ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުލުހުން ހިންގާ އޮޕަރޭޝަނެއްގެ ތެރެއިން-- ފޮޓޯ: އަހުމަދު އަވްޝަން
21 މާޗް 2020 - 21:48
ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން ފިޔަވައި އެހެން މީހުން އަރައިފޭބުން މަނާ ކޮށްފައި ވަނިކޮށް، ހއ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު އިއްޔެ އެ ރިސޯޓަށް އެރުމުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުމާ ޚިލާފަށް އެ ރިސޯޓަށް އެރީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި މިރޭ އަށެއް ޖަހާކަންހާއިރު އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖޭން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ރިސޯޓުތަކަށް މީހުން އަރައިފޭބުމާއި އަދި ރިސޯޓުތަކުގައި އުޅޭ މީހުން އެހެން ރަށްރަށަށް އެރުން ވެސް މި ވަގުތު މަނަލެވެ.
މީގެ ކުރިން، ފުލުހުން ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާގެ އެންގެވުމާ ޚިލާފަށް ރިސޯޓުން އެހެން ރަށްތަކަށް ދިޔަ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދު ކޮށްގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.
COVID-19: Resort akun filaigen Fuvahmulakah dhiya 2 dhuvessaku hayyaru koffi
The most trusted news source in the Maldives
Mihaaru
ފިލައިގެން ފުވައްމަލަކަށް ދިޔަ ދެ މީހުން ހައްޔަރު ކުރުން
އޭގެ ތެރެއިން ރޭ ފުވައްމުލަކުން ދެ މީހަކު ހައްޔަރުކުރީ މާލެ އަތޮޅުގެ ރިސޯޓަކުން ފިލައިގެން މާލެ އައިސް މަތިންދާބޯޓުގައި ފުވައްމުލަކަށް ދިޔަ ފަހުންނެވެ. އަނެއް މީހާ ހައްޔަރު ކުރީ އައްޑޫ މީދުއާ ޖެހިގެން އޮންނަ ސައުތު ޕާމް ރިސޯޓުން ފަތާފައި މީދު އަށް ދިއުމުން މިދިޔަ އަންގާރަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމިއުނިސްޓް ޕާޓީ މޯލްޑިވްސް
22 March 2020
ރިސޯޓުގެ ވަޒީފާ ދޫކޮށްފައި ރަށަށް ގޮސް އެކަކު ހަދަންވީ ޑައިވް ސެންޓަރެއް. އަނެކަކު ވޯޓަރ ސްޕޯޓްސް ސެންޓަރެއް. މީހުން އުޅޭ ގޭގޭގެ ހުސް ކޮޓަރިތަކުގައި ގެސްޓުން ބޭތިއްބުމުގެ ހުއްދަ ސަރުކާރުން ދޭންވީ. އިސާހިތަކު މުޅި ރަށް ރިސޯޓަކަށް ވެދާނެ. މިކަމަށް ބޭނުންވާ ފައިސާ އެސް.އެމް.އީ ބޭންކުން ދޫކުރާނީ. މިއީ ކޮވިޑް19 އަށް ފަހު ރާއްޖޭގެ އިގުތިސާދު ބަދަލުކުރަންވީ ގޮތް. ރާއްޖެއަށް މަހުޖަނުންގެ ރިސޯޓު ބޭނުމެއްނުވޭ. މަސައްކަތްކުރާމީހުން ވާނީ ރިސޯޓުގެ ވެރިންނަށް
ނަޖީބ
22 March 2020
ކޮބާކިހިނެއް ހީވެ މިފޯއްމުލަކާއި އައްޑު ބައިގަނޑު ދުވަހަކުވެސް އެއްބާރުލުން ނުދޭނެ މިކަހަލަ ވިޔާނުދާކަންކަން ރާއްޖޭގައި މުޅިންވެސް ފެންނާނީ ހާއްސަކޮށް މިވެރިންގެ ކިބައިން ހިފާ ހައްޔަރުކޮށް ހައްގު އަދަބުދޭންވީ މީކީ ކިޔަމަންތެރިކަން ވާ ބައެއްނޫން..
އާރިޝް
22 March 2020
މިތަނުގަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބޮލިކު ހެލްތު މައިމޫނާގެ އެންގެވުމާއި ޚިލާފަށޭ ކިޔާފަ މިލިޔަނީ ކޮންބަޔަކު ބިރުގަންނަވަން.
ފަތިކަމަނަ
21 March 2020
މިފަދަ ނުރައްކާތެރި ދަނޑިވަޅުގަވެސް ސިޔާސީ މަނފާހޯދަން މިއުޅެނީ ނުހައްގުން ލިބުނު ރައްޔިތުންގެ ފައިސާގަނޑު ނުލިބޭތީ މިފަދަ މީހުން ހައްޔަރު ކުރުންނޫންގޮތެއް ނެތް މިދަނޑިވަޅުގަ މި ކޮމެންޓް ޖަހާނެކަމެއް ނޭގޭ ޖަހާދީފިއްޔާ މިފަދަ މީހުނަށް ކޮންމެސް އެއްޗެއްދޭހަވާނެ...
ޖަމީލު
21 March 2020
ރިސޯޓު ގެ ނަން ނުބުނެވެނީ އެއި މޑޕ ބޮޑެއްގެ ރިސޯޓަކައް ވަނީތަ؟
ލިޔާނު
22 March 2020
? މަނަފަރު ބްރޯ.. މަނަފަރު.. ކުޑަކޮށް ވިސްނާލަބަލަ. ޖޭއޭ މަނަފަރު
ވަހީދު
21 March 2020
ރިސޯޓު ބޯއީންގެ ތެރޭގައި ވެސް ގަޅިން އުޅޭ
ލިޔާނު
22 March 2020
ރައްޔިތުންގެ މަޖިލަިހުގައިވެސް އުޅޭ.. ސޯ؟ ?
ތުނބުޅި
21 March 2020
3 މަހުގެ މުސާރަދީފަ ޗުއްޓީ ދޭ މުވަައްޒަފުން ޗުއްޓީ ހޭދަ ކުރާނީ ރިޒޯޓުގަ ބާ
ލިޔާނު
22 March 2020
އާން! ވޯޓާ ވިލާގައި ނިދާފަ. ސްޕާއިން މަސާޖެއް ނަގައިން އަންޑަވޯޓާއިން ޑިނާ.. ކަޑަ؟
1828
21 March 2020
މައިމޫނާގެ އެންގުމަކީ ބޮޑު ޖޯކެއް. ގެސްޓުން އަރައިބައިބާކަށް އެއްވެސް ހުރަހެއް ދައްޗެއް ނެތް. ގެސްޓުން އެދަނީ ރިސޯޓްތަކުގެ މުވައްޒަފުންނާ ބައްދަލުވެފައި، ވެލާނާ އެއަރޕޯޓަށް. އެތަނުން އެތަކެއް މީހުންނާ ގެސްޓުން ކޮންޓެކްޓްވޭ. މިއީ ރިސޯޓް މުވައްޒަފުންނަށް ބިރުވެރިކަން ދައްކަން އުފައްދާފައިވާ ހާލަތެއް. ރިސޯޓް މުވައްޒަފުންނަށް ރިސޯޓުންފޭބޭކަށް އެރޭކަށް ނެތް. މިތިބީ ނަފްސު ވަރަށް ބޮޑު ރިސްކެއްގެ ތެރޭގައި.
ލިޔާނު
22 March 2020
ތީ ވެރިން ބަނގުރޫޓު ވެދާނެތީ މީހުން އޮބަހައްޓައިގެން ގެންގުޅެން ހަދައިން އުޅޭ އެއްޗެއް