އެސްޓީއޯ ފާމަސީއެއްގެ މުވައްޒަފުން މަސައްކަތުގައި. -- ފައިލް ފޮޓޯ: މިހާރު
03 އެޕްރީލް 2020 - 22:58
ދިގުމުއްދަތަށް ބޭސްކުރާ މީހުންގެ ތެރެއިން ރާއްޖޭން ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް މިހާލަތުގައި އެސްޓީއޯ އިން އެކަން ކޮށްދޭ ގޮތް ހަމަޖައްސައިދީފި އެވެ.
ކޮވިޑް-19އާ ބެހޭ ގޮތުން މައުލޫމާތު ދޭން ދަރުބާރުގޭގައި ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭން ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް މި ވަގުތު ދަތިކަން ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު ވަނީ ހުއްޓިފަ އެވެ.
ބޭސް ނުލިބުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް އެސްޓީއޯ އިން ބޭސް ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ބޭސް ހޯދަން ބޭނުން ނަމަ، މީގެ ކުރިން ޑޮކްޓަރު ދީފައިވާ ބޭސް ސިޓީ ހިފައިގެން، މަޖީދީމަގުގައި ހުންނަ އެސްޓީއޯގެ ހެންވޭރު ފާމަސީ އަށް ދިއުމުން އެކަން ހަމަޖެހޭނެ ކަމަށާއި އެސްޓީއޯ މެދުވެރިކޮށް އެ ބޭހެއް ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އެ ބޭހަކީ އާސަންދަ ނުވަތަ އެންސްޕާގެ ދަށުން ލިބޭ ބޭހެއް ނަމަ އެސްޓީއޯ އިން ދޭ ކޯޓޭޝަން ހިފައިގެން އެތަނަށް ގޮސް ފައިސާ ހަމަޖެއްްސުމުން އެ ބޭސް ގެނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.
ދިގު މުއްދަތަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް މި ދުވަސްވަރު ޑޮކްޓަރަށް ދައްކައި ބޭސް ސިޓީ އާކުރުމަށް ފަސޭހަކޮށްދޭން އައިޖީއެމްއެޗުން ވެސް ވަނީ އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޫފަ
04 April 2020
ވާނުވާ ނޭގި ކޮންމެ މީޙަކު ކަރުބުޑަށް އެންމެ ބާރުލާފަ ސޯޝަލް މީޑީއާގައި މިބުނަނީ އެސްޓީއޯއަކަށް ނުޥޭ. ނުގެނެވެޔޭ. ނެތޭ. މަހިތަށްއަރާ ކޮންއިރަކުން ބާއޭ މިމީހުންނަށް ތަންދޮރު ފިލާނީ. ބަލަ އެސްޓީއޯ އެކަންޏެއްނޫނޭ ބޭސް ރެޖިސްޓަރ ކޮށް ގެންނަނީ. އޫސުލު ތަކާއި ހަމަތަކެއްހުރޭ ކަންކުރަން. އަސްލުވާގޮތަކީ ސްޕެޝާލިޓީއަށް އެންމެން ދާންބޭނުންވަނީ. ނެތިއްޔާމު އޯކޭވޭ ނެސްކެފޭވެސް.
ހަނުހުންނަ މީހާ1
04 April 2020
ޢެ ބޭބެ: ކޮބާ އެސްޓީއޯއިން އާންމުކޮށްނުލިބޭ ބޭސް ގެންނަނީއޯ ޢަނެތް ބޭބެ: މިކަމާ ދެކޮޅަށް ލިޔެލާނެ ކޮމެންޓެއް ބުނެބަލަ. އެ ބޭބެ: އާ އިދިކޮޅުނަހަދާ ކަމަކިނުދާނެ. އަނެތްބޭބެ: ވިސްނާލާފަ ކޮމެންޓް ލިޔެލާނަން
ހަޑިގިއްލާ
04 April 2020
މީ ސަރުކާރެއް
ސީދާ4
04 April 2020
ޔެސް ބުރޯ..ކެތްތެރިކަމާއެކު ފަހަރަކު ކަމެއް ރައްޔިތުންނަށް ފަހިކޮށްދެއްވަމުން އެގެންދަވަނީ..އެކަމަކު ކޮންމެ ސަރުކާރަކަށްވެސް ވާނީ ގައުމީ ފުދުންތެރިކަން ހުރި މިންވަރަކުން..ޕްރައިވެޓް ސެކްޓާރގެ އެހީތެރިކަން ފުރިހަމައަށް ލިބުނު ނަމަ މިއަށްވުރެ ރަނގަޅަށް މިކަން ކުރެވުނީސްކަން ކަށަވަރު..މިއަދު މަހުޖަނުންވެސް އަތްދިއްކުރަނީ ސަރުކާރާ ދިމާލަށް..6 ވަރަކަށް ރިސޯރޓް ހިންގާ މީހުންވެސް ބުނަނީ ލޯނު ލިބިގެނޭވާނީ..މިދެން ބޮޑުވަރު..މީގެން އިބުރަތް ހާސިލްކުރަން ޖެހޭ..
ޒަމްރާ
04 April 2020
އެސްޓީއޯ އަކަށް ނުވޭ އެކަމެއް...ޑައިބެޓިކް މީހުން ޖަހާ އިންސިއުލިނގް ނަގަން ބޭސް ސިޓީ ހިފައިގެން އެތައް ފަހަރަކު ދެވިއްޖެ އަބަދު ހުސްވެފަ..އޭޑީކޭ ބޭސްފިހާރައިން ބަރާބަރަށް ލިބޭ..