ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، ޖެންޑާ ކޮމިޓީގެ މެމްބަރުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ޖީހާންއާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: މަޖިލިސް
19 ޖެނުއަރީ 2020 - 23:03
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް، ލިބުނު މައުލޫމާތުތަކުގެ އަލީގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމި ކަންކަން ތަންފީޒު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް އަންގަވައިފި އެވެ.
ދެ އަހަރު ނުފުރޭ ކުއްޖާގެ މުނިކާފަ އާއި ކާފަ، އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، އެ ދެ މީހުން ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި އެކަމުގައި އިހުމާލުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް އެ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި މަޖިލީހުގެ ޖެންޑާ ކޮމިޓީ އަށް ޖެންޑާ މިނިސްޓަރު ޝިދާތާ އާއި ފުލުހުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިސްވެރިން ވެސް ރޭ ހާޒިރުކޮށް މައުލޫމާތު ސާފުކުރި އެވެ.
އެ ކޮމިޓީގެ ތިން ބައްދަލުވުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނުރައްކަލަށް ހުށަހެޅިދާނެ އާއިލާތަކާއި ކުޑަކުދިން ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަސް ތެރޭގައި އެކުލަވާލައި، މަޖިލީހަށް ފޮނުވުމަށާއި އެފަދަ ކުދިންނާއި އާއިލާތައް ދަފްތަރުކޮށް، މޮނީޓާ ކުރުމުގެ މަސައްކަތް ހަތް ދުވަސް ތެރޭގައި ފެށުމަށް ޖެންޑާ މިނިސްޓްރީ އަށް އަންގަވާފައިވާ ކަމަށެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ނުކޮށް ހުރި އެފަދަ މައުލޫމާތުތައް ދެނެގަނެ، 30 ދުވަހުގެ ރޭގައި އެ މައުލޫމާތު ދަފްތަރުގައި ހިމެނުމަށް ވެސް އެ ނޫސްބަޔާނުގައިވާ ގޮތުން ޖެންޑާ މިނިސްޓްރީ އަށް ނަޝީދު ވަނީ އަންގަވައިފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމެވި ނިންމެވުންތައް ތަންފީޛުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަންގަވައިފި pic.twitter.com/St7NIoWZoL
— People's Majlis (@mvpeoplesmajlis) January 19, 2020
މަޖިލީހުގެ އިދާރާގެ ނޫސްބަޔާން
މީގެ އިތުރުން، ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުމަށް ފަހު ބަންދުން ދޫކޮށްލާފައިވާ މީހުން ދެނެގަނެ، އެ މީހުން ދޫކޮށްލި ސަބަބުތައް އަލުން ދެނެގަތުމަށާއި އެފަދަ މީހުން މޮނީޓާ ކުރާނެ ނިޒާމެއް 30 ދުވަސް ތެރޭގައި ގާއިމް ކުރުމަށާއި އެފަދަ މައްސަލަތައް ކޯޓުތަކުން އަވަހަށް ނިިންމުމާ ގުޅޭ ރިޕޯޓެއް ވެސް 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވަން އެ މިނިސްޓްރީ އަށް ނަޝީދު އެންގެވި ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.
ބަޔާނުގައިވާ ގޮތުން، ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ ޒިންމާ އޮތް މުއައްސަސާތަކުގެ އޮޑިޓެއް ހެދުމަށް ފަހު މަޖިލީހާ ހިއްސާ ކުރަންޖެހެ އެވެ. އަދި ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް ވެސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފަށަން ވެސް ޖެންޑާ މިނިސްޓްރީ އަށް ނަޝީދު އެންގެވި އެވެ.
ކަނޑުހުޅުދޫގައި ކުއްޖަކާ ބެހުނު މައްސަލާގައި ތުހުމަތު ކުރެވެނީ 82 އަހަރުގެ މީހަކާއި 62 އަހަރުގެ މީހަކަށެވެ. އެ މައްސަލައިގައި އެ މީހުން ހައްޔަރުކުރި ފަހުން ވެސް، ބައެއް ރަށްރަށުން ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކުގައި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިގަރު
20 January 2020
މިދައުރުގެ މެޑަންގ.
ހަސަންތަކުރު
20 January 2020
މަޖްލިސްގެ ރައީސްމީ މޮޔައެއްތަ؟ އިދާރީކަންކަމާ އޭނާއަށް ނުބެހެވޭނެ. މިނިސްޓަރުންނަށް އަންގަންވާ އެންގުންތައް އަންގާނީ ރައީސުލްޖުމްހޫރިއްޔާ؟ މިގައުމުގައި ރައީސަކު އެބަހުރި . މަޖްލިސްގެ ރައީސް ހަމައަކަށް އަޅުވަންޖެހޭ އެބަ؟ ނޫނީ ދުރުކުރަން އެބަޖެހޭނޫންތޯ؟؟؟
ކަނބިލި
20 January 2020
މަޖިލިހުން ޖަވާބުދާރީ ކުރުވާނީ ވަޒީރުން. މުއައްސަސާތައް ރަނގަޅުކޮށް އިސްލާހުކުރާނީ ސަރުކާރުން. ބަރުލަ މާނީި ނިޒާ މަކަށް މިހާރު ބަދަލުވީތޯ
ރާމިޒު
20 January 2020
މައުލޫމާތު އެއްކޮށްފަ ބަޔާން ތައް ނެރޭ. އެއީ ކަލޭމެން އެންމެނަށް ވާނެ ކަމަކީ.
ގެއްލުން
20 January 2020
އިބޫކޮބައިހޭ މިއަހަނީ.
އދ
20 January 2020
ރައްތަށް އިތުރުކޮށް ޕޮލިސްމަރުކަޒުތައް އިތުރުޖޮށް ޖަޒީރާ ފުޅާކޮށްލަ.
ައަނީސް
20 January 2020
ޖުޑިޝަރީވެސް ސަރުކާރުވެސް މިހާރު ހުނގަނީ ނަސީދު ދެން މިހާރި 3 ބާރު ވަކިކުރަން ގޯވަ ބަޔަކު އަޑެއް ނެތެއްނޫން !
ރީނދޫ
20 January 2020
އިބޫ ކޮބަިތަ؟؟؟
AliAreef Yoosuf
20 January 2020
ހެޔޮނުވާނެ
ޞަކުރާ
20 January 2020
ޢަސްލު މައްސަލަ އިންފޯކަސް ގެއްލުވާލަން ކުރިކަމެއް