ޮނޮވެލް ކޮރޯނާ ވައިރަސް ފެތުރޭތީ ރައްކާތެރިވާން ސިއްހީ އޮފިޝަލުން ރައްކާތެރިވަނީ.
27 ޖެނުއަރީ 2020 - 21:44
ޗައިިނާގެ ވުހާންއިން ފެނުނު ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް އަވަށްޓެރި ސްރީލަންކާއިން ވެސް ފެނިއްޖެ އެވެ.
ލަންކާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ އެ ގައުމުގައި މިއަދު ފުރަތަމަ ފަހަރަށް މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާ އެކު އާއްމު ސިއްހަތަށް ރައްކާތެރި ވުމަށާއި މާބޮޑަށް ކަންބޮޑުނުވުމަށް ލަންކާ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.
ލަންކާގެ ނޫސްވެރިއަކު ޓްވިޓާގައި ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވީ ޗައިނާގެ ހުބޭ ޕްރޮވިންސުން އެ ގައުމަށް ދިޔަ ޗައިނާ އަންހެނެއް ކަަމަށެވެ.
First patient infected with #coronavirus reported in #SL.
— Ceylon Today (@CeylonToday) January 27, 2020
Story link: https://t.co/ZUYnCR2Mgd#lka #CeylonToday #SriLanka #CoronaOutbreak
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ދަތުރުކުރާ ގައުމެކެވެ.
ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުންނަށް ޖެހި، އޭގެ ތެރެއިން 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ވައިރަސް ފެތުރެމުންދާލެއް އަވަސްކަމުން ޗައިނާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަނީ ބޮޑު ހާސްކަމެއް އުފެދިފަ އެވެ. ވައިރަސް ފެތުރޭތީ ޗައިނާގެ 12 ވަރަކަށް ރަށް މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ރަށްތަކުގައި 50 މިލިޔަނަށް ވުރެ ގިނަ މީހުން ކަރަންޓީނު ވެފައި އެބަ ތިއްބެވެ.
A Chinese female who arrived from Hubei Province, China & admitted to IDH tested positive for Coronavirus during treatment reports Derana https://t.co/FLEZeZTpmL
— Azzam Ameen (@AzzamAmeen) January 27, 2020
ކޮރޯނާ ވައިރަސް ފެތުރޭލެއް ހަލުވިކަމުން، ޗައިނާ މީހުން ދަތުރުކުރުން ވެސް ބައެެއް ގައުމުތަކުން މިހާރު ވަނީ މަނާކުރަން ފަށާފަ އެވެ.
ކޮރޯނާ ވައިރަސް އިން ޖެހޭ ރޯގާގައި ފުރަތަ އަލާމާތަކީ ހުން އައުމެވެ. ނޭފަތް ބެދުމާއި ކެއްސުންއަދި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް އެއަށް ފަހު ފެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްބޭ
28 January 2020
ޓެމްޕަރަރީ ޓްރެވެލް ބޭން އެއް އަވަސްކުރޭ!
ޖެމް
28 January 2020
ވައިރަސް ފެންނަނީ އެވަރަށް ޓެސްޓް ހެދިގެން.
ހުތް އާދަނު
28 January 2020
ޗައިނާ މީހުން ރާއްޖެ އެތެރެވުން ހުއްޓުވަން ޖެހޭ. މިކަމަށް ހައްލެއް ލިބެންދެން .
ހުތްނުވާނެތަ
28 January 2020
ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް އެ ދާއިރާ ފުނޑާލަން ކުރިން އުޅުނު މީހުން މިއަދު ވެރިކަމުގައި ތިބެ އަމިއްލައަށް ފަތުރުވެރިކަމުން ލިބޭ ފައިދާކޮޅެއް ގެއްލުވާލަން ތިޔަ ބުނާ ކަހަލަ ކަންކަން ކުރާނެތަ؟ ފަތުރުވެރިކަމުން ލިބޭ ނަފާގެ މައްޗަށް ރައްޔިތުން އިސްކުރޭތޯ މިފަހަރު ފެންނާނެ.
666666
28 January 2020
ތިޔަހަރަ އަމީނޭ ކިޔާ މީހަކު ބާލާށޭ! ހެލްތު ދަންނަނ މީހަކު ނޫނިއްޔާ ހެލްތް މިނިސްޓްރީއަށް ލުްނ ގާނޫނަކުންވިޔަސް މަނާުކުރާށޭ. ހެލްތަކީ މެޝިން ހަމަ ކުުރުމެެއް ނޫނޭ.
ކައްދަ
28 January 2020
ކޮރޯނާ ވައިރަސް ޗައިނާގެ ވުހާން ސިޓީއިން ފެނުމަކީ އަމީންގެ ސަބަބުންވީ ކަމެއްތަ؟ ގަމާރުވިޔަސް ބޮޑު ވަރު
މާހިރު 1
28 January 2020
ދެން ތިހާ އިނގެންޏާ ބަލާލަބަލަ އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު އަތުގައި އޮތީ ކޮން ކަހަލަ ފާހެއްތޯ. ކަލޯ އިކޮނޮމިކްސް އާއި ޕޮލިޓިކްސް ކިޔަވާފައި ހުންނަނީ. އަދިވެސް މާ އެނގިގަނެގެން ކޮމެންޓު ކުރޭ
އަންނިއަށް ސަލާން
28 January 2020
ހެލްތު މިނިސްޓްރީގެ ހާލަތު އެނގޭނަމަ! އެއޮއްބޮޑޫ އެންޑީޕީއާ ކޮލިޝަނުން ހެލްތު ޔުނިވަރސިޓީއެއްގެ ބޭރުން ހިނގާލި މީހެއްވެސް މިނިސްޓަރަކަށް ލާން ނުލިބުނު. ހެލްތާ އޭވިއޭޝަންފަދަ ދާއިރާތަކަކީ ކުޅޭ ކުޅޭ އެއްޗެއނޫން. އިންސާނާގެ ފުރާނައަށް ރިސްކް. މިދާއިރާތައް ޕާޓީ ސިސްޓަމް އިން ނީލަން ކިޔާ އުސޫލުން މިނިސްޓަރުން ލުމަކީ ޖަރީމާ. މައުމޫނު ވައްޓަން ދެއްކި އެންމެބޮޑު ހުއްޖަތަކީ ރަގަޅުމީހުން ތަންތަނަށް ލުން.ގާބިލް އާއިލާއާށް ފެރެންޑަށް ނުބަލާ. ހެދިހުސް.ދޮގު.
މާހުރު 1
28 January 2020
އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރަކަށް ހުންނަނީ އިކޮނޮމިކްސްްއާއި ޕޮލިޓިކްސްއިން ފާސް ނަގައިގެން ހުރި މީހެއް. ހަމައެކަނި ތިމާ މީހާ ބޭނުން ކަންކަމުގައުތަ ތަރައްގީވެފައިވާ ގައުމުތަކުގައި ކަންކުރާ ގޮތް ބަލަނީ. އެހެންނޫނަސް ތި ޑަކްޓަރު ކަށިގަނޑު ހިފައިގެން ހެލްތަށް އައި ބަޔަކަށް ކުރެވުނީ ކޮންކަމެއްތަ އަަޅެ ފަހެ
ސައްޔާހު
28 January 2020
ޗައިނާއަށް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލަން. އަދި ޗައިނާއިން އަންނަ ފަތުރުވެރިން މިވަގުތަކީ ހައްސާސީ ވަގުތަކަށްވާތީ ރާއްޖެއަށް ދަތުރު ނުކުރެވޭނެގޮތް ހަމަޖެއްސުމަކީ ނުހަނު ބޭނުންތެރި ކަމެއް. ރާއްޖެކަހަލަ ބޭސްފަރުވާ ކުރުން މެދުފަންތީގެ ގައުމަކަށްވާތީ މިކަމާވެސް ކަމާބެހޭ ފަރާތްތަކުން ވިސްނުން ބެހެއްޓުމަށް ގޮވާލަން.
ފަސީހު
28 January 2020
މިދުވަސް ކޮޅު މި ޗައުޅާތައް ރާއްޖެއައުން ހުއްޓުވޭނެ ގޮތެއްހަމަނެއްތަ ؟
ޓިއުސްޑޭ
28 January 2020
ކޮމެންޓުތައް ކިޔާލީމަ އިނގޭ ގިނަ ކިޔުންތެރިންނަށް މިބައްޔާބެހޭ މައުލޫމާތު މުސްހަނދިކަން. އެކަމަކު އެއީ ދިވެހި ނޫސްތަކުން ގެނެސްދިން މައުލޫމާތު ކިޔައިގެނެއް ޖޫން. ތިޔަ ނޫހުން ކޮރޯނާވައިރަސް މިމައޫލޫއަށް ލައިވް އަޕްޑޭޓެއް ހެދުމަކީ ވަރަށް ބޮޑު އެދުމެއް. ޓުވިޓާގައި ޑރ.ނިޔާފްމެން ކުރައްވާ ޓުވީޓްތަކާ ބޭރުދުނިޔޭގެ ހަބަރުތައް ވީހާވެސް އަވަހަށް ގެނެސް ދިނުމަށް ލައިވް އަޕްޑޭޓް ފެށުމަކީ ވަރަށް ބޮޑު އެދުމެއް
މުބީނު މާރނީ
28 January 2020
އެންބެސެޑަރެއް (ރަނގަޅު) ލަންކާގައި ހުންނަން ޖެހޭ ސަބަބަކީ މިއީ. މިހާރު ހުރި އެންބެސެޑަރ އުމަރުގެ ބައްޕަ އަކީ ލަންކާ މީހެއް. ވީމާ އޭނާ ދިވެހިންގެ ކަންކަމުގައި އަޅާލަނީ ވެސް %50 އަށް. މިކަމުގެ ހުރިހާ ގެއްލުމެއް ލަންކާގައި ތިބި ދިވެހިންނަށް! ލަންކާ ގައި ބޮންގޮއްވީމާ ވެސް ހުރިހާ ދިވެހިނަށް ގުޅަމޭ ކިޔައިގެން ހެދީ ބުހުތާން ޖޫޓު. މިހާރު ކޮރޯނާ ވައިރަސް އައީ. ގުޅާލާނެ ނަންބަރުގަނޑެއް ވެސް އުމަރު އަށް ލަންކާގަ ތިބޭ މީހުނަށް ބުނެލާ ނުދެވުނު !!!!
ޝައްފަ
28 January 2020
ވަރަށް ރަނގަޅު ވާހަކައެއް. މި އުމަރަކީ ދިވެހިން ވެސް ކޮށަކޮށައިގެން ވާހަކަ ދައްކާ މީހެއް. އުޅެނީ ދިވެހިންނަށް ފިލައިގެން. އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ލަންކާ އަށް ވަރަށް ބޮޑެތި ގެއްލުން ދައްކާނެ ދިވެހިން ވާހަކަ ދައްކަން ނުދަންނަ އެންބެސެޑަރަކު ހުރީމާ. އެންބެސެޑަރު މިބަހުގެ މާނައަށް ވެސް ހުތުރު ދިވެހިން ވާހަކަ ދައްކަން ނޭންގޭތީ!
އަޒީޒު/ލަންކާ
28 January 2020
މިއައްވުރެބޮޑުކަމެއްދިމާ ނުވަނީސް މި އުމަރު އެންބެސެޑަރު ބަދަލުކޮށްދެއްވާ.
މުބީނު މާރނީ
28 January 2020
12.34 (މިއަދު) އެއްކަލަ އެންބެސެޑަރު އުމަރު ހޭލައިފި. މަތީގައިވާ ކޮމެންޓް ކިއީ ކަންނޭގެ. އެބައޮތް ހުރިހާ ދިވެހިންނަށް އެސްއެމްއެސް ފޮނުވާފަ އިމަރގެންސީ ނަންބަރޯ. ހުރިހާ ކަމެއްވެސް އުމަރަށް ކުރެވެނީ ވަގުތު ފާއިތު ވީމާ!! ހެޔޮނުވާނެ މީނާ ބަދަލު ކޮށްދެއްވާ!!!
އަލިހަންދްރޯ
28 January 2020
ކޮރޯނާ ވައިރަސް އައިސް ގައިދަށުވަނީ. ގައުމު މިއޮތީ ތައްޔާރަށްތޯ؟ އަދިވެސް ޗައިނާ ޓޫރިސްޓުން ބޭނުން ވަރަކަށް އައުން ހުއްދަތޯ؟ އެމީހުންގެ އަތުން ލިބޭ ފައިސާކޮޅުތޯ ނޫނީ ސިއްހަތުތޯ އިސްކުރާނީ؟