މާލެ- 03 ނޮވެމްބަރ 2019: މިރޭ ކަޅުތުއްކަލާކޮށީގައި ކުރިއަށް ދިޔަ، 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ބައިވެރިވެވަޑަައިގަންނަވަނީ --. ފޮޓޯ:ނިޝާން އަލީ/ މިހާރު
08 ނޮވެމްބަރ 2019 - 22:06
ދިވެހިން އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، މާތް ﷲ ޙަޟްރަތުން، ކީރިތި ރަސޫލާ ގެނެސްދެއްވި، އެއްކައުވަންތަކަމުގެ އަގީދާގައި، ހިތްތައް ސާބިތު ކުރުމާއި އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ މަތިވެރި މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ މެސެޖްގައި ވަނީ މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދަމަހައްޓަން ޖެހޭ ކަމަށެވެ.
ރައީސްގެ މެސެޖްގައި ވިދާޅުވީ އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދު ކަމަށެވެ.
އަނެކުންނަށް އިހްތިރާމް ކުރުމާއި މައާފްކުރުމާއި ބަދަލު ނުހިފުމަކީ އެކަލޭގެފާނުގެ ސީރަތުން ދިވެހިންނަށް ދޫކުރެއްވި، އިންސާނީ އަހްލާގިއްޔާތުގެ އެންމެ ވިދުންގަދަ މުތީތައް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ ކަމެއްގައި ވެސް އަމަލާއި ބަހުން ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ވަފާތެރިވުމަކީ ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑު ކަމަށް ރައީސްގެ މެސެޖްގައިވެ އެވެ.
"މުސްކުޅިންނަށް ކަމޭހިތުމާއި ކުޑަކުދިންނަށް އޯގާތެރިވުމާއި އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި ފަގީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ އިޖްތިމާއީ އަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތަކެވެ،" ރައީސްގެ މެސެޖްގައިވެ އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ ފާހަގަ ކުރާ އިރު، ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށެވެ.
"އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަހްލާގީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ހަޔާތްޕުޅުންނެވެ. އިންސާނީ މުޖްތަމައެއްގައި އެންމެ ވަރުގަދަ އަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ އަމަލީ ގޮތުން ދައްކަވައި ދެއްވައިފަ އެވެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަދީލް
10 November 2019
އީދުމީލާދު ފާހަނގަ ކުރާނިމޭއިރުވެސް ދީނައް ފުރައަސާރަކުރި މީހުންނާ ދެކޮޅައަ ފިޔަވަޅެއް ނާޅާ.. އެމީހުންނައަ ހިމާޔަތްދޭން ގައުމުން ބޭރައް ފޮނުވާލީ..
ވަޑްޔައްތޮކިނަބާ
09 November 2019
މި ރައީސް ނޫނިއްޔާ މިޤައުމުގެ ރައީސްކަމަށް ސޯލިހަކު އަދި ނާދެއެވެ.
އީދުކަޅުބެ
09 November 2019
އެހެންވީމައޭ ގިނަގިނައިން ސިޔަރަތު އަޑުއަހަންވީ. އޭރުން އެކަލޭގެފާނު އުޅުއްވި ގޮތާ ކުރެއްވި ކަންތައް ދަސްވާނީ.
އަހުމަދުބޭ
09 November 2019
ކޮމެންޓްތަށް ކިޔައިލުމުން އެގޭ އެއްޗަކީ އަހަރުމެނަނަށް މިހާރު ރަގަނޅު އެއްގޮތްވެސް ނެތްކަމެވެ، ރަގަނޅު ވާހަކައެއް ބުންޏަސް ގޯސްކަމެއްގެ ވާހަކަބުންޏަސް ހެޔޮގޮތެއްމިހާރަކުނެތް
ބީސީ
09 November 2019
ނަމޫނާ ލިބިގަންނަންޖެހުނަސް ނަމޫނާ ލިބިގަނެވި އެގޮތަށް އަމަލުނުކުރެވޭތީ ދެރައީ.
ސިފާ
09 November 2019
މުނާފިގުންގެ އަމަލުތަށް ސޯލިހު އަށް އިނގޭބާ ސޯލިހުގެ އަމަލުތަށް ތިހުރީ އެގޮތަށްބާ ސޭހު އިލްޔާ ބުނެދީބަލަ.....
ޤާދިރު
09 November 2019
މުނާފިގު ކަމުގެ ހައްދެއް ވެސް ނެތް.
ALI WAHEED
09 November 2019
ރަސޫލާ ޞޢވ އަށް ފުރައްސާރަކޮށް ބަޔާންނެރުނު މީހުންގެ ދިފާޢުގައި މަސައްކަތްތިކުރަނީވެސް އެހެންވެތަ؟
ވަތަން އިސްކުރަންޖެހޭ
09 November 2019
ފޭކު ބައެއްމީ. ދޮގުހެދުމާ އޮޅުވާލުން މިމީހުންގެ ކަމަކީ.
ހައްގުބަސް
09 November 2019
މޮޅުވާހަކަ ދައްކާނެ ކަމެއްނެ މިހާރަކު. އިސްލާމީ ޔުނިވާސް ސިޓީ އޮވާނުލާ އެހެރީ ކިރިޔާ.