އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު ސައީދު: ރިޔާސީ ބަޔާނަށް އޭނާ ވަނީ ފާޑުވިދާޅުވެފައި.
03 ފެބުރުއަރީ 2020 - 19:40
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގުނީ މުޅި ދައުލަތް އޮތީ އޮޅުންބޮޅުންވެފައި އޮތް މިންވަރު ކަމަށާއި ކުރިން ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރި ފްލެޓްތައް ވެސް މިހާރު ރަނަށް ވެއްޖެ ކަމަށް ބުނެ އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.
ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގައި މިހާރު މާވަށު ދާއިރާ ތަމްސީލްކުރައްވާ މުހައްމަދު ސައީދު ވިދާޅުވީ ގައުމުގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިންވަރު ރިޔާސީ ބަޔާނުން އެނގޭ ކަމަށެވެ. އިޖުތިމާއީ އިންސާފު ގެއްލި ކަންކަން ހަމަ މަގަށް އެޅުވޭނެ ގާބިލް ކަމެއް މި ސަރުކާރުގައި ނެތް ކަން ވެސް ބަޔާނުން އެނގުނު ކަމަށް ވިދާޅުވި އެވެ.
ރައީސް ރިޔާސީ ބަޔާން އިއްވެވި އިރު މަޖިލީހުގައި ޕީޕީއެމާއި ޕީއެންސީ ތަމްސީލްކުރައްވާ މަދު މެމްބަރުން ތިއްބެވީ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލާފައިވާ ބޯޑުތައް ހިފައިގެން އިހްތިޖާޖުގަ އެވެ.
ރިޔާސީ ބަޔާނަށް ސައީދު ފާޑުވިދާޅުވީ "އެއީ، ތާފަނާ ރިޕޯޓެއް" ކަމަށް ޕީއެންސީގެ ނައިބު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ވިދާޅުވެފައި ވަނިކޮށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތަކަށް ވާހަކަފުޅު ދެއްކެވި އެވެ. މީގެތެރެއިން ބޯހިޔާވަހިކަމުގެ ވައުދު ފުއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތަފްސީލުގައި ކުރީގެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ފްލެޓްތައް މި އަހަރުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
It’s “here”..! New HulhuMale’-the Youth City as envisioned by the visionary leader who transformed our country. Thank you President Yameen. pic.twitter.com/nq1V6M8vfZ
— Mohamed Saeed (@em_saeed) February 3, 2020
މި ވާހަކަފުޅާ ގުޅުވައި ސައީދު އާއްމުކުރެއްވީ ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެވެ. މުޅިން އާ ހުޅުމާލެއެއް ތަރައްގީކޮށް ދެއްވީ ކުރީގެ ރައީސް ޔާމީން ކަމަށާއި އެތަނުގައި އެޅި 7،000 ފްލެޓް މި ސަރުކާރަށް ރަނަށް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ބްރިޖް ގޯސް، މިއަދު ބްރިޖް ޖަޒީރާވެ ނިމިއްޖެ،" އޭނާ ވިދާޅުވި އެވެ.
Greater Male’, Thilafuttaai hamayah gulhaalumakee RY ge vision. design aai engineering aai e mashroou ah hingaane haradhaai, finance hoadhaane gothaai, dharani dhekolhujassaane goiy ves vaanee nimmaafa. Mihurihaa kamakaa mi sarukaarun dhiyaee faalhuga dhekolhu hadhamun pic.twitter.com/CAisOMgvxK
— Mohamed Saeed (@em_saeed) February 3, 2020
މާލެ ތިލަފުއްޓާ ހަމައަށް ގުޅާލުން ވެސް އޮތީ، ސައީދު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން މަސައްކަތް ފަށައިފަ އެވެ. ކުރެހުން ނިންމައި އެ މަޝްރޫއަށް ހިނގާނެ ޚަރަދާއި ފައިސާ ހޯދާނެ ގޮތާއި ދަރަނި ދެކޮޅު ޖައްސާނެ ގޮތް ވެސް ނިންމާފައި އޮތް ކަމަށް ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކާ ވެސް މި ސަރުކާރުން ދިޔައީ ފާޅުގައި ދެކޮޅުހަދަމުން،" ސައީދު ވިދާޅުވި އެވެ.
ކޮރޯނާވައިރަހުން ޓޫރިޒަމަށް ހިޔަނި އެޅިފައިވާ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ އެމްޑީޕީ އިދިކޮޅުގައި އޮންނަ ކޮންމެ ފަހަރަކު ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހެންދޯ ހީވަނީ
04 February 2020
ފުލެޓް އަޅައިދީގެން ބަޔަކަށް އިންސާފުން ފުލެޓްދޭން ނުއުޅެ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ6ހާސް ރުފިޔާގެކުއްޔެއްދައްކައިގެންއުޅެވޭ ވަރުގެމީހުންނަށް ދޭންއެޅިފުލެޓްތަކެއް މުއްސަދި ފައިސާވެރިންނަށް. ތިތަންތަނުން ޖާގަހުސްކުރަންއުޅުން ތީކުރެވޭބޭއިންސާފެއް ދިވެހިކޮންމެރައްޔިތަކީ ބޯހިޔާވަހިކަމަކަށްސަރުތުހަމަވާމީހަކަށްވާއިރު އަމިއްލަ ގެދޮރުން ލިބޭ އާއްމުދަނީއްކުލިދައްކަން ފައިސާ ހޯދާމީހުންނަކަށް ތިތަންތައްހައްގެއް ނުވާނެ ،ގެދޮރުގެ ހާލަތް ބެލުން ތީ ޖަހާ
1234
04 February 2020
މިދެންކާކު ؟ އަގަމަޑުންލައިގެންތިބެ؟
އަށްގޮދާ.
04 February 2020
ރ. ނަޝީދު ބުރިޖް އަޅަން ހިޔާލީ ފޮލާކެއްކީ ފުނަދޫ ބޭނުން ކޮއްގެން. ވީމާ މިހާރު މިއޮތް ބުރިޖަކީ ސުމަކުން ފަށައިގެން ރ. ޔާމީން ގެ މަސައްކަތް. ކުރާ ކަން ބަލާށެވެ. ހޮޅުއަށީގަ ކައްކާ ފޮލަޔައް ނުބަލާށެވެ. ހުރިހާ ބާރެއް އޮވެމެ، އަދި އެމްޑިޕީ އަކައް ބުރިޖް އެއް މިރާއްޖޭގައެއް ނޭޅެއެވެ.
ކެނީ
04 February 2020
ޔާމީނު މިގައުމަށް އެއްކުރައްވަމުން ގެންދެވި ރަންފުނިތައް ފެނިގެން އެހާ ބައިވަރު ދޮގު ހަދައިގެން ވެރިކަމަށް އަރާ އެތިބީ ހަމަ އެންމެ ކަމަކު. އެ ރަންފުނިތަކުން ފައިދާ ހޯދަން. އެކަމު އެކަންވެސް ރަގަޅަށް ކުރަން ނޭނގި ތިބެ 1 އަހަރުގެ ބަޖެޓް ހުލިއަރުވާލައި ގައުމު އިތުރަށް ދަރުވަމުން އެ ގެންދަނީ.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
04 February 2020
މުޅި އުމުރު ރެސޯޓުގައި ރާއްޖޭން ބޭރުގައި ހޭދަކޮށްފަ ( ބާޒެއް ) ފަދައިން ސޭޓުގެ ސްލޮޓެއްގައި ސިޔާސީ ވެވުނީމާ ދައުލަތެއް ނޭގޭނެ ދައުލަތް ކީއްކުރަންތޯ މުޅި ރައްޔިތުންވެސް ފެންނާނީ އޮޅުން ބޮޅުން ގަޑެެއް ގޮތަށް. ކޮތަރު ކޮށްޓެއް މެދު ޒިޔާރަތެއް މުންނާރެއް ސިޔާސީ ގޮތުން ނޭގި ހަމަ ވާނީ ތިޔަހެން. ހައިރާނެއް ނުވެ. އަދުރޭ ފިސާރި ހައިރން ވެދާނެ ތޯއްޗެއް. އެއީ ިސާބު އިލްމާއި ސިޔާސީ އިލްމާ ވީމާ ހިލްމު ތަގައްޔަރު ތޯއްޗެއް.
އަދާލަތު
04 February 2020
ނަޝީދު އަކީ ދިވެހި މޭސްތިރި ކިޔާ ކުޑަކުޑަ ކާރޕެންޓްރީއެއް ނުހިންގިގެން ބަނގުރޫޓް ކޮށްލި މީހެއް. ލަދެއްނުގަނޭ. އަނގަތަޅާކަށް. މަކަރާ ދޮގާ ޙީލަތް ނޫން އެކައްޗެއްވެސް އޭނާޔަކަށް ނޭނގޭނެ. މިހާރު އެ ފައިނަގަނީ، ބަރުލަމާނީއަކަށް ރާއްޖޭގެ ނިޒާ މް ބަދަލްކޮށް، ބޮޑުވަޒީރުކަ މަށް އެރު މަށް. އެހިސާބުން ރައްޔިތުންގެ ބޭނުންދިޔައީ. ކައުންސިލް ލިބިއްޖެނަ މަ އެކަން ކުރާނެ.
ބާދާލަތު
04 February 2020
ކަލޯ ބަރުލަމާނީ އަކީ ކައުންސިލަރުން ވޯޓުލައިގެން ބަދަލުކުރެވޭ ގޮތަށް އޮންނަ އެއްޗެއް ނޫން. މަޖިލީހާ ކައުންސިލާ އޮޅިފަތަ ތިހިރީ؟
ނަކް
04 February 2020
ފިނިފެންމާ ތިޔަ ހުރީ މޯޅިވެފަ.. ކާކު ކޮތަރުކޮށި ރަނަށް ވެގެން އުޅެނީ؟؟ ދައުލަތުން ބޭކާރު ހަރަދުތަކެއއކިށް އިސްރާފެއްވިޔަ ނުދިނުމަށް އެތަންތަން ވެސް އެބަޖެހޭ ދޯ ހަވާލުކުރަން.. ތިޔަ ތަންތަނަށް މީހުން ވަދެލީމަ ޝަކުވާ ފޫނި އަންނާނި ހަޤީޤަތް ފަޅާ އަރާނެ އޭރުން..
ދިވެހިދަރި
04 February 2020
ކޮންމެ އެއްޗެއްކިއަސް, މިސަރުކާރު މީ އެންމެ ނާގާބިލް, އެންމެ ޕްލޭނެއް ނެތް, އެންމެ މަކަރު, އެންމެ ލާދީނީ, އެންމެ ކޮރަޕްޓް ސަރުކާރު....
އަލިހަންދްރޯ
04 February 2020
ހަމަ ކަޑައެޅިގެން ދޮގެއް. ބްރިޖުގެ ސީޒިބިލިޓީ ވަނީ ނަޝީދުގެ ވެރިކަން ވައްޓާލުމުގެ ކުރިން ހަދާ ނިންމާފަ.
ހެއްވާ
04 February 2020
ބްރިޖެއް ނުހެދޭނެއޭ ބުނި މީހެއްގެ ވާހަކަ ތި ދައްކަނީ.
ނަޖްވާ
04 February 2020
މި ސައީދަކީ ދެ އުޅިއެއް ނުވާ ވާހަކަ ދައްކާ މީހެއް! އެއްވެސް އޮއްޓަރެއް ހުރި ވާހަކަ އެއް ދައްކަން އެނގޭ މީހެއް ނޫން! ޤާސިމު މިނަޔާ މީނަގެ އަންހެނުންނަށް ކިޔަވާ ދިނީމަ، އެ ފަކީރުގައިގަ ކޮޅުފައިން ޖަހާފަ ގޮސް ހުރި އެއްވެސް ވެލިޔުއެއް ނެތް މީހެއް! ދެން ކޮން ވާހަަކައެއް ދައްކާކަށް!
8965
04 February 2020
ދޮގުނަހައްދަވާ.. އިންސާނުންގެ ޖަމާއަތުން ނުކުމެ ސެކިއުލަރ އިންނަށް ވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ ދޮގުހެދުން. މުހައްމަދު ސައީދަށް ކިޔަވައިދިނީ ގާސިމެއްނޫން. އޭނާ ގާސިމުގެ ރިސޯޓެއްގައި މަސައްކަތްކުރީ. އޭނަގެ ވެލިއުއެއް ނެތްނަމަ މިގައުމުގައި ނެތް ވެލިއު އެއް ހުންނާނެ އެކަކުވެސް. އޭނާގެ މިނިސްޓަރު ކަމުގައި ދުވާލުގެ 18 ގަޑި އިރު ހޭދަކުރީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެހާ ކަންކކަން ހޯދާ އެކަންކަން އިމްޕްލިމެންޓް ކުރުމުގައި.