ޚަބަރު / އެމްއޭސީއެލް

ފަޒީލްގެ ވާހަކަތަކުން ވެސް ގޯސްވީ އެމްއޭސީއެލްގެ ބޯޑު

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޮމާޝަލް ހުސައިން ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަށް ޖަވާބު ދެއްވަނީ.

އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން އުޅުނު ގޮތުގެ މައްސަލައިގައި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަ ކޮމާޝަލް ހުސައިން ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީގައި މިއަދު ދެއްކެވި ވާހަކަތަކުން ވެސް ކުންފުނީގެ ބޯޑު ގޯސްވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީއަށް ފަޒީލްް ހާޒިރުކުރީ އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގައި ބޯޑުން ނުނިންމާ އަދި މަޝްވަރާ ވެސް ކޮށްފައި ނުވާ ވާހަކަތަކެއް ހުރިކަން، ބޯޑުގެ ދެ މެމްބަރަކު ކުރިން މާލިއްޔަތު ކޮމިޓީގައި ވިދާޅުވުމުންނެވެ. އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގައި ސޮއިކުރައްވާފައި އޮތީ ފަޒީލް އެވެ. އެހެންކަމުން އޭނާގެ ބޮލަށް ބައެއް ކަންކަން ކަނޑާލުމާއި، އާ ސީޕްލޭން ޓާމިނަލާ ބެހޭ ގޮތުން ޓީއެމްއޭއާ އެކު ކުރި މުއާމަލާތްތަކުގައި އޮޅުވާލުންތަކެއް ހުރިކަން ވެސް، ބޯޑު ދެ މެމްބަރުންގެ ވާހަކަ އިން ދޭހަވި އެވެ.

އެކަމަކު އެމްއޭސީއެލްގައި އުޅުއްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަޒީލް، މާލިއްޔަތު ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ދެއްވި ބައެއް ޖަވާބުން، ހުރިހާ ގޯހެއް އެޅެނީ ބޯޑުގެ ބޮލުގައިކަން ރަނގަޅަށް އެނގެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓީއެމްއޭއާ އެކު ކުރަމުން ދިޔަ މުއާމަލާތްތަކާ ބެހޭ މައުލޫމާތެއް ވިއްޔާ އޭނާ ގެންދެވީ ބޯޑާ ހިއްސާކުރައްވަމުންނެވެ.

ފަޒީލްގެ ވާހަކަތަކުން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ، އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ޓާމިނަލް، ޓީއެމްއޭއަށް ދެވިދާނެ ގޮތުގެ މައްޗަށް ބިނާކޮށް ތިން ކަރުދާހެއް ބޯޑަށް އޭނާ ހުށައެޅުއްވި ކަމެވެ. އެ ކަރުދާސްތަކުގައި އާ ޓާމިނަލް ކުއްޔަށް ދިނުމުގައި އަމަލްކުރެވިދާނެ ފަސް ގޮތެއް ހިމެނޭނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވި ގޮތުގައި ޓީއެމްއޭއަށް ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ މަޝްވަރާކުރައްވައި އާދިލްގެ އިރުޝާދާ އެއްގޮތަށެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޮމާޝަލް ހުސައިން ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަށް ޖަވާބު ދެއްވަނީ.

"ކޮންމެ ބޯޑު ޕޭޕަރެއްގައި ވެސް ވަކި ކަމަކަށް ރިޒޮލިއުޝަނެއް ފާސްކުރަން ފޮނުވަނީ. ރިޒޮލިއުޝަން [އެކުލަވައިލުމު]ގައި ބޭނުންވާ ކަންކަން، ހުރިހާ މައުލޫމާތެއް ހިމެނިގެންވާނެ،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީއެމްއޭއަށް ފޮނުވި ސިޓީތަކާ ބެހޭ ގޮތުން މެނޭޖްމެންޓާ މަޝްވަރާކޮށް، ހުއްދަ ވެސް ހޯއްދަވާފައިވާނެ ކަމަށެވެ. އެގޮތުން އޭނާ ކުރައްވާފައިވާ މުއާމަލާތްތަކާ ގުޅޭ ލިއެކިއުންތައް ވެސް މާލިއްޔަތު ކޮމިޓީއާ ހިއްސާކުރެއްވި އެވެ.

އަކަމީޓަރަކަށް 39 ޑޮލަރު

މެމްބަރުންގެ ސުވާލުތަކަށް ހުޅުވައިލުމުގެ ކުރިން ވާހަކަ ދައްކަވަން ފަޒީލަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭނެ ރޭޓްތައް ކަނޑައެޅިދާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަނެއް އޮގަސްޓް 2017 ގައި ބޯޑަށް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން ހުށަހެޅުއްވީ ކުލި ނެގިދާނެ ފަސް ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ސިނާރިއޯގައި ވާނީ ވަރަށް ބޮޑެތި ރޭޓްތަކެއް. އޭގެ ތެރޭފައި ލައުންޖަށް ޗާޖްކުރާނެ ކަމަށް 39 ޑޮލަރު އަކަ މީޓަރަކަށް. ފަސް ވަނަ ސިނާރިއޯއަކަށް އޮންނާނީ ވަރަށް ދަށްކޮށް، އެއީ [އަކަމީޓާރެއް] 11 ޑޮލަރާ ހަމައަށް،" ފަޒީލް ވިދާޅުވި އެވެ.

މެނޭޖްމަންޓުން ހުށަހެޅި އަގުތައް

ލައުންޖް ސްޕޭސް (11000 އަކަމީޓރު) - އަކަމީޓަރެއް 39 ޑޮލަރު

އޮޮޕަރޭޝަނަލް ސްޕޭސް (8000 އަކަމީޓަރު) އަކަމީޓަރެއް 25 ޑޮލަރު

އޭނާ ވިދާޅުވި ގޮތުގައި އެ ރޭޓްތަކާ އެކު ޓީއެމްއޭއަށް ދޫކުރަން ހުށަހެޅީ ޖުމްލަ 31،000 އަކަމީޓަރުގެ ޖާގައެއް ކަމަށާއި އޭގެ ތެރޭގައި އެމްއާރުއޯ ބިލްޑިންގާއި އެމްއާރުއޯ ޑޮކްސް ވެސް ހިމެނެ އެވެ.

"އެ ސިނާރިއޯގައި އަޅުގަނޑުމެން މި ޕްރެޒެންޓޭޝަންގައި އެނުއަލް ރެންޓެއްގެ ގޮތުގައި ބަލާފައި މިވަނީ 17 މިލިޔަން ޑޮރު،" ފަޒީލް ވިދާޅުވި އެވެ.

އެކަމަކު އެ އަގުތައް ހުށަހެޅި ނަމަވެސް، ފަޒީލް ވިދާޅުވީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށް ދޭން ބޯޑުގެ މަޝްވަރާއާ އެކު އެމްއޭސީއެލުން ހުށައެޅީ 19،000 އަކަމީޓަރު، އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން ދޭން ކަމަށެވެ. އެގޮތަށް ދީފި ނަމަ އެމްއޭސީއެލަށް އަހަރަކަށް ލިބޭނީ 5.6 މިލިޔަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވީ ބޯޑަށް ހުށައެޅި އަގުތަކާ ބެހޭ ޕްރެޒެންޓޭޝަނުގައި ހިމެނޭ އެންމެ ދަށް އަގަށް ވުރެ ވެސް ޓީއެމްއޭއަށް ކުއްޔަށް ދޭން ބޭނުންވި އަގު ކުޑަވުމަކީ އޭގެ ސަބަބުން 11 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުން ކަމަށެވެ. އެހެންކަމުން އެއީ ވަކި ފަރާތަކަށް މަންފާއެއް ލިބުމުގެ ފުރުސަތު އޮވެދާނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭތޯ އޭނާ ސުވާލުކުރެއްވި އެވެ.

ބޯޑުގެ ދެ މެމްބަރަކު އިތުރުފުޅު ހެއްދެވުން

އެކަމަކު ފަޒީލް ވިދާޅުވީ އެ ނިންމުމުގެ ތެރެއަށް ނުފޫޒެއް ވަދެފައި އޮވެދާނެކަން ނުވަތަ ނޫންކަމާ މެދު އޭނާއަށް ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކޮމިޓީގައި ފަޒީލް ދެއްކެވި ވާހަކަތަކުން އަނެއްކާވެސް ކަށަވަރުވީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ބޯޑު މެމްބަރު ޑރ. އިބްރާހިމް މަހްފޫޒާއި ފާތުމަތު މުއާޒާ އިތުރުފުޅު ހެއްދެވި ކަމެވެ. އެ ދެ ބޭފުޅުން ވިދާޅުވީ ޓީއެމްއޭއާ އެކު އެމްއޭސީއެލުން ކޮށްފައިވާ މުއާމަލާތްތަކުގައި، ޓީއެމްއޭއަށް ޓާމިނަލް 15 އަހަރަށް، އަކަމީޓަރެއް 10:35 ޑޮލަރަށް ކުއްޔަށް ދޭން ވެސް ބޯޑުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

ކުރީގެ ސަރުކާރުގެ ބޯޑުގައި ވެސް ޑރ. މަހްފޫޒް އިންނެވި އެވެ. އެކަމަކު މުއާޒާ ބޯޑަށް އައްޔަންކުރީ މި ސަރުކާރުންނެވެ.

ކުރީގެ ބޯޑުގައި މަޝްވަރާކޮށް، ނިންމި ކަމެއްގެ މައުލޫމާތު މުއާޒާއަށް އެނގިވަޑައިގަންނަވާނީ ބޯޑު ބައްދަލުވުންތަކުގެ މިނެޓްސް ބެއްލެވި ނަމަ އެވެ. އެ މިނިޓްސްތަކުގައި އެ މަޝްވަރާކޮށްފައިވާ ކަމަށް، އޮޑިޓަ ޖެނެރަލް އާއި އޭސީސީން ހޯދި މައުލޫމާތުން އެނގެ އެވެ.

އާ ޓާމިނަލްގެ ލައުންޖް ހަދަން އޮތް ސަރަހައްދުން 81 ޕަސެންޓްގެ ބޮޑު ޖާގައެއް ދޭން ކުރީގެ ބޯޑުން ނިންމައި، މެނޭޖްމަންޓުން ގެންދިޔައީ މަޝްވަރާކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓީއެމްއޭއަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10:35 ޑޮލަރަށް، ކުރިއަށް އޮތް ދެ އަހަރަށް ދޭށެވެ. ދެ އަހަރު ފަހުން އެމްއޭސީއެލުން މުޅި ޓާމިނަލާ ހަވާލުވާން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

33 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރީޕައުޑަރ

23 February 2020

މީގެން އެނގޭ އެއްޗަކީ 39-10.35=ބާކީ 28.65 ޑޮލަރ ބައިކުދިންނައް އަޅާގޮތައްތޯ ތިޔަޓާމިނަލް ދޭން ތިޔަ ނިންމީ މީއެންނު މައުމޫނުގެ 98 އާގްބޯޓްގެ މައްސަލަނުބެލި ކަމަކީ މވެރިންވެސް ހަމަ އެމގުން ހިގަން

The name is already taken The name is available. Register?

ޕަބްލޯ

20 February 2020

އެއާޕޯޓު ހިންގުމުގެ ޔަޖުރިބާ ހުރި ބޭފުޅުން ބޯޑުގައި އެބަތިއްބެވިބާ؟ މިޒަމާނުގަ މީހަކު ލައްވާ ތީސީސް ލިޔެގެން ފިނޭންސް ދާއިރާއިން މާސްޓާސް ހަދާލެވޭ. ބޯދު މެންބަރުންގެ ތައުލީމާ ތަޖުރިބާ އަދި އަދާކުރާ އެހެން ވަޒީފާތައް އެގެން ބޭނުން. ދުބާއީ، ޕެރިސް، ސިންގަޕޫރު، ފްރޭންކްފަޓް ފަދަ މަޝްހޫރު އެއާޕޯޓުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފަ ތިބިމީހުން ބޯޑަށް އައްޔަންކޮށް އެފަދަ ތަޖުރިބާހުރި ސީއީއޯއަކު އައްޔަންކުރަން ޖެހޭ. މޫސާ ސޯލިހު ވަކިކުރޭ

The name is already taken The name is available. Register?

ކީކޭބުނާނީ

20 February 2020

އެހެންނޫސްތަކުގައި އޭރުގެ އެމްޑީ އާދިލްގެ ވާހަކަ ގަދައަށް އެބައޮތް. ކަންއެގޭ މީހުންބަނަނީ މިހާރު ނޫހުގައި އާދިލްގެ ވާހަކަ ނުލިޔަނީ އޭނާ އެމްޑީއަކަށްހުރެ މިހާރު މީހުންނަށް ލައްކަ ލާރި ދީފައިވާތީއޭ.

The name is already taken The name is available. Register?

މާކެޔޮޅު

20 February 2020

އޭ ބުރޯ. ބޯޑު ޕްރޮފައިލް އާރޓިކަލެއް ގެނެސްދީބަލަ. ހުރިހާ ކުންފުންޏެއްގެ ބައޯ އާ އެއްކޮށް ކިޔެވި ތަނެކާ. ވަޒީފާ އަދާކުރާ ތަނަކާ. ދެން ބަލާނީ ކޮންފްލިކްޓްއޮތީ ކިހާ ވަރަކަށްތޯ. ޒީޜޯ ޓޮަލަރެންސްވާނީ ކިހިނެއްހޭ އިއުލާނު ނުކޮށް ކަޓަށް ޕާޓީއަށް މަގާމުދީގެން ބޮޑެތި ސިންގާ ރައްޔިތުންގެ މަަލްޓިމިލިއަން ޑޮލަރު ކުންފުނިތަ. މިމީޙުންގެ އަމިއްލަ ކުންފުނި ބޯޑަށް ނުލާނެ ގަޅިމީޙުން ރައްޔިތުްނގެ ކުންފުނިތަކަށް ލުން ބަލާއެކޭ!. ލިއެބަލަ. މިހާކު ހާއްސަކުރޭ މިކަމަށް.

The name is already taken The name is available. Register?

ހޭލާހޭލާ

20 February 2020

ހިންގުމުގެ ގާބިލުކަން ކު/ޑަމިންވަރަކަށް ހުރިބަޔަކުވެސް 5 އޮޕްޝަން ބޯޑަށް ހުށައެއްނާޅާނެ. ދިވެހިން ހޭލާ!

The name is already taken The name is available. Register?

އޭން

20 February 2020

ކަލެއަށް ތިހިރީ މޮޅަށް އެނގިފައި. އޮޕްޝަން / ސިނާރިއޯތައް ގިނަވުމަކީ ކަންކަން ނިންމުމުގައި އެންމެ ރަގަޅު ނިންމުން ނިންމަން އެހީތެރިވެ ދޭނެ އެންމެ މުހިންމު އެއް ޓޫލް. އެންމެ ގޮތެއް ހުށަހެޅުމަކީ ވަކިި ގޮތަކަށް ކަންކަން ނިންމުމަށް ބޯޑަށް ޕްރެޝަރކުރުން ..

The name is already taken The name is available. Register?

ތެދުބަސް

20 February 2020

މިވާހަކަތަކުން އެގެނީ އެމްއޭސީއެލް އަދިވެސް ހިގަނީ އެންމެ މުސްކުޅި ސްޓައިލްއަށްކަން. ހަގީގަތުގައި، 5 އޮޕްޝަން ދީފައި ބޯޑަށް ފެންނަ ގޮތެއް ކަނޑައަޅަން ދޫކޮށްގެން ނުވާނެ. މެނޭޖްމަންޓަށް ފެންނަގޮތް ބޯޑަށް ހުށައެޅީމާ ބޯޑުން ޔޭސް ނުވަތަ ނޯ އޭ ބުނާނީ. ބައިވަރު އޮޕްޝަންތައް ހުށައެޅުމުން އެގެނީ ހިންގުމުގެ ގާބިލުކަން ނެތްކަން. ކޮންފިޑެންސް ނެތްކަން

The name is already taken The name is available. Register?

ކޮރަލް

20 February 2020

ބޯޑުތަކަށް އިސްލާހުގެނެސް ބައެއް މެމްބަރުން ވަކި ކުރަން މާލަސް ވެއްޖެއެވެ. މަޖްލިސް ރައީސް ގާނޫނަކުން ނަމަވެސް މިކަން ކޮށްދީބަލާށެވެ. ބޯޑު މެމްބަރެއް އަމިއްލަ އަށް އިސްތިއުފާ އެއް ނުދޭނެއެވެ.

The name is already taken The name is available. Register?

ވަތުބަތާނަ

20 February 2020

ޒީރޯ ޓޮލެރަންސަކީ ކެމްޕޭނު ސްޓަންޓެއް! އެހުންނަނީ އެއްގޮތަކަށްވެސް ކުރަން ބޭނުންވާނެ ކަންކަމެއް ނޫން! ކިހިނެއްތޯ އެކަން ކުރާނީ އަމިއްލަ އަތްފައި ބުރިކުރެވޭނެތަ؟ ގިނައިން ތިބީ ބޭބޭ ކޮށްކަ، އެމީހުންނަށް އަދަބެއް ދެވޭނެތަ؟

The name is already taken The name is available. Register?

ކަރިޝް

20 February 2020

ހުސް އޮޅުވަަލުން

The name is already taken The name is available. Register?

ބޮޑުމީހާ

20 February 2020

ބަޔަކު ގޯސްވެއްޖެތަ! މިގައުމުގައި ކަމެއް ހިގާފިތަ! އެމްއޭސީއެލް އިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމެއްކުރިތަ! މިއިންއެއްވެސް ކަމެއް ހިގިނަމަ މިހާރު ވަޒީފާތަކުގައި ތިބި އެތައް ބަޔަކު ބަދަލުވާންޖެހޭ، ބޯޑު އުވާލަންޖެހޭ، މިގައުމުގެ ރައީސް އަރާ ކޮންމެ ތަނަކުން ޒީރޯ ޓޯލަރެންސޭ ކިޔާފަ ކުޅިބަލަން ހުންނަނީ، ވާކަމެއް ހަރާން، ޔާމީން ސަރުކާރުގަ ރައްޔިތުންގެ މާލިއްޔަތަށް ލިބުނު ގެއްލުމަށްވުރެ ވޭތުވެދިޔަ 1 އަހަރު ލިބުނު ގެއްލުން ބޮޑު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454