ަމާލެ ކައިރީގައި އޮންނަ ބަނޑޮސް އައިލެންޑް ރިސޯޓު.
14 މާޗް 2020 - 08:02
ކޮވިޑް-19 ބަލީގެ އަލާމާތް ހުރި ކަމަށް ބިދޭސީން/ޓޫރިސްޓުންނަށް ޝައްކު ކުރެވޭތީ، މާލެ ކައިރީގައި އޮންނަ ބަނޑޮސް އައިލެންޑް ރިސޯޓުގެ އިތުރުން އާ އެހެން ރިސޯޓުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން ލިސްޓުގައި ހިމަނައިފި އެވެ.
އެ އިދާރާ އިން ރޭ ބުނީ، މާލެ އިން ފުރައިގެން 10 ވަރަކަށް މިނިޓުން ދެވޭ ބަނޑޮހުގެ ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނުމުން އެ މީހާގެ ސާމްޕަލް ޓެސްޓް ކުރުމަށްޓަކައި ނަގާފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު ހުރީ "ހޯމް އައިސޮލޭޝަން" ގައި ކަމަށާއި އެ ރިސޯޓު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮރޯނާވައިރަހުގެ އަލާމާތްތައް ހުރި މީހުން ފެނިގެން ބަނޑޮހުގެ އިތުރުން ރޭ އަލަށް މޮނިޓަރިން ލިސްޓުގައި ހިމަނާފައި ވަނީ އޮޅުވެލި ބީޗާއި މީރު އައިލެންޑާއި މާލެ ކައިރީގައި އޮންނަ ޝެރެޓަން މޯލްޑިވްސް ފުލްމޫން އެވެ، މީގެ ތެރެއިން އޮޅުވެލި ބީޗުން ވައިރަހުގެ އަލާމްތައް ހުރި ކަމަށް ބެލެވެނީ ދެ ބިދޭސީއެއްގެ ގައިގަ އެވެ. އެހެން ރިސޯޓުތަކުން ޝައްކު ކުރެވެނީ އެކަކަށެވެ މި އެންމެން މިހާރު ތިބީ "ހޯމް އައިސޮލޭޝަން" ގަ އެވެ.
ރާއްޖެ އިން މި ބަލީގެ ނުވަ މީހަކު ފެނިފައިވާއިރު، އެ އެންމެންނަކީ ބިދޭސީން/ޓޫރިސްޓުންނެވެ. އަދި އޭގެ ތެރެއިން ހާލު ބޮޑުވެގެން އެކަކަށް ފަރުވާ ދެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓުގަ އެވެ. އެއީ ބަތަލާ އައިލެންޑް ރިސޯޓުގެ ޓޫރިސްޓު ދެމަފިރިންގެ ތެރޭގައި ހިމެނޭ އުމުރުން 70 އަހަރުގެ ފިރިހެންމީހާ އެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އަދި ޝައްކު ކުރެވޭ ކޭސްތަކެއް ފެނުމާ ގުޅިގެން، މޮނިޓަރިންގެ ހާލަތުގައި ހުރި އެހެން ރިސޯޓުތަކުގެ މުވައްޒަފުން އެ ރިސޯޓުތަކުން ފޭބުން އެޗްޕީއޭ އިން ރެއިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެއީ ކުރެއްދޫ، ބަތަލާ، ކުރަމަތި، ސަމާ އައިލެންޑް، ވިލަމެންދޫ، އިރުވެލި، ސަން ގިލި އެވެ.
މި ލިސްޓުގައި ހމެނޭ ރިސޯޓުތަކުގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ތިން ރިސޯޓެއްގެ ބިދޭސީ/ޓޫރިސްޓުންނެވެ. އެއީ ކުރެއްދޫން ހަތަރެއް، ބަތަލާ އިން ދޭއް އަދި ކުރަމަތިން ވެސް ދެ މީހުންނެވެ. ނަމަވެސް އެ ލިސްޓުގައި ނުހިމެނޭ އަނަންތަރާ ދިގު ރިސޯޓުން ވެސް އިއްޔެ ވަނީ އެކަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ އެންމެން މިހާރު ތިބީ ކަރަންޓީން ފެސިލިޓީތަކުގަ އެވެ. އެއީ ހުޅުމާލެއާ އެއް ފަޅެއްގައި އޮންނަ ފަރުކޮޅުފުއްޓާއި ކ. ކުރައިދީ ކައިރީގައި އޮންނަ ވިލިވަރެވެ.
އެޗްޕީއޭ އިން ރޭ ބުނީ، ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއަކު ބ. ފެހެންދޫން ފެނުމާ ގުޅިގެން އޭނާގެ ސާމްޕަލް ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށެވެ. އެ ބިދޭސީ މީހާ އެކަހެރިކޮށް، ފެހެންދޫ ވެސް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
އެޗްޕީއޭ އިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން ދިވެއްސަކު ދަނީ ޓެސްޓު ހަދަމުންނެވެ. ކުރަމަތި ރިސޯޓުން ޕޮޒިޓިވްވި ޓޫރިސްޓަކާ 'ކްލޯޒް ކޮންޓެކްޓް' ވި އެ ދިވެހި މީހާގެ ޓެސްޓް ހަދަމުންދާ ކަމަށް އެޗްޕީއޭ އިން އިއްޔެ ރޭ ބުނެފައިވީ ނަމަވެސް އަދި ނަތީޖާއެއް ހާމައެއް ނުކުރެ އެވެ. އެ މީހާ ހުރީ އެކަހެރި ކޮށްފަ އެެވެ.
ކުރަމަތިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ޓޫރިސްޓް ދެމަފިރިއެއް ކަމަށް އެނގިފައި ވެ އެވެ.
ކޮވިޑް-19 ބައްޔާ ގުޅިގެން ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، މި ވަގުތަށް އަޅާފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ޓޫރިސްޓުން މިހާރު ތިބި ރިސޯޓު/ރަށްރަށް އަދި ސަފާރީތަކުން ފައިބައިގެން މީހުން ދިރިއުޅޭ އެހެން ރަށްރަށަށް ދިއުން މަނާ ކުރުމެވެ. އެ ފިޔަވަޅާ އެކު، ޓޫރިސްޓުން މާލެ ފޭބުމަކީ ވެސް މަނާ ކަމެކެވެ. އެ ފިޔަވަޅު އަޅާފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ.
އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ އެ ބާރުގެ ދަށުން ޓޫރިސްޓް އެކްސްކާޝަން މި ވަގުތަށް މަނާކުރީ ކޮވިޑް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަވިސްނާ
14 March 2020
އެމްޑީޕީ އަކީ އާއްމު މެނއބަރިންނާ އަޅާލާ ޕާރޓީ އެއް ނޫނެވެ. ޕާރޓީގެ ޥަރުގަދަ އެކްޓިވިސްޓުންނާއި، ބޮޑެތި މީހުންގެ ޢާއިލާ އާއި އެމީހުން ގެ ތިމާގެ މީހުނަށް ނޫނީ ބޮޑުމީހަކާ ބައްދަލެއްވެސް ނުކުރެވެއެވެ.
ޝެލަރީ
14 March 2020
ބ.އަތޮޅު ދަރަވަންދޫ އަށް އަރާފޭބުން އޯކޭތޯ؟ ރިޒޯޓް ތަކުން ބަލިމީހުން ގަސްދުގާ ފުރާން ދަރަވަންދޫއަށް ފޮނުވާކަމައް މިހާރު ޔަގީނާ ގާތައް ބުނަންކެރޭ، މިފަދަ ކަންކަން ހުއްޓުވާ ދެއްވާ
ރަންދެލި
14 March 2020
ކުރީ ދުވަހެއްގަ ޓުވީޓަކުން ވެސް މި ހިޔާލު ކިޔީމެވެ. ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ނަމެއް ކިޔައެވެ. އެ ރަށްތަކުގައި އެކި ނަމުގައި ރިސޯޓް/ހޮޓެލް/ސްޕާ ހިންގައެވެ. އެހެންވީމާ މިހާރުގެ އަޕްޑޭތައް ގެންނައިރު ޝަންގްރީލާ، ޝެރަޓަން، ހިލްޓަން މިހެން ނުކިޔާ ވޭތޯ ބަލަން ވެއްޖެއެވެ. މާލެ އަތޮޅު ވިހަމަނާފުށީގަ ހިނގާ ކަމެއް ހިނގީ ވިހަމަނާފުށީގައޭ ކިޔަން ވެއްޖެއެވެ. އެ ރަށުގަ ހިންގާ ހޮޓަލަކީ އަދި މުޅިން އެހެން ކަމެއް ތާއެވެ.
ކުރޯ
14 March 2020
ރާއްޖެއައިސް އައިސްގެންމިއުޅެނީ ކޮރޯނާގެ އާ ވައްތަރެއް. މި ވައިރސް އަށް އެބަ އެނގޭ ދިވެހީންނާ ބޭރުމީހުން ތަފާތު ކުރަން ހަހާ!!
ހޭކެނޑޭ
14 March 2020
ތިމާ ހިތުން ތިއޮތީ ވަރަށް މޮލު ކޮމެންޓް އެއް ކޮއްފަދޮތަ! ދެން ގެއަށްގޮސް އަނބި ގޮއްޔަ ގާތުގާ ބުނޭ ގޭގައި ހުރިއްޔާ ހުރި ހުރިހާ ބޯފެނެއް ނެރޭށޭ. ތަމިންނަ މި އައީ ކޮވިޑް19 އާއި ބެހޭގޮތުން ރަގަލު ކޮމެންޓް އެއް ކޮފައޭ.
ޙާވެ
14 March 2020
މަހުޖަނުަންގެ ދަށުވެ މިހާރު މަސައްކައް ކުރަމުން ދާނީ ރިސޯޓު ތަކުގެ އެއްބާ ބަންނދުކޮއް އަނެްއްބާ ހުޅުވަން މިކަން ހުއްޓުވަން ގޮވާލަން
ލޮކިސާނު
14 March 2020
އެއް ޒޯނަށް ކިޔާނީ ކޮރޯނާ ޒޯން. އަނެއް ޒޯނަށް ކިޔާނީ ނޯ ކޮރޯނާ ޒޯން... ލޮލް...
ޅާބު
14 March 2020
ޕޮޒިޓިވް ވީ ރިސޯޓު ތައް 14 ދުވަން ވަންދެން ނުހުޅުވާ ބޭއްވުމައް ގޮވާލަން މި ހާލަތުގަ ރިސޯޓު މުވައްޒަފުން ނުނިކުތުމައް ގޮވާލަން
އެހެންތަ
14 March 2020
ބަލި ފެތުރިފައިވާ ގައުމުތަކުން މީހުން އައުން މަނާކުރަން އޭރުވެސް އަހަރެން ބުނިން ރާއްޖެއިން ކީއްތަ މިކުރަނީ؟ ރާއްޖެއަށް މީހުން އައުން ހުޅުވާލާފަ މުޅި ގައުމު އެލާޓުގަ.
ޙާަމީ
14 March 2020
ޕޮސިޓިވް ވި ރިސޯޓު ތަކުން 14 ދުވަސް ނުވަނީސް ރިސޯޓު ހުޅުވިޔަ ނުދޭން ސަރުކާރައް ގޮވާލަން މީ ވަރައް ނުރައްކާތެރި ކަމެއް މިކަމުގެ ނުރައްކާ އޮތީ ރިސޯޓު ތަކުގެ މުވައްޒަފުންނައް
އިބްރާ
14 March 2020
ކަމަކުނުދޭ. ފަތިހު އައްޑޫ އިން ފުރައިގެން ވައިގެމަގުން މިއައީ. ލ ގަ ޓްރާންސިޓް ވެފަ އައީ އެތަނުން ގެސްޓްން ވެސްޢަރުވައިގެން. ބޯޓަށް އެރި އިރުވެސް ފޭބި އިރުވެސް އެއްވެސް ތާކުން ޗެކެއް ނުކުރޭ! ވަރަށް ކަންބޮޑުވެފަ މިހުރީ! އެއަރޕޯރޓް ތަކުގަ ކަންތައް ހުރީ ކުއްލި ނުރައްކަލުގެ ކުރިންވެސް ހުރި ގޮތަށް. އިތުރު މެޝަރސް ތަކެއް އިމްޕްލިމެންޓް ކޮށްފަ އެއްނެތް.