ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް: މައުމޫން

ކުރީގެ ރައީސް މައުމޫން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ދެ އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައަކީ ޖަނަވާރުގެ އަމަލެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސިފަކުރައްވައިފި އެވެ.

ކުޑަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅި އިރު، މީޑިއާގައި ފެންމަތިވި އެ ވާހަކައާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ މީހުންގެ ފޮޓޯތައް އާންމުވެފައިވާ އިރު، ގިނަ ބައެއްގެ ނުރުހުން ވަނީ އެ ކަން ކުރި މީހުންނަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ އަހަރުގެ ކުއްޖަކަށް އޭނާގެ އާއިލާގެ ބަޔަކު ޖިންސީ ގޯނާ ކުރުމުގެ ވާހަކައަކީ، ގަބޫލު ކުރަން އުނދަގޫ ވާހަކަތަކެއް ކަމަށެވެ. އަދި އެ އަމަލު ހިންގި މީހުންނަށް ގާނޫނުގައި ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ވެސް މައުމޫން ގޮވާލެއްވި އެވެ.

މައުމޫން ކުރެއްވި ޓުވީޓު.

"ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް. އެކަން ކުރި ބަޔަކަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.

މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުޑަކުދިންނާ ގުޅޭ 75 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން 20 މައްސަލައަކީ ކުޑަކުދިންނަށް ކޮށްފައިވާ ޖިންސީ ގޯނާއާ ގުޅޭ މައްސަލަތަކެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރި މީހުންގެ ރެޖިސްޓަރީ

25 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 77%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިތާމަހުރި

18 January 2020

އަދުލު އިންސާފެއްނެތްތަނެއްގައި މަރުގެ އަދަބުދޭންގޮވާނީ ދީންސިޔާސަކޮށް، މަޝްހޫރުކަން ހޯދަންއުޅޭ ޝޭހުން. އެމީހުންނަށް ސަމާލުވޭ. އަދި ކުއްޖާއާ ބެހުނު އެންމެންނާއި އިހުމާލުވި އެންމެންނަށާ. ޝަރީއަތް ހުއްދަކުރާ އެންމެމަތީ އަދަބުދީ

The name is already taken The name is available. Register?

ބޯގޯސް މީހާ

18 January 2020

ތިފަދަ މީހަކު ތިކަހަލަ ބޯގޯސް އެއްޗެއް ބުނުމުން ޑިސްއަޕޮއިންޓްވޭ. ޖަނަވާރުންނަށް އިންސަލްޓް ނުކުރެވޭނެ މިކަމުގައި. ޖަނަވާރުންނަކީ ނުބައިބައެއް ނޫން. ތިކަންކުރި މީހުންނަކީ ނުބައިނުލަފާބައެއް. އެމީހުންނަކީ ޖަނަވާރުންނަށް ވުރެއްވެސް ދަށުބައެއް

The name is already taken The name is available. Register?

Dhaadhey

18 January 2020

ތިޔަބުނީ ވަރަށް ބޯގޯސް ވާހަކައެއް. ޖަނަވާރުންގެ ޢަމަލެކޭ އެބުނަނީ ޖަނަވާރުންނަށް ނޯންނާނެ އެފަދަ ތަކެތީގެ ޖިންސީ ޣަރީޒާތައް ފުރިހަމަކުރުމަށް މަންމައެއް، ބައްޕައެއް، ދަރިއެއް.

The name is already taken The name is available. Register?

އުތުރު ތަކުރުފާން

18 January 2020

ސައްކެއްވެސް ނެތް ވަލު ޖަނަވާރަށްވުރެވެސް ނުބައި ނުލަފާ ބަހުލޫލުން.. ހިތާމައަކީ މާދަމާވެސް ހުކުމެއްކޮށްގެން ޖަލައް ލުމަށްފަހު މީގެން މީހަކަށް އެއްވެސް ކަމެއް ވެއްޖެނަމަ އެހިސާބުން ހުދުފޮތިކޮޅަކަށް ބަދަލުވެ އިންސާނަކަށް ވީތީއޭ ކިޔާ ހުރިހާ ދިމާލަކުން ތެދުވެ އަޑު ގަދަކުރުން، އެ ވަރިހަމަ ގުދުރަތީ މަރަކުން މަރުވިަޔަސް

The name is already taken The name is available. Register?

މޮގޮމްބޯ

18 January 2020

ތިކަން ކުރާ އެތަށް ބަޔެއް މިގައުމުގައި އެބަ އުޅޭ. ދޮންދަރިންނާ ބެހުމަކީވެސް އާއްމު ކަމެއް.

The name is already taken The name is available. Register?

ކަނޑުފަޅުމަނިކުފާނު

18 January 2020

ތިޔަވިދާޅުވާ ޖަނަވާރުންގެ އަމަލު ފެއްޓުމުގައި އެންމެބޮޑު ޒިންމާ އެއް އުފުލަން ޖެހެނީ ހަމަ މަނިކުފާނު ކަމާމެދު ގިނަމީހުންގަބޫލް ކުރޭ އެއީ މިގައުމުގެ ބިމުގެ ދަތިކޮއް ގެދޮރުނުދީ ކުއްޔައްކުދިކުދިތަންކޮޅުގަ ބޮޑުއަގުގައުޅެންޖެއްސީ ހުދުމަނިކުފާނު ގޯތި ނުދީ ބިންތައް ހިސޯރުކޮއް ކުނިވެސް މާލޭގެ ރައްޔަތުންނައްވުރެ އަގުމަތިކޮއް ކުނިއަޅަންކޮށިތައް އަޅާ ރަންޖެހި ކޮއްޓާ ރިހިޖެހި ކޮށިއަޅާ ތީމުގޭ މަސައްކަތުމީހުންވެސް މާލޭގެ ރައްޔަތުންވުރެ އަގުބޮޑު

The name is already taken The name is available. Register?

Dhaadhey

18 January 2020

ކަނޑުފަޅުގައިވެސް ތިވަރުގެ ބޮޑު ކޮހެއް ނުހުންނާނެ. ދަރިންނަށް ޖިންސީ ގޯނާ ކުރުމަކީ ގެދޮރު ނެތިގެން ކުރާކަމެއްނޫން. އެއީ ޖަނަވާރިކަމުން ކުރާ ޢަމަލެއް. އެއަމަލު ހިންގިމީހުން ތިބީ އެމީހުންގެ އަމިއްލަ ގެދޮރުގައި. ތިކަހަލަ ދެއުޅިއެއްނުވާ މީހުންވެސް ކޮންމެޓް ލިއާތީތާ ފެންނަން އެހުރީ.

The name is already taken The name is available. Register?

ތުއްތުނާ

17 January 2020

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް ކަމަށް ބުނަނީ ތަންކޮޅެއް މޮޅު އެއްޗެކޭ ބުނަންތަ ނޫނީ ފަރަންޖީން ގެ ބަހުރުވައިން އެއްޗެކޭ ބުނަން ތަ ؟...... ހުރިހާ ގޮތަކުން ވެސް ފުރިހަމަ ވާނެ މިއީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ކުށެއް ކަމަށާއި ، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ ބޮޑު އަދަބެއް ވަގުތުން ދިނުމަށް ގޮވާލުމުން......

The name is already taken The name is available. Register?

އާދިލު

17 January 2020

ތި ކުއްޖާ އާބެހުނު 3 މީހުން ވަގުތުން ދަންޖައްސެމަށް ގޮވާލަން

The name is already taken The name is available. Register?

މާއެނގޭ

17 January 2020

ރަޖަމް ކުރަން ޖެހެނީ....... ދަންޖެއްސުމަށް ވުރެ ވޭންދެނިވި ބޮޑު އަދަބެއް އޭރުން ލިބޭނެ...... އެއީ އެކަމުގެ ސަބަބުން ދެންތިބި މީހުންނަށް އިބުރަތަކަށް ވެސް ވާނެތީ....... އެންމެނަށް ފެންނަގޮތަށް.......

The name is already taken The name is available. Register?

މާދުރު ތަރި

17 January 2020

މައުމޫނު ފަދަ މީހަކު ތިހެން ބުނީމަ ހައިރާންވޭ!! ޖަނަވާރުންވެސް އެ ޖަނަވާރުގެ ތުއްތު ދަރިފުޅަށް ތިޔަފަދަ އަމަލެއް ނުހިންގާނެ! ރައްޖޭގެ ބޮޑެތި ކުއްވެރިން ހިމާޔަތް ކުރަނީ ރައީސް ނަޝީދު، ރައީސް މައުމޫނު، ރައީސް އިބޫ، ރައީސް ޔާމީނު ކަހަލަ ސިޔާސީ ވެރިން އަމިއްލަ ސިޔާސީ އަދި ޒާތީ މަންފާއަށް! ހޯރަ އިއްބެގެ ކޭސް އެއީ މިސާލެއް! މިނޫންވެސް ބޮޑެތި ކަންކަން ވަނީ ފޮރުވާފަ! ސިޔާސީ ވެރިން ރާއްޖޭގެ ފިރިހެން ކުދިންނަށް ފިރިހެނުން ކުރާ ގޯނާވަނީ ސިއްރުކޮށް ކޮށްފަ!

The name is already taken The name is available. Register?

މޫޗީ/މީދޫ

17 January 2020

މިހިގި ހާދިސާގެ ވާހަކަ ދައްކާވަރަށްވުރެ ހަޑިވާހަކައަކަށް ވާތީ ނުދައްކާނީ. އެއްވުރެވެސް ހަޑިމުޑުދާރު އަމަލެއް. މިކަހަލަ ހާދިސާ ނުހިގާނެގޮތަށް ގާތުންވެރިކަން ކުރަން އައްނަ ސިޓީ، އައިލޭންޑް ކައުންސިލަރުން ވިސްނުން އެބަޖެހޭ ހުއްޓުވޭނެ ގޮތްރާވަން.

The name is already taken The name is available. Register?

އަދާލަތު 1

17 January 2020

ޖަނަވާރުންގެ ޢަމަލެެއްކަމަށްވެސް ޤަބޫލެއްނުކުރެވޭ. ގިނަ ފަހަރު ޖަނަވާރުން މާ އަޚުލާޤު ރަނގަޅު. ޖަނަވާރުން އެބަހުރި އިންސާނުންނަށް އެހީވެފައިވެސް. 2 އަހަރުގެ އަމިއްލަ ދަރި ރޭޕް ކުރާ ހިސާބަށް އެދުންވެރިކަން ދަނީ ކިހިނެތްބާވައޭ ހިތަށްއަރާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454