ސްކޫލެއްގައި ދަރިވަރުންތަކެއް އެސެމްބްލީއަށް ސަފު ހަދައިގެން: ކުދިންތައް ހައްގުތަކުން މަހްރޫމްކުރާ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނޭ. --ފޮޓޯ/މިހާރު
22 ޑިސެމްބަރ 2019 - 15:00
ހައްދުފަހަނަ އަޅާފައިވާ ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގައި ކުޑަ ކުއްޖަކު މައިންބަފައިންގެ އަތުން ނެގީ ވެކްސިން ދޭން އިންކާރު ކުރާތީ އެކަނި ނޫން ކަމަށާއި އެ ކުއްޖާ ގެންގުޅުނީ އެކަށީގެންވާ، ރައްކާތެރި މާހައުލެއްގައި ނުވުމަކީ ވެސް މައްސަލަ އަކަށް ވި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
މަޑުއްވަރީގައި ކަމާބެހޭ އިދާރާތަކުން ހިންގާ އޮޕަރޭޝަންގައި ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުއްޖަކު ވަނީ އެ ކުއްޖާގެ ބޮޑުދައިތައާ ހަވާލުކޮށްފަ އެވެ. މިއީ، ހަމައެކަނި ވެކްސިން ނުދިނުމުން އެޅި ފިޔަވަޅެއް ކަމަށާއި ވެކްސިން ނުދިނުމަކީ މައިންބަފައިންނާ ކުއްޖާ ދުރުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ދަނީ ޝުއުރޫ ފާޅުކުރަމުންނެވެ.
މަޑުއްވަރީގެ އޮޕަރޭޝަނާ ގުޅޭ ގޮތުން، ރިޕޯޓްކުރި ބައެއް ޚަބަރުތަކުގައި ވެސް ވެކްސިން ނުދީގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކަމަށް ލިޔެފައި އޮތުމަކީ ބައެއް މީހުންގެ ހިތްހަމަނުޖެހުނު ސަބަބެކެވެ.
އެކަމަކު، ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ބަޔާނުގައިވާ ގޮތުގައި، މައިންބަފައިގެން އަތުން ކުއްޖަކު ނަގައި ބޮޑުދައިތައާ ހަވާލުކުރީ، ހަމައެކަނި ވެކްސިން ނުދީގެންނެއް ނޫނެވެ. ސިއްހީ ފަރުވާ އާއި ކުދިން ކިޔަވަން ފޮނުވުމާ ވެސް ދެކޮޅު އާއިލާއަކާ ވާހަކަ ދައްކައި ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ހައްގުތައް ކަށަވަރު ކޮށްދޭން އިންކާރު ކުރުމަކީ ވެސް ފިޔަވަޅު އަޅަން ޖެހުނު ސަބަބެއް ކަމަށް ބަޔާނުގައި ވެ އެވެ. ބޮޑުދައިތައާ ހަވާލުކޮށް އެ ކުއްޖާ އަށް ކަށަވަރު ކޮށްދިނީ ރައްކާތެރި މާހައުލެއް ކަމަށް ވެސް ޖެންޑާ އިން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، މަޑުއްވަރީގެ ނުވަ ގެއެއްގައި ދިރިއުޅޭ 20 ކުދިންގެ ހާލަތު މިހާތަނަށް ވަނީ ބަލައިފަ އެވެ. އެ ކުދިންގެ އާއިލާއާ މަޝްވަރާކޮށް، ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ޒިޔާރަތް ކުރެވުނު ގޭބީސީއެއްގައި ހިމެނޭ 1 ކުއްޖަކު ވާނީ އާއިލާގެ ތެރޭގައި ބަހައްޓައިގެން އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ މާހައުލެއް ނެތްކަން ފާހަގަވުމާ އެކު މިފަދަ މައްސަލަތަކުގައި މިނިސްޓްރީން އަަމަލުކުރާ އިޖުރާއަތުގެ ތެރެއިން ކުއްޖާގެ އާއިލާގެ ހާލަތު ބަލައި އެ ކުއްޖާގެ އާއިލާގެ ވެށިން މިނިސްޓްރީ މެދުވެރިކޮށް ރައްކާތެރި މާހައުލެއް ފޯރުކޮށްދެވިފަ އެވެ،" ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިން ތައުލީމުން މަހްރޫމް ކުރުމުގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުތަކުގައި ހުށަހަޅާފައިވާ އިރު ކުދިންނަށް ވެކްސިން ނުދިނުމުގެ ކަންބޮޑުވުން އިންތިހާ ދަރަޖާގައި އޮތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ކުދިން ސްކޫލަށް ނުފޮނުވައިގެން މި އަހަރު އެކަނިވެސް 362 މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ދަރިންނަށް ވެކްސިން ނުދޭ މައްސަލަ އިތުރުވާ ކަން ޖެންޑާ މިނިސްޓްރީގެ ޑޭޓާތަކުން ދައްކާ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
55465
23 December 2019
ހައްޤުން މަހްރޫމް ކުރުމަކީ ދިވެހިންގެ ވެރިން ނުރުހޭ ކަމެއްނޫން. އަމުދުން އެކަމަށް ހިތްވަރުދޭ ތާއީދުކުރާކަމެއް. ބައިނަލްއަޤްވާމީ ގާނޫނުތަކުންވެސް ބައެއްގެ ރައްވެހިކަން ނިގުޅައިގަތުމަކީ ކުށެއް. އިންޑިޔާއިން މުސްލިންގެ ރައްވެހިކަން ނިގުޅައިގަތުމަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދޭ ސަރުކާރެއް މިތާނގައި މިއޮތީ. މިގައުމުގައި އެކިފިކުރޭ މިކިޔަނީ އެންމެ ބޭނުމަކު. ބައިވައްވުން އުފައްދާ ފިތުނައަށް މަގުފަހިކުރުން.
އިންޓެލިޖެންސް
23 December 2019
މިވެރިން މާ ހައްގުގެ ވާހަކަ ދައްކާއިރު އަހަރެމެން ރައްޖެތެރޭ މީހަކު ތިޔަ ހައްގެއް ހޯދަންވެސް މިޖެހެނީ ބޮޑު ހަރަދު ކޮށްގެން މާލެ ދާން، ހައްގަކީ ހަމައެކަނި ވެކްސިން އަށްވީމަ ޖޯކު، ލިބޭ ލާރިކޮޅު އެއްކޮން މާލެއަށް ބަންޑުންކޮށްލާގޮތަށް އޮންނަ ސިޔާސަތުން މަހުރޫމްވާ ހައްގުގެ ދިފާއުގައި ޕޮލިހުން ނިކުންނަ ނަމަދޯ
އައިންތު
22 December 2019
އަޅުގަނޑުގެ 9 އަހަރުގެ އަންހެން ދަރިފުޅު ބުނީ ކުލާހުގެ އެހެން ފިރިހެން ކުއްޖަކު ބުނީ ކިސް ކުރުމަކީ ލަވްކުރުމޭ.. އަޅުގަނޑުގެ ހިތް ފަޅައިގެން ދިޔަ ސަހަރޯ ހިތަށް އެރި. އަދިވެސް ފިރިހެން ކުދިންނާއި އަންހެން ކުދިންނާއި އެއްކޮށް ކިޔަވައި ދިނުމުގެ ސިޔާސަތު ބަދަލު ކުރަން ނުޖެހޭ ތޯ؟
މޯޑްކސް
22 December 2019
މިހާރު ގުރޭޑު 1 ފެށިގެން ބިޓުން ގެންގުޅޭ. 10 ނިންމާ އިރު ކިހާވަރެއް ވެފައި ހުންނާނެ ބާ ހިތަށް އަރައެވެ
އިންސާނާ
23 December 2019
އަހަރެންގެ ދަރިފުޅުވެސް އުޅެނީ އަންހެން ފިރިހެން އެއްކޮށް ތިބޭ ކްލާސްތަކުގައި ކިޔަވައިދޭ ސްކޫލުގަ. ތިޔަބުނާ ޒާތުގެ ވާހަކަތަކެއް ނުދައްކާ. އަދި އެހެންކުދިން ދައްކާ ކަމަކަށްވެސް ނުބުނޭ. އަހަރުންވެސް ކިޔެވީ ރަށުގަ އަންހެން ފިރިހެން ކުދިން އެކީ ތިބެގެން. އަހަރުންމެން ނޫޅެން ހިފިނުހުރިގެނެން. މާލޭގަ އަމީނިއްޔާ މަޖީދިއްޔާގަ އަންހެން ފިރިހެން ވަކިން ކިޔެވިއިރުގެ ދަރިވަރުން އެންމެ ގޮތެއް ފޮތެއް ނެތީ
ލޮލްލް
23 December 2019
އައިންތޫ! އެކުދިން އެއްކުރުމެއް ނޫން އަސްލު ތީގް ގޯހަކީ. ޓީވީން ވީޑިއޯ ތަކުން ޔޫޓިއުބުން ސްޓާޕްލަސް އިން ނުވިތާކަށް ކާތޫން ތަކުންނާ އިސްތިހާރު ތަކުން ވެސް ތިޔަ މަންޒަރު. އަހަރުންވެސް ކިޔެވީ އެއްކޮށް. އަންހެން ކުދިންނާ ދައްކަން ޖެހޭ ވާހަކަ އާއި ނުދައްކަން ޖެހޭ ވާހަކަ އޭރުވެސް އިނގޭ. ގޯސް ކަމެއް މަސްހުނި ކުރުމަކީ އެކަމަކު އެއީ ރޫޓް ކޯޒް އެއް ނޫން
އޭނާ ލިސްޓް ބޯއި
23 December 2019
އަންހެން ކުދިންނާއި ފިރިހެން ކުދިން އެއްކޮށް މަސްހުނިކޮށް ކިޔަވައި ދިނުމުން ކުދިންގެ އަހުލާޤަށް ބަދަލު އަންނަކަމަށް އޮކްސްފޯޓް ޔުނިވަރސިޓީ އިން ކުރި ސާރވެއިން ދައްކާ.. މީ ހުޅަނގުން ކުރި ސަރވެގައި އެމީހުން އެއްބަސް ކަމެއް ނަމަވެސް އަމަރުމެންގެ ދީނުގައި އޮންނަނީ ދެ ޖިންސް މަސްހުނި ނުކުރަން މާކުރީން އަންގަވާފައި އެއީ މީގެ 1400 އަހަރު ކުރިން
ރާއްޖެތެރޭ މީހާ.
23 December 2019
ތިކަހަލަ ކަންކަން ދަރިންނަށް ކިޔައިދޭން ބައެއް ބެލެނިވެރިން ލަދުގަނޭ. ނަތީޖާއަކަށްވަނީ ބޭރުތެރެއިން ކުދިން އެފަދަކަންކަން ދަސްކުރުން. ނަތީޖާ ހިތިވަނީ އެހެންވެ... ލޮބުވެތި ބެލެނިވެރިންނޭވެ.... ދަރިއަކު ތަރުބިއްޔަތުކުރުމަށް ވުރެ ބުރަ ބޮޑު. އަގުބޮޑު. ފައިދާބޮޑު. ހިތްހަމަޖެހޭ ވަޒީފާއެއް މި އުޑުހިޔާ ދަށަކު ނުވޭ. އެހެން ނަމަވެސް ބައެއް ބެލެނިވެރިން އެކަންވެސް އޮޓޯއަށް ލާފަ. ދަރިން ތިބެގެން ބޮޑެތިވަނީ. ތަރުބިއްޔަތުވަނީކީ ނޫން....
ހޫސް
22 December 2019
ވިހާތަނުން މައިންބަފައިންގެ އަތުން ދަރިން އަތުލުމަށް ބިލެއް ހުށަހަޅަން ފެނޭ. ކިޔެވި ކިޔެވީނުން މަގު އޮޅިފައި. ތި ހިންގަނީ ލާއިންސާނީ ޖަރީމާއެއް. ލާހިކެއް ނޫން ދުނިޔޭގެ ކުރިއަރާފައިވާ ތަނެއްގައި ވެކްސިން ނުދީ ހޯމް ސްކޫލްކޮށްގެން ދަރިން ކިޑްނެޕްކުރާކަށް. އެންމެ ބޮޑުވަރަކަށްވެސް ކުރާނީ ޖޫރިމަނާ.
ނިއްޓު
22 December 2019
ކުއްޖާ ގަދަކަމުން ފޭރި ބޮޑުދައިތައާ ހަވާލުކުރީމަ އެހިސާބުން ކުއްޖާގެ ބަލަދުވެރިކަން ލިބުނީ ކޮންފަރާތަކަށް؟ ހަމަގައިމުވެސް ކުއްޖާގެ މައިންބަފައިން ދުނިޔޭގަ ތިއްބަ އަދި ވަކިން ކުއްޖާއާ ކައިރީގަ ތިއްބަ ކުއްޖާގެ ބަލަދުވެރިކަން އެހެން ފަރާކަށް ނުލިބޭނެ. މިހާރު ކަންތައް ތިކުރިގޮތުން ކުއްޖާއަކީ އަންހެނަކުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ދައުލަތުގެ ކުއްޖެއް.
ހޫސް
22 December 2019
ދަރިން މައިންބަފައިން ވަކިކުރުން އެއީ އެންމެ ބޮޑު ލާ އިންސާނީ އަމަލު. އެހެންމީހަކު ދަރިއެއް މީހަކަށް މިލްކެއްވެސް ނުކުރެވޭނެ ދީނުގައި. ޔަތީމްކުދިން ބެލިދާނެ އެއީ އެހެންކަމެއް.
ކައްޓު
23 December 2019
ކަލޭމެން އެންމެން މިހާ އަވަހަށް އިބްތިހާލު މަތިން ހަންދާން ނެތުނީ؟ ކުއްޖާއަށް ރައްކާތެރި ނޫން މާހައުލެއްގައި އެ ކުއްޖާ ބެހެއްޓުމަކީ ދީނީ ގޮތުން ބެއްޔަސް، އިޖުތިމާއީ ގޮތުް ބެއްޔަސް ކުރެވިގެންވާނެ ކަމެއް ނޫން.
ސަރިއަތް
22 December 2019
ފަޒީނާ އެމީހުންގާތު ބުނެބަލަ މާލޭގައި ތިބި ތިކަހަލަ އެތައްސަތޭކަ ކުދިންނާ އަނބިން ތިބޭނެޔޭ. މަޑުއްވަރިއެއްގެވާހަކަ މާ ގަދަޔަށް ލިޔާތީ އެރަށު މީހުން ވަރަށް ކަންބޮޑުވޭ. އެތައްބައެއް އެކަމުން ބަދުނާމުވަމުން އެބަދޭ. އެރަށުގައި ތިބޭނީ މިސަރުކާރުގެ އެންމެ ވަރުގަދަ އެކްޓިވިސްޓުން. އެކަމުން ވީކަމެއް ނެތެއްނު. އެހެންވެގެންނޭ މިބުނަނީ. ކައުންސިލަރުންނަކީ ޒިންމާދާރު ބައެއްނޫނޭ. އެކަހަލަ މައްސަލައެއް ބަލަންނުކެރޭތާ ރިޕޯޓުވެސް ކޮށްނުލެވޭ. ސަޅިއެއްނު