ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ މަހުގެ 26 ގައި ބޭއްވި ޑްރިލްގައި ޚާއްސަ ހެދުމުގައި ތައްޔާރީ ހާލަތުގައި ހުރި މީހަކު އެމްބިއުލާންސް އަށް އަރަނީ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
07 އެޕްރީލް 2020 - 19:50
ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ. އެ މީހާގެ ގައުމު އެ އިދާރާ އިން ހާމަނުކުރި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ތުރުކީގެ މީހެކެވެ.
ޖޯލި މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރި އަދި ރ. ބޮޑުފުއްޓަށް ދިޔަ އެ މީހާ އެނބުރި ގައުމަށް ގޮސް ހެދި ޓެސްޓުގެ ނަތީޖާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެންގުމާ އެކު އެ ދެ ރަށް ވަނީ ބަންދުކޮށްފަ އެވެ. މި ދެ ރަށަށް ވެސް ގޮސްފައިވާ ތުރުކީ މީހާ ރާއްޖެ އިން ފުރީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާ ޕޮޒިޓިވްވިކަން ރާއްޖެ އަށް އެންގީ އިއްޔެ އެވެ.
ދެ ރަށް ބަންދުކޮށް، އޭނާއާ ދިމާވި އެންމެ ދެނެގަތުމަށް މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ. އެ ދެ ރަށަށް ދިޔައީ، އާއްމުކޮށް ކޮންޓެކްޓް ޓްރޭސިން އަށް ދާ ވަރަށް ވުރެން ބޮޑު ޓީމެއް ކަމަށް ވެސް އެންއީއޯސީން ބުންޏެވެ.
ތުރުކީގެ ކުންފުންޏަކުން ހިންގާ މި ދެ ރަށުގެ ތެރެއިން ބޮޑުފުއްޓަކީ އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމަށް ވެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އިން ފުރިފަހުން ޕޮޒިޓިވްވި ބިދޭސީމީހާ އަކީ ރާއްޖޭގައި މިދިޔަ އަހަރުން ފެށިގެން ރިސޯޓެއްގައި ވަޒީފާއަދާކުރަން އުޅުނު މީހެއް ކަމަށެވެ.
Joali Maldives and Raa Bodufushi have been placed under monitoring, after a foreign national who visited both islands tested positive for #COVID19 upon return to their home country.
— Health Protection Agency (@HPA_MV) April 7, 2020
The islands will be under monitoring until contact tracing is complete.
އެޗްޕީއޭގެ ޓުވީޓް
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައި ވެ އެވެ. ދިވެހި ސަރުކާރުން ލަފާކޮށްފައި ވަނީ އޭނާގެ ގަޔަށް އެ ކޮރޯނާވައިރަސް އެރީ ރީތިރަށް ރިޒޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަ ފަހުން ޗައިނާ އިން ކަމަށެވެ. އެކަމަކު، އެޗްޕީއޭ އިން ވަނީ އެ ރިސޯޓު ބަންދުކޮށް، ފެލައިނީއާ ގުޅުން އޮތް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި، އަދި ބައެއް މީހުން ކޮރޯނާވައިރަހަށް ޓެސްޓު ވެސް ކޮށްފަ އެވެ. އެ އެންމެން ވަނީ ނެގެޓިވް ވެފަ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެއީ މުޅިން ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް، ބަލީގެ އަލާމާތް ފެނިގެން ކުރި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންނެވެ. ބާކީ ދެ މީހުންނަކީ އެނބުރި ގައުމަށް ފަހުން، ރާއްޖެ އިން ކުރި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ޓޫރިސްޓުންނެވެ. އެއީ އިޓަލީގެ ދެ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިނާ
08 April 2020
ބެލުމަކީ ރައްކާތެރި ގޮތް. ޢެކަމް ތުރުކީގާ އެދަނީ ހެޓަކަށް ފެތުރެމުން. ޖެހެން ނުނަގާ 10 މިނިޓް. ޢެހެންވީމަ ހަމަ އެތަނުން ޖެހުނީކަމަށް ވެސް ވެދާނެ ދޯ.
މަބުރޫކުބޭ ގެޢާދަނު
08 April 2020
އަދުރޭ ނަންވާނީ މިމީހުންގެ ހިސާބު ޖެހުމުގެވާހަކަ ނުދައްކާ ގުނަންވެސް ނޭގެނީކަމެއް ފެސިލިޓީ ބޭނުންވާވަރައް ނެތީހެން މިހާރުއެބަހީވޭ ބުނޭ ދެމީހުން ތިބޭނީ ފަސްރޫމޭ އެރޫމްތައް ތިންގުނަ ހެދީމަ ރަގަލު އަދަދު މިއަންނަނީ މިހާރު ސޯޅިދުވަސް ވެއްޖެ އަދިޓެސްޓް ނުކުރެވޭ ތަންކޮޅެއް ހަރުދަނާމީހުން ނެއްތަ ؟
ހުސްނޫ
08 April 2020
ރާއްޖެ އިން ޕޮސިޓިވް ނުވެ ހަމަ ބޭރުގައުމަކަށް ޖެހިލާއިރަށް ޕޮސިޓިވް އެބަވޭ.. މިއީ އަރަތެއް!
އަރަތް
08 April 2020
މުޅި ދުނިޔޭގެ ޓްރެވެލް އިންޑަސްޓްރީހެން ހުއްޓިފަ އޮތީ ކަމެއް ވެގެން.
ޙަބީބު
08 April 2020
އޭނާހުންނާނީ ސްޓާފު ކެންޓީނައްވަދެފަ އެތަނައް ނުވަންނަ ސްޓާފަކު ނުހުންނާނެ ވީ މާ ކުރިޔައް މިއޮތް 14 ދުވަހު ރިސޯޓުން ފައިބައިގެން ނުވާނެ އެކަކުވެސް
ޞފައ
08 April 2020
ވަރަށް ދެރަ. ދެން ދިވެހިނަކަށް ނެތް މިކަމުން ސަލާމަތްވެވޭކަށް. ކުރިންވެސް ބުނި ދުވަސް މިއައީ. މިހާރު އަދި ގިނަގިނައިން ބޭރަށް ނިކުމެ ގައިގޯޅިވެ އުޅެންވީ، އޭރަށް ފަރުވާ ނުދެވޭވަރަށް މީހުން ގިނަވާނީ. ކާފިއުއެއް އެއްވެސް އެއްޗެއް ހިންގާނެކަމެއް ނެތް. ބައެއް މީހުނާހެދި ހަދާނެ ގޮތް ހުސްވެއްޖެ.
ބޮޑުމީހާ
08 April 2020
އިޓަލީ މީހާ، ފެލާނީ އަދި ތުރުކީ މީހާ މި 3 މީހުންވެސް ރާއްޖެއިން ދިޔަފަހުން.
ކިޝޯރު
08 April 2020
ރިށޯޓްތަޢް ލޮކޮޑަައުންކޮށް މަނާކޮށްފަ އޮށްވާ ކިތަން މެ ބޭޜު ބަޔަކު ރިސޯޓް ތަކުން ފުރުވާލާފަ ކަ މަށްވަނީ އޭގެ ތެރޭގާ ރިސޯޓް ތަކުގެ ޑައިވިން ސްކޫލްގެ މީހުންނާ ،،.
Asim Mahmood
08 April 2020
ކުރެއްދޫ އަށް 28 ދުވަސް ޖެހިކަމައް ބުނި މިރޭ... 28ދުވަސް ގުނާ ދުވަސް ހޯދާދީބަ..... އެންމެ ފަހު ގެސްޓު މީހާ ކުރެއްދޫގަ ހުރެފަ ދިއައީ 24ދުވަސް ހޭދަ ކުރުމައް ފަހު... ދެން ޕޮޒިޓިވްވި މީހުން މިހާރު އުޅެނީ ކުރެއްދޫގަ 2ނެގެޓިވް ވެގެން އައިސް އެމީހުންނައް ވެސް މިހާރު ޱުމްލަ 28ދުވަސް ވެއްޖެ... 14ދުވަސް ކޮއްފަ 2ނެގެޓިވް ވެގެން މާޗް 20ގެ ކުރިން އައިސި... އެހެން ވެގެން 28 ދުވަސް ގުނާގޮތް ހޯދާދީބަ... 6މާރިޗް ފަހުން ކެއްދޫ ލޮކްޑައުންގަ... މިކަން ކޮއްދީބަ...
އަކަސަކަ
07 April 2020
ރިސޯޓްތަކުން އެއްވެސް ރަށަކަށް ދިއުން މަނާކޮށްފައި އޮއްވާ ޖޯލި މޯލްޑިވްސް އިން ބޮޑުފުށްޓަށް ދިއުން އެއީ ކުށެއް. ކިންޓެކްޓް ޓްރޭސިން ހަދާއިރު ތިކަމުގައި ރިސޯޓުން އިހުމާލުވި މީހުން ހޯދާ ފިޔަވަޅު އަޅާ!
ސަލާމު
07 April 2020
އެއްވެސް އިސްޓާފަކަށް ރިސޯޓަކުން ބޭރު ނުވެވޭ ގޮތަށް ރިސޯޓްތައް ލޮކޮޑައުން ކޮށްފަ އޮތްވާ ރިސޯޓުން އެ މީހާ ފުރުވާލީ ކީއްވެގެން. ؟