ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއެޗްއޯގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޑރ.އަރުވިންދު މާތޫރު "މިހާރު"އާ އިއްޔެ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އެޗްޕީއޭގެ އިރުޝާދަށް ތަބާވުން މިވަގުތު ވަރަށް މުހިއްމުކަމަށް. ފޮޓޯ: ނިޝާން އަލީ/މިހާރު
06 އެޕްރީލް 2020 - 11:17
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު އިއްޔެ ވެސް ވާހަކަ ފެއްޓެވީ ރާއްޖޭގެ ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވަމުންނެވެ.
"އެ ފިޔަވަޅުތައް އަޅަނީ ސިއްހީ ގޮތުން ލިބެން ހުރި ހެކީގެ މައްޗަށް ބިނާކޮށް، ޑަބްލިއުއެޗްއޯގެ އިރުޝާދާ ވެސް އެކުގައި،" ޑރ. އަރްވިންދު ވިދާޅުވި އެވެ.
އޭނާ ވެސް ދައްކަވަނީ ހަމަ އެއް ވާހަކައެކެވެ. އެއީ ތަޖުރިބާކާރުންގެ އިރުޝާދުތަކާއި މިހާތަނަށް ލިބުނު ހެކިތަކުގެ މައްޗަށް ބަރޯސާކޮށްފައި ހުންނަ ފިޔަވަޅުތަކެވެ. އެހެންކަމުން ޑރ. އަރްވިންދު، ދިވެހިންނަށް އަނެއްކާވެސް ހަނދާންކޮށްދެއްވީ، މުޖުތަމައު ތެރެއަށް ކޮރޯނާވައިރަސް ފެތުރިގަތުން ހުއްޓުވޭނީ އަޅާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރަކުން ކަމެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ތިޔަ ބޭފުޅުންގެ އާއްމު ސިއްހަތާ ބެހޭ އިދާރާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ކުރައްވާ އިތުބާރު އެ ގޮތުގައި ދަމަހައްޓަވައި އެ އިދާރާގެ އިރުޝާދަށް ތަބާވެވަޑައިގަންނަވާށޭ. އެ އިރުޝާދުތަކަކީ ފެންނަން ހުރި ހެކިތަކަކުން [ކޮރޯނާވައިރަސް ހުއްޓުވުމުގައި ކަންހިނގާ ގޮތަށް ބަލައިގެން] ޑަބްލިއުއެޗްްއޯގެ މަދަދާ އެކު ދޭ އިރުޝާދުތަކެކޭ،" ތަފުސީލަށް ވަޑައިގަންނަވަމުން ޑރ. އަރްވިންދު ވިދާޅުވި އެވެ.
އޭނާ މިސާލެއްގެ ގޮތުން ނެންގެވީ އަދި އާންމުންގެ ކިބައިން އެންމެ ބޮޑަށް އެދިވަޑައިގަތީ ވެސް ގެއިން ބޭރުގައި ހަރަކާތްތެރިވެ އުޅުން މަދުކުރުމެވެ.
ކަންތައްތައް ހުއްްޓުވުމުގެ ފިޔަވަޅުތައް އުވާލައި، އިގުތިސާދަށް ލުއި ދެވޭނެ ގޮތަކީ ވައިރަހަށް ހަމަލާ ދިނުން. އެއީ ވަށައި ޖެހޭ ވަރުގަދަ ފިޔަވަޅުތަކެއް އެޅުން. ޓެސްޓްކޮށް، އައިސޮލޭޓްކޮށް ފަރުވާ ދިނުން.
ޑރ. އަރްވިންދު ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށް މަސަައްކަތް ކުރަންވީ ހަމައެކަނި ރަސްމީ އިދާރާތަކުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އެކަމުގައި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ ކަމަށް ވިދާޅި އެވެ.
"ކާވް ފްލެޓްކޮށް ބޭއްވުމަށް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ކޮރޯނާވައިރަސް ހުރި މީހުންނާއި އެ ވައިރަސް އިން ޖައްސާ ކޮވިޑް-19 ގައި މަރުވާ މީހުންގެ ނިސްބަތް ދައްކައިދޭ ގްރާފަށް އިޝާރަތްކުރައްވައި، ޑރ. އަރްވިންދު ވިދާޅުވި އެވެ.
ގެއިން ބާރަށް ނުކުތުން މަދުކުރަން އެޗްޕީއޭއިން އަޅަމުން އަންނަ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ބައެއް މީހުން ދައްކާ އެއް ސަބަބަކީ ބޭރުން ރާއްޖެއަށް ކުރާ ވައިގެ ދަތުރުތައް ގާތްގަނޑަކަށް ހުއްޓާލަައިފައި އޮތުމެވެ. އަދި ބޭރުން މިހާރު ރާއްޖެ އަންނަ ދިވެހިން 14 ދުވަހު ކަރަންޓީނުގައި ބޭތިއްބުމެވެ.
އެކަމަކު އެ ވާހަކަތަކަށް ޑރ. އަރްވިންދު ދެއްވި ޖަވާބަކީ ކޮރާނާވައިރަސް މިހާރު ވެސް ރާއްޖެ އަތުވެއްޖެ ކަމެވެ. އެހެންކަމުން މިހާރު އޮތީ އެ ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުތައް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ވެސް އަދި މިހާރު ވެސް އޭނާގެ އިރުޝާދަކީ އެ ފިޔަވަޅުތައް ދެމެހެއްޓުމެވެ.
"މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. އަރްވިންދު މިސާލުތައް ދެއްކެވި އެވެ. އެގޮތުން ރާއްޖެއަށް ބޭރުން އަންނަން ހުރި އެންމެ ފަހު މީހާ އައިސް 14 ނުވަތަ 28 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރީ އެވެ. އަދި ރާއްޖެ އިން ފުރަން ޖެހޭ އެންމެ ފަހު މީހާ ފުރީ އެވެ. އޭރުން ވެސް ރާއްޖެ އަކީ ރައްކާތެރި ތަނެއް ކަމަށް ބެލެވުނަސް އެ ވައިރަހުން ސަލާމަތްވެފައި އޮތް ގައުމަކަށް ނުވާނެ އެވެ.
ބައެއް ގައުމުތަކުން މިހާރު ފެންނަނީ ކޮރޯނާވައިރަސްގެ "ދެ ވަނަ ރާޅުބާންޏެކެ"ވެ. އެހެންކަމުން ފުރަތަމަ ކޮންޓްރޯލަށް ފަހު ވެސް ވަރަށް ބޮޑަށް ވިސްނައިގެން ފިޔަވަޅުތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް، ޑރ. އަރްވިންދު ވިދާޅުވި އެވެ.
"ގައުމުތަކުން އަޅާފައިވާ ހިފެހެއްޓުންތައް ދޫކޮށްލާކަށް އަޅުގަަނޑުމެން އުއްމީދެއް ނުކުރަން. އެއީ ވައިރަހުގެ ހުރޭ ރީސާޖްވުމުގެ ގާބިލުކަން،" އޭނާ ވިދާޅުވި އެވެ.
ކޮރޯނާވައިރަހުން ދިފާއުވާނެ ވެކްސިނެއް އަދި ނޫފެއްދެ އެވެ. އެ ވައިރަހުން ޖައްސާ ކޮވިޑް-19 ބަލިން ރަނގަޅުކޮށްދޭނެ ބޭހެއް ވެސް އަދި ނުހޯދެ އެވެ. އެހެންވެ ވައިރަސް ފަތުރުން ހުއްޓުވަން ނުވަތަ ކޮންޓްރޯލް ގެންގުޅެން ޖެހެނީ އެތައް ފިޔަވަޅަކުން ގުޅި ލާމެހިފައިވާ އުސޫލުތަކެކެވެ.
އެއީ ރާއްޖޭގައި ވަރަށް ވަރުގަދަ އަށް ކުރަމުން އަންނަ މަސައްކަތެއް. އަވަހަށް ދެނެގަނެ، ބަލި ޖެހޭ މީހުން އެކަހެރިކުރުމަކީ އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަކީ އާއްްމުގެ ތެރެއަށް ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ކުރާ ކަންތައްތައް،"
"ކަންތައްތައް ހުއްްޓުވުމުގެ ފިޔަވަޅުތައް އުވާލައި، އިގުތިސާދަށް ލުއި ދެވޭނެ ގޮތަކީ ވައިރަހަށް ހަމަލާ ދިނުން. އެއީ ވަށައި ޖެހޭ ވަރުގަދަ ފިޔަވަޅުތަކެއް އެޅުން. ޓެސްޓްކޮށް، އައިސޮލޭޓްކޮށް ފަރުވާ ދިނުން،" ޑރ. އަރްވިންދު ވިދާޅުވި އެވެ.
ކޮރޯނާވައިރަސް އާއްމުންގެ ތެރެއަށް ފެތުރުނަ ނުދީ ބަލިކޮށްލަން ކުރަން ޖެހޭ މަސައްކަތުގައި ރަނގަޅު ކުރަންވީ ކޮންކޮން ކަންތައްތަކެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ބައެއް ދާއިރާތަކުން އިތުރަށް މަސައްކަތް ކުރަން ހުރި ނަމަވެސް ގިނަ ދާއިރާތައް ރަނގަޅު ކަމަށެވެ. އެގޮތުން ބަލި ޖެހޭ މީހުން ދެނެގަތުމަށް ޓެސްޓް ކުރާ މިންވަރު ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ބައްދަލުކުރައްވަނީ: ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކަށް އަރްވިންދު ތައުރީފު ކުރައްވާ.---ފޮޓޯ: ހެލްތު މިނިސްޓްރީ
"އެއީ ރާއްޖޭގައި ވަރަށް ވަރުގަދަ އަށް ކުރަމުން އަންނަ މަސައްކަތެއް. އަވަހަށް ދެނެގަނެ، ބަލި ޖެހޭ މީހުން އެކަހެރިކުރުމަކީ އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަކީ އާއްްމުގެ ތެރެއަށް ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ކުރާ ކަންތައްތައް،" ޑަބްލިއުއެޗްއޯގެ ފަރާތުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް މަސައްކަތް ކުރައްވާފައިވާ ޑރ. އަރްވިންދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން ކުރަން ޖެހޭ ކަމެއް، އަޅުގަނޑުމެން ރައްކާތެރިވުމަކީ އަދި އެހެން މީހުން ރައްކާތެރިކޮށްދިނުމަކީ އަދި ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަން ލިބިދިނުމަކީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
06 April 2020
އެޗްޕީއޭއިން ބުނާގޮތުގައި އަދި ހެދި ރިސާޗްތަކުން ދައްކަނީ މާލެ ސަރަހައްދައް ކޮރޯނާ ވައިރަސް ފެތުރޭނީ ހަވީރު 5 ން ރޭގަނޑުގެ އެގާރަޔަށްޖަމަށް. އެހެންވެ އެގަޑިތަކުގައި ބޭރުގައި އުޅުން މުނިންމަނާ .އެހެނގަޑިތަކުގައި ނުޖެހޭނެކަމަށްވަނީ
ނީރާ
06 April 2020
ވިންދު ނަަމުގާ ކޮމެންޓްކުރާ ފަރާތްމީ ވާނުވާނޭނގޭ ފަރާތެއްކަމަށް ވަރަށް ބޮޑަށްފާހަގަ ކުރެވޭ. ބަލަގަ ދުވާލަު އެއްފަހަރު ހުރިހާ ރަށަކުން ކަމާގުޅޭ ރިޕޯރޓްތައް ނަގާ ވާހަކަ ހުރިހާނޫސްވެރިންނާއެކު ބާއްވާ ޕްރެަްތަކުގައިވެސް އެބަކިޔާދޭ. އެހެންވީމަ ތިޔަ ޒާތުގެ ވާހަކަ ތިޔަދައްކަނީ ހަމަނުޖެހުން އުފައްދައްކަން ވަރަށްސާފު. އެހެންވީމަ އަވަހަށް ނަރިޝް އާއެކު ޗެނަލް 13 އަށް އަރުއްވާ ވޯކަލް ހައްދަވަންފައްޓާު.
ޒައިކޮ
06 April 2020
ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނަށް ހަމަ ސާބަސް. ކެނޑިނޭޅި ތިކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި.
މިންނަތު
06 April 2020
ހެލްތު މިނިސްޓަރާއި ޓީމުން ކެނޑިނޭޅި ތިޔަ ކޮށްދެއްވަމުންގެންދަވާ ބުރަ މަސައްކަތަށް ޝުކުރިއްޔާ. ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ގައުމުތަށްވެސް މިބަލީގެ ވަބާގައި އެތައް ބަޔަކު މަރުވަމުންދާއިރުވެސް މި ރާއްޖޭގައި އަދިވެސް ކޮމިއުނިޓީ ސްޕެރަޑަކަށް ނުގޮސް މިއޮތީ ތިބޭފުޅުންގެ މަސައްކަތުން. ޝުކުރިއްޔާ ޓީމް
އެއްކަލަ
06 April 2020
ﷲގެ ރަހުމަތާއި އެކަލާންގެ މިންވަރުފުޅުން
ޙުސާމް
06 April 2020
ތިިއީ މުޅިންވެސް ޑޮކްޓަރުންގެ ވިސްނުން. ސާބަސް އިބޫއަށް. މާބޮޑު ތަޖްރިބާއެއްނެތް ގިނަ ވަޒީރުންތަކަކާއި އެއްކޮށް ތި ކުރައްވާ ހިތްވަރަށް ސާބަސް
ކޮހިނޫރު
06 April 2020
ރަނގަޅު ވާހަކައެއް ހުސާމް. އެމްޑީޕީގައެއް ނެތް އެއްކަމެއްވާ މިނިސްޓަރެއްވެސް. މިވަގުތު ހެލްތާ ހަވާލުވެގެންވެސް އެމްޑީޕީ މިނިސްޓަރަކު ހުރި ނަމަ ރައީސް އިބޫ ހުންނަވާނީ ބޮލުގައި ފެންފޮތި އޮޅައިގެން. ނަސީބެއް މި ދަނޑިވަޅު އަމީންފަދަ ހިންގުންތެރި ހިވާގި މީހަކު ތި މިނިސްޓްރީ ކޮނޑުގައި އަޅައިގެން ހުރިކަން. އެ ހަމަ ރައީސް އިބޫއަށް ލިބިފައި އިން ޖަވާހިރެއް.
ހާމާން
06 April 2020
އިންސާނާގެ ކެތްތެރިކަމަކީވެސް އޭގެ ހައްދެއް އޮންނަކަމެއްކަން ހުރިހާފަރާތަކުންވެސް ދަންނަންޖެހެއެވެ.
ޥިންދު
06 April 2020
ކެއްސާ ހުންއައިސް ނޭވާލާން އުދަގޫމީހުން ޓްރޭސް ކުރެވޭބާ! ޜަށަކުން ރިޕޯޓެއްހާ ހިސާބު ވެސް ނުނަގާ ! ޢެއީ ވަރަށްދޯދިޔާ ކޮށް ކުރެވޭކަމެއް! މާލޭން ރަށްރަށަށް އެދަނީ ކިތައްމެ ބަޔަކު އެމީހުން ނަކަށް އެއްވެސް ހުރަހެއްނެތް! މާލޭ ފަސްގަޑުގައިކޯވިޑް ވިހަނީތޯ؟ ޙުސް ގަޅި ޖެހި ގަޅި!