ސުޕްރީމް ކޯޓު: ކައުންސިލްތަކުގެ ބައެއް ގޮނޑިތައް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
31 ޑިސެމްބަރ 2019 - 12:13
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަނުކުރެވޭތީ އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކޮށްފައި ވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 380 އަށް ވުރެ ގިނަ އަންހެނުން އިންތިޚާބު ކުރަން ޖެހެ އެވެ. އެހެންވެ، އަންހެނަކު އިިންތިޚާބު ކުރަންޖެހޭ ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވެ އެވެ.
އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ، މި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އޭނާ ކުރި ޓްވީޓެއްގައި ވަނީ އައްޑޫގައި މޫސަ ނިސްބަތްވާ ދާއިރާ އަށް ފިރިހެނަކަށް ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ބާތިލް ގާނޫނެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ ގާނޫނާއި ކޮމިޝަންގެ ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
Moosa Anwar nisbaiy vaa Addu City Hithadhoo 3 (beyrumathi) Dhaaira in City Council Inthikhaab gai firihenun ah vaadha nukureveyne kamah bune ufedhumugaves baathil gaanooneh ge mahchah @ElectionsMv in ninmi ninmumaai gaanoon baathil koh dhinun edhi SC ah hushalhan ninmaifin. (1/2)
— Moosa Anwar (@moosaanvar) December 26, 2019
މޫސާ އަންވަރު ކުރި ޓްވީޓް
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ހައްގު ކަމަށްވާ މިނިވަންކަމާ އެކު މަންދޫބުން އިހްތިޔާރު ކުރުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު މުތުލަގު ގޮތަކަށް ހިފެހެއްޓުމަކީ ޖޯކެއް ކަމަށް ވެސް މޫސަގެ ޓްވީޓްގައިވެ އެވެ. އަދި ރަށު ކައުންސިލްތަކުގެ ދާއިރާތަކަށް ފިރިހެނުންނަށް ވާދަކުރުމުގެ ފުރުސަތު އޮންނައިރު، ސިޓީ ކައުންސިލްތަކުގެ ވަކި ދާއިރާތަކަކަށް ފިރިހެނުންނަށް ވާދަނުކުރެވޭ ގޮތް ހެދުމަކީ ތަފާތު ކުރުމެއް ކަމަށް ވެސް މޫސަ ބުންޏެވެ.
މީގެ އިތުރުން، މިހާރު ވެސް އޭނާ ނިސްބަތް ދާއިރާގައި ފިރިހެނުންނާ ވާދަކޮށްގެން ހޮވިފައި ހުރީ އަންހެން މެމްބަރެއް ކަމަށް ކަމަށް ވެސް ޓްވީޓްގައިވެ އެވެ. އަދި ފިރިހެނުންގެ ހައްގު ނުގެއްލޭނެ ގޮތަކަށް ވެސް 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރެވިދާނެ ކަމަށް މޫސަ ބުންޏެވެ.
Firuhenunge haggu nugelley gothah City council thakun 33% anhenun ah dheveyne e gondi thah nuhimanai dhaairaa thah bahaalumah fahu kanda elhey usooleh ge therein emme gina vote libey anhenun Inthikhaab kurevey gothah hedheema.
— Moosa Anwar (@moosaanvar) December 27, 2019
މޫސާ އަންވަރު ކުރި ޓްވީޓް
ކައުންސިލްތަކުގެ ވަކި އަދަދެއް އަންހެނުންނަށް ޚާއްސަ ކުރަން ލާޒިމްކުރި ބައި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން މޫސަ ނިންމިއިރު، މީގެ ކުރިން ވެސް ދުސްތޫރީ ބައެއް މައްސަލަތައް އޭނާ އެ ކޯޓަށް ހުށަހަޅައި، އޭގެ ތެރެއިން ބައެއް މައްސަލަތައް ކާމިޔާބު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭއިންސާފު
31 December 2019
ހަމަ ސަރުކާރުން މޮޅު އެއްޗެއް ހަދަން ކުރިކަމެއް. ރައްޔިތުން ހިމޭނުން ތިބުމަކީ ކުރާހާކަމަކަށް ރުހި ގަބޫލުވަމޭ ބުނުމެއް ނޫން. އެއްވެސް ބައެއް ތަފާތު ކުރުމަކީ އިންސާފުން އެއްކިބާވުން.
ސުލްތާން
31 December 2019
އެންމެ ރަނގަޅު ވާހަކައެއް. އަހަރުމެން ގެންނަން މިއުޅެނީ ޑިމޮކްރެސީއެއް. އަސާސްތަކުގައި ހިފަހައްޓަންވާނެ. ހަމަހަމަ ކަމާއި އިންސާފަށް ލޯބިކުރަންވާނެ.
ވާކަށްނެތް
31 December 2019
ޕްރޮފެނަލް މަޤާމަތަކަށް އަންނަން ޖެހޭނީ ހަމަ ފިރިހެނުންނާވެސް ވާދަކޮށް ފެންވަރު ޔަގީންކޮށްދީގެން. ވަކި އަދަދަކަށް ގޮނޑި ކަނޑައެޅިފައި އޮންނާކަށް ނުޖެހޭ..ބޭނުމިއްޔާ ކޮމްޕީޓްކުރޭ..
ކާސިމު
31 December 2019
ދުނިޔެއަށް 313 ރަސޫލުން ފޮނުވި އިރު، އެފަދަ މަގާމަކަށް އަންހެނަކު ނުފޮނުވުމުގެ ކޮންމެވެސް ހިކުމަތެއް އޮންނާނެތާ...
ތުއްތޮންބެ
31 December 2019
ޖެހިފޮޑި އަގަޔައްދެއްތޮ.
ވިސްނާފައި
31 December 2019
ސުޕްރީމު ކޯޓް މިނިވަން ވިއްޔާ މިފަހަރު އެގިދާނެ ތާއެވެ.
އަނގަ ފޫޅު ޕާޓީ
31 December 2019
މަޖްލީސް އިންތިޚާބުގައި ކޯލިޝަންގެ ޕާޓީ ތަކަށް ދާއިރާ ތަށް ބެހުމަކީ އެދާރާ ތަކަށް ކުރިމަތިލާން ބޭނުންވާ އެހެން ޕާޓީ ތަކުގެ މެމްބަރުންގެ އަސާސީ ހައްޤު ތަށް ގެއްލޭ ކަމެކޭ ކިޔާގެން މާ ޑިމޮކްރެސީ ވެގެން އުޅުނު ޕާޓީގެ މީހުނަށް މަޖްލީސްގެ އަޣްލަބިއްޔަތު ލިބުމުން ފާސް ކުރި ޤާނޫނު ކިހާ ތާހިރުވި ތޯއެވެ؟ފިރި ހެނަކަށް އެއްވެސް ގޮތަކަށް ކުރިމަތި ނުވެސް ލެވޭ ދާއިރާ ތަށް ބައިވަރެވެ
ގޮއިދޫހަސަނު
31 December 2019
ވަކިޢަދަދަކަށް ވަކިޖިންސަކަށް މަޤާމު ކަނޑައެޅުމަކީ ކޮންކަހަލަ ޑިމޮކުރަސީއެއްގައޮންނަ ކަމެއްކަން މީގެކުރިއަކު އަހާފައެއްވެސްނެތީމެވެ. އަދި ދެނެޔެއްވެސްނެތީމެވެ. އަދި މިގޮތަކީ، ޤަބޫލުކުރެވޭކަމެއްވެސްނޫނެވެ. ރާއްޖޭގައި މިހިނގަނީ ޑިމޮކްރެޓިކް ވެރިކަމެއްކަމުގައި ބުނާތީ ސުވާލުއެބައުފެދެއެވެ. އެހެނެއްކަމަކު، އެކަންއެއޮތީ އެގޮތަށް ކަނޑައަޅާފަތާއެވެ. ވާގޮތް އެނގިދާނެތާއެވެ. ތިކަންހިނގާނެބާ؟
ނަޝްފާ
31 December 2019
ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮއްނަ ގޮތެއް ނޫން.
ފާރި
31 December 2019
ޖިންސުން ތަފާތެއް ނުކުރެވޭނެ ގާނޫނު އަސާސީން. މާލޭގަ ދާއިރާއަކަށް ގޮޑިއެއްގެމަގުން 12 ގޮޑި އިދޭ. އަންހެނުންނަށް 1/3 ބައި ދޭން 6 ގޮޑި އިތުރުކޮށް 18 އަށް ހެދީ. އެ 6 ދާއިރާއިން ފިރިހެނުންގެ ހައްގު ގެއްލުނީ. ކިހިނެއް ވީހީ 12 ދާއިރާއިން 6 ދާއިރާއަށް ދާއިރާތައް މަދުކޮށް ކޮންމެ ދާއިރާއަކުން އަންހެނެއް ފިރިހެނަކަށް ފުރުސަތު ދީގެން ހަމަ 12 ގޮޑީގަ އަދަދު ބޭންދިނަމަ. އޭރުން އަންހެނުންނަށްވެސް މާ ރަގަޅުވީސް. ހަރަދުވެސް ކުޑަވީސް. ހަމަހަމަ ވީސް. ނޫންތޯ؟