ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ހިދުމަތް ހޯދަނީ: ޓޫރިސްޓުން ފިޔަވައި ރާއްޖެ އަންނަ އެންމެން ކަރަންޓީންކުރަން ވަނީ އަންގާފައި-- ފޮޓޯ: މިހާރު
21 މާޗް 2020 - 07:51
ޓޫރިސްޓުން ފިޔަވައި ރާއްޖެ އަންނަ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އަންގައިފި އެވެ.
ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ މީހުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައިމ މި މަހުގެ 12 ވަނަ ދުވަހު އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގި އެންގުމުގައި ވަނީ، ވައިގެ މަގުން އަންނަ މީހުންގެ ތެރެއިން ޓޫރިސްޓުން ފިޔަވައި އެހެން އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަންޖެހޭނެ ކަމަށެވެ. މައިމޫނާ އެ ފިޔަވަޅު އެޅުއްވީ އެޗްޕީއޭ އިން ވަކި އެހެން ގޮތެއް ކަނޑައަޅަން ދެނެވެ.
އޭގެ ތެރޭގައި ދިވެހިންނާއި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ މީހުން ހިމެނެ އެވެ.
އެޗްޕީއޭ އިން ކުރިން އަމަލުކުރަމުން އައި ގޮތުން ނަމަ ރާއްޖެ އިން ބޭރުން އަންނަ ދިވެހިން ޖެހެނީ 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރި ކުރުމަށެވެ. ނަމަވެސް ރޭ ނިންމި ނިންމުމާ އެކު، ދިވެހިން ގެންދަން ޖެހެނީ ސަަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީ އަކަށެވެ.
ޗައިނާގެ އުފަންވެ، 185 ގައުމަކުން ފެނިފައިވާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި މާލެގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރުމާއި ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އެހެން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން މަނާކުރުން ހިމެނެ އެވެ.
ސްކޫލުތަކާއި ކޮލެޖުތަކާއި ރިސޯޓުތަކުގެ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ހުރިހާ ސްޕާއެއް ބަންދުކުރަަން އެންގުމާއި ކެފޭ އަދި ރެސްޓޯރެންޓުގައި ތިބެގެން މިރޭ 12 ން ފެށިގެން ކެއުންބުއިން ވެސް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ލިބޭނެ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ދެ މީހުން ވަނީ އެ ބަލިން ސަލާމަތްވެފަ އެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނެތެވެ. މިހާތަނަށް ކޮވިޑް ބަލި ޖެހިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކަށާއި 11 ޓޫރިސްޓަކަށެވެ.
ރާއްޖެ އިން ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ ބަތަލާ އައިލެންޑް ރިސޯޓުގެ ދެ ޓޫރިސްޓެކެވެ. އެއީ ދެމަފިރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުދަން
22 March 2020
މިއީ ބޮލަ ފެންއަޅަ އަޅާ ހުރެ ފއިތިލަ ހިއްކުން ކަހަލަ ކަމެއް
ޒިންމާ
22 March 2020
މިއީ ކަމެއް ރަނގަޅަ ކަމެއް ނިމަން އިގޭ ބަޔޭނޫން. ހުޅަނގުގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ދުވަސްވަރުގައި ދިވެހިންގެ ތެރެޔަ ފެތުރުމުގެ ފުރުސަރު ވަރަށް ބޮޑު. ކޮންމެ ގޮތެވިޔަސް އެއާ ޕޯޓްގެ މަސައްކަތް ކުރާ މީހުންނައި ދިމާވެގެން އެމީހިން ދާނީ. ކޮންމެހެން ތަންތަން ބަންދުކުރުމުގެ ބޭނުމެނެ!!!
؟؟؟؟
22 March 2020
ޓޫރިސްޓުންނަކީ މާމަތީ ބައެއްތަ؟
އެސްކޮބާރ
21 March 2020
ރިސޯޓުތައް ބަންދުނުކުރާން ކިތަންމެވަރަކަށް ހިފާފައި ތިއްބަސް ރިސޯޓުތަކުގެ ވެރިންނަށް މަޖުބޫރުވުމުން ރިސޯޓުތައް ބަންދުކުރާނެއެވެ. މިހަގީގަތް ވިސްނޭތީ ކޮލިގޭ މީހުން ރިސޯޓުތައް ބަންދުކުރީއެވެ. ރާއްޖެއަށް ވަންނަ ޑޮލަރު ބޭނުންވާތީ ޓޫރިޒަމް ހުއްޓާނުލާން ތިއްބަސް ދުނިޔޭގެ އިގުތިސާދު އެއްކޮށް ފުޑިގެންދާއިރު ރާއްޖޭގެ އިގުތިސާދެއް ނޯންނާނެއެވެ. އެމެރިކާ އެދަނީ ކޮން މިސްރާބަކަށް ކަމާއި، އެމެރިކާގެ އިގުތިސާދު ފުޑޭއިރު ދުނިޔެއަށް ވާނެގޮތް ވިސްނަވާށެވެ.
ރޮޗްޝީލްޑް
22 March 2020
އެމެރިކާ ޑޮލަރުގެ އަޅުންނަށް ވީމަ އޭގެ އަސަރުބޮޑަށް ކުރާނެ. ޔަހޫދީ ރޮޝީލްޑުގެ ރިބާ ސިސްޓެމްގެ ދަށުވެފައި ތިބި ބަޔަކު ދުވަހަކުވެސް ސަލާމަތެއްނުވާނެ. ދުނިޔޭގެ ފައިނޭންޝަލް ސިސްޓެމް ކުޑާއިކޮށް ހިސްޓްރީ ބަލާލަ
ދެރަވޭ
21 March 2020
އަޖައިބެއްކަހަލަކަމެއް. ޢަހަރެމެން މިތިބީ ކެފޭވެސް ބަންދުކޮށް މާތް ﷲ އާވަކީލުކޮށް ގޭގައި. އެކަމަކު އެތައްމިތާ ހޭކިފައަންނަ ފަތުރުވެރިޔާ ރާއްޖެ އެތެރެވެފަ އެއަރ ޓެކްސީގަ ނޫނީ ލޯންޗްގަ ރިސޯޓަށް ދިއުމުން ރިސްކް ބޮޑު. މިކަން ނުހުއްޓެނީ ބިދޭސީ މެނޭޖްމަންޓުން ހުއްޓާލަން ބޭނުންނުވާތީ. ޙުއްޓާލާ
ޢަނިޔާ
21 March 2020
ޜިސޯޓް ގަ ތިބީ ބަލި ޖައްސަން ތައްޔާރު ކޮއްފަ ތިބި ދހިވެހިންކޮޅެއް ބަންދުކޮހފަ
ވެންޓިލޭޓަރު
21 March 2020
ލަދެއްވެސް ނެތީ ދޯ ދިވެހިން އެކަނި ކަރަންޓީނު ކުރާއިރު އެންމެން މޮޔަ ހައްދަން. ހުރިހާ ގައުމަކުން ފަތުރުވެރިން އައުން މަނާ ކުރޭ ހަމަ މިހާރު. އޮސްޓްރޭލިޔާ އަދި ޔޫރަޕުން ވެސް މަނާ ކޮށްފި!
ައަފުރާސިޔާބު
21 March 2020
ލަދެއްނެތީމައެއްނޫން އެކަން އެކުރަނީ. ދިވެހިރާއްޖޭގެ މުޅި އިގްތިޞާދު ބިނާވެފައިވަނީ ޓޫރިޒަމަށާއި އިމްޕޯޓަށް. މިބާވަތުގެ ކަމަކަށް ވިސްނައިގެނެއްނޫން ގައުމު ތަރައްގީ ކުރަންފެށީ. ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިންޑަސްޓްރީ އެއްލާލާފައި މުޅިގައުމުގައި ޓޫރިސްޓް އެދުތައް. އެނދު އިތުރުވިޔަސް ޚަޒާނާ މުއްސަނދިނުވޭ ކަރަޕްޝަންގެ ބޮޑުކަމުން. އިންޑިއާ ހުއްޓުމާއެކު ދިވެހީން ބަނޑަށް ޖެހޭނޭކަމީ ޔަގީން ކަމެއް. ކުރިމަގަށް ވިސްނުމަށް ސަރުކާރަށް ގޮވާލަން.
ވޮލްފު
21 March 2020
ޖީބު ތެރެއަށް ވެއްޓިގަނެގެން ތިބޭއިރު ނުވާނެ އެކަމެއް. އެކަން ވާނީ ދުނިޔޭގެ އެހެން ގައުމުތަކުން ފޔަވަޅު އަޅާ ރާއްޖެއަށް ނުދެވޭގޮތް ހެދުމުން. މިހާރު އެދަނީ އެމަގަށް
ޥަލީދާވަލީދު
21 March 2020
ޙައެއްކަ ސަތޭކަ ޓޫރިސްޓުން އަންނާތީ އެމީހުން އައުން ބަންދުނުކޮށް ހުރުމުން ލިބޭހައެއްކަސަތޭކަ ޑޮލަރަށްވުރެ ބޮޑުއެއްޗެއް ސަރުކާރުން ހޭދަކުރަންޖެހޭ އެމީހުންގެތެރެއިން އަންނަ ޝައްކުވާ މީހުންގެކަންކަން ހަމަޖެއްސުމަށް. ޓޫރިސްޓުން އައުން އެއްކޮށްބަނދުކޮށްލަން ޖެހޭކަމަަށްދެކެން.
ަހަނދުވަރީ
21 March 2020
ތިޔަ ބޭފުޅާތޯ އިޤްތިސާދު އެކަށް އިނދަޖެހުނީމާ އެންމެންނަށް ކާންދީ ބޯންދެނީ. ނޭނގާއްޏަސް ބޮޑުވަރު.
ކޮވެލި
21 March 2020
ކީއްވެތޯ ޓޫރިސްޓުން ސެލްފް އައިސޮލޭޓް ކުރަން ނުޖެހެނީ. އެއީ އެންމެ ރިސްކް ހައި ގުރޫޕް.
ހޭބަލިމިތުރު
21 March 2020
ޓުއަ ރިސްޓުންނައް މިހާ ރު އެއްވެސް ރަށެއްގެ ގެސްޓްހައުސް އަކައްނުދެވޭނެ، އެމީހުން ސީދާ ދާންޖެހޭނީ ރިސޯޓައް، ހު ރިހާރިސޯޓެއް މިހާ ރު އެވަނީ ކަ ރަންޓީނު ކު ރެވިފަ.
ޑޮކްޓަރު
21 March 2020
ހަ މަ އެން މެ ޚަބަރެއް ކިޔައިގެން ވާނުވާ ނޭގޭނެ.
ދެރަ
21 March 2020
ރިސޯޓުތަކުން ވަޒީފާ ގެއްލޭމީހުން މަސްވެރިކަމާ ހަވާލުވޭ. ރިސޯޓުން ލިބޭއެއްޗަކަށްވުރެ ގިނަފައިސިބޭނެ.