ރައްކާތެރިކަމެއް ނެތް ގޮތަކަށް މީހަކު އިމާރާތެއްގެ ބޭރުގައި މަސައްކަތް ކުރަނީ-- ފޮޓޯ: މިހާރު
15 އޮކްޓޯބަރ 2019 - 10:53
ފަރީދީ މަގުގައި ހަދަމުން ދާ އިމާރާތެއްގެ ފަސް ވަނަ ބުރިން ބަންގްލަދޭޝްގެ މީހަކު މިއަދު ވެއްޓި އޭނާގެ ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 32 އަހަރުގެ އެ މީހާ ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހެނދުނު 9:52 ކަންހާއިރު ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެއްވަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯން ނުނަންގަވާތީ އެ މީހާގެ ހާލަތު ވަނީ ސާފު ވާގޮތް ނުވެފަ އެވެ.
ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވަރަށް ފަހުން ވެއްޓި ބިދޭސީއަކު ވަނީ މަރުވެފަ އެވެ. ދޭތެރެދޭތެރެއިން އެފަދަ ހާދިސާތައް ހިނގަ އެވެ.
އިމާރާތްކުރުމުގައި ހަރަކާތްތެރިވާ މީހުން ސޭފްޓީއަށް ނުބަލައި މަސައްކަތް ކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ހާއްސަކޮށް ހަރަދު ކުޑަކުރުމަށް ބިދޭސީން ލަށްވައި މަސައްކަތްތައް ކުރުވަނީ އެ މީހުންނަށް ސަލާމަތީ އާލާތްތައް ނުދީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިސްޓަރު
15 October 2019
ކިތައްމެ ވަރަކައް ބުނި ކަމުގައި ވިއަސް ސޭޕްޓީ ދިނަސް ހާއްސަކޮން ބަނގާޅިން ވ ބޯހަރު ހަމަ ނާޅާނެ ޢަހަރެންނަކީވެސް ގެއެއްގެ ވެރިޔަކަށް ވާހިނދު 6 ބުރި މަތިން ބޭރުގައި ހޮޅިޔެެއް ގުޅަން އަށި އެޅުމުގެ މަސެތްކަތު އުޅުނު މީހާ ގައިގާ ސޭޕްތީ ބެލްޓް އަޅުވާފައި ތިރިޔައް ގޮސް ބޭރުން ބެލި އިރު ހުރީ ނައްޓާލާގެން ބުނީމަ ބުނީ ބޭބެ މާބިރުގަންނަނީޔޭ މައްސަލަނެތީޔޭ.
ޗުކު
15 October 2019
ނާޅާނަމަ ކީއްކުރާން ވޯކް ހަވަލު ކުރަނީ...ތި ދައްކަނީ ކަނބޯވާހަކަ
ވިގޫތާކިހާ
15 October 2019
"އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯން ނުނަންގަވާތީ އެ މީހާގެ ހާލަތު ވަނީ ސާފު ވާގޮތް ނުވެފަ އެވެ." މިކަހަލަ ކޮންމެ ކޭހެއްގަ އޭނަ ފޯނު ނުނަގާވާހަކަ އޮންނަނީ މީދެން ކިހާ ދެރަކަމެއް އޭނަ އަނެއްކާ ލާރިއަށްތަ ނޭވާވެސް ލަނީ. ހާދަ ވަރެއްގެ އޮފިޝަލެކޭ!
ޝިޔާމް
15 October 2019
ބިދޭސީންވިޔަސް އެއީ އިންސާނުން ﷲގެ އަޅުން. އެމީހުންގެވެސް އާއިލާއެއް އޮންނާނެ. ވީމާ މިކަންކަމަށް ރިއާޔަތްކޮށް ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި އެމީހުން މަސައްކަތުގެ މާހައުލަށް ނެރުން މުހިއްމު. ރައްކާވެތިބިއްޔާ ދަތުރު.
ރަބަރު
15 October 2019
މަސައްކަތުގެ ވެރިފަރާތާ މަސައްކަތް ކުރާފަރާތާ ދެފަރާތުންވެސް ސަލާމަތީކަންކަމަށް ވަރަށްބޮޑަށް ފަރުވާތެރިވާންޖެހޭ. އެކަމަކު ފެންނަނީ މިއާޚިލާފަށް މަސައްކަތްކުރާތަން. ވަކިވަކި ފަރުދުންވެސް މިފަދަކަންކަން ބަލައި ކަމާބެހޭ ފަރާތަށް އަންގަންޖެހޭ ފުލުހަކަށް ފެނިއްޖެއްޔާ ނުވަތަ އެނގިއްޖެއްޔާ ވަގުތުން ހުއްޓުވަންޖެހޭ. އެއީ ކޮންމެ ކަމަކާ ހަވާލުވެހުރި ފުލުހެއްވިއަސްމެއެވެ.
އަދާލަތު
15 October 2019
ޤާނޫނާއި، ޤަވަޢިދުގައިވާގޮތަށް ސަލާމަތީ ކަންތައްތައް ފުރިހަމަނުކޮށް މަސައްކަތްކުރުވާ ކޮންޓެކްޓް ކުންފުނިތައް މަދުވެގެން އެއްމިލިއަން ރުފިޔާއިން ޖުރުމާނާކޮށް، އެއް އަހަރުދުވަހުގެ މުއްދަތަށް ހުއްދަ ބާޠިލްކުރުމަށް ކަމާއި ގުޅުންހުރި ހުރިހައި މުވައްސަސާޔަކަށް ގޮވާލަން.
ރާއްޖެތެރޭއިބުރޭ
15 October 2019
އިމާރާތް ތަކުގެ ވެރިންނަށް އުސޫލެއް ކަނޑައަޅަން ޖެހޭ އެބަ މަސައްކަތް ކުރަނީ ނަމަ އެފަރާތުގެ ހާޒިރުގަ އެކަމެއް ފަށަން
ޡުލޭ
15 October 2019
ޖަޒީރާ ވުމަކީ ތިކަހަލަ ކަންތައް ހިނގުމާ އެކަންކަމާ ސަރުކާރު އަޅާުނުލުން.
ފުނަދޫ އަހަމްމަދު
15 October 2019
ތިކަހަލަ ތަހުޒީބު ވިސްނުން ކުޑަ މީހުން ގިނަވާތީ ކަންކަން ރަނގަޅު މަގަށް ނޭޅި ގޯހުން ގޯހަށްދަނީ. މިކަހަލަ ކަންކަމަށް ތަންތަކޮޅެއް ބިނާ ކުރަނަވި ފާޑުކިއުން ކިޔަން ދަސްކޮށްބަލަ ޒާތީ ނުވެ.
އަބްދުއްالله
15 October 2019
ޖަޒީރާ ވުމެއް ނޫން. މިއަށް ކިޔަނީ ދޮންވެލި ފިނޮޅު ވުން.
ޙަބީބު
15 October 2019
ބަންގާޅި އެންބަސީން ބުނަނީ އެއީބަންގާޅިން ނެއްނޫނޯ
ބަބުރަންޖީ ހާޖީ
15 October 2019
ތިކަމާ އަޅާލާނެ މީހަކު މިތާކު ނޫޅޭނެ.