މިނިސްޓަރު މަލީހް މީޑިއާއާ ވާހަކަ ދައްކަވަނީ: މާލެ ފުރެން ކައިރިނުވާ ކަމަށް ވިދާޅުވެ އޭނާ ދެއްކެވި ހައްލަކީ ބޯހިޔާވަހިކަން އިތުރުކުރުން. --ފޮޓޯ/މިހާރު
29 ޑިސެމްބަރ 2019 - 11:24
މާލޭގެ ކުލި ކޮންޓްރޯލް ކުރުމުގެ ބަހުސްގެ ތެރެއަށް ވަދެވަވަޑައިގެން ހިޔާލުފާޅުކުރައްވައި، މާލެ އަދި ފުރެން ކައިރިވެސް ނުވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ކިޔެވުމާއި ވަޒީފާ އަދާކުރުމާއި ސިއްހީ ފަރުވާ ފަދަ ބޭނުންތަކުގައި މާލޭގައި ދިރއުޅެން މަޖުބޫރުވެފައިވާ އިރު، ދިރިއުޅޭ ތަންތަނުގެ ކުލި ބޮޑުވުމުގެ ޝަކުވާ އޮތީ އިންތިހާގަ އެވެ. މިކަމުގައި ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދޭން އެދި މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން އިސްނަގައި ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.
މާލޭގައި 154،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، ކުލި ކޮންޓްރޯލް ކުރުމަކީ ހިޔާލު ތަފާތު މައްސަލަ އެކެވެ. އެމްޓީޔޫ އިން ގަބޫލުކުރާ ގޮތުގައި، ގާނޫނީ ހައްލެއް މިކަމުގައި ސަރުކާރަށް ހޯދިދާނެ އެވެ. މިކަމާ ދެކޮޅަށް ވަކާލާތު ކުރާ މީހުން ދައްކަނީ، ލޯން ނަގައިގެން ހަދާފައިވާ އިމާރާތްތަކުގެ ކުލި އެގޮތަށް ކުޑަކުރަން މަޖުބޫރު ކުރުވުމަކީ ވެސް އިންސާފެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި މި ބަހުސް ދަނިކޮށް، މިނިސްޓަރު މަލީހް ވިދާޅުވީ މާލެ ނިސްބަތް ވަނީ، ހުޅުމާލޭ 2 ފޭސް އާއި ވިލިމާލެ އައި ގުޅިމާލެ އާއި ތިލަމާލެ އަށް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ، ގުޅީފަޅާއި ތިފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ރާވާފައިވާ ވާހަކަ އަށެވެ.
މި ތަންތަން ތަރައްގީ ވުމުން، މާލެ ވާނީ ބޮޑު ސަހަރަކަށް ކަމަށް ވިދާޅުވި އެވެ.
Male' furen adhi kairives nuvey. Male' akee mihaaru Hulhumale' 2 phase, Villimale', Gulhimale', Thilamale'. Mi vegen dhaanee bodu shaharakah. Housing ge thafaathu variety annanvee. Public Transport,Green Area,Parking,Shopping mall, Cinema annanvi.Adhi furihamavaan kairives nuvey
— Mohamed Maleeh Jamal (@maleehjamal) December 28, 2019
"ހައުސިންގެ ތަފާތު ވެރައިޓީ އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓް، ގްރީން އޭރިއާ، ޕާކިން، ޝޮޕިން މޯލް، ސިނަމާ އަންނަންވީ،" މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ އަދި ފުރިހަމަވާން ކައިރި ވެސް ނުވެ އެވެ.
މަލީހް މިގޮތަށް ވިދާޅުވި އިރު، ސިޔާސީ ބައެއް ބޭފުޅުން ގެންގުޅުއްވާ މި ވިސްނުމަށް ޓެނަންޓްސް ޔޫނިއަން އިން ވަނީ މިދިޔަ ހުކުރު ދުވަހު ފާޑުކިޔައިފަ އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ފަރާތްތަކުން ދައްކާ ހައްލަކީ ހައުސިން ސަޕްލައި އިތުރުކުރާ ވާހަކަ އާއި އެހެން ސަރަހައްދުތައް ތަރައްގީ ކުރުމުން، މާލެ އަށް އޮންނަ ޑިމާންޑް ކުޑަވާނެ ކަމުގެ ޔަގީން ކަމެވެ. އެއާ އެކު ވެސް ފެންނަނީ މާލެ ސަރަހައްދަށް ބޮޑެތި އިންވެސްޓްމެންޓްތައް އިތުރު ކުރާތަން ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފެށިއިރު، ދާދި ފަހުން ސަރުކާރުން ވަނީ ކުއްޔަށް ތަންތަން ދިނުމާ ބެހޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލުގައި، ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރަން ބައެއް ކަންކަން ލާޒިމް ކޮށްފައިވެ އެވެ. އެކަމަކު ކުލި ކޮންޓްރޯލް ކުރަން އެ ބިލުގައި ހިމަނާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
06 February 2020
ތިކަހަލަ މޮޔަ މީހުން މިނިސްޓަރުންނަށް ލައިގެން ކިހިނެއް މި ސަރުކާރު ރަގަޅަށް ހިންގާނީ. މާލޭގެ މަގުމަތީގަ މީހުން ގިނަކަމުން ހިގާބިގާ ނުއުޅެވޭ. ދުއްވާ އެއްޗެހި ގިނަކަމުން ދުއްވާ ނުއުޅެވޭ. އަލިފާން ފޮއްޓެއްވަރު ތަންކޮޅެއްގަ ދިހަ ބާރަ މީހުން ޑިއުޓީ ބަހައިގެން ނިދަނީ. އަދިވެސް މި މޮޔަ މީހާ ބުނަނީ މާލެ ނުފުރެޔޯ.
ސައްޓި
30 December 2019
ކޮބާ ލަދުހަޔާތް، މީ ރާއްޖެތެރޭ މީހުންނަށް ކުރި މަލާމާތެއް، އަހަރެން ރާއްޖެތެރޭ މީހާ އުޅެންވާނީ ބަކަރި ކޮށިތަކުގައި.
ތަސް
30 December 2019
އަހަރެން އެގްރިމެންޓް އާކުރަން ދިޔައީމަ ކީ ކުލިން ދިޔައީ ކަރުނަ ހިލިފަ. ހިތައް އެރި މިމީހުންގެ ހިތެްްއްވެސް ނޯވެޔޭ. ވަރަށް ދެރަވި. ކުލި ބޮޑުކޮށްލީ 20 އިންސައްތައިން. އެވަރު ދައްކައިގެން ވެސް ޖެހުނީ އުޅެން އިތުރު 2 އަހަރު އަނގަޔާއި އަތާ ދި މާނުވެ. އެންމެ ފަހުން ނުކުތީ އެވަރުން ހިފަހައްޓައި ނުލެވިގެން. އެކްސްޕްލޮއިޓް ކުރުން ހުއްޓުވު މީވެސް ކޮންޓްރޯލެއް
އަދީބު
30 December 2019
ތެދެކެވެ. މާލޭގެ ޕާސްޕޯޓެއް ވެސް ނެތެވެ. ޓިކެޓެއް ވެސް ނެތެވެ. އަދި އަމުދުން މާލޭގައި އެހާ ގިނަ މީހުން ތިއްބާ މާލެއަކަށް ނުފުރޭނެއެވެ. މާލެއަށް ފުރޭނީ، މާލޭގައި ތިބި މީހުން އެކި ރަށްތަކަށް ގެންގޮސް، މުޅި މާލެ އެއްކޮށް ހުސްކުރުމަށްފަހު، ޕާސްޕޯޓް ވެސް ހައްދައިގެން، ޓިކެޓް ވެސް ނަގައިގެން ތާއެވެ.
ސަމްތިންގ
30 December 2019
އަމައްޔާތް މީނަގަނޑު.
މައުލޫމާތު
30 December 2019
ރައްރަށުގެ ރައްޔިތުންނައް ހިލޭ ބިންލިބޭއިރު މާލޭގެ ރައްޔިތުންނައް ބިންނުދެވިގެން އުޅެނީ މާލޭގަ ބިންނެތިގެންނޭ އަރާކޮންމެ ސަރުކާރަކުން ކިޔާ އަޑުއަހަން. މި ވަނީ ކިހިނެއްބާ؟ ލާމަރުކަޒީ ނިޒާމުގަ ކައުންސިލްތަކައް ލިބޭ ފައިސާގެ ޕަސަންޓު ލިބެނީ އެރަށެއްގަ ތިބޭބައެއް އަތުން ހަރަދުކޮއް ލިބޭޓެކުހުން. އެހެން ކަމައް ވާއިރު ދޮޅުލައްކަ އާބާދީ އޮތް މާލެއައް ލިދޭ އަދަދު ގިނަވާނެތާ. އަމިއްލަ ބިންދޫކޮއް މާލެ އައިސް ރައްތަރައްގީއެއްނުވޭ ބުނީމަަ އސްލު ހަޑި. ވިސްނާ
ސަތޯ
30 December 2019
ހޫނ އަމިއްލަ ބިންދޫކޮަށްފައި އައީ މިތަނަށް ހުރިހާ ވަސީލަތެއް އެއްތަން ކުރީމައެއް ނޫންތަ. އަހަރުން ރަށުގައި މާލޭގަ ހުރި ވަސީލަތް ބިނާކޮށްފައި މިތަނުގައި ކަމެއްނނުކުރި ނަމަ ކަލޭ ހަމަ އޮންނާނީ މިތާގަތަ މާ މާލެ ވެފަ، އެއްޗެކޭ ކިޔާތި
ދަނޑިމަގު ހައްވަ
30 December 2019
މިސޮރަކީ ހަމަގޮލައެއްނޫނޭ އެއްވެސް އިރަކު. އަޅާނުލިއްޔާ ރަނގަޅީ.
ހުސާން
30 December 2019
ވަގުތުން ވަގުތައް އިސްތިއުފާ ދީ، މިސަރުކާރައް ހުރި ލަދެއް ތިޔައީ. ރައްޔިތުންގެ އަތުން މުސާރަ ކައިގެން ވީކަމެއް ނެތް
މިނިސްޓްރީ އޮފް ކޮސް
30 December 2019
މިނިސްޓަރ އޮފް ކޮސް އަކަށް އިންޓަނެޓް ހެވެއްނުކުރެވުން. ޢިންޓަނެޓް ސްޕީޑަށް ބަދަލެއްނުގެނެވުން. ފޯކްލޭންޑް އަޓީ ސިޓީ ވި ވިތާކު. ޢަނެއްކާވެސް އަނެއް ކޮސްވަހަކަ
ކަޅޯ
30 December 2019
މަތި މަށްޗަށް ފުންނަކަށް ޖެހޭނެ ވާހަކަ ދޯ ތިބުނަނީ...