11 ފެބުރުއަރީ 2020 - 07:34
ޗައިނާ އިން އުފަންވެ، ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފޯރާފައިވާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވާން، އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާގެ ގޭޓްސް ފައުންޑޭޝަނުން 100 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
މިކަމާ ބެހޭ ގޮތުން ގޭޓްސް ފައުންޑޭޝަނުން ނެރުނު ބަޔާނުގައި ބުނީ އެ އެހީ އަކީ ބަލިފެތުރުން ކޮންޓްރޯލްކުރުމަށާއި ބަލި ދެނެގަތުމަށް ކުރާ މަސައްކަތާއި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގެ އިތުރަށް ކޮރޯނާވައިރަށް ވެކްސިނެއް ތައްޔާރުކުރަން ދޭ އެހީއެއް ކަމަށެވެ.
We’re committing up to $100 million for the global response to the 2019 novel coronavirus outbreak.
— Gates Foundation (@gatesfoundation) February 5, 2020
Full details: https://t.co/nHLVkeqbXH pic.twitter.com/2jBOCqS9gf
މި 100 މިލިއަން ޑޮލަރުގެ ތެރެއިން 20 މިލިއަން ޑޮލަރު ހާއްސަކޮށްފައި ވަނީ އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށެވެ. މީގެ އިތުރުން ބިލް އާއި މެލިންޑާގެ ފައުންޑޭޝަނުން ދިން އެހީން ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑު ޗައިނާގެ ކަމާގުޅުން ހުރި ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ވެސް އެހީ ފޯރުކޮށްދޭނެ އެވެ.
ގޭޓްސް ފައުންޑޭޝަނުން ބުނި ގޮތުގައި ބަލި ފެތުރުމެން ދިއުމުގެ ފުރުސަތު އަދިވެސް އޮތުމާ އެކު، އޭޝިއާ އާއި އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ފައުންޑޭޝަނުން ހަދިޔާކުރި 100 މިލިއަނުން ޑޮލަރުން 20 މިލިއަން ޑޮލަރު ހާއްސަކޮށްފައިވެ އެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ބޮޑެތި އެހީތައް ފޯރުކޮށް ދީފައިވާ މަހުޖަނުންގެ ތެރޭގައި ޗައިނާގެ އެންމެ މުއްސަނދި މީހާ އަދި އަލީބާބާ ގްރޫޕްގެ ކުރީގެ ވެރިޔާ ޖެކް އާއި ޗައިނާ ޓެކް ކުންފުނި ޝޯމީގެ ސީއީއޯ ލީ ޖުން ހިމެނެ އެވެ.
ޖެކް މާ 100 މިލިއަން ޔުއާން (14.4 މިލިއަން ޑޮލަރު) ހަދިޔާކޮށްފައިވާ އިރު، ލީ ހަދިޔާކޮށްފައި ވަނީ 12.7 މިލިއަން ޔުއާން (1.8 މިލިއަން ޑޮލަރު) އެވެ.
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 800 އަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްބިބީ
12 February 2020
ކޮބާ އިސްލާމީ އަރަބި މަހުޖަން ޝޭޚުން . އެމީހުން ދީލަތި އެހީއެއްނުވޭތަ. ނޫން އެމީހުން އެހީވާނީ ރީތި އަންހެންކުދިންނަށް ނޫނީ ޒުވާނަ ފިރިހެނުންނަށް .
ބޯނެއްބުރުމާ
11 February 2020
މިގައުމުގަ އުޅޭ މަހުޖަނުންނަށް ކިހާވަރެއް ދެވޭނެ..
ޖާބިރު
11 February 2020
ގޭޓްސް އަށް މާތްﷲ އިސްލާމްދީނަށް ހިދާޔަތު ދައްކަވާށި އާމީން.
ޓްރޫ
11 February 2020
އާމީން
ތދްކު
11 February 2020
ކީއްވެ ޝުކުރިއްޔާ އޭ ނުބުނީ؟
ފަންސުރު
11 February 2020
ތެދުމަގު ހޯދައިގެން ތިބި މަހުޖަނުން ކިހާވަރެއް ދިން ބާ؟
ހުދުހުދު
11 February 2020
މަށަށް ވެސް ނިކަން އެހީއެއް ދީބަލަ