ލޯންޗަކަށް މީހުން އަރަނީ: މިހާރު ޓޫރިސްޓުންނާއެކު މި ފަދަ ލޯންޗު ފެރީތަކުގައި ދަތުރު ކުރުމަކީ މަނާކަމެއް
16 މާޗް 2020 - 17:15
ރާއްޖެ އިން ކޮވިޑް ބަލީގެ 13 މީހަކު ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން، ރަށްރަށަށް ޓޫރިސްޓުން ގެންދާއިރު، އެ މީހުންނާ އެކު އާއްމުން ދަތުރުކުރުން ސަރުކާރުން މަނާކޮށްފި އެވެ.
ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބިރު ރާއްޖެއަށް ވެސް ފެތުރި 13 ޓޫރިސްޓުން/ބިދޭސީން ޕޮޒިޓިވް ވުމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ސަރުކާރުންނާއި އާއްމުން ވެސް އަންނަނީ އަޅަމުންނެވެ. އެގޮތުން ރިސޯޓުތަކަށް އަރައި ފޭބުން ސަރުކާރުން މަނާކޮށްފައިވާއިރު، ރަށްރަށުގެ ބައެއް ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ނުގެންދަން އެ ތަންތަނުން ވަނީ ނިންމައިފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ، މާލެ އިން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރު ކުރާ، ފެރީ ނުވަތަ ލޯންޗެއްގައި އާއްމުންނާ އެކު ޓޫރިސްޓުންނަށް ދަތުުރު ނުކުރެވޭނެ ކަމަށާއި އެ ގަވައިދު މިހާރު ހަދާފައިވާ ކަމަށެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ގެސްޓު ހައުސްތައް ހުންނައިރު، އެ ތަންތަނަށް އާއްމު ގޮތެއްގައި ޓޫރިސްޓުން ގެންދަނީ ލޯކަލް ފެރީ ލޯންޗުތަކުގަ އެވެ. މާލެ އިން މީހުން އަރުވައިގެން، ޓޫރިސްޓުން ނެގުމަށް އެ ލޯންޗުތައް އާންމުކޮށް ދަނީ ހުޅުލެއަށެވެ.
ނިއުސް ބްރީފިން އަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އާއްމުންނާ އެކު ޓޫރިސްޓުން އުފުލާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ރާއްޖެ އަންނަ ބައެއް ޓޫރިސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އާއްމުން ދަތުރު ކުރާ ފެރީތަކުގައި ޓޫރިސްޓުން އުފުލާތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެއީ ރަށްރަށަށް އެ ރޯގާ ފޯރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.
ކޮވިޑް-19 އަކީ ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައެޅުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.
އެއާއެކު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ރިސޯޓްތަކުން ރަށްރަށަށް ދަތުރުކުރުން މިދިޔަ ހޯމަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މަނާކޮށްފައި ވެ އެވެ. އަދި އއ. ތޮއްޑު އާއި އެ އަތޮޅު ރަސްދޫގެ އިތުރުން އެހެން ބައެއް ރަށްރަށުގެ ގެސްޓް ހައުސްތަކުން ވަނީ، އެ ތަންތަނަށް ޓޫރިސްޓުން ނުގެންދިޔުމަށް ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންވެންޝަނަލް
17 March 2020
މިއުޅެނީ ސުންނަތަށް ޢަމަލުނުކުރަންވެގެން، ރޯގާ ފެތުރެވްފެށީމަ އެރަށަކަށް ނުދިއުމާއި، އެރަށަކުން މީހުން އެހެން ތަންތަނަށް ދިޔުން ހުއްޓާލުމަކީ އިސްލާމްދީނުގެ އުސޫލެއްކަމަށް އެނގޭތިވެގެން އެއަށް ތަބާނުވަން ބަހަނާތައް ދައްކައިގެން މިއުޅެނީ، މިދުވަސްވަރު ތިޔަ ޓޫރިސްޓުން ގެނައުން ހުއްޓާލުމުން މައްސަލަތައް ޙައްލުކުރަން ފަސޭހަވާނެ... ސަރުކާރުން އުޅެނީ ރިސޯޓުތަކުގަ މުވައްޒަފުން ބަންދުކޮށް ޓޫރިސްޓުންނަށް ޚިދުމަތްދޭން މަޖުބޫރުކޮށް، އެތަންތަން ހިންގަން
ްޤައުމު19
16 March 2020
އެހެންވީމަ އެއަރ ޕޯރޓްއަށް އަންނަ ޓުއަރިސްޓުންނަށް ހިދުމަތް ދޭން ތިބެނީ އާންމުންނެއް ނޫންތަ!! ސީޕްލޭންގެ ދިވެހި ކްރޫން އާއި ޕްއިލެޓުން އެއީ އާންމުންނެތް ނޫންތަ!! ތީ އެޗް.ޕީ.އޭ އެން ނޫން. ތީ ޖީ.ޕީ.އޭ - ގަވަރމަންޓް ޕްރޮޓެކްޝަން އެޖެންސީ ...
އާދަނު123
16 March 2020
އަދިވެސް ޓުއަރިސްޓުން ގެނައުން ހުއްޓުވާކަށް ނުވޭތަ
ލޮކްޑައުން
16 March 2020
މިރާއްޖެއަކީ ކަންކަން މަނާކުރިއަސް މޮނިޓަރކޮށް ބަލާ ފިޔަވަޅުއެޅޭ ތަނެއް ނޫން. ކުޑަމިނުން ޕޮލިސްމީހާ ކުރިމަތީ ކެފޭތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރާއިރު ނުހުއްޓުވޭ. އެވެސް ޤާނޫނީ ކުށެއް. މިވަރުތަނެއްގަ ޙައްލަކީ އިތުރު ގޯސްނުހަދާ، ކިތަންމެ ބޭނުން ނުވިޔަސް އަދި ދަތިވިޔަސް ޤައުމު އެއްކޮށް ދުވަސްކޮޅަކަށް ބަންދުކުރުން. މިހުންނަނީ މިންވަރަށް އީމާންވެ، ކެތްތެރިކަން އިސްކުރަންޖެހޭ ދަނޑިވަޅުތައް.
އަހުމަދުބޭ
16 March 2020
ކޮބައި މިކަންވެސް ކަމުނުދާ ބަޔަކު އެބަތިބިތާދޯ އާއްމުންނާ އެކު ދަތުރު ނުކުރުމުންވެސް ގިނަރައްޔިތުން ސަލާމަތް ކުރުމަށް އެބަ ބާރުއެޅޭދޯ ؟ މިއީ މިވަގުތަށް ރަގަނޅު ނިންމުމެއްކަންނޭގެ، މީގަ ރަގަނޅު އެއްގޮތްވެސް ނޯންނާނެ
ކަޅުކަޅު ދޮނޭ
16 March 2020
މަސައްކަތުގަ ވަރުބަލިވެ ތިބެ ރަގަޅަށް ވިސްމާނުލަ ނެރުނު އަމުރަކާ ވައަތަރީ... ތިގަވާއިދުގެ ނަތީޖާ ސާފު.. ގެސްތުންނަށާ ގެސްޓު ހައުސް ތަކަށް އިތުރު ތަކުލީފަކަށް ވުން ނޫން އެހެން އެއްވެސް ނަތީޖާއެއް ނެތް.. ވަކިން ދަތުރު އެއްކޮށް ރަށުގަ.. ތި ގަވާއިދު ވަގުތުން އަބުރާ ގެންދޭ.. ތިބޭފުޅުންގެ ޖުމްލަ މަސައްކަތަށް ޝުކުރިއްޔާ..
ދިވެއްސެއް...
16 March 2020
އެއާޕޯޓް ޑޮމެސްޓިކް ޓާމިނަލް ގެސްޓުންނާއި ދިވެހިން ބޭނުންކުރޭ. ފެރީތަކާ ލޯންޗްތަކަށް ހެދި މިގަވާއިދާއެކު ޑޮމެސްޓިކް ޓާމިނަލުގައިވެސް އާމުންނާ ގެސްޓުން އެއްވުން މަދުވާނޭ އިންތިޒާމެއް ހަދަން ފެނޭ.
ލިޔާނު
16 March 2020
ވަރަށް ފާޅުކަން ބޮޑުކޮށް ބުނެވުނީ ރިޒޯޓް ސްޓާފުން ގުރުބާން ކުރީއޯ
ޢަލީ މުހައްމަދު
16 March 2020
"ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން" ބާރު ދެއްވާފައިވަނީ އެމަގާމަށް. މިހާއަކަށްނޫން. ކިޔާލުމުން ހީވާކަހަލަ އެބާރު އޮތީ މައިމޫނާއަށް ހެން.
ގުންބާރު
17 March 2020
މައިމޫނާއަށް ބާރެއް ލިބިފަ ތިއޮތީ، ތިޔަ ބާރުގެ ބޭނުންކޮށްގެން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުރުމުގެ ސަބަބުން ޤަޢުމުގެ ރައްޔިތުން ތިޔަ ވައްޓާލަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް، ފަހުން ތިކަމާ ސުވާލުކުރެވި ޖަވާބުދޭންޖެހޭ ދުވަހެއް އަންނާނެކަން ޔަޤީން، އެދުވަހުން ތިޔަ ސިޔާސީ ވެރިންނާއި ރިސޯޓު އޯނަރުންނެއް ނުތިބޭނެ ސަޕޯޓުކޮށް ފައިސާދިއްކުރާކަށް، ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ބޯޑަރ ބަންދުކޮށްދެއްވާ ޓޫރިސްޓުން އައުން ހުއްޓާލަދީ
ާަާމޭން
16 March 2020
ޢާމުންނާ ވަކިން ދަތުރު ކޮޢްފަ ފަައިބަނީ ފިނޮޅަކަޢްތަ؟