ކުޑަކުއްޖަކު މަގުމަތީގައި: ދެ އަހަރު ނުވާ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަން އެނގިހުރެ ސިއްރު ކުރިކަމުގެ ތުހުމަތު ކުރެވޭ ބައްޕަ ވަނީ ދޫކޮށްލާފައި -- ފޮޓޯ/މިހާރު
18 ފެބުރުއަރީ 2020 - 21:28
ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލައިފި އެވެ.
ދެ އަހަރު ނުވާ ކުއްޖަކަށް ކަނޑުހުޅުދޫގައި ޖިންސީ ގޯނާކުރި މައްސަލަ މިދިޔަ މަހު ފެންމަތިވުމާ އެކު، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށް، އެ ދެ މީހުންނަށް ވަނީ ދައުވާކޮށްފަ އެވެ. އަދި އެކަން އެނގި ހުރެ ސިއްރު ކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ހުޅުމާލެ އިން ހައްޔަރުކުރި އެވެ.
ފުލުހުން މިރޭ ބުނީ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު އިއްޔެ ކަމަށެވެ. އަދި އެ ކުއްޖާގެ ބައްޕަގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވުމާ އެކު، އެ ކުއްޖާގެ ބައްޕަ ހައްޔަރުކުރީ ހުޅުމާލޭގެ ފްލެޓެއްގައި ހުއްޓާ އޭނާ އަށް ކުރިމަތިިލާން އާންމުން އެ ސަރަހައްދަށް އެއްވެ ހިނގި ހަމަނުޖެހުންތަކަށް ފަހު އެވެ.
ޖިިންސީ ގޯނާގެ ރެކޯޑް އޮންނަ އެ ކުއްޖާގެ މުނިކާފަގެ މައްޗަށް އެ މައްސަލާގެ ތުހުމަތު ކުރެވުމާ އެކު، އެފަދަ ކަންކަމުގައި ފިޔަވަޅު ނާޅާ ކަމުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވި އެވެ. އޭގެ ފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލަތަކެއް ފެންމަތިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
18 February 2020
ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ މައިންބަފައިންގެ އިހްމާލް ގެ އިންތިހާ. ކަންކަން މައްޗަށް ގިނަވެފައި ތިބޭ ޕާޓޭސް. މަގުތަކުގައި އަދަބެއް އަހުލާގެއް ނެތި ބާރު ސްޕީޑްގައި ސައިކަލް ދުއްވާ 'ވަކަރުގެ' ކުދިން. މިސްކިތްތަކާއި ދުރު ދިވެހިން. ބަނގުރަލަށް ދެވިހިފާފައިވާ ރިސޯޓްތަކުގެ އިސް މުވައްޒަފުންނާއި ދަށު މުވައްޒަފުން. މުވައްޒަފުންނަށް ޒިނޭ 'އޯކޭ' ރިސޯޓްތަށް . . . މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ހުސް މައިންބަފައިންގެ އިހުމާލް އިންތިހާއަށް
ބާރީގް
18 February 2020
ބައްލަވާ، މިސްކިތާ ކައިރި ވާނީ މިހާކަށްވަރަށް. ރަށު މިދިމެއް ނޫންބާ އެތަނުން އެކަކީ. ޒިނޭގެ ވާހަކައެއް ނޫން މިމައްސަލައަކީ. މިއީ ރޭޕް ގެ މައްސަލައެއް ބޭފުޅާ.
1828
19 February 2020
ބާރީގްއެވެ. ނަން މަޝްހޫރީ މުދިމުންނާއި ޤުރުއާން ޓީޗަރުން. އެއީ ފަޅާ އަރާ ކަންކަން. އެހެން ދާއިރާތަކުގެ މީހުންގެ ހަޤީޤަތެއް ނުވެސް އިނގޭ. މިސްކިތާއި ގައިމީހުން ފާހިޝް އަމަލުތަކުން ދުރުވާން ވާނެ. ދުރުނުވާނަމަ އެއީ ދެއްކުން ތެރިކަން.