ޭޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ. އޭނާ ވިދާޅުވީ ފަނޑިޔާރުގެއަށް ހެޔޮ ބަދަލެއް އައިސްފި ކަމަށް. ފޮޓޯ:ހުސައިން ވަހީދު/މިހާރު
21 ޖެނުއަރީ 2020 - 11:58
ފަނޑިޔާރުގެއަށް މިދިޔަ އަހަރު ގެނައި ބަދަލުތަކުގެ ހެޔޮ އަސަރުތައް މިހާރު ކޮންމެވެސް ވަރަކަށް ފެންނަމުން އަންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލްކޯޓާއި ސިވިލް ކޯޓްގެ އާ ފަނޑިޔާރުންނާއި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރި މެޖިސްޓްރޭޓުން ހުވާކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލްް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސްތޫރު ވިދާޅުވީ ފަނޑިޔާރު ގެއަކީ ރައްޔިތުންނާ ކައިރިން މަސައްކަތް ކުރާ ތަނަކަށް ބަަދަލުވަމުން އަންނަތަން މިހާރު އެބަ ފެންނަ ކަަމަށެވެ. މައްސަލަތައް ތާވަލުކުރުމާއި ކުރިއަށް ގެންދިއުން ކުރިއަށް ވުރެ އަވަސްވެފައިވާކަން ވެސް ފާހަގަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރަކީ ފަނޑިޔާރުގެ އަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަ އަަހަރެއް. އެކަމުގެ ހެޔޮ އަސަރުތައް، އެކަމުގެ ރަނގަޅު އަސަރުތައް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" މަސްތޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުތައް ހިންގުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ތަސައްވުރާ އެއްްގޮތަށް ފަނޑިޔާރުން މަސައްކަތްކުރައްވާތަން މިހާރު ފެންނަ ކަމަށެވެ.
ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ހެޔޮ ބަދަލުތަކާ އެކުގައި ވެސް ކޯޓުތަކާ ބެހޭ ގިނަ ޝަކުވާތަކެއް ޖޭއެސްސީ އަށް އަދިވެސް ލިބެމުންދާ ކަމަށާއި އެންމެ ގިނައިން އަންނަ އެއް ޝަކުވާ އަކީ އަދިވެސް، މައްސަލަތައް ލަސްވުން ކަމަށް މަސްތޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯޓުތަކާ ގުޅޭ ގޮތުންް 200 އެއްހާ ޝަކުވާ މިދިޔަ އަހަރު ޖޭއެސްސީ އަށް ލިބުނު ކަމަށެވެެ.
"އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައްް އާދަޔާ ހިލާފަށް ލަސްވުން. ޖަލުގައި އޮންނަ މީހާ، އޭނާގެ މައްސަލައިގެ އަޑު އެހުމެއް ނުބާއްވާތާ އަހަރު ދެ އަަހަރު ވާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް އައިސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މައްސަލަތައް ލަސްވުމުގެ ޝަކުވާއާ ގުޅިގެން، އެ މައްސަލަތައް އަވަސްކުރަން ޖޭއެސްސީން މިހާރު އަންގާފައިވާނެ ކަމަށެވެ. މައްސަލަތައް ނިމުން ލަސްވުމަކީ ކޮންމެހެން ވެސް ހައްލުވާން ޖެހޭ ކަމެއް ކަމަށް ޖޭއެސްސީން ގަބޫލުކުރާ ކަމަށެވެ.
"ސަބަބެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި މައްސަލަ އާދަޔާ ހިލާފަށް ލަސްވަމުންދާ ކަމަށް ވާނަަމަ، އެކަމުގެ ޒިންމާވާ ފަރާތަކާ، ފަނޑިޔާރަކާ މެދު އަޅުގަނޑުމެން ފިޔަވަޅު އެޅުމުގެ މަސަައްކަތް ފަށާފައިވާ ވާހަކަ ދަންނަވަން،" މަސްތޫރު ވިދާޅުވި އެވެ.
ފަނޑިޔާރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން މުހައްމަދާއި އެ ކޯޓްގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެމްބަރު މުހައްމަދު ނަޝީދާއި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަދި ޖޭއެސްސީގެ މެމްބަރުން ބައިވެރިިވެވަޑައިގެންނެވި އެވެ.
މިއަދު ހުވާ ކުރެއްވީ ސިވިލް ކޯޓަށް އަލަށް އައްޔަން ކުރި ހަތަރު ފަނޑިޔާރަކާއި ކުރިމިނަލް ކޯޓަށް އައްޔަން ކުރި ފަނޑިޔާރަކާއި ދެ މެޖިސްޓްރޭޓެކެވެ. ފަނޑިޔާރުންނަށް ހުވާލައި ދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން އެވެ. ފަނޑިޔާރުކަމުގެ ފަތްކޮޅު ދެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުއްދީން
17 September 2020
ބަދަލު އެބަ އާދެ. ކުރިން ތިބި ފަނޑިޔާރުންގެ ބަދަލުގައި އެހެން ބައެއް އައިސްފި. ސިޔާސީ ޕާޓީއެއް ހިންގަން މަގުމަތީގައި މުޒާހަރާ ކުރި ބަޔަޔާއި ލާދީނީ އެޖެންޑާއެއްގެ ދަށުން ފިތުނަ ފަސާދަ އުފައްދާ އެމްޑީއެމްގެ ބާނީންގެ ބަޔަކާއި ޚާއިނުންގެ ބަޔަކު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ހިމެނޭ ފަނޑިޔާރުންގެ ތެރޭގައި މިހާރު
އަހުމަދުއަބްދުﷲ
18 June 2020
ކިތަށް ވަރަށް ކަށް އިހުތިބި ފަނޑިޔާރިންގެ ގަނޑިޔާރުންގެ :މައްސަލަ"ބެލިކަމަށް ވިޔަށް ޖޭއެސްސީގެ ސިޔާސީ ކޮމްޕޮޒިޝަން ބަދަލު ނުކޮށް އަދި ވަކިން ޚާއްސަކޮށް އެމްޑީޕީގެ ހިސާނު ހުސޭނު އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތި ކޮމިޝަނުން ގައި ލީޑް ކުރަން ތިއްބަވަނި ކޮށް ޖުޑީޝަރީގެ އަދުލު ވެރިކަން ރައްޔިތިން ޤަބޫލެއް ނުކުރާނެއެވެ. އެކަން ހަމަ ރަގަޅަށް އެބޭފުޅުން ނަށް ވެސް އެގޭނެ އެވެ.
އަދަ
30 January 2020
މަސްތޫރައްއެނގެނީ ކޯއްޗެއް އަނގަނުތަޅާ މަޑުންހުރޭ ޝަރުޢީދާއިރާ ވަޅުލައިފި
ައަނީސް
21 January 2020
ލޮލް!
އަހްމަދު
21 January 2020
ވަރައްރަނގަޅުވާހަކައެއް އެންމެބޮޑައްފާހަގަވީ ކަނޑުހުޅުދޫކޯޓައް އައިސްފައިވާ ކުރިއެރުންކަންޔަގީން
ބޭބެ1
21 January 2020
މީކާކުތައް
އެނގޭ
21 January 2020
ޢާނ. ބޮޑުވަޒީރު ބޭނުންވާ ބަޔަކަށް ޝަރީއަތުން ބަދަލުދީ ވަޒީފާ ހޯދައިދެވިއްޖެ. އަދި ޑްރަގްގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތުގައި ތިބި މީހުން ކްލިއަރ ކުރެވިއްޖެ.
ޖަޒީރާބޭ
21 January 2020
ޗިކާމެން ދޫކޮށްލެވިއްޖެ ދޯ!
ޙަސަން މަނިކު
21 January 2020
އަދި ވެސް ބައެއް ކޯޓުތަކުގައި ޗީފް އެޑްމިނިސްޓޭޓަރ ހުއްޓާ ، އިދާރީ ހުރިހާކަމެއް ނިންމަނީ ފަނޑިޔާރުންގެ މަޖްލިހުން، ،
ދަތްނެތް އުއްތަމަ
22 January 2020
ކޮބާ މައްސަލައަކީ ފަނޑިޔާރުންގެ ބާރު ފަނޑިޔާރުގެ އަކުން ކަނޑުވައެއް ނުލެވޭނެ
ޒަރީނާ-ޔޫއެސްއޭ
21 January 2020
މީނަގެ ތައުލީމީ ފެންވަރު ބަލާލަބަލަ
ބޮޑުމީހާ
21 January 2020
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ