ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމު ކަމަށް.
12 ފެބުރުއަރީ 2020 - 20:25
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން، ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރު/އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު އުފެދިފައިވާ ދެބަސްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަރަށް ފުޅާ ދާއިރާއެއްގައި ބަލަމުން އަންނަނިކޮށް، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމީ ދެވަނަ ރަންވޭ ހުޅުވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބާރަށް ހިންގަން ފެށުމަށްޓަކައި ކަމަށެވެ.
"ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް،" ޓްވީޓްގައި ނަޝީދު ވިދާޅުވި އެވެ.
Dhevana runway hulhuva airport baarah hinganfeshumah Dhivehi Sarukaar aai TMA, dhefaraiy ehbasvevey gothakah sea plane terminal ge kanthah avahah ninmun varah muhimmu.TMA ah terminal dhinumugai goaskoh kameh hingafa vaanama ekan kuri meehakah/bayakah dhauva ufulun eyee ehen kameh
— Mohamed Nasheed (@MohamedNasheed) February 12, 2020
ނަޝީދުގެ ޓްވީޓް
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވިދާޅުވީ، މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް ރޫޅައި ނުލެވި ލަސްވާތީ، ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވާ ކަމަށާއި އޭގެ ސަބަބުން އެމްއޭސީއެލް އަށް ވެސް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.
ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް 19،000 އަކަފޫޓުގެ ސަރަހައްދެއް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށް އެ ކުންފުނިން އަންނަނީ ބުނަމުންނެވެ. އެކަމަކު ސަރުކާރުން ނިންމާފައި ވަނީ 5،000 އަކަފޫޓުގެ ސަރަހައްދެއް ދެ އަހަރުގެ މުއްދަތަކަށް ޓީއެމްއޭ އަށް ދިނުމަށެވެ. ސަރުކާރުން ކަނޑައެޅި އަގާ މެދުގައި ވެސް ޓީއެމްއޭ އިން ހިތްހަމައެއް ނުޖެހެ އެވެ.
ޓީއެމްއޭ އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ބުނީ އެ ކުންފުންޏަށް 19،000 އަކަފޫޓުގެ ސަރަހައްދެއް 15 އަހަރަށް ދޫކުރާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން މާކުރިއްސުރެ ދީފައިވާ ކަމަށެވެ. އެ ޔަގީން ކަމަށް އިތުބާރުކޮށް، ސީޕްލޭން ޓާމިނަލް ތަރައްގީ ކުރަން 18 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާނެ ކަމަށް ވެސް ޓީއެމްއޭ އިން ބުންޏެވެ.
އޮޑިޓާ ޖެނެރަލް ހަސަން، މާލިއްޔަތު ކޮމިޓީގައި މިއަދު ވިދާޅުވީ މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް ވަރަށް އަވަހަށް ރޫޅާލަން ޖެހޭތީވެ، ޓީއެމްއޭގެ އޮޕަރޭޝަނަށް ވެސް ހުއްޓުން ނާންނަ ގޮތަށް، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތް ރަނގަޅު ކަމަށެވެ. އެކަމަކު، އެއީ ވެސް އެމްއޭސީއެލް އިން އަމިއްލަ އަށް ޓާމިނަލް ހިންގަން ތައްޔާރަށް ނެތުުމުން ސަރުކާރަށް ނިންމަން ޖެހުނު ނިންމުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"އެހެންވީމާ ވަރަށް އަވަސް ނިންމުމެއް ނިންމަން އެބަޖެހޭ. އަނެއްކާ ވަރަށް މުހިއްމު ސްޓޭކްހޯލްޑާއެއް ހަގީގަތުގައި ޓީއެމްއޭ އަކީ. އެހެންވީމާ ޓީއެމްއޭ އަށް ވެސް އެކަހަލަ ގޮތަކަށް މަޝްވަރާ ކުރެވިފައި އޮތީތީވެ، ޓީއެމްއޭ އަށް ވެސް ވަކި އަދަދަކަށް ސްޕޭސް އެލޮކޭޓް ކުރުން ރަނގަޅު ކަމަށް އަޅުގަނޑު ވެސް ދެކެނީ،" އޮޑިޓާ ޖެނެރަލް ހަސަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
14 February 2020
އަވަސް އަރުވާލައިގެން ނުކުރު މަށް ނަސޭހަތްތެރިވަން.. ކޮން ޓީ.އެ މް.އޭ އަކަށް ދޭކަށް. ހަ މަ އެހެން ކުންފުނިތަކަށް ދޭ އުސޫލުން ދީ.
ބެއްޔަހުއްތުދީދީ
14 February 2020
މިހެންވެގެންތާއޭ މީނާގެ ވެރިކަމުގާވެސް އެދިގުރާސްތާ 30 އަހަރުގެ ކަންކަން ނުބެލިީ މީނާޔާމީނާގެ މީހުންވެސް ހަމަ މިމަގުންހިނގާ ރައްޔަތުންގެ މުދާ ނަހަމަގޮތުގައި ބޭރުގެ ފަރާއްތަކައް ދޭން 1978 ވަނަ އަހަރު އޮއްކަމައް ބުނާ އެމްއެސްއެލްގެ 98 އާގްބޯޓާއި އެދިގުރާސްތާ 30 އަހަރުހޯދި މަދިންދާބޯޓް ތަކުގެ ކަންކަން ނުބެލީ ހަމަ މިބިސްމަޅިޖަހަން ރައްޔަތުންގެ ލޮލުގައި އަދުން އަޅުވާފައި މީނާގެ ދުވަސްވަރު އެޖީއެމް އާރއައް އެއަރ ޕޯޓްދީ ޓާޓާ މީހުންނައް ފުލެޓް އެޅުމުގެ
ތޫރި
14 February 2020
ކެނެރީގޭ ނަޝީދަކަށް ދިވެހިރާއްޖޭގެ އެއްވެސް ތަނެއް ވިއްކާ އަދި/ ކުއްޔަށް ދީ ނެހެދޭނެ ނަޝީދަކީ މި ޤައުމުގެ ރައީސެއްނޫން. އަމިއްލަ ގެ ވިއްކާލަބަލަ
ސޯކާބެ
14 February 2020
ތިޔަބޭފުޅުންނައް އަދިކިރިޔާތޯ ތިޔަފަޅާއަރަނީ ޑިމޮކްރަސީޔަކީ މަކަރަހީލައް ރައްޔަތުން އަޅުވެތިކުރުން ވިސްނަވާ ފުރަތަމަވެސް އައިސް ބާރެއް ދެއްވީމާ ރައްޔަތުން އަތުން ޖިޒީ ނަގަންފެށީ ދެން ރައްރަށުގެ ޖަމިއްޔާ ތަކާ އަންހެނުންގެ ކޮމެޓީތަކުގެ ފައިސާތައް ގެންއީ ރައްރަށުގެ އިންޖީނުގެތައް ދަމައިގަތީ ޖީއެމް އާރ އައް އެއަރޕޯޓްދިނީ މިހެންގޮސް ކިޔާނެކަމެއްނެއް ދެން ރައްޔަތުންގެ ފައިސާއިން ތަރައްގީ ކުރި ޓާމިނަލްވެސް ދޭން މިވިސްނަނީ ރައްޔަތުން އަދިވެސް ހޭއަރާކައް
ސަޅި
13 February 2020
ނުބެހޭ ހަމަ އެއްކަމެއް ނެތޭ
މމމމއެމްއެމްއައި
13 February 2020
މިކަލޭގެ އެއްޗެއް ބުނީމާ ބައެއް މީހުންގެ ގާތުގައި އެއީ ފަހުބަސް ކަމިގައި ވެދެއެވެ.
ކައްތުބޭ
13 February 2020
މީގެކުރިން ޖީ.އެމް.އާރު ކިޔާ ބަޔަކައްވެސް އެއަރޕޮޓް ނުއަގުގައި ދިނުމުން އެކަމުން ޤައުމައްވި މާސިއްގާގެއްލުމުގެ ބަދަލް އެކަންކުރި ބައެއްްގެ އަތުން ހޯދަން ރައްޔިތުން ދައުވާކުރަން ޖެހޭ
ލުޓޭރުންގެ ސަރުކާރު
13 February 2020
އާޗާ ތިއްތިކަން އެއްކަލަ ދަރިނިބޮޑު ލޯނުން ތަރައްގީކުރި އެއާރޕޯޓު ހިންގަން އަވަސްކުރަން ނުއަގުގަވިޔަސް ސީޕްލޭންޓާމިނަލް ދޭންވީޔޯ އޭގެފަހުން ކުރީސަރުކާރުގެ ކޮއް މެވެސް މީހެއްގެ ކަރަށް ވާގަޑު މަހާލާނީއޯ..ތާހިރެއްނޫންތައަޅެ..ތަރައްގީއަކީ ހަ މަ ތިއިންދާ ވެވޭކަ މެއްތާ..އިންތާއިންދާ ވިއްކާލާނެ މުދާކޮޅެ އަތުޖެހިއްޖެ އުނގުވިޔަފާރި ފުޅާކުރެވިއްޖެ ގައު މަށް ޓޮލަރެންސް ދައުލަތަށް ޒީރޯ...ރައްޔިތުން ޖީބުތައް އަރިކޮއްގެން އިންތިހާބަށް ވޯޓުދޭން މޑޕއަށް..
އަލިފް ޝީނު
13 February 2020
"ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް،" ޓްވީޓްގައި ނަޝީދު ވިދާޅުވި އެވެ. ދެން ތިވިދާޅުވަނީ ގޯސްކޮށް އޮތަސް ނުވަތަ ގެއްލުންވިޔަސް ޓީއެމްއޭއަށް އެބުނާވަރަށް އެތަންދޭށޭ؟ މީހާދަ ހެއްވާ އުސޫލެކޭ. ގޯސްކަންތަށް ރަނގަ
ޤާދިރު
13 February 2020
މީނަ ކިހާވަރެއް ނަގާފައި ވޭބާ؟