ސްޓެލްކޯގެ ހުޅުމާލެ އިންޖީނުގެ. ސްޓެލްކޯއިން ކަރަންޓްގެ އަގަށް ގެނައި ބަދަލުން ގެއްލުންވޭ. ފައިލް ފޮޓޯ/މިހާރު
31 އޮކްޓޯބަރ 2019 - 11:51
ކަރަންޓްގެ އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސްޓެލްކޯއަށް މަހަކު ދެ މިލިއަން ރުފިޔާގެ ގެއްލުމެއް ވަމުން އަންނަ ކަމަށް އެ ކުންފުނީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސްޓެލްކޯއަށް މަހަކު 2،120،854.ރ ގެ ގެއްލުން ލިބޭ އިރު އެ ގެއްްލުން ފޫބައްދަން މިދިޔަ އަަހަރުން ފެށިގެން މި އަހަރުގެ ފެބްރުއަރީއާ ހަމައަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެކުންފުންޏަށް ވަނީ 17.6 މިލިޔަން ރުފިޔާ ދީފަ އެވެ.
ސްޓެލްކޯއަށް ވަމުންދާ ގެއްލުން ކުޑަކޮށް، އެއީ ދައުލަތުގެ ބަޖެޓަށް ބަރޯސާކުރަން ނުޖެހޭ ކުންފުންޏަކަށް ހެދުމަށްޓަކައި "ކޮސްޓް ރިފްލެކްޓިވް ޓެރިފް" އެއް (ހިނގާ ހަރަދާ އެކަށީގެންވާ އަގުތަކެއް) ނެގުމަށް އެންވަޔަރްމެންޓް މިިނިސްޓްރީއާ މަޝްވަރާކުރަން ރިޕޯޓްގައި ލަފާދީފައިވެ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެންް ކަންތައްތަކުގެ ތެރޭގައި ސްޓެލްކޯގެ ހިދުމަތްތައް ފުޅާކުރަން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން 2005 އިން ފެށިގެން ހުއްޓާލާފައި ވާތީ ދައްކަން ޖެހޭ ފައިސާގެ އަދަދު އިންޓަރެސްޓާ އެކު ގާތްގަނޑަކަށް 2 ބިލިޔަން ރުފިޔާއަށް އަރާފައި ވުން ހިމެނެ އެވެ.
އޭގެ އިތުރުން ތެޔޮ ރައްކާކުރަން ފުނަދޫ އެކަނި ބޭނުން ކުރުމުގެ ރިސްކު އޮތްކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ދަރަނި ކުޑަކުރަން ހުށަހަަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުގެ އެހެން ކުންފުނިތަކުން ސްޓެލްކޯއަށް ދޭން ޖެހޭ ފައިސާގެ ކަންކަން ހަމަޖައްސަން ފިނޭންސާ އެކު ކުރިއަށް ގެންދިއުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެރިން
01 November 2019
ފެށުނީސްސުރެން އަޑުއިވިފަ އޮއްނަނީ ސްޓެލްކޯއިން ގެއްލުން ވާ ވާހަކަ،ހަމަ އެހެން ކިޔަކިޔާ ތިއްބާ ފެނުނީ ބޮޑުސިނގާ އުސް އިމާރާތެއް އަޅާ ނިއްމާލިތަން އެވެސްވަރަށް ކުރުމުއްދަތެއްގަ.ހަމަ ހައިރާންވޭ ގެއްލުން ވެޔޭ ބުނީމަ.އެއްޗެކޭ ކިޔާފަ ރައްޔިތުމީހާ ފެލާލަނީ
Naseem
31 October 2019
އެކަމަކު ތިތަނުންއެކަނި ފުލެޓް ނިންމާނެކަމަށް އިއުލާންކުދި
ރަބަރު
31 October 2019
ސަމްސިއްޔާ ސުމާރު އަކީ ފާރިސީ ބަސް ޝުމާރުން އުރުދޫ އަދި ދިވެހިބަހަށް ވަދެފައިވާ ބަހެއް މާނައީ އަދަދު ނުވަތަ މިންވަރު މިސާލު ބޭޝުމާރު އަދަދުނުކުރެވޭ ނުވަތަ ވަރަށް ގިނަ
ބޮޑުމީހާ
31 October 2019
ސަރުކާރުން ވިޔަފާރުކުރުން ހުއްޓާލަންވީ. ރަގަޅަށް ވިއްޔާ ތި ސްޓެލްކޯގަ ވެސް ތިބޭނެ 40 މެނޭޖަރުންނާއި، އެމެނޭޖަރުންގެ ސެކްރެޓަރީންނާއި، މިހެންގޮސް ކިޔާނެ ކަމެއްނެތް. ސަރުކާޜަށް ފައިދާ ނުވާންވީ ސަބަބެއް ނެތް. މެނޭޖްކުރަން ނޭގެނީ. ނިކަން ތިތަން ޕްރައިވެޓައިޒްކޮށް ބަލަ.
މަހާރަދުން
31 October 2019
ހެހެ ދެމިލިޔަން ގެއްލުން 17 މިލިޔަން ސަބުސިޑިގެ ގޮތަގަ ދިނުން....ި ހުރިފައިސާ ކޮްނތާކަށް ތި ވައްދަނީ...ހަމަ އެކުޓިވިސްޓުން ނަށާ އެމްޑީއެން ގެ ކުދިން ކޮޅަށް ބަހާ ހުސްވަނީ އުތަ! އަހަރެމެން ނަށް ކަޮްންމެ މަހަކު ބިލު ބޮޑުވަމުން ދަނީ!!!
ތުނިޔަ
31 October 2019
ދެންތިތަން ތަޅުލާފަ ހުރިހާއެއްމެން ފުޅިބައްތިއަށް ބަދަލުވީމަނިމުނީނު! ތިހާލާގަ ތިތަން ހިންގުމުގެ ބޭނުމެއްނެތް...ގައިމު އެއްދުވަހުން އަނެއްދުވަހަށް ރައްޔިތުމީހާ ބިލަށް ދައްކަންޖެހޭވަރު ގިނަވޭ!
ދުވަހެއް ދައްކަވާނެ
31 October 2019
އެކި ސަރުކާރުން ކާނީ އެކި ގޮތަށް. ކުރީ ސަރުކާރު ކެއީ ހާމަކަން ބޮޑުކޮށް. މި ސަރުކާރުން ކަނީ ރައްޔިތުންނަށްޓަކައި ދައްކާ ސަބްސިޑީގެ ގޮތުގައި. ހަގީގަތަކީ މިގައުމުގަ ނެތް ރައްޔިތުންނަށްޓަކާއި މަސައްކަތެއް ކުރާ އެއްވެސް ބައެއް. ހައްތަހާވެސް ބާރާއި ފައިސާގެ ދަހިވެތިކަން.
ިއިބްރާ
31 October 2019
ހުސްދޮގު. ކަރަންޓުންވެސް ވައްކަންކުރާ ސަރުކާރު. އިސްތިއުފާދީފަ ގެއަށް ވަޑައިގަންނަވާ.
އަހްމަދު
31 October 2019
ގެއްލުންވާންވީ ކީއްވެ އާ މީޓަރެއްގެ ސިލް ކަނޑާލަން ކުރިން 300 ރުފިޔާ މިހާރު 2000 ރުފިޔާ ނަގާ...ބޮޑުކުރާއިރު ބޮޑުކުރަނީ ވަކި ސުމާރެއް ބަލައިގެނެއްނޫން
ސަމްސިއްޔާ
31 October 2019
"ސުމާރު" އެއީ ސީރިއަލް، މިސާލަކަށް "ސުމާރު ނަންބަރު" އެއީ ސީރިއަލް ނަންބަރު. ބިލު ބޮޑުވުމާ "ސުމާރާ" ކޮން ގުޅުމެއް؟؟
މާކެޔޮޅު
31 October 2019
ރައްޔިތުންގެ ކުންފުނިތައް ކަނީ ކަރަޕްޝަން. ބޭނުމަކީ ބޮޑު މަހުޖަނަށް ވިއްކާލާ ރައްޔިތުން މިކަމަށ ްކުރާ ޚަރަދު ދައުލަތުގެ ބަޖެޓަށް ނުވައްދާ ކޮންމެވެސް މީހެއްގެ ޖީބަށް ލުން. އެމްޑީޕީ ވާނީ އެމްޑީޕީއަށް. މިކަން ފެށޭ ހިސާބަކި ނާގާބިލް ތަންދޮރު ނުދަންނަ މީހުން ބޮޑެތި މަގާމްތަކަށް ލުން.