރިމީހާ ބުނީމަ ދެން އެހެންތާ ހަދަންވީ. މީނަގެ ހަމަބުއްދި ހުރިތޯވެސް ބަލަން ބިލެއް ހުށަހަޅާބަލަ.
ފިނިވައި
14 October 2019
ލައިގެން ކާނެ އެއްޗެއް ނޫން. މުޅި ދައުލަތް ދޮވެލަން.. ފަސާދައިގެ ބައްޕަ..
ޙަސަންތަކުރު
14 October 2019
ދިވެހިރައްޔިތުންގެ ހަޢްޤުގާ، ދިވެހިރައްޔިތުންގެ މުސްތަޤުބަލަށްޓަކައި، އަންނަންއޮތް ޖީޅުތަކުގެ ހައްޤުގައި. މިދިވެހިގައުމު ދިވެހިންގެ އަތްމަތީ މިނިވަންކަމާއިއެކު ބޭއްވުމަށްޓަކައި، ދިވެހިވަންތަ ދުޅަހެޔޮ އާއިލާތަކެއް ބިނާކުރުމަށްޓަކާ، މީމަގޭ ގައުމޭ މަގޭވަޒަނޭ، މަގޭ ގޯތިގެދޮރޭ ބުނެ ފަހުރުވެރިވާ ޤައުމުދެކެ ލޯބިވާ ދަރިފަސްކޮޅެއް އުފެއްދުމަށްޓަކައި، 18އަހަރުންމަތީ ކޮންމެ ރައްޔިތަކަށް ގެދޮރުބިނާކުރާނެ ހެޔޮވަރުގޯއްޗެއް ދޭންޖެހޭނެކަމަށް ބިލެއްފާސްކޮށްބަލަ.
ބޮޑުވަޒީރު
14 October 2019
މީނާ ބޭނުންވަނީ ގައުމުގެ ވެރިކަން އެހެންއެއްޗެއް ބޭނުމެއްނުވޭ. ޢެހެންވެ މިހާރު މަޖިލީހުން ހަދަންއުޅޭބިލަކީ ބަރުލަމާނީ ބިލް. ޢޭރުން މީނާއަށް ވެރިކަން ލިބޭނީ. އެނޫންގޮތަކަށް ވެރިކަމެއް ނުލިބޭނެ.
ކިނބޫ
14 October 2019
".......... މަޖިލިހުގެ ވަސީލަތްތައް ބޭނުން ކުރެވެނީ ތިއިން އެއްވެސް ބޭފުޅެއްގެ ގެއަށް ލައި[ގެން]ކާއެއްޗެއް ހޯދާކަށް ނޫން......." އެންމެން މިދައްކަނީ ތިވާހަކައޭ. ލައިގެންކާ އެއްޗިހި މަޖިލިހުގެ މެންބަރުންގެ ގެއަށް އެކަނި ހޯދާކަށް މަޖިލިހުގެ ވަސީލަތްތައް ބޭނުން ކުރާކަށް ނުޖެހެއޭ. ތިއުޅެނީ އޮޅިގެންނޭ.
ވިސްނަބަލަ.
14 October 2019
ދޮންކަލޯ. ގާނުނު ހަދާކަށް ނުޖެހޭ. ބާއްވާލާފައިވާ ގާނޫނަށް އަަމަލުކުރެވޭތޯ ބަލާ.. އިމްޕްލިމެންކުރަންވީ ގުރުއާނާއި ސުންނަތް. ނަތިންގ އެލްސް.
ހަމްގެ ހަން
14 October 2019
ސޯ ޓްރޫ މައި ޕްރެޒިޑެންޓް..!