ބެލްޖިއަމްގެ މައުރޯނޭ ފެލައިނީ (ވ). --ފޮޓޯ: އޭއެފްޕީ
22 މާޗް 2020 - 22:39
ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު މިމަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި އެއްވެސް މީހަކު ހުރި ނަމަ އެކަން އަވަހަށް ރިޕޯޓް ކުރަން އިލްތިމާސްކޮށްފި އެވެ.
ފެލައިނީ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ޗައިނާ އަށް ދިޔަ ފަހުން މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ރާއްޖޭގައި ހުރިއިރު އޭނާއާ ކޮންޓެކްޓްވި ދެ މީހެއްގެ ކިބައިން އެ ބަލީގެ އަލާމާތްތައް ފެނުމުން އެ ދެ މީހުން މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ. އަދި އެ ދެ މީހުންގެ ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.
ޗައިނާ އަކީ ކޮރޯނާވައިރަސް އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ފެތުރުނު ގައުމެވެ. ނަމަވެސް އެ ގައުމުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ރާއްޖޭން ފުރައިގެން ދިޔަ ފަހުން ކަމަށް ވިޔަސް، އޭނާ ރާއްޖޭގައި ހުރި މުއްދަތުގައި ވެސް އެ ބަލި ޖެހިފައި ހުރުމުގެ ފުރުސަތު އޮތުމުން އެއީ ނުރައްކާތެރި ކަމަށެވެ. އެހެންވެ، އޭނާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް މާލޭގައި މިހާރު ކުރަމުން އަންނަ ކަމަށާއި އަދި އޭނާއާ އެއްވެސް ގޮތަކުން ބައްދަލުވި މީހަކު ހުރި ނަމަ، އެކަން ވަގުތުން ހޮޓްލައިނަށް ރިޕޯޓް ކުރަން އެދޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ބައެއް ބޭފުޅުން އަދިވެސް އަމިއްލަ އަށް ރިޕޯޓް ނުކުރައްވާ. އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިން އިން ފެންނަންދެން މަޑުކޮށްގެން އެބަ ތިބޭ. އެހެން ނަހައްދަވާ. އަމިއްލައަށް އެނގިވަޑައިގަންނަވާނެ މި ކުޅުންތެރިޔާއާ ބައްދަލުވެފައިި ހުރިއްޔާ،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ފެލައިނީ ރާއްޖޭގައި ހުރީ ރީތިރަށް ރިސޯޓުގައި ކަމަށްވާތީ އެ ތަނުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އޭނާއާ އެއާޕޯޓުން ވެސް ބައްދަލުވި މީހަކު ހުރުމުގެ ފުރުސަތު އެބައޮތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"އެއާޕޯޓަށް ދަތުރުކުރި ކުޅުންތެރިއަކަށް ވާތީ ކޮންޓްކެޓްވި މީހުން މާލެ ސަރަހައްދުގައި އުޅެދާނެ ކަމަށް ބެލެވޭތީ ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ރައްކާތެރިކަމަށް ސަމާލުވުމަކީ މުހިންމު ކަމެއް،" މަބްރޫކް ވިދާޅުވި އެވެ.
ފެލައިނީ ރާއްޖެ އައުމުން އޭނާއާ އެކު ބައެއް ދިވެހިން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެހެންވެ
ކޮވިޑް-19 ވައިރަސް ހުރި 13 މީހަކު ރާއްޖެއިން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
23 March 2020
ޓޫރިސްޓުންނަށް އެރަޕޯޓް ބަންދު ކުރީމަ ފެލައިނި އެއް ނާންނާނެއެވެ. ބޭރުން އެތެރެވާ ބަލި ލޮކްޑައުންވީއެވެ. ފުރަތަމަ ބަން ދުކުރަންވީ މިސްކިތްތަކާ ހޮޓާ ތަކާ އޮފީސް ތަކެއް ނޫނެވެ.
ބިސްމަގު
23 March 2020
އެއާޕޯޓު ބަންދު ކުރުމާ އެކު ފުލައިޓު ތައް ހުއްޓާލާނެ. ދުނިޔޭގެ އެކިތަންތަނުން ގެންނަ ބޭސް ތައް ގެންނަން އުދަގޫވީ. ބޭހައްބޭނުންވާ އިކުއިޕްމަންޓް ތައް ގެންނަން އުދަގޫވީ. ރަގަޅު ގޮތަކީ އިންޓަނޭޝަނަލް ވައިގެ ޓްރާންސްޕޯޓް ނުހުއްޓުވައި މިޓިގޭޓް ކުރުން.
ޙަފެއް
23 March 2020
ރާއްޖެ ގެންނަ ޓޫރިސްޓުން ބައްޔަށް ޓެސްޓްކޮށްފައި ރިޒޯޓަށް ފޮނުވޭ ގޮތެއް އަވަހަށް ހަދަންޖެހޭ. 45 މިނިޓުން ޓެސްޓްކުރެވޭ ޓެސްޓް ކިޓް އެބަހުރި. ޗައިނާގެ އެހީއާއެކުވެސް މިކަން ކުރެވެންޖެހޭ. މިއަދު މިފިޔަވަޅު އެޅުމަށް ގޮވާލަން. ޓޫރިސްޓުން ގެނައުން މައްސަލައެއް ނޫން ނަގަންޖެހޭ މެށަސްތައް ރަނގަޅަށް ނެގެންޏާ. އަދި އެއަރޕޯޓު ތެރޭގައި ހަރަކާތްތެރިވެވޭނެ ގޮތުގެ ސްޓެންޑަޑެއް ހެދެން އެބަޖެހޭ. އަތް ދޮވެ ސެނިޓައިޒްކޮށް އެއަޕޯޓްތެރެ ޑެެއިލީ ޑިސްއިންފެކް ކުރޭވެން
ޙެހސހސ
23 March 2020
އަބަދު ރައްޔިތުންގެބޮލައް، އެއާޕޯޓް ލެއްޕީމަ ގޭގަތިބެންވެސްމުހިންމީ. މިހާރުމުޅިދުނިޔޭގަ ކޮރޯނާ. ފުރަތަމަ 14 ދުވަސް އިޓަލީމީހާ މާގިރިހޮޓަލުގައި ހުރެފައި ފުރީ. ދެންމިހާރުފުޓުބޯޅަމީހާ ++14 ދުވަސް. ގައުމުގައި ކަމެއްނެތަސް ރައްކާތެރިތަނަކައް މިވަގުތު އެބަޖެހޭހަދަން. ލާރިހޯދިދާނެފަހުން އިހައްބަލަންވީ މިގައު ސަލާމަތުންބަހައްޓަން. ކަންވެނިމޭފަހުން ކޮންޓެކުޓު ޓުރޭސިން ހެދިޔަސް ނޯންނާނެ ކުރާނެކަމެއް. ކޮންމެދުވަހަކު ކޮންޓެެއްޓް ވޭފަތުރުވެރިންނާ އެއާޕޯޓުމުއ
މޯޑު،މާލެ
23 March 2020
މޮޅެތި ކޮމެންޓު ކޮށްފަ އުޅެނީ މަގުމަތީ. ތި ކަޑަ. އެއަރޕޯރޓް މިހާރުވެސް އޮތީ ލޮކްޑައުންގަ
ޝަރީ
23 March 2020
ޙެހސހސ ވީއެންނު މިގައުމާ ހަވާލުވާން؟ ތިހާކަންކަން އެނގެންޏާ
ދަވާލި19
23 March 2020
ފަރުދީ ޒިންމާ ނަންގަވާ ތިމާޔާ އަނެކުންގެ ސަލާމަތާ ރައްކާތެރިކަމައް އިސްކަންދެއްވާ ﷲ މިބަލިން މުޅި އިންދާނިއްޔަތު ސަލާމަތްކުރައްވާށި އާމީން
ސޫޖީ
23 March 2020
ކިހާ ދެރަަ ކަމެއް. ތާކުން މީހަކު އައިއްޔާ އެމީހަކާ އެކު ސެލްފީ ނަގަން ޖެހޭތަ؟ މަނާކުރަންވީ ތިކަންތައް ވެސް. އެއްވެސް ގެސްޓަކާ އޭނައަށް ޚިދުމަތްދޭ މީހުން ނޫނީ ބައްދަލުކުރުން މަނާ ކުރަންވީ. އަދި ރާއްޖެ އަންނަ ގެސްޓުން، ބަލި ނެތް ކަމުގެ ރަސްމީ ލިޔުމެއް ހިފައިގެން ނޫނީ ރާއްޖެއަށް ނުވަދެވޭ ގޮތަށް ހަދަންވީ.
ޖުމިރާ
22 March 2020
އަދިވެސް ޓުވަރިސްޓު ރިސޯޓް ހިންގާ ސިޔާސީ މީހުންގެ އަމިއްލަ ފައިދާއަށް މުޅި ގައުމު ނުރައްކަލެއްގެ ތެރޭގައި ބާއްވަން ޓުވަރިސްޓުން ގެނައުން މަނާކުރަން ނުވޭތޯ؟
ކަސަބު
23 March 2020
ތިކަން ނުކުރާނެ.
ސަަންރައިޒް
22 March 2020
ދެންވެސް މާލެ ސަރަހައްދުގަ މިއުޅޭ މީހުން ބަލާބަލަ ގޭގަ މައިތިރިވެގެން ތިބެވޭތޯ މިކަމުން ސަލާމަތް ވެވެންދެން... ހަމަ މިތަނުން ބަލި ނުފެނެއޭ ކިޔާފައި މަގުމަތީ ލާހޫރެނީ އަދިވެސް..