ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
09 ފެބުރުއަރީ 2020 - 09:48
ކ. މާފުށީގެ މަގުމަތީގައި ބިކިނީގައި ހުރި ޓޫރިސްޓު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ވަރަށް ގޯސްކޮށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އިމްރާން ވިދާޅުވީ، އެ އަށް ވުރެ ރަނގަޅަށް އެ ހާލަތު ފުލުހުންނަށް ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި އެހެން އެކަން ނުވީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެކަމަކު، ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލުކުރީ ވަރަށް ގޯސްކޮށް ކަމަށް ނުދެންނެވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އޭގެ ފަހުން، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި އަންހެނަކު ހައްޔަރު ކުރަން ފިރިހެން ފުލުހުން ހަރަކާތްތެރި ވުމަކީ ރާއްޖޭގެ ރީތި ނަން ޚަރާބުވާނެ ކަމެއް ކަމަށެވެ. އަންހެން ޓޫރިސްޓް ހައްޔަރުކުރަން ފިރިހެން ފުލުހުން ހަރަކާތްތެރިވި ހަރަކާތްތެރިވުން އެމަނިކުފާނު ސިފަކުރެއްވީ "ގަޔަށް ބޮލަށް އެރުން" ކަމަށެވެ.
Maafusheegai touristaku hayyaru kuree gohun noon kamah dhekevey kamee kanboduvun ithuruva kameh. Haalathai nubahdhal baaruge beynun kurumai,anheneh ge gayah bolah firihen fuluhun erumai,mi enme kankamee Raajjeyge reethi nan kharaabuve tourist viyafaariah nuhanu gellunvaane kankan
— Mohamed Nasheed (@MohamedNasheed) February 9, 2020
"ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެނުން އެރުމާއި މި އެންމެ ކަންކަމީ ރާއްޖޭގެ ރީތި ނަން ޚަރާބުވެ، ޓޫރިސްޓް ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، މިދިޔަ ހުރުކު ދުވަހު ހަވީރު މާފުށީ މަގުމަތީގައި ބިކިނީގައި އުޅުނު އިނގިރޭސި ވިލާތުގެ ޓޫރިސްޓް އަންހެންމީހާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވުމާ ގުޅިގެން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި އެރޭ ވިދާޅުވީ، ފުލުހުން އަމަލުކުރީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އެކަމާ ވަގުތުން މާފަށް އެދިވަޑައިގެން، އެކަން ހިނގައިދިޔަ ގޮތުގެ ތަހުގީގު ފެއްޓެވިކަން ޓުވިޓާގައި އިއުލާން ކުރެއްވި އެވެ.
މާފުށީގައި ޓޫރިސްޓް ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯއެއް ފުރަތަމަ އާއްމުވުމާ އެކު އާއްމުންގެ ފާޑުކިއުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އެއްވެސް އަންހެން ފުލުހަކު، ނެތި މުޅިން ވެސް ފިރިހެން ފުލުހުންތަކެއް ވެގެން، އިހާނެތި ގޮތަކަށް ޓޫރިސްޓު އަންހެންމީހާ ހައްޔަރު ކުރަން އުޅުމެވެ. ދިފާއުގައި ފުލުހުން ބުނެފައި ވަނީ މާފުށީގައި ފިރިހެން ފުލުހުން ނެތުމުން އެވަގުތު ފިރިހެން ފުލުހުން ހަރަކާތްތެރިވާން ޖެހުނީ ކަމަށެވެ.
އެ އަންހެންމީހާ ހައްޔަރު ކުރުމުގެ ކުރިން، އޭނާ އަށް ނަސޭހަތްދީ ހުއްޓުވަން އުޅުނު ނަމަ، މަންޒަރު އެއަށް ވުރެ ރީތި ވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
ނަމަވެސް، އެކަން ހިނގައިދިޔަ ގޮތް ފެންނަ އެހެން ވީޑިއޯއެއް އިއްޔެ އާއްމުވުމާ އެކު، އެކަމާ ގުޅޭގޮތުން ބައެއް މީހުންގެ ހިޔާލު ތަފާތުވި އެވެ. އެ ވީޑިއޯ އިން ފެންނަނީ، އަންހެން މީހާ އަތުގައި ބިޑިއެޅުވުމުގެ ކުރިން، ބިކިނީގައި މަގުމަތީގައި ނޫޅެވޭނެ ކަމަށް ބުނެ ފުލުހުން ނަސޭހަތްދޭ މަންޒަރެވެ. އެކަމަކު އަންހެން މީހާ އެކަމާ ދެކޮޅު ހެދި އެވެ. އަދި ފަހުން ފުލުހުން ހައްޔަރުކުރަން އުޅުމުން ވަރަށް ބޮޑަށް ގަދަ ދެއްކި އެވެ.
ފަހުގެ ވީޑިއޯއާ އެކު، ސީޕީ ހަމީދު ފުލުހުން ގޯސް ކުރައްވައި ކުރެއްވި ޓުވީޓާ މެދު ވެސް އެތައް ބަޔަކު މިހާރު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންދުބާދު
10 February 2020
ރާބޮއެ މަސްތުވެގެން އޮރިޔާންހާލުގައި ދުލަށް އައިހާ ނުބައިއެއްޗެއް ގޮވަމުން މައިންނާއި ދަރީންނާއި އެއްބަނޑު ތިމާގެ މީހުން ކުރިމައްޗަށް ގާނޫނޫނު ހުއްދަނުކުރާ ޙާލަތެއްގައި އަންހެނެއް ނުކުތީމާ، އޭނާ ހުއްޓުވަން ޖެހެއެވެ. ރިޒުގުދެއްވަނީ ﷲއެވެ. އަހަރެމެން ވަކީލުކުރަނީ ﷲ އަށެވެ. އިނގިރޭސީންނަކަށް ފަތުރުވެރިންނަކަށް ނޫނެވެ. މަގޫފަތާ ޒަންޖަބީލާއި ސަލްސަބީލާއި މަންނައާއި ސަލްވާވެސް މިންވަރުކުރައްވަނީﷲއެވެ.
ސިކަންދަރު
10 February 2020
މިހިރަ ފެންނަނީ އަމިއްލައަށް ކުރާކަންކަން އެނބުރި ތިމާންމެނާ ދިމާލަށް އެހެން ސިަފައެއްގައި އަންނަތަނެވެ. އެމިއްލައަށް ބުނާހެން ފކށް ފައިންއެރޭތަނެވެ. ނަންވާނީ ވެސް ކަންވާނީ ވެސް ހަމަ ސަރުކާރެވެ. ހޯމް މިނިސްޓަރެއް ނޫނެވެ.
ފުރަދާނަ
10 February 2020
ރާޢްޖޭގައި ގާނޫނެއް ގަވާއިދެއް ކޮންމެ ކަމަކަށް ހެދިފައި ހުއްޓަސް އެއަށް އަމަލުކުރުމާއި ނުކުކުން ބޮޑުންނާއި އިސްފަރާތްތަކުގެ ބޭނުމަށް އޮންނަހާ ހިނދަކު މިގައުމުގެ ކަންކަން ހަމަމަގަކަށް ނޭޅުވޭނެއެވެ. މަސްތުވާތަކެއްޗާއި ބިދޭސީން ގިނަވެ ވިޔަފާރި އަތުން ބީވެ ދިވެހީން ބިކަވަނީ ބޮޑުންނާ އިސްފަރާތްތަކުގެ އަމިއްލައެދުން ބޮޑުވީމައެވެ. ވޯރާއިން ރާޢްޖެ ގެނެސް ވިޔަފާރި މިލްކުކޮށް ރައްޔިތުން ނިކަމެތިވީ، އޭޜު މާލޭގެ ދެ މަހުޖަނެއްގެ ވާދަވެރިކަން ބޮޑުވެގެންނެވެ.
ބޯގޯސް1
10 February 2020
މީނާގެ ވެރިކަން އަބަދުވެސް ނިމުމަކައް އައްނާނީ ފުލުހުންނާއި ވިދި ލާދީނީވެގެން. މިފަހަރުވެސް ރީއްޗައް ނިމިގެންދާނެ ގޮލައެއްމީ.
ސޭކުބެ
09 February 2020
އަޅުގަނޑާ ބައްދަލުވި މިނަޝީދަށް ތާއީދުކާ އެންމެންގެ ޚިޔާލުވެސް ހުރީ ހަމަ އެއްގޮތަށް. ބަލަ ކޮންމެ ގައުމެއްގަވެސް އޮވޭ އެގައުމުގެ ޤާނޫނާ ޤަވާއިދު އަދި އެބައެއްގެ ދީނާ ސަޤާފަތް. އެކަންކަމާ ޚިލާފުވީމާ ދޭސީއެއް ބިދޭސީއެއް ތަފާތެއް ނުކުރެވޭނެ. ތިނަޝީދު އުޅުއްވި އިގިރޭސިވިލާތުގައެއްވެސް އެގޮތަށް އޮރިޔާމުން މަގުމަތީގައެއް ނޫޅެވޭނެ. ކަލޭތީ މިޤައުމުގެ ހަލާކު. ލާދީނީއޭ ކީމާ ކިޔާމީހަ މިގޯސްވަނީ. މިއޭ ކަލޭ ތިކިޔާ އޯލްޓަނޭޓިވް ނެރެޓިވް އަކީ ދޯ؟
ރަންނަ
09 February 2020
އިސްލާމް ދީނުގަވެސް އޮވޭ މަރުގެއަދަބު. އެކަމަކު ތަންފީޒުކުރަންއޮވޭ ވަކި ގޮތެއް. އައިއެސް މީހުންހެން ތަންފީޒެއް ނުކުރެވޭނެ. ހަމަ އެގޮތަށް ރާއްޖޭގެ ގާނޫނުގަވެސް އިވޭ އަންހެނަކު ހައްޔަރުކުރަން ވަކިގޮތެއް ކަނޑައަޅާފަ. އެއްވެސް މީހަކުނޫޅޭ ހައްޔަރުކޮށްގެން ކަންބޮޑުވެގެން. ހައްޔަރު ކުރިގޮތް ގޯސްވެގެން މިއުޅެނީ
ޢާސިފު
09 February 2020
ހިޔާލު ތަފާތުވާ ދުވަސްވަރު ފެށިފަ މިއޮތީ، ފަހަރަކު މީހަކު ބޭރުކޮއްލާނެ.
ބައި
09 February 2020
މާލޭގެ އެންމެ މީހުން މަދު ދާއިރާޔަށް ކުރިމަތިލައި އާދައިގެ މީހަކާ ވާދަކޮށް މަދުގޮނޑިކޮޅަކުން އެވެސް ދަފްތަރު މީހުންލައްވައި ވޯޓްލައިގެން ލިބުނީމަ މުޅިމަޖުލީސް ވެރިކޮށްގެން މީނަ މިއުޅެނީ ލަދެއްވެސް ނެތި.
ނަޖުދާ
09 February 2020
ކަލޭ ތަންކޮޅެއް ހޭޖެހޭ ކޮމެންޓެއް ކުރެވޭތޯ ބަލާބަލަ ދެން ފަހަރަކުން! ބުނެލާފައި އިންތިހާބަށް ގޮސް 65 ގޮނޑި ހޯދައިގެން ސްޕަރ މެޖޯރިޓީ ނަގާލައިގެން އޭނީ! އަނެއްކާ އޮތީ ކައުންސިލު އިންތިހާބު، ބުނެލާފައި މުޅި ރާއްޖެއިން މެޖޯރިޓީ ދަމާލާނަން. 2023 ވެސް ބަލާލަން ހުރޭ ކަލޭ! އިރާދަކުރެއްވިޔާ ގިނިކަންޏާއި ނުކުމެ، އެމްޑީޕީން އިންތިހާބު ދަމާލާނަން.! ނެތް ވާދަކުރެވޭވަރުގެ ސިޔާސީ އޮއްޓަރެއް ހުރި މީހެއް. ސޮރީ ބްރޯ!
ނަޖޫ
09 February 2020
ނަޖޫ ސިސް. އަހަރެން ބުނެލަން އޮތީ އެންމެ އެއްޗެއް. އިންފިޙާބު ކައިރި ވީމަ އެކަން އަންނިވެސް ޔާމީނުވެސް އެހެން އެއްޗަކަސް މި ކޯލަޝަނެއް ހަދަން ދޮގު ހަދަން ދުވަނީ ކީއްކުރަންހޭ. މިދިޔަ ފަހަރުވެސް ބުނެވޭނެދޯ އެހެން މީހެއްގެ އެހީއެއް ބޭނުން ނެތޭ. ތިމަންނަމެން މިކަން ކޮށްލާނަމޭ. އެންމެންގެ އެހީ ހޯދާ ލިބުނީމަ ވަށްވަށް ޖެހީމަ ހަޑި ދޯ ސިސް
އިބުރާ
09 February 2020
ނަޖުދާ ދެއްކި ވާހަކަޔަކަށް ނެތެއްނުން ތާއީދެއް! ވީ މާ އަސްލު އޮޅުވާލަން ނޫޅުނިއްޔާ ރަނގަޅު ވާނެ!
ޢެޑްމުންޑޯ
09 February 2020
އެމެރިކާ ޔޫކޭ ފަދަ ކުރިއަރާފައިވާ ގައުމުތަކުގެ ފިރިހެން ފުލުހުންވެސް އަންހެނުން ހައްޔަރު ކުރާ ވީޑިޔޯތަށް އެހެރީ ފެންނަން ، އަދި ގަދަދައްކާ އަންހެނުންނަށް އަނިޔާވެސް ކުރޭ ، މިއީ އާކަމެއްނޫން ، ގައުމުގެ އަގުވެއްޓެންވީ ކީއްވެ ، ކޮންމެ ގައުމެއްގައިވެސް ގާނޫނެއްއޮވޭ ،އެއަށްތަބާ ނުވާ ފަރާތްތަށް ހައްޔަރުވެސްކުރޭ.
ނަޖުދާ
09 February 2020
އެމެރިކާއޭ، ޔޫކޭ އޭ ކިޔާލާ ކިޔާލަ ބޯހަރުކަން މަތީ ތިބެގެން، މިގައުމަށް ފަތުރުވެރީން ނައިސް، ބަނޑަށްޖެހި މަގޫފަތް ކާންޖެހުނީ މާ ނުފިލައްޗޭ އިނގޭ! މީހާގެ ސިކުނޑީގެ އައިބުކަން ފިލާނީ، ތަހުޒީބީ ސިކުނޑިން ވިސްނައިގެން އަދި މީހާ ތަހުޒީބުވެގެން. ތިޔަހެން ބާކީވެގެން، ވަޒީފާނެތި ބިއްޖެހިފައި ތިބެގެން ތަހުޒީބެއް ނުވާނެ އިނގޭ!
ދިވެހިދަރި
09 February 2020
ރައީސް ނަޝީދު ކަލޭ ކިހިނެތް ވެފަތަ ތިހިރީ.... ޔޫޜަޕް މީހެއް ވިޔަސް ހަމަ ޖެހޭނެ މައިތިރި ކުރަން މައިތިރި ކުރެވުނު ގޮތަކަށް. ރޯ އޮރޮޔާމުމް މި ދިވެހި ފަސްގަނޑަކުއެއް ނޫޅެވޭނެ.
ނަޖުދާ
09 February 2020
މި ފަސްގަނޑުގައި ރޯ އޮރިޔާމުން އުޅޭނީ ޔޫރަޕް މީހުންތަ؟ ނޫނީ ދިވެހިންތަ؟ ކަލޭ ހޭވެރިކަން ވެބަލަ. ކަލޭގެ ނެތް ދޯ އެއްވެސް ސިކުނޑިއެއް! އެއްފަޅިތަ މަސައްކަތްކުރަނީ. ކަލޭ ރައީސް ނަޝީދަށް ބަވާއިރު، ނަޝީދު އެވިދާޅުވީ ރަނގަޅުވާހަކައެއްކަން ކަލެއަށް ފަހުމްވާނީ ކަލޭ މަގޫފަތް ކާންޖެހޭ ދުވަހަކުން. ކާޑަށް ޖެހި، ކާޑު ކަށިގަނޑަކަށް ކަލޭ ބަދަލުވީމާ
ައަލިފުތާ
09 February 2020
ނަޖުދާ، މަގޫފަތް ކާން ޖެހިދާނޭ ހިތަކަށް ނާރާދޯ ތި ބައިމީހުން ޓޫރިޒަމް ބޮއިކޮޓްއޭ ގޮވިއިރު. މުނާފިގުކަން ނޫނީ ގަބީލާ ވިސްނުންއުތަ!!
ސަރުކާނު
09 February 2020
ތީ އިގިރޭސިންނަށް ވިކިފަ ހުރިމީހެއް. އޭނާ ކަންބޮޑުވާނެ އިގިރޭސި ވިލާތޭ މީހަކު ބުންނާސް. ޤައުމުގެ ޑޮބައިސީ.