ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ރިޝްވަތު ނުދެވޭނެ ކަަމަށް.
18 ފެބުރުއަރީ 2020 - 11:58
ޓީއެމްއޭ އިން ނުވަތަ އެހެން ބަޔަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފައިސާ ދޭން ނޫޅޭނެ ކަމަށާއި އެގޮތަށް ކަންތައް ކުރަން ނުވެސް ކެރޭނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު އެހެން ވިދާޅުވީ، އެމްއޭސީއެލް އިން ބޮޑު ޚަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، އެ ކުންފުނިން އެމަނިކުފާނަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އިއްޔެ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރިޝްވަތު ދިނުމާއި ދޭން އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ވަކިކަމެއް ވަކިގޮތަކަށް ކުރުވުމުގެ ބޭނުމުގައި އެއްވެސް ބޭފުޅަކު އެމަނިކުފާނާ ރަހުމަތްތެރި ވެ ނޫޅުއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދިނުމުގެ މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި، ޓީއެމްއޭ އަކުން ވެސް އެމަނިކުފާނަށް ފައިސާ ދޭން ނޫޅޭނެ އެވެ. އަދި އެކަން ކުރަން ވެސް ނުކެރޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން ކުޑަކޮށް ވެސް ގަބޫލެއް ނުކުރައްވާނެ ޓީއެމްއޭ އަކަަށް ވެސް، އެހެން މޭ އަކަށް ވެސް އަޅުގަނޑަކަށް ރުފިޔާ އެއް ނުދޭ، ނުވެސް ދޭނެ، ދޭކަށް ނުވެސް އުޅޭނެ. މީހަކު އެކަމަކާ ނުވެސް ވިސްނާނެ. ދެއްވަން އުޅުއްވަބައްލަވާ ދެން، އެއްވެސް މީހަކު އަޅުގަނޑަށް އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" ވަރަށް އިތުބާރާއި ޔަގީންކަމާ އެކު ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތު ދިނުމާއި ހިފުން ،ރިޝްވަތު ދޭން އުޅުން އަދި ރިޝްވަތު ދޭން އުޅޭކަން އެނގި ހުރެ އެކަމާ އަޅާނުލައި ހުރުމަކީ ވެސް ކުށެއް ކަމަށެވެ.
"އެހެންވީމާ އެއްވެސް ބޭފުޅަކު ރިޝްވަތުގެ ގޮތުގައި ނުވަތަ ވަކި ކަމެއް ވަކި ގޮތަކަށް ކުރުވުމުގެ ނިޔަތުގައި އަޅުގަނޑާ ރަހުމަތްތެރިވެ، ވާހަ ކަދައްކައި ނުހެއްދެވުުމަށް ވަރަށް އަދަބުވެރިކަމާ އެކު އަޅުގަނޑު އެދެން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލް ދޫކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ އުސޫލު އެ ކުންފުނިން ގަބޫލު ނުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުގެ ހުށަހެޅުމަކީ ޓީއެމްއޭއަށް ގެއްލުން ވާނެ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން ކުޑަކޮށް ވެސް ގަބޫލެއް ނުކުރައްވާނެ ޓީއެމްއޭ އަކަަށް ވެސް، އެހެން މޭ އަކަށް ވެސް އަޅުގަނޑަކަށް ރުފިޔާ އެއް ނުދޭ، ނުވެސް ދޭނެ، ދޭކަށް ނުވެސް އުޅޭނެ. މީހަކު އެކަމަކާ ނުވެސް ވިސްނާނެ. ދެއްވަން އުޅުއްވަބައްލަވާ ދެން، އެއްވެސް މީހަކު އަޅުގަނޑަށް އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" ނަޝީދު
ސަރުކާރުން ހުށަހަޅާފައި ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމަށް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި އެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަައަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި، ޓާމިނަލްއާ ހަވާލުވާން ވެސް އެ ނިންމުމުގައިވެ އެވެ. އެ އަށް ފަހު ބާކީ އޮންނަ ޖާގަ ދޫކުރާނީ ބިޑް އުސޫލުން މާކެޓްގެ އަގުގައި ކަމަށް އުސޫލާ ހަވާލާ ދެއްވައި ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެގުންޑާ 19
18 February 2020
މީނަ ފައިސާބޮނޑި އެއްކުރާނަމަ ބަނޑުފުރި ހުއްޓާލައިފީސް! ފެންނަނީ ޕޯޑިއަމްތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންކޮޅަކާ އެހެންވެސް ދޫދިގު 50އެއްހާ ގުރޫޕެއް ދައުލަތުން ކާންދީގެން ގެންގުޅޭތަން. ދެން އެއަށް ހެއްލިފައިތިބި އެކްޓިވިސްޓު ބޮޑު ފައުޖެއް ނެރެގެން މަކަރުވެރި ކޯލިޝަނަކުން ރައްޔިތުންގެ ވެރިކަން ފިރުކައިގަނެ ގައުމުވިއްކާ ޕާޓީއަށް ކާންދީ ހުސްކުރާތަން. ކުރީ ދައުރަށްވުރެ މިފަހަރު ވެރިކަން ހޯދިލެއް ގޮތްކުޑަވެފައި މަކަރުވެރިކަން ބޮޑު.
ޖާބެ
18 February 2020
އެންމެން މީނަޔަށް ތަމްބްސް ޑައޮން ކުރޭ. ކަރަޕްޓް ވެރިން އަނގައިން ނައަރާނެ
ސދަފަފަސ
18 February 2020
އޮޅިގެން ނަމަވެސް ރަގަޅު ވާހަކަ އެއް ތިޔަ ބުނީ. ކަލޭ ފައިސާ ދިނަސް ވާނީ ޚިޔާނާތް. އެހެންވީމާ ކަލެއަށް ފައިސާ ދޭން އުޅޭނީ ކާކުތަ؟ ކަލޭ ދުވާނެ މީހުން ފަހަތުން މަށަށް މަށަށް ގޮވަމުން
ނަޖުދާ
18 February 2020
ރައީސް ނަޝީދާއި ފައިސާއާއި ގުޅުވައިގެން ވާހަކަ ދެއްކިއެއް ކަމަކު، އެކަން ގަބޫލުކުރާނެ ދިވެއްސެއް މި ގައުމުގައި ނެތް. ނަޝީދަކީ 90 ގެ އަހަރުތަކުން ފެށިގެންވެސް އޭރުގެ ސަރުކާރުން ރިޝްވަތަށް ނޫނެކޭ ބުނެފައިވާ މީހެއް. ދެން މިހާރު ކޮން ފައިސާ އެއް! ނަޝީދަކީ އުޅެވޭ ބޭފުޅެއް، އަނބިކަބަލުންނަކީ ރާއްޖޭގެ އެންމެ ތަނަވަސް އެއް އާއިލާގެ ބޭފުޅޭއް. ކޯޗެއް މަދީ؟ މޮޔަ ވާހަކަ ނުދައްކާ. ދިވެހިން ނުހެއްލޭނެ ތިޔަހެން އެހާ ފަސޭހައަކުން.
ތެދުވެރިޔާ
18 February 2020
އަމިލްލަފުޅައް އިސްތިއުފާދިން ރައިސް. ބަދަލުހިފަން ތައްޔާރުވަނީ
ހައްގުބަސް
18 February 2020
ރާއްޖޭގެ ރިޒާވް ހުސްވަނީ. ރައިސް ޔަމިންގެ ވެރިކަމުގަ 900މިލިޔަން ޑޮލަރުހުރި ރިޒާވްގަ. މިސަރުކާރު ހަވޫލުވުމާ އެކީ މަދުވާން ފަށައިފި.
މީން
18 February 2020
ކިތަންމެ ނުލަފާ މީހެއްނަމަވެސް ކައިރިނުވެދާނެ ކަންކަން ހުރެދާނެ. އެންމެ ނުލަފާ މީހާވެސް ނުކުރާނެ ކަންކަން ހުރެދާނެ.
ޝޮކްތެރަޕީ
18 February 2020
ރާއްޖެގެ ހަލާކު ތިފެންނަނީ.
ދޭސީ
18 February 2020
ރިޝްވަތު ދިނުމާއި ދޭން އުޅުމަކީ ގޯސް ކަމަކަށްވެފަ ރިޝްވަތު ހިފުމަކީ ގޯސް ކަމަކަށް ނުވަނީތަ؟ ނަޝީދު އެހެން ނުބުނާތީ އަހާލީ
ސަާރާ
18 February 2020
ކާކުތަ ބުނީ ރުފިޔާ ދިނޭ. ދިނީ ޑޮލަރު ހިފީވެސް ޑޮލަރުގަ ކަމަށް ބުނެއުޅެނީ... މީ ރިއަލިޓީއަކީ