ޚަބަރު / ދިވެހި ސަރުކާރު

މިއީ، ޓާމިނަލް މައްސަލައިގައި އެންމެ އިންސާފުވެރި ނިންމުން: ސަރުކާރު

ސީޕްލޭން ޓާމިނަލް މައްސަލައިގައި ސަރުކާރުގެ ނިންމުމާ ގުޅޭ ގޮތުން މިނިސްޓަރު އަމީރާއި މިނިސްޓަރު ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން އިލްޔާސް

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ އާ ޓާމިނަލް ވަކި އޮޕަރޭޓަރަކާ (ޓީއެމްއޭ އާ) ހަވާލުކުރަން ހިންގި މުއާމަލާތްތައް ހުއްޓުވައި، އެމްއޭސީއެލަށް އަހަރެއްގެ މައްޗަށް 33 މިލިއަން ޑޮލަރުގެ ފައިދާވާނެ ގޮތަށް ހަމަޖައްސާފައި ވާއިރު އެއީ އެންމެ އިންސާފުވެރި ހައްލު ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުގައި މަޝްވަރާތައް ފަށައި، ޑްރާފްޓް އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަން ތައްޔާރުވީ އާ ޓާމިނަލުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭގޮތަށެވެ. އަކަ ފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭ އަށް ދޫކުރަން އެއްބަސްވާން ނިންމާފައި އޮތް އިރު، އެއީ މިހާރު ޓާމިނަލުން ޖާގަ ދޫކޮށްފައިވާ ރޭޓާ އަޅާ ބަލާއިރު ވަރަށް ކުޑަ އަގެއްކަން އޮޑިޓަ ޖެނެރަލްގެ އޮޑިޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުގައިވެ އެވެ.

ޓީއެމްއޭ އަށް ފައިދާވާ ގޮތަށް ހިންގާފައި އޮތް އެ މުއާމާލާތާ ގުޅިގެން ފާޅުކުރި ކަންބޮޑުވުންތަކަށް މިހާރު ސަރުކާރުން އޮތީ ހަމައެކަނި ޓީއެމްއޭ އަށް ހިންގުން ދޫނުކޮށްލައި ހައްލެއް ހޯދައިދީފަ އެވެ. އެހެން އޮޕަރޭޓަރުންނަށް ވެސް އެއްބަސްވެވޭ އެ ހައްލާ އެއްގޮތަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ނިންމައިފަ އެވެ.

މި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކާއި ޕްރެޝަރު ކުރިމަތިވި މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ، ވަކި އޮޕަރޭޓަރެއްގެ އަތް މައްޗަށް ކޮންޓްރޯލް ދޫކޮށްނުލައި ކުރިއަށް އޮތް ދެ އަހަރު އެމްއޭސީއެލުން ޓާމިނަލް ހިންގާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ދެ މިނިސްޓަރުން ވެސް ވިދާޅުވި ގޮތުގައި، މިހާރުގެ ނިންމުމަކީ ސަރުކާރާއި އެމްއޭސީއެލް އަދި ޓީއެމްއޭ އާއި އެހެން އޮޕަރޭޓަރުންނަށް ވެސް އެންމެ އިންސާފުވެރި ނިންމުމެވެ.

މިނިސްޓަރު އަމީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

އަމީރު ވިދާޅުވީ އެ ނިންމުމުން ވަކި އޮޕަރޭޓަރަކަށް، އާ ޓާމިނަލުން ބޮޑު މަންފާއެއް ލިބުމުގެ މަގު ފަހިނުވާނެ ކަމަށެވެ. ސަރުކާރުން މިހާރު ނިންމާފައި އޮތް ގޮތުން، ވާދަވެރި މާހައުލެއްގައި އޮޕަރޭޝަންސްތައް ހިންގި، އެމްއޭސީއެލަށް ފައިދާ ބޮޑުވާނެކަން ފާހަގަކުރެއްވި އެވެ. އާ ޓާމިނަލް ހިންގައިގެން އެމްއޭސީއެލަށް ލިބޭނެ ކަމަށް ސަރުކާރުން ވެސް އަންދާޒާކޮށްފައިވާ އާމްދަނީ އަކީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް އަހަރަކު 33.7 މިލިއަން ޑޮލަރެވެ. ދެ އަހަރު ފަހުން 47.3 މިލިއަން ޑޮލަރު، އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"ފުރަތަމަ ދުވަހު ވެސް އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ ނިންމުމަކަށް ވީ ދިވެހި ދައުލަތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ރަނގަޅު ގޮތަކަށް، ދައުލަތަށް އާމްދަނީ އިތުރުވާނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުން. އަދި ރާއްޖެ އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ރާއްޖެ އަށް އޮންނާނެ ގޮތަކަށް ނިންމުން،" އަމީރު ވިދާޅުވި އެވެ.

މި ނިންމުމަކީ ހުރިހާ ފަރާތްތަކަކަށް ވެސް އެންމެ އިންސާފުވެރިވާނެ ގޮތަކަށް ނިންމާފައި އޮތް ނިންމުމެއް. އެމްއޭސީއެލަށް ވެސް ސަރުކާރާއި ރައްޔިތުން އަދި ޓީއެމްއޭ އަށް ވެސް އެންމެ އިންސާފުވެރިކޮށް ނިންމިފައި އޮތް ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. --އަމީރު

މި ނިންމުމާ އެކު ދެ އަހަރު ފަހުން، އެމްއޭސީއެލުން ޓާމިނަލް ހިންގުމާ ހަވާލުވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދިނެވެ. އެމްއޭސީއެލުން މިވަގުތު ޓާމިނަލް ހިންގަން ދިމާވާ މައްސަލައަކީ އެކަމަށް ތައްޔާރުވެވިފައި ނެތުމެވެ.

ޓީއެމްއޭއާ އެކު ސޮއިކުރުން ހުއްޓުވި

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ޓީއެމްއޭ އާއި އެމްއޭސީއެލާ ދެމެދު ވާހަކަ ދައްކަމުން އައީ، އާ ޓަމިނަލް ހިންގުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އަންނާށެވެ. އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެމްއޭސީއެލްގެ ވިޔަފާރި ކުރިއެރުވުމުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހަމަޖައްސައި، ޓީއެމްއޭއާ އެކު ވާން އުޅުނު އެއްބަސްވުން ހުއްޓުވި ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލާއި ޓީއެމްއޭ އިން އޭރު މަޝްވަރާކުރަމުން އައީ 10.35 ޑޮލަރަށް އަކަ ފޫޓެއްގެ ރޭޓުން މުޅި ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ކޮންޓްރޯލްކުރެވޭ ގޮތަށް 15 އަހަރަށް ދޭށެވެ. މިގޮތަށް އެއްބަސް ނުވެވުނީ، އަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލަން އެންގުމުންނެވެ.

އަމީރު ވިދާޅުވި ގޮތުގައި ސީޕްލޭން ޓާމިނަލް ދޫކުރާނެ ގޮތެއް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ ހުއްދަ ހޯދައިގެން ކަމަށް އެމްއޭސީއެލަށް އޭނާ ސިޓީ ފޮނުއްވީ 2018 ގެ ފަހުކޮޅެވެ. ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އާ ޓާމިނަލަކީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ މަޝްރޫއަކަށް ވާތީ ސަރުކާރަށް ކުރިމަތިވެދާނެ ރިސްކު ކުޑަކުރުމެވެ.

"އަދި އެއްވެސް ބަޔަކަށް މި މުއާމަލާތުން ނުހައްގު ފައިދާއެއް ލިބުމުގެ ފުރުސަތު ނުދިނުމަށްޓަކައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

ސީޕްލޭން ޓާމިނަލް ދޭން މި ސަރުކާރުން ނިންމި ގޮތް:

- ޓީއެމްއޭ މިހާރު އޮޕަރޭޓްކުރާ ޖާގައިގެ ބޮޑުމިނާ އެއްވަރުގެ ޖާގަ (6،400 އަކަ މީޓަރު) ދިނުން. މި ޖާގަ ދޫކުރަނީ އަކަ މީޓަރަކަށް 10:35 ޑޮލަރުގެ ރޭޓުން.

- މަންތާ އެއާގެ އޮޕަރޭޝަނަށް އެކަށީގެންވާ ޖާގަ ލައުންޖް 10:35 ޑޮލަރުގެ ރޭޓުގައި، ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ދިނުން.

- ޓާމިނަލުން ބާކީވާ ޖާގަ ޑިމާންޑަށް ބަލައި ޓެންޑަ އުސޫލުން އެމްއޭސީއެލުން ހުޅުވާލައި ވާދަވެރި ރޭޓުތަކެއް ދެމެހެއްޓޭނެ ގޮތަށް ދޫކުރުން.

- އައިލެންޑް އޭވިއޭޝަނުން މިހާރު ބޭނުން ކުރަމުން އަންނަ ސީޕްލޭން ޓާމިނަލްގެ ޖާގަ ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނިން ބޭނުންވާތީ ކޮންސެޝަނަލް ރޭޓުގައި އާ ޓާމިނަލުން އެ ފަރާތަށް ޖާގަ ނުދިނުން.

- އެކަމަކު ބިޑުގެ ތެރެއިން ޖާގަ ހޯދަން އައިލެންޑް އޭވިއޭޝަނަށް ވެސް ފުރުސަތު އޮންނާނެ

- ހުރިހާ އޮޕަރޭޓަރުންނަށް ވެސް މިހާރު އޮޕަރޭޝަންތައް ހިންގޭނެ މިންވަރަށް ޗެކިން ކުރާނެ ޖާގަ އާއި އޮފީސް ހިންގާނެ ޖާގަ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދިނުން.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވެސް ވިދާޅުވި ގޮތުގައި އެންމެ ކުރީއްސުރެން ވެސް ޓީއެމްއޭ އަށް އެކަނި ހިންގުން ދޫކޮށްލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.

މާލިއްޔަތު ކޮމިޓީން ތި މައްސަލަ ބަލަން ފެށިއިރު ވެސް ސަރުކާރުގެ ނިންމުމަކީ އެއީ. [ވަކި އޮޕަރޭޓަރަކަށް ހިންގުން ދޫކޮށްނުލުން]. މިދިޔަ ދުވަސްތަކުގައި ސާފުކޮށް ނިންމުމެއް ނިންމައި އެއްބަސްވުމެއްގައި ސޮއިނުކޮށް އޮތުމަކީ ޓީއެމްއޭގެ ހުރި އިޝޫތަކެއް.

އެމެރިކާގެ ބެއިންގެ ބޮޑު ހިއްސާއެއް އޮންނަ ޓީއެމްއޭގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެމްއޭސީއެލުން އެ މީހުންނާ އެކު މަޝްވަރާ ކުރި ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހާ ބޮޑު އިންވެސްޓަރަކާ މެދު ކުއްލިއަކަށް ގޮތެއް ނިންމުން ރަނގަޅު ނުވާނެ ކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

ފައްޔާޒް ވިދާޅުވީ ޓީއެމްއޭ އަށް ޓާމިނަލް ހިންގަން ދޭނެ ކަމުގެ މުއާމަލާތްތަކުގެ މައްޗަށް އެ ކުންފުނިން ގާނޫނީ މައްސަލަތަކެއް ދެއްކި ކަމަށާއި އެ ނުކުތާތަކުގައި ގާނޫނީ ގޮތުން ހުރީ ކިހާ ބުރަދަނެއްތޯ ވެސް ސަރުކާރުން ގޮތެއް ނިންމުމުގެ ކުރިން މިނެ ކިރައި ހެދި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމުގައި ސަރުކާރުން އިސްވެ ވާހަކަ ނުދެއްކި ސަބަބެއްގެ ގޮތުގައި ފައްޔާޒް ދެއްކެވީ އެއްވެސް ކުންފުންޏެއްގެ ހިންގުމަށް ސަރުކާރުން ނުފޫޒު ނުފޯރުވުމެވެ. ކުރީގެ އަމަލުކުރަމުން އަންނަ ގޮތަށް ސުޕަ ސީއީއޯ އިން ހަމަޖައްސައި ކުންފުނިތަކުގެ ހިންގުމަށް ދަތިނުކުރާ ކަމަށާއި އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި ހިއްސާދާރެއްގެ ހައިސިއްޔަތުން ސަރުކާރުން އެހީވާނެ ކަމަށް ވިދާޅުވި އެވެ.

20 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 1%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންތަރީސް11

20 February 2020

ތި އެކޮނޮމިކް މިނިސްޓްރީއިން ކުރާ ކަމެއް ނުފެނޭ. ގޮނޑިއެއް ލިބުނީމަ އޭގާ އިށީދެގެން އިނަކަސް ނުވާނެ. ނަތީޖާ ނެރެދެއްވާ ނޫނީ އިސްތިއުފާދެއްވާ.

The name is already taken The name is available. Register?

ނިއުމާ މޫސާ

20 February 2020

އިންސާފްވެރިގޮތްނަމަ، ސީޕްލޭން މީހުންނަށް އެމީހުންގެ އޮޕަރޭޝަނަށް ބޭނުންވާ ޖާގަދީފައި އެތަނުން ފިހާރަތަކާއި އެހެނިހެން ހިދުމަތްތަކަށް ކުދި މެދުފަންތީގެ ވިޔަފާރިތަކަށް ޖާގަދީ، އަދި ރިސޯޓްތަކަށް ވަކި އަގެއްގައި ޖާގަދިނުން، އެކަމަކު މިހާރު ޓީއެމްއޭއަށް 10 ގުނަ ފައިދާވާގޮތަށް ދައުލަތުން ލޯނު ނަގައިގެން ހަދާފައިވާ ތަނެއްގެ ޖާގަދިނީ، އިންސާފެވެރިގޮތަކީ ލޯންޖް ވިއްކައިގެން ލިބޭ އާމްދަނީގެ %40 އެމްއޭސީއެލްއަށް ނެގުން، އެގޮތް އެންމެ އިންސާފްވެރީ

The name is already taken The name is available. Register?

އުމަރުބެ

20 February 2020

ކިހިނެއް ބުނެވޭނީ އިންސާފްވެރި ނިންމުމެކޭ، އެމްއޭސީއެލް އިން ސަރުކާރަށް ދައްކަންޖެހޭ 270 މިލިއަން ޑޮލަރު އަދި އޮތްތަނުގައި، އޭގެ އިތުރުން މިހާރު 1 ބިލިއަން ލޯނު ނަގައިގެން އެއާޕޯޓް ހަދަނީ، ދެން ސީޕްލޭން އޮޕަރޭޓަރަށް ކުއްޔަށްދެނީ ސަރުކާރުން ލޯނުދީގެން ހަދާފައިވާ ޓާމިނަލެއްގެ ޖާގަ ހަމަ އެޖާގަ ސްޕްލޭން ކުންފުނިން ބޮޑު އަގުގައި ރިސޯޓްތަކަށްދީގެން އޭގެ 10 ގުނަ ފައިދާނަގަނީ، އެއީތޯ ބޭރުގެ ކުންފުންޏެއްވީމަ އެމީހުންނަށް މޮޅުގޮތް ހަދާގޮތަކީ؟

The name is already taken The name is available. Register?

ވިލޫ

20 February 2020

ސާބަހޭ ރ.ޔާމިން މިގައުމްއައްކޮއްދެއްފާހުރިފައިދާމަސައްކަތް 2023 އަލުލްއެބުރުވަޑާގަތުން ކާރިވަނީއިންޝާﷲ

The name is already taken The name is available. Register?

ގަމާރު

20 February 2020

އޮޅުވާނުލާ. އަދިވެސް ތިއީ ރައްޔިތުންނަށްވާ ބޮޑު ހަރާންކޯރުވުމެއް. ފެންވަރުގައި ހަދާފައިހުރި ތަނަކުން ބޮޑެތި ވިޔަފާރި ކުންފުނިތަކަށް އަކަމީޓަރެއް ތި ދެނީ އެންމެ 160 ރުފިޔާއަށް. މާލެއިން އާދައިގެ ކޮޓަރިގަނޑެއް އާއްމު ރައްޔިތުމީހާއަށް ކުއްޔަށް ލިބެނީ އަކަމީޓަރެއް އެވްރެޖްކޮށް 250 ރުފިޔާއަށް. އަހަރެމެންމީ ގަމާރުންނެއްނޫން.

The name is already taken The name is available. Register?

ބޮޑުމީހާ

19 February 2020

ފިނޭންސް މިނިސްޓްރީން އެ ނިންމީ ކުރިއަށް އޮތް 2 އަހަރަށް އެއްވެސް ރައްޔިތަކު އެއްޗެއް ދައްކަންޖެހޭނަމަ ދައްކާނީ %10. 500 ދައްކަންޏާ 50 ރުފިޔާ. ވަކި ބަޔަކަށް ފައިދާވާ ގޮތަށް އަބަދު. ކުރިއަށް އޮތް 2 އަަހަރު ސައިކަލްގެ އަހަރީ ފީ އަށް ދައްކަންޖެހޭނީ 60 ވަރަކަށް ރުފިޔާ

The name is already taken The name is available. Register?

އެކަލޯ

19 February 2020

އިންސާފުވެރި ނިންމުމެއްނޫން. ބިޑަކާނުލާ ޓީއެމްއޭ އަދި މަންތާއަށް ޖާގަދޭން ތިޔަނިންމީ ޒީރޯ ޓޮލަރެންސް ކޮންތާކު ބާއްވާފަ؟ ޓީއެމްއޭ އަދި މަންތާއަކީ ދެ އެއާލައިން އަށް ވާއިރު އެމީހުނަށް ލައުންޖް ހިންގަން ޖާގަ ނުދިނަސް އެއާލައިން ހިންގެންވާނެ. ލައުންޖާއި، ޓާމިނަލް އަދި އެއާލައިން ހިންގުމަކީ ތަފާތު ކަންކަން. އަހަންނަށްވެސް 10.35 ޑޮލަރަށް އަކަ މީޓަރެއްގެ ރޭޓުން 6000 ވަރަކަށް އަކަ މީޓަރު ދޭންވީނު. މަވެސް އޭރުން ރިސޯޓުތަކަށް ބޮޑުކުލީގަ ކުއްޔަށް ދީފާނަން.

The name is already taken The name is available. Register?

އުދުހޭ

19 February 2020

އެމްއޭސީއެލް އަކީ ގާނޫނީގޮތުން ވަކި ޝަހުސަކަށްވާއިރު އޭގެތެރެއަށް ފިނޭންސް މިނިސްޓްރީން ދަނޑި ބޭނުމަކީ ރަގަޅުކަމެއް ނޫން. އެއީ ހުދުމުހްތާރު ގޮތެއް. މިހެން ދަނޑި ބާނައިގެން ކިހިނެއްތަ އެތަނުގެ އެމްޑީ އަދި ބޯޑް ޒިންމާދާރުކުރެވޭނީ؟ ފިނޭންސުން ކުރަންޖެހޭނީ ސުވާލު އަދި ތަހުގީގު. ކަމެއް ކަސިޔާރު ވެފަ އޮވެއްޖެއްޔާ ރައީސްގެ ސަމާލުކަމަށް އެކަމެއް ގެނައުން މިއީ ފިނޭންސްގެ ރޯލަކީ. ވާނުވާ ނޭންގެންޏާ ގޮނޑި ނެގޭ!!! ގެންނާށޭ.. ގެންނާށޭ...

The name is already taken The name is available. Register?

ބީތާއެއް

20 February 2020

އެމްއޭސީއެލް އަކީ ވަކި ސަޙުސެއްސެއް އަދި އެ ސަޙުސުގެ ބެލިނިވެރިފަރާރަކީ ޕީސީބީ ޔައުނީ ފިނޭސް މިނިސްޓްރީ.. އެއްޗެއް ހަމަ ފެންނަ އިރަށް ތެޅިގަންނަ އެއްޗެއްނޫން ޔާތާބީ...

The name is already taken The name is available. Register?

ކިނިކްސް

20 February 2020

ޕީސީބީއަކުން ގާނޫނަކުން އުފަނއ ވެފއި އޮތް ތަނެކެވެ. ފިނޭންސް މިނިސްޓްރީގައި އޮފީސް ހުރުމަކީ ފިނޭންސް މިނިސްޓަރަށް ޕީސީބީއަށް ބާރު ފޯރުވޭނެ ކަމެއް ނޫނެވެ. ސަރުކާރުގެ %100 ހިއްސާ އޮތަސް އަމިއްލަ ނިންމުން ނިންމުމުގެ ބާރު އެކުންފުނިތަކަށް އޮންނަން ވާނެއެވެ. އެހެންނޫނީ ބޯޑު އުވާލާފަ މިނިސްޓަރު ހިންގާގޮތަށް ބަދަލު ކޮށްލާށެވެ.

The name is already taken The name is available. Register?

ވާނުވާ

19 February 2020

ވަރަށް ރަގަޅު ވާހަކައެއް.... ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު ބަލަނީ އެބައެއްގެ އަންބޮނޑިއަށް ގިނަކުރެވޭތޯ...ޤައުމުގެ ފައިދާއާއި ލާބަޔަކަށް ނުވިސްނާ....ހަޤީޤަތުގައިވެސް ޑިމޮކްރަސީއަކީ އެއީ

The name is already taken The name is available. Register?

ހައްގުބަސް

19 February 2020

އެމްޑީޕީ ހަޑިހޭވީމަ އެމްޑީޕީ ސާފުކުރާ ގުރޫޕަކަށް ރާއްޖެ އަށް ވާގެއްލުން ނުވިސްނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454