ޚަބަރު / ކޮވިޑް-19

ކޮވިޑް-19 އާ ގުޅިގެން ލަންކާގައި ކާފިއު ހިންގައިފި

ސްރީ ލަންކާގެ އިންފެކްޝަސް ޑިޒީޒް ހޮސްޕިޓަލް ކައިރިން މާސްކް އަޅައިގެން ނަރުސް ކުދިންތަކެއް މަގު ހުރަސްކުރަނީ. އެގައުމުގައި މިރެއިން ފެށިގެން ކާފިއު ހިންގާތީ ދިވެހިން ސަމާލުވާން ފޮރިން މިނިސްޓްރީން އެދޭ--ފޮޓޯ:އޭއެފްޕީ

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ފެތުރޭތީ ސްރީލަންކާގެ ސަރުކާރުން ފިޔަވަޅުތައް ވަރުގަދަކޮށް މިރެއިން ފެށިގެން އެ ގައުމުގައި ބޭރަށް ނުކުމެ އުޅުން މަނާކުރަން ނިންމުން، އެ ގައުމުގައި އުޅޭ ދިވެހިން އެކަމަށް ސަމާލުވާން ފޮރިން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހަވީރު، ލަންކާ ގަޑިން 6:00 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު ސްރީލަންކާ ގަޑިން 06:00 އަށް އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކާފިއު ހިންގަން ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"...ވީމާ، މި ދުވަސްތަކުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް އެދެމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ބޭރު ގައުމުތަކަށް ދާ ދިވެހިން ރަޖިސްޓްރީކުރުމަށް އެ މިނިސްޓްރީން ކުރަމުން އަންނަ އިލްތިމާސް މިއަދުގެ ބަޔާނުގައި ވެސް ތަކުރާރުކުރި އެެވެ. އެގޮތުން ލަންކާގައި ދިރިއުޅޭ ދިވެހިން، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވާން ބަޔާނުގައި އިލްތިމާސްކޮށްފައި ވެ އެވެ.

ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 51 އަށް އަރައިފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މިހައިތަނަށް އެބަލި ޖެހުނު މީހުންގެ އަދަދަކީ 246,773 އެވެ. އޭގެ ތެރެއިން 10,062 މީހުން މަރުވި އިރު، 88,489 މީހުން ވަނީ ރަނގަޅު ވެފަ އެވެ.

6 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 80%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދު

20 March 2020

މިއަދުގެ ޚަބަރެއް، އެކަމަކު ރޭގަވެސް ލަންކާގެ ޖުމުލަ 60 އަށް އަރާފަ ހުރީ.. މީގަ މިއޮތީ 51 ކަމަށް... މިވަގުތު 70

The name is already taken The name is available. Register?

ކަންނެލި

20 March 2020

ލަންކާ މީހުންނަކަށް ކޮވިޑް ކޮންޓްރޯލް ނުކުރެވޭހެން ހީވަނީ. ދުވަހަކަށް 10 ކޭސް އެބަ ފެނޭ ގައުމުގެ އެކިތަންތަނުން.

The name is already taken The name is available. Register?

ޙިއްވަރުގަދަ އަލީ

20 March 2020

ސުޕުން ހުރީ ލަންކާގަ ތޯ ، ރަނގަޅީ ރާއްޖެ ނުގެނައީއާ ، އޭނަ އަކީ ބާސްކެޓައްހުރި ވައިރަހެއް، ޕަޕެޓުން ހަޖަމް ކޮއްލާތި

The name is already taken The name is available. Register?

ޙުސަންބޭ

20 March 2020

ފެނުނު ކޭސް 253933، މަރުވި: 10407، ރަނގަޅުވި: 89070

The name is already taken The name is available. Register?

2000

20 March 2020

ޙުސައިންބެ މީ މަބްރޫކު ތަ

The name is already taken The name is available. Register?

އަސްލު ހަގީގަތް

20 March 2020

2000 އަށް. މަބްރޫކްނޫނަސް މިހާރަށް ވަދެ ބަލާލުމުންވެސް ހުސެންބެ އެބުނި ހިސާބުތައް ފެންނާނެ. މަބްރޫކް ކިޔާދެނީ ރާއްޖޭގެ ހާލަތު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454