ޚަބަރު / މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ކަރަންޓްގެ ޓެރިފް ރޭޓްތަކަށް ބަދަލު ގެނައީ އެންމެ ރަނގަޅު ވަގުތު: ތޯރިގް

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މިނިސްޓަރު ތޯރިގް މިއަދު ވާހަކަ ދައްކަވަނީ. ކަރަންޓުގެ ޓެރިފް ރޭޓަށް ގެނައި ބަދަލަކީ އިގްތިސާދަށް ގެނައި ހެޔޮ ބަދަލެއް ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަރަންޓުގެ ޓެރިފް ރޭޓްތަކަށް ބަދަލު ގެނައީ އެންމެ ރަނގަޅު ވަގުތު ކަމަށާއި އެއީ އިގުތިސާދަށް ގެނައި ހެޔޮ ބަދަލެއް ކަމަށް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ މި އަހަރު ތެރޭގައި ޓެރިފް ރޭޓަށް ގެނައި ބަދަލުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ. އަދި ޓެރިފް ރޭޓަށް އައި ބަދަލުގެ ސަބަބުން ކަރަންޓު ބިލުތައް އަގު ބޮޑުވި ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ދޮގުކުރެއްވި އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރާ ބަލާއިރު، މިދިޔަ އަހަރު ތެލަށް އައި ބަދަލާ ގުޅިގެން ޔޫޒޭޖް ސާޗާޖަށާއި ފިއުލް ސާޗާޖަށް ހަރަދުވާ ވަރު ވަރަށް ބޮޑަށް ކުޑަވި އެވެ. އަދި މިދިޔަ އަހަރު ތެލަށް އައި ބަދަލާ ގުޅިގެން ބަޖެޓު ކުރެވުނުވަރާއި ހަރަދު ކުރެވުނު ވަރު އެއްވަރެއްގައި ހިފެހެއްޓުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ހަކަތައާ ބެހޭ މިނިސްޓްރީ އާއި ފެނަކަ އަދި ސްޓެލްކޯގެ ވެރިން ޖަވާބުދާރީވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރުގެ ވާހަކައިގައި ހުލާސާއެއް:

- 2014 ވަނަ އަހަރު ސަބްސިޑީއަށް 808 މިލިއަން ރުފިޔާ ހަރަދު ކުރި

- އެއީ ޔޫސޭޖަށް 234 މިލިއަން ރުފިޔާ، ފިއުލް ސާޗާޖަށް 574 މިލިއަން ރުފިޔާ

- 2015 ވަނަ އަހަރު ސަބްސިޑީއަށް 509 މިލިއަން ރުފިޔާ ހަރަދު ކުރި

- އެއީ ޔޫސޭޖަށް 213 މިލިއަން ރުފިޔާ، ފިއުލް ސާޗާޖަށް 509 މިލިއަން ރުފިޔާ

ތޯރިގު ވިދާޅުވީ މި އަހަރު ކުރީކޮޅު ކުންފުނިތަކުން ތެޔޮ ގަތުމަށް ހޭދަކުރާ ވަރު 7ރ. އަށް ތިރި ކުރުމާ ގުޅިގެން ފިއުލް ސާޗާޖު ކެނޑުނު ކަމަށެވެ. އެހެންވެ، ޔޫޒޭޖް ސާޗާޖުގެ ގޮތުގައި 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި އަހަރު ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ ސަރުކާރަށް ފެނުނީ ޓެރިފަށް ބަދަލު ގެނެސްގެން ކުރިއަށް ދާން. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރިނަމަ، ރައްޔިތުންނަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ. އެކަމަކު މި އަހަރު ކުރީކޮޅު އެކަންތައް ކުރީމަ އެންމެ ކުޑަކޮށް މި ބުރަ އުފުލޭނެ ކަމަށް ގަބޫލު ކުރެވުނީ،" ތޯރިގް ވިދާޅުވި އެވެ.

މި ބަދަލާއެކު ސްޓެލްކޯއަށް ވާ ގެއްލުން ފޫބެއްދުމަށް 3،000 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުންކުރާ ވިޔަފާރިތަކަށް އައު ބޭންޑްތަކެއް ތައާރަފް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނަށްވާ ގެއްލުން ފޫބެއްދުމަށް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 10 މިލިއަން ރުފިޔާ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ދޭން ނިންމާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެނާޖީ މިނިސްޓަރު ތޯރިގާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަތީން އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ޖަވާބުދާރީވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި 30 ޕަސަންޓު އިއާދަކުރަނިވި ހަކަތަ ގާއިމު ކުރުން ކަމަށާއި ބައެއް ރަށް ރަށުގައި އެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ގެންނަ ޑީސަލް މަދު ކުރަން މިއުޅެނީ އިގްތިސާދީ ފައިދާއަށާއި ޖައްވު ހޫނުވުމަށް މެދުވެރިވާ ސަބަބުތައް ހައްލު ކުރަން ރާއްޖެއަށް ވެދެވެން އޮތް އެހީތެރިކަމެއް ވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިން ބުނީ އެ ކުންފުނިން ހިދުމަތް ދެމުން އަންނަ 16 އަތޮޅުގެ ތެރެއިން މިދިޔަ ފެބްރުއަރީ އެކަކުން ފެށިގެން ޓެރިފް ރޭޓް ބޮޑުވީ އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ކަމަށެވެ. އެ ބަދަލު އައީ މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ރަށަކަށް މިހާރު ކަރަންޓްގެ އަގު އެއް ގޮތް ކުރުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އާ ޓެރިފް ރޭޓާއެކު ހުރިހާ ރަށެއްގައި 400 ޔުނިޓަށްވުރެ މަތީގެ ޔުނިޓުތަކުގެ ބިލްތައް ބޮޑުވެފައިވާއިރު، 400 ޔުނިޓަށްވުރެ ދަށްވެއްޖެނަމަ، ބިލްތައް ކުޑަވެފައިވާ ކަމަށް ފެނަކައިން ބުންޏެވެ. އަދި ޓެރިފް ރޭޓަށް އައި ބަދަލާ ގުޅިގެން ކަރަންޓު ބިލުތަކަށް އަރާވަރު ކުޑަވެގެން ދިޔަ ކަމަށް ފެނަކައިން ބުންޏެވެ. ނަމަވެސް ބިލުތައް ބޮޑުވީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ގޭބިސީތަކުގައި ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ޝަރީފް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޖަވާބުދާރީވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓްރީން ބުނީ ކަރަންޓުގެ އަގަށް ބަދަލު ގެނައުމުގެ ސަބަބުން، ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭ ރަށްރަށުން 10 ޕަސަންޓު މީޓަރުތަކަށް ކުޑަވިއިރު، ފެނަކައިން ކުޑަވީ ނުވަ ޕަސަންޓު ކަމަށެވެ. ބިލު ބޮޑުވީ ސްޓެލްކޯގެ 19 ޕަސަންޓުގެ މީޓަރުތަކަށާއި ފެނަކައިގެ 12 ޕަސަންޓު މީޓަރުތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި އެއްވެސް ބަދަލެއް ނާންނަނީ ސްޓެލްކޯގެ 77 ޕަސަންޓު މީޓަރުތަކަށާއި ފެނަކައިގެ 79 ޕަސަންޓު މީޓަރުތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ވީހާވެސް މަދުން ކަރަންޓު ބޭނުން ކުރެވޭނީ ކިހިނެއްކަން އަންގައިދިނުމަށް ރައްޔިތުން ހޭލުންތެރިކުރަމުން އަންނަ ކަމަށެވެ. އަދި ބިލުތައް ބޮޑުވަނީ ބޭކާރު ގޮތުގައި ކަރަންޓު ބޭނުން ކުރަމުން ގެންދާތީ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީން ވަނީ ކަރަންޓު ޓެރިފަށް އައި ބަދަލާ ގުޅޭ ތަފްސީލީ މައުލޫމާތުތައް މެމްބަރުންނާ ހިއްސާކޮށްފަ އެވެ. އަދި ބައެއް ރަށް ރަށުގެ ކަރަންޓު ކެނޑެމުން އަންނަ މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ ކަންކަމާ ބެހޭ މައުލޫމާތު މެމްބަރުން އޮޅުން ފިލުވި އެވެ.

20 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 2%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު

13 October 2016

އެންމެ ރަނގަލު ދަނޑިވަޅެއްގައިނޫން، އަދިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުދަނީ މައްޗަށް، ކޮބައިތޯ މަނިކުފާނު ވިދާޅުވި އިޔާދަކުރަނިވި ހަކަތައިގެ %30 ޕަސެންޓް؟ މިހާރު 3 އަހަރުވެސްޖެ މަނިކުފާނު އެތަކެއް މިލިއަނެއް ތިޔަކަމަށް ހަރަދުކުރާތަން، ޓެރިފްގެ އަގު %30 ހެޔޮވީ ކޮން ރަށެއްގައިތޯ؟

The name is already taken The name is available. Register?

ޤައުމު

13 October 2016

"ކޮންޓެރިފެއް" ގިނަ ރައްޔިތުންނަކަށް ނޭނގެއޭ ތިޔަ ކިޔާއެއްޗެއް ދިވެހީންނަށް އެނގޭ ގޮތަށް ކިޔާބަލަ.........

The name is already taken The name is available. Register?

ކޮސްގޮވާ

13 October 2016

ބޭރުންދޭ ހުރިހާ ހިލޭ އެހީއަށް ވާނުވާއެއް ނޭގޭ، ހަރަދުކުރާގޮތުގެ ތަފުސީލެއް ނޭންގޭ. ރަށްރަށުގެ ކުނިކޮށި އަޅާނެ ލާރިއެއޮނެތް، ޕިކަޕެޢް ގަނެދޭނެ ލާރި އެއްނެތް. ބަރާބަރަށް ޓެކުސްދައަކަންޖެހޭ.

The name is already taken The name is available. Register?

މާލޭރިޔާޒް

13 October 2016

ސްޓެލްކޯއަށް ބޭނުންވާތެޔޮވެސް މެރީޑިއަމް އިންގަންނަނަމަ އަދިމިއަށްވުރެމާރަނގަޅަށް އިގްތިސާދުކުރެވޭނެ!

The name is already taken The name is available. Register?

ރައްޔިތު މީހާ

13 October 2016

ޤައުމު ދިރުވާލާ ތަންތަނުގެ ބޮޑުންގެ އާޢިލާ ތަކަށް ބިޑަކާ ނުލާ މަސައްކަތްތައް ބަަހާލާ..އެމް.އެމް.ޕީ،އާރު.ސީ ގެ ފައިސާ ކައިގެން ފުލެޓްތަކާ މާލެއިން އަދި ހުޅުމާލެއިން ބިންތައް ސަރުކާރުގެ ވުޒާރާ ތަކަށް އަތްކޮށްޕައިގެން ހޯދާ ނިކަމެތި ރައްޔަތުމީހާ ގޭގައި ތިން އިރު ކާންގެންގުޅުނު ކާޑުކޮޅުން 100 ޕަސެންޓް އިތުރުކޮށް ޤައުމު ދަރުވާލީމާ ކޮން ޓެރިފެކޭ ކިޔާ ރައްޔަތުން ގުނބޯ ހައްދާކަށް މިހާރު ނުވާނެ ތިކަމެއް..

The name is already taken The name is available. Register?

ބުނެލަން

13 October 2016

ތި ހުރިހާ ބަހަނާތަކެއް ނުދައްކާ ބުނަންވީނުން ތިމަންނަމެނަށް ދައުލަތުގެ މާލިއްޔަތަށް އަތް ބޭނިގެން ނޭ މިއުޅެނީ، ކަރަންޓާއި،ކާޑާއި އަދިވެސް އެހެނިހެން ޚިދުމަތްތަކުން ވެސް އަގު ބޮޑުކޮށްގެންނޭ ދެން ކިދުމަތް ދެވޭނީ. ދައުލަތް މިއޮތީ ބޮލަކަށް 2500 ޑޮލަރުން ދަރަނި ވެރިވެފައޭ.. ޗައިނާ އަދި ސައޫދީން ލޯނު ނަގައިގެން.. އަދި އެއްދައުރު ދިނީމައޭ ދެން އަގު ހެޔޮ ކުރާނީ... ރައްޔިތުން ބޭނުން ވަނީ ތަރައްގީ ނޫންހޭ... އެކަން މިސަރުކާރުން ކުރާނަމޭ ރައްޔިތުން ހަނާކޮށްފަ ޗައިނާ މީހުނަށް ކާންދީ...

The name is already taken The name is available. Register?

ކޮމްބޯ

13 October 2016

މައްސަލައަކީ ސްޓެލްކޯއިން މީހުން މެދުވެރިކޮށް އެމީހުންނަށް ބައި އެޅޭގޮތަށް އަގުބޮޑުކޮށް ތެޔޮ ގަތުން އަދި އެހެނިހެން މަސައްކަތްކުރުން . އެހެނީ އެސްޓީއޯއިން 4 ނުވަތަ 5 ރުފިޔާއަށް ލިބެންހުންނަ ތެޔޮ ލިޓަރ 8 ރުފިޔާށްވުރެބޮޑުކޮށް ގަނެ އިތުރުވާބައި ނިކަމެތިން އަތުން ނަގާތީ. މިހާރުވެސް ރަގަޅަށް ހިންގޭނަމަ ކަރަންޓް ޔުނިޓެއް 1.5 ރުފިޔާއަށް ވިއްކޭނެ . ބޭކާރު ޚަރަދު ނުކޮށް އަމާނާތްތެރިކަމާއެކު ކުރެވެންޏާ.

The name is already taken The name is available. Register?

ޢައްޔަ

13 October 2016

އަނގައޮތީމަ ދެން ތަޅުވަނީ!!! ދިމާއަށް ފެންނަން ހުންނަ ކަންތައްވެސް ބުހުތާން ދޮގުހަދައިގެން ނުވާކަމަކަށް ހެދޭތަ!!! ކަރަންޓްގެ އަގު ބޮޑުވެއްޖެ!!!

The name is already taken The name is available. Register?

ވައުދު

13 October 2016

އަޅުގަނޑުމިހާރުވެސް ހަދާން އެބަހުރި ރ.ޔާމީން ހޮވިއްޖެނަމަ ކަރަންޓުގެ އަގު ހެޔޮކޮއްދޭނެކަމަށް ރިޔާސީއިންތިޚާބައްވާދަކުރެއްވިއިރު ވީވަޢުދު....! ވަޢުދާހުވާކުރާނެޔޭ....! އެހަދާންނެތޭނެޔޭ...!

The name is already taken The name is available. Register?

ޢަލީ

12 October 2016

ޙަމަ ޔަގީނުން ވެސް %80 އަށްވުރެ ގިނަ ތަންތަނުގެ ކަރަންޓްބިލްވީ ބޮޑު. މިއަދުކޮމިޓީއަށް އަރާތިބެ ހެދީ ކަޑައެޅިގެން ދޮގު މަގާމުގެ ދަހިވެތި ކަމުގައި. މިހާރު ނޫހުން މިހާރުވެސް ސާވޭއަށް ހަދާބަލަ. ޢަހަރުމެންގެ ގެއިން 500 ރުފިޔާ ވަރު ބޮޑުވި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454