26 ފެބުރުއަރީ 2020 - 12:49
މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އައްޑޫ އޮތީ މާޔޫސްވެ، ޝަކުވާތަކުން ފުނިޖެހިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭނުގެ ތެރެއިން، އައްޑޫ ހުޅުދޫގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، އައްޑޫ ރައްޔިތުންގެ ވާހަކަތައް އެއްސެވުމުން އިވިވަޑައިގަތީ މުޅިން ވެސް ޝަކުވާތަކާއި މާޔޫސްކަމުގެ ވާހަކަތައް ކަމަށެވެ. އަދި އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ތަރައްގީ އާއި ކުރިއެރުމަށް ހަރުދަނާ ޕްލޭންތަކެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، މި ސަބަބުތަކާ ހެދި އައްޑޫ ރައްޔިތުންނަށް ދެން އޮތް އުންމީދަކީ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓް ދީގެން އެ މީހުންނާ އެކު މަސައްކަތް ކުރުމެވެ.
"އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ މި ޝަކުވާތަކަށް ހައްލު،" ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީއާ އެކު، މި ސަރުކާރު މާ ބާރުގަދަ ސަރުކާރެއްގެ ގޮތުގައި އޮތުމުން ފެނިވަޑައިގަންނަވަނީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކުގައި ވެސް ފަރުވާކުޑަ ކުރާތަން ކަމަށެވެ. "ރައްޔިތުންގެ މާލިއްޔާ އިން ފައިސާ ނަންގަވައިގެން ހުރިހާ ބޭފުޅުން ވެސް ނިދިކުރައްވާ ތަން އަޅުގަނޑުމެންނަށް ފެންނަނީ. އަޅުގަނޑުމެން މި ކުރަން އުޅޭ ކަމަކީ މި ބޭފުޅުން ނިދިން ހޭލައްވާނެ ބަޔަކު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ގެނެސްދިނުން،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ގޮވާލައި އެކަމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
"ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމަށް ބުނެ އައި ސަރުކާރު ނިދާފައި އޮތީމަކާ ރައްޔިތުންނަށް ހައްގުވާ މިންވަރެއް ނުލިބޭ. އެހެންވީމާ މިއަދު މި އޮތީ މި ކަންތައް ކޮށްދިނުމުގެ ވާޖިބު ނުވަތަ އެ ޒިންމާ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ އެކަން ކުރަން."
"ރައްޔިތުންގެ މާލިއްޔާ އިން ފައިސާ ނަންގަވައިގެން ހުރިހާ ބޭފުޅުން ވެސް ނިދިކުރައްވާ ތަން އަޅުގަނޑުމެންނަށް ފެންނަނީ. އަޅުގަނޑުމެން މި ކުރަން އުޅޭ ކަމަކީ މި ބޭފުޅުން ނިދިން ހޭލައްވާނެ ބަޔަކު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ގެނެސްދިނުން،" ޝިޔާމް
ޝިޔާމް ވިދާޅުވީ މަޖިލީހުގައި ވެސް އިދިކޮޅު މެމްބަރުން ކިތަންމެ މަދުން ތިއްބެވިޔަސް އެ ބޭފުޅުން ކުރައްވާ ކަމަކީ މި ސަރުކާރަށް ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތައް އަޑުއިއްވުން ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް ވަމުން ދިޔަ އެއްވެސް ވައުދެއްގައި ކުލަޖެހޭ ތަން ނުފެން ކަމަށް ވިދާޅުވި އެވެ.
"އެ އިން އެއްވެސް ކަމެއް ނުކޮށް ދުވަސްތައް މި ސަރުކާރުން ގުނަމުންދާ ތަން އަޅުގަނޑުމެންނަށް ފެންނަނީ." ޝިޔާމް ވިދާޅުވި އެވެ.
"...އެހެންވީމާ މިއަދު އަޅުގަނޑު މި ސުވާލު ކުރަނީ އެމްޑީޕީގެ ވެރިކަން ގެނައުމަށްޓަކައި މަސައްކަތްކުރި އެމްޑީޕީގެ ސަޕޯޓަރުންނާއި އެ ވެރިކަން ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ އަރިހުން މިއީތޯ ތި ބޭފުޅުން ގެންނަން ބޭނުންވި ވެރިކަމަކީ؟ ތި ބޭފުޅުން ހާސިލް ކުރަން ބޭނުންވި ކަންކަން މި ސަރުކާރަށް ހާސިލްކޮށް ދެވޭތޯއޭ؟"
ޝިޔާމް ވިދާޅުވީ، ކޮންމެ ދިމާލަކުން ވެސް މިއަދު އިވެނީ މި ސަރުކާރުން ވި ވައުދުތައް ނުފުއްދާ ވާހަކަ އާއި ރައްޔިތުންނާ ދޭތެރޭ އިހުމާލުވަމުންދާ ކަމުގެ ވާހަކަތެކެވެ. އެހެންވެ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ އުންމީދުތައް މި ސަރުކާރަށް ހާސިލުކޮށް ނުދެވިގެން އުޅެނީ ކޯޗެއް މަދުވެގެންތޯ؟ މި ކަހަލަ ސަބަބުތައް ހުރީމާ އަހަރެމެން ކުރަންޖެހޭ ކަމަކީ މި ސަރުކާރު ނިދިން ހޭލައްވާނެ ބަޔަކު އެކި ކަންކޮޅުތަކުން އަޅުގަނޑުމެން އިންތިހާބުކުރުން،" ޝިޔާމު ވިދާޅުވި އެވެ.
"އެހެންނޫނީ މާދަމާ މި ރާއްޖެ އަހަރެމެންނަށް ފެންނާކަށް ނެތް."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
03 March 2020
އަލެ ޗަކޮޔާ. ނޭފަރު އޮތީ ކޮންހާލެއްގަތޯވެސް ނިކަން ބަލައިލަބަ.
ދަރޭ
26 February 2020
އަނެއްކާ ނައިފަރުއޮތީ ކިހިނެއްބާ
ޓްރައި
26 February 2020
7 އަހަރު ވެރިކަމުގަ ތިބެ މާޔޫސްނުވާނެވަރު ކުރަން ލިބުނު. އެކަން ކުރިނަމަ މިއަދު ތިހެން ކިޔާކަށް ނުޖެހޭނެތާ.
ހުސެނ
26 February 2020
އައްޑޫ މީހުން މާޔޫސްވެއްޖެ މީގެ އެތަޢް އަހަރެއްކުރިން...
ޖަޒީރާ ކަލޯ
26 February 2020
މީ ޖަޒީރާ ރާއްޖެ އެހެންވީމަ އަހަރެމެން ބޭނުންވަނީ ޖަޒީރާވަންތަ އަތޮޅަކަށް އައްޑޫ ހަދަން އެކަމަކަށް ސަރުކާރުގެ އެހީއެއްބޭނުމެއްނުވާނެ މިހާރު ރާނާފަ ހުރިތަންތަން ވެއްޓުނީމަ ދަނޑިފަނުން ހެދީމަ ޖަޒީރާވަންތަވީ އެހެންވީމަ 0-7 އިން ބަލިކޮއްފަ އަތްޖަހަން މިތިބީ އެނގިއްޖެ!!!
އަރުވާލި އާދަނުގެ ސިޔާސީހާސަރު
26 February 2020
ޅަވިއަނި ނޭގި ހިންނަވަރު ނޭގި ހިންނަވަރު ނޫރާނީ އާގެ ނޭގި އެގޭ އިބްރާހިމު ނޭގި 25 އަހަރު ޅ އަތޮޅު މެމްބަރު ނޭގި ދެން ކިހިނަކުންތޯ އައްޑޫ އިގޭނީ. މާޔޫސް ޝަކުވާ ތިއައީ ޔާމީން ވޯޓުން ބަލިވީންސުރެން ތިޔަ ބޭފުޅުންގެ އަޑިންތޯ މަތިންތޯ ގެ ޖަޒުބާތު ނޫންތޯ
ފޮނިޓައްޕު ހަސަނު
26 February 2020
ޗަކޮއަށް ކީއް އައްޑޫ މީހުން މާޔޫސްވިއްޔާ ނުވިއްޔާ. ޗަކޮއި ހޮވި ރަށު މީހުން މާޔޫސް ވިތޯ ބެލުން މާރަނގަޅު ވާނެ.
ބަރުރަންޖީހާޖީ
26 February 2020
ޠާމީނުގެ 5 އަހަރު ނިމުނުއިރު ނައިފަރު އޮތީ ޖަޕާނުގެ ޓޯކިޔޯއަށް ވުރެވެސް ބޮޑަށް ތަރައްގީވެފަ އުތަ. ނައިފަރު ރައްޔިތުން ތިބީ ދެޖީބު ފުރިގެން ލާރިތައް ފައިބަ ފައިބާ އުތަ. ޝިޔާމޫ ކަލޭ ދޭބަލަ ގޮނޑުހޮވަން.
ކައްކާ
26 February 2020
ކަލޭމެންބާގައިގެ ވެރިކަމުގެ 5 އަހަރު ބަޖެޓުން އެކަނި 125 ބިލިއަން ހަރަދުކުރި، ބޭރުން ދަރަނި ނެގި 25 ބިލިއަން ރުފިޔާ، މިހުރިހާ ފައިސާއެއް ވެރިކަލޭގެ ރަށަށް ހަރަދުކޮށްފަ ކެންޕޭނަށްގޮސް ބުނީ ދައުރުގައި 1 ބިލިއަން ރުފިޔާ އައްޑުއަށް ހަރަދުކޮށްފީމޭ ވޯޓުދޭށޭ. 150 އަކުން 1 ދިނީ. އެވަރުބައެއް ކަލޭމެނަކީ.
ކާޅުބޭ
26 February 2020
2 އައްޑޫ ސިޓީ ކައުންސިލުން މިދައުރުގައި 170 ޖަލްސާ ބާއްވައިފި. މިސަރުކާރުގެ 2 އަހަރު ވާއިރު ފުރަތަމަ 100 ދުވަހު ނިންމަން ބުނި ސިޓީ ސްކޮއާރ އަދި ނުނިމޭ. ގަން އެއާޕޯޓަކީ މޯލްޑިވިއަން އަށް ހިބަ ތަނެއް. އެތަނަށް މަންޓާ، ވިލާ އޮޕަރޭޓް ވިޔް ނުދޭ. ލިސްޓް ވަރަށް ދިގު. އެހެނަސް މިފަހަރުވެސް އެމްޑީޕީ އިން އައްޑޫ ސިޓީ ގެ ސުޕާރ މެޖޯރިޓީ ނަގާނެ. ސަބަބު؟ ކުޑަވިޔަސް އައްޑުއަށް ކަމެއް ކޮށްދިނި މިވީތަނައް އެމްޑީޕީގެ ވެރިކަމުގަ އެކަނި.