ވިޔަފާރި / ލޯކަލް މާރުކޭޓް

ތަރުކާރީގެ ބައެއް ބާވަތްތައް ހުސްވެއްޖެ

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއް: ބޭރުން ގެންނަ ބައެއް ބާވަތްތައް މިހާރު ވަނީ ލޯކަލް މާރުކޭޓުން ހުސްވެފައި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އިންޑިއާ އާއި ލަންކާއިން ރާއްޖެ އަށް އެތެރެކުރާ ތަރުކާރީގެ ބައެއް ބާވަތްތައް މާރުކޭޓުން ހުސްވެއްޖެ އެވެ.

އާއްމުކޮށް އިންޑިއާ އާއި ލަންކާއިން ގެންނަ ތަރުކާރީގެ ތެރޭގައި ހިމެނެނީ ލީކްސް އާއި ކެޕްސިކަމް އާއި ބީންސް އަދި ބެލް ޕެޕާ ހިމެނެ އެވެ. މި ބާވަތްތައް މި ވަގުތު މާރުކޭޓުން ލިބެން ނެތް ނަމަވެސް މާދަމާ އިން ފެށިގެން ލިބޭނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެ އެވެ.

މާރުކޭޓުގައި ތަރުކާރީ ވިއްކާ ބައެއް މީހުން ބުނި ގޮތުގައި ބޭރުން ގެންނަ ތަރުކާރީގެ ބާވަތްތައް ހުސްވެފައި ވަނީ ކޮވިޑާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމުންނެވެ. ނަމަވެސް ކާގޯ މަތިންދާ ބޯޓުތައް އަންނަން ފެށުމުން މި ބާވަތްތައް ލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. ލަންކާ އާއި އިންޑިޔާ އިން މިހާރު ވަނީ އެއާޕޯޓްތައް ހުއްޓުމަކަށް ގެނެސްފަ އެވެ. ރާއްޖެ އަށް އާންމުކޮށް ތަރުކާރީގެ މި ބާވަތްތައް ގެންނަނީ އެއާފްރައިޓުންނެވެ.

ބާޒާރުގައި މިހާރު ވަނީ ބައެއް އެހެން ބާވަތްތަކުގެ ކާބޯތަކެތީގެ އަގު ވެސް އުފުލިފަ އެވެ. ނަމަވެސް އާ ޝިޕްމަންޓުތަކާ އެކު އަގުތައް ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ލަފާ ކުރެ އެވެ. އެކަމަކު މިހާރު އޮތް ހާލަތު ދިގުދެމިގެން ހިނގައްޖެ ނަމަ ކުރިއަށް އޮތްތާނގައި ވެސް އަގު އުފުލޭނެ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.

"މިއަދުން ފެށިގެން ބައެއް އެއްޗެހި އެބަ ލިބޭ. ލިބޭ ވަރަކުން އެ އެއްޗެއްގެ އަގު ދަށްވާނެ. ނަމަވެސް ހާލަތައް ބަލާފައި އަޅުގަނޑަށް ބުނެވޭނީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އަގު އުފުލޭނެ ކަމަށް،" ވިޔަފާރިވެރިއަކު ބުންޏެވެ.

މިދިޔަ ހަފްތާގައި އަގު އުފުލުު ބައެއް ތަކެތީގެ ތެރޭގައި ބިހާއި އަލުވި އަދި ފިޔާ ހިމެނެ އެވެ. ބާޒަރުގައި މިއަދު ވެސް ފިޔާގެ އަގު ހުރީ ކިލޯއެއް 25ރ. އަށެވެ އަދި އަލުވި ކިލޯއެއް 15ރ. އަށް ހުރިއިރު ބިސް ކޭހެއް ލިބެނީ 550ރ. އަށެވެ. ބިހުގެ އަގު ބައެއް ފިހާރަތަކުގައި މިއަދު ވަނީ 330ރ. އަށް ވެއްޓިފަ އެވެ.

ބާޒާރުގައި އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯއިން ވިއްކާ އެއްވެސް ބާވަތެއްގެ އަގަކަށް ބަދަލެއް ނުގެނެ އެވެ. ނަމަވެސް އެ ކުންފުނިން ވެސް މިހާރު މި ބާވަތްތައް ވިއްކަމުން އަންނަނީ ލިމިޓު ކޮށްގެންނެވެ. މި ބާވަތްތައް ހުސްނުވެ ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

24 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 77%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބުނިހަޖަރު

30 March 2020

11 ރުފިޔާ އަށް ލިބޭ ޑައިޓް ކޯކް ފުޅިއެއްވެސް އެސްޓީއޯ އިން ލިބެނީ 12 ރުފިޔާއަށް . އެކަމަކު އާންމު މީހާ އަށް ފައިދާ އާއެކު 11 ރ އަށް ވިއްކޭއިރު ސަރުކާރު ބިމާއި އެތައް އިނާޔަތެއް ސަރުކާރުން ހިލޭ ލިބޭ އިރުވެސް އެސްޓީއޯ އަށް ވިއްކެނީ 12 ރުފިޔާއަށް .

The name is already taken The name is available. Register?

ދަނޑުމަތިން

29 March 2020

20 ހާސް ރުފިޔާގެ ލޯނެއް ލިބުނަސް 50 ރުފިޔާގެ ތަރުކާރީ މިހާރު ވެސް ބާޒާރަށް ނެރެފާނަމެވެ. އެއްލައްކަ ރުފިޔާގެ ލޯނެއް ލިބިއްޖެ ނަމަ ތިންލައްކަ ރުފިޔާގެ ތަރުކާރީ ނެރެދޭނަމެވެ.އިންޝާﷲ !

The name is already taken The name is available. Register?

ކަކުނިބޯ

29 March 2020

ވަރަށް މޮޅު

The name is already taken The name is available. Register?

އާދަމް ބާއީ

30 March 2020

ތީ ހާދަ ދިމާކުރާން ދަތި ހިސާބެކޭ.

The name is already taken The name is available. Register?

ހާމަ333

29 March 2020

އައްޑޫން ފިޔާއާއި ނޫޑުލްސް ހުސްވެއްޖެ...ކޮބާ ސަރުކާރު? ކިހިނެތްތޯ މިވަނީ?

The name is already taken The name is available. Register?

ނާނު

29 March 2020

ބާޒާރުން ތަކެތި މަދުވިޔަސް ހެޔޮނުވާބެ އަގުބޮޑުކުރާކަށް, އަޅެފަހެ އެތަކެއްޗަކީ ވިޔަފާރި ވެރިންނަށް އާއްމުއަގުގަ ލިބިފަ ހުރިތަކެތި މިފަދަ ވަގުތުގަވެސް ރައްޔިތުން ފެލޭތޯ މިބައިގަނޑު މަސައްކަތް ކުރަނީ ހާދަހާވާ ދެރައޭ

The name is already taken The name is available. Register?

ބޮކުރީ

29 March 2020

އަޖައިބެއް އެގައުމުތަކުގަވެސް ބޭރަށް ނިކުމެ ނޫޅެވޭ ދަނޑުވެރިން އެތިބީގޭގަ މިތަނުން ކިތައްމެ ބޯޓެއް ފޮނުވިއަސް މުދަލެއް ނުލިބޭނެ...

The name is already taken The name is available. Register?

ފިޔާ

29 March 2020

ކެޕްސިކަމް އާއި ބީންސް އަދި ބެލް ޕެޕާ އަކީ ރާއްޖޭގައި ވަރަށް ފަސޭހައިން ހެއްދޭ ތަކެތި. ކުދި ބެލްކަނީގަޔާއި ޓެރަސްގަވެސް. ލަސްނުކޮށް ރާއްޖޭގައި ހެއްދޭ ތަރުކާރީއާއި މޭވަގެ ބާވަޔްތައް ހަދަންވީ. މިކަމަށް ސަރުކާރުން އެއީތެރިވާންވީ

The name is already taken The name is available. Register?

ސޯޝަލް ޑިސްޓަން ސިންގ

29 March 2020

ބެލްކަނީގައި ހައްދަންދާ އަގު ވަކިނކުޑައެއް ނޫން. ބޭހާ ވެއްޔާ އެހެންތަކެތީގެ އަގު އެއްކޮށްލީމަ މިސާލަކަށް މިރުހަކަށް 50ރ ވަރުޖެހޭ. ދެންދުވަސކޮޅަކޫން ސޫފިތައް އުފެދި އެތަކެތި ދުވަންފެށީމާ އަނެއްކާ އެޖެހުނީ އަނެއް ކަންތައް. ހޮބީއަކަށް ކުރަން އޯކޭ.

The name is already taken The name is available. Register?

ޔޫބީއައި

29 March 2020

އަޅުގަނޑުމެން ދިވެހިރައްޔިތުންނަށް ފޯރުކޮށްދޭން އެދެމުންއަންނަ ޔޫބީއައިއަކީ ވަގުތާއި މުނާސިބް ޕޮލިސީއެކެވެ. އޭގައިވަނީ، ރާއްޖޭގައި ހެއްދެންހުރި ތަރުކާރީއާއި މޭވާގެ ބާވަތްތައް ހެއްދުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބާރުއެޅުމަށާއި ދިވެހި ކޮންމެ ރައްޔިތަކަށް 2500ރގެ މާލީ އެހީއެއް ކޮންމެ މަހަކު ދިނުމަށް. މީގެ ސަބަބުން މުޅިގައުމުގެ އިގްތިސާދަށް އިތުރު ކުރިެރުންތަކެއް ލިބިގެންދާނެއެވެ.

The name is already taken The name is available. Register?

އަލިފުތާ

29 March 2020

ރާއްޖެގެ ފަޅު ރަށްތަކުގައި ހެސްކިޔާފައި ތަރުކާރީގެ ބާވަތްތައް އަދިވެސް ހައްދާކަށްނުވޭތަ... ތަންކޮޅެއް އޯގަނައިޒުކޮށް ހީވާގިވެގެން މީހުންބޭނުންކޮސްގެން ކާބޯތަކެތީގެ ބާވަތްތައް ހާއްސަ ރަށްތަކެއްގައި ހައްދަން ވެއްޖެ ނޫންތަ... ދެއަތް އުރާލައިގެން ތިއްބަކަސް އެހެން ގައުމުތަކުން އެއްޗެހި ގެންނަން ދެނެއް ފަސޭހައެއް ނުވާނެ... މުސްތަގުބަލުގައި ކަންވާނެ ގޮތެއް އެއްވެސް ބަޔަކަށް ނޭގޭ އިރު އަމިއްލައަށް ވިވަރަކުން ކާބޯތަކެތި ހައްދަން ފަށަންވިނޫންތަ..

The name is already taken The name is available. Register?

މިނިސްޓަރު

29 March 2020

ތިކަމާބެހޭ މިނިސްޓްރީއެއްވެސް އޮވޭ.

The name is already taken The name is available. Register?

ޒުހާ ވައްހާބު

29 March 2020

އިންޑިއާގެ ގޮޑުން ކުނިބުނި ގެނެސް އަހަރެމެންގެ އުފެންދުން ތަކުގެ އަގު ވައްޓާލާ ވަރުން ތިކަން ކުރެވޭކަށް ނެތެވެ.އަދި މީހުން ދިރި އުޅޭ ރަށްރަށް ފުރި ހުރިހާ ފަޅުރަށެއް ޓޫރިޒަމަށް ނެގުމުގެ ސަބަބުން ދަނޑުވެރިކަން ކުރަން ބިމެއް ނެތެވެ. އަދި ދަނޑުވެރިކަމަށް ފަޅުރަށެއް ދެނީ ވެސް ރިޒޯޓް ހަދަން ފަޅުރަށެއް ދޭ އަގުގައެވެ. އެކަމަކު ދަނޑުވެރިކަން ކުރަން މިޖެހިނީ ފަޤީރުން ނެވެ. ރާއްޖޭގެ ދަނޑުވެރި ކަމަށް ބޭރު މީހުން އިންވެސްޓެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ.

The name is already taken The name is available. Register?

ލީކުސް

29 March 2020

އަހަރެމެނަށް ލޯނު ދީގެން ތިބާވަތް ތަށް ރާއްޖޭގަެި އުފެއްދި ނަމަ މިއަދު ހާސްކަން ކުޑަވީހެވެ. އެކަމަކު ދަނޑުވެރި ލަމަކީ މި ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ހުރިހާ ސަރުކާރަކުން ވެސް ހީކުރެއެވެ.

The name is already taken The name is available. Register?

ސޯޝަލް ޑިސްޓަންސިންގ

29 March 2020

ކުރެވޭނެ ކަމެއް. ނަމަވެސް މައްސަލައަކީ އަގުދަށަށް ނުދިއުން. ތެލަށް ބޮޑު ސަބްސިޑީއެއް ދިނީމަ އަގަށް ބަދަލު އައިސްފިތަ؟ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނުން ޑިއުޓީ ކަނޑާލީމަ ބަދަލެއް އައިސްފިތަ؟ ބޭރުންގެންނަ މިރުސް ކިލޯ 150 އަށް ލިބޭއިރު ރާއްޖޭގެ އެއްވެސް ރަށަކުން ހައްދާ މިރުހެއް 300ރ އަށްވުރެ ދައްކޮށް ނުލިބޭނެ.

The name is already taken The name is available. Register?

ޕޯޑަ

29 March 2020

އެންމެން ކޭސް ކޭހުން އަދި ބަލްކް ކޮށް ގަތީމަ ހުސްވާނެ ދޯ. މުއްސަނދި މީހުންނަށް އެއްފަހަރާ ޕެނިކް ބަޔިންގް ހެދުނަސް ފަގީރުން ކިހިނެތް ގަންނާނީ އެއްފަހަރާ؟ މި ދަތި ދުވަސްކޮޅު އަމިއްލަ އެދުން ބޮޑުވެ އެހެން މީހުންނަށް ކާއެއްޗެއް ނުލިބުނަސް ހެޔޮ ކަމަށް އެއްޗެހި ގަންނަ މީހުންނަށް ހެޔޮ ވިސްނޭނީ ވެން؟

The name is already taken The name is available. Register?

ނިރު

29 March 2020

ރީދޫ ކުދިންކޮޅު އަތްތަލަބަޑި ޖަހަންތިބި އިންޑިޔާއިން ކާބޯތަކެތި ގެނާވާހަކަ ނޫހުގަ ޖެހީމަ. ފެންނަ މަންޒަރުތަކާ އިވޭއަތްތަލަ ބަޑީގެ އަޑުތަފާތު

The name is already taken The name is available. Register?

ކޮސްކޮސް

29 March 2020

އެއީ ހަނޑު ހަކުރު ފުށުގެވާހަކަ.. ތަރުކާރީއާމޭވާބަލާދަނީ .. ތައިލެންޑް، ދުބާއީ ލަންކާއަށް ޗާޓަރު ފުލައިޓުގަ..

The name is already taken The name is available. Register?

ފިތުނަ

29 March 2020

ނޫހުގަ ޖެހީ ކާޑު ލިބޭނެ ވާހަކަ. މިއީ އަވަހަށް ހަލާކުވާ ތަރުކާރީއާ މޭވާގެ ވާހަކަ. އެއާ ފްރައިޓް ކުރާ ކަހަލަ ތަރުކާރީ އާ މޭވާ ނުލިބޭނެ ބޭރަށް ވައިގެ ދަތުރުފަތުރު ނުކޮށް. މުޅި އެއާޕޯޓް ބަންދުނުކުރެވިގެން އުޅުނުއިރު އެވަރު ނުވިސްނުނު ދޯ؟. ދެން އެހެން ނޫނަސް މިހެން އޮތްވާ ބޭނުން ހުރިހާ އެއްޗެއް ނުލިބޭނެކަން ހަމަ ބުއްދިއެއް ހުރިއްޔާ ވިސްނޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454