22 މާޗް 2020 - 15:21
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
އެކަމަކު ސަރުކާރުން މިއަދު ބުނި ގޮތުގައި ލަފާކުރެވޭ ގޮތުގައި އޭނާ ގަޔަށް އެ ބަލި އެރީ ރާއްޖޭގެ ރީތިރަށް ރިޒޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަ ފަހުން ޗައިނާ އިން ކަމަށެވެ. އެހެންވިޔަސް، ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތް ފަށައި އަދި ކްލޯސް ކޮންޓެކްޓެއްގެ ގޮތަށް އައިޑެންޓިފައި ކުރެވުނު މީހަކު މިހާރު ވެސް ވަނީ އެކަހެރިކޮށްފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ޗައިނާގެ ޝަންޑޮން ލުނެން އަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު މި ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހުކުރު ދުވަހު (މާޗް 20) ކަމަށެވެ. މަބްރޫކް ވިދާޅުވީ އެ ތާރީހަށް ބަލައި އަދި 14 ދުވަހުގެ މުއްދަތު ބަލާއިރު އޭނާ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ އެންމެ އަވަސް ތާރީހަކީ މި މަހުގެ 6 ވަނަ ދުވަސް ކަމަށެވެ.
Dear friends, I have been tested for coronavirus and my test result is positive. Thanks to the fans, medical staff and the club for their care and attention. I will follow the treatment and hope to return to the game as soon as possible. Please everyone stay safe.❤️❤️❤️ pic.twitter.com/xTczNLoz1w
— Marouane Fellaini (@Fellaini) March 22, 2020
އެހެންވެ އެ މުއްދަތު، އޭނާ ރާއްޖޭގައި ހުރި ދުވަސްތަކުގެ ތެރޭގައި ހިމެނޭތީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި، އަދި ކްލޯސް ކޮންޓެކްޓްވި މީހާ އެކަހެރިކުރީ އެވެ.
ފެލައިނީ ކުޅޭ ޝަންޑޮން ލުނެން އަކީ ޗައިނާގެ އުތުރުގެ ޝަންޑޮން ޕްރޮވިންސްގެ ޖިނާން އަށް ނިސްބަތްވާ ކްލަބެވެ. ޗައިނާ އަކީ މި ބަލި މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެނުނު އަދި މި ބަލި އެންމެ ބޮޑަށް ފެތުރުނު ގައުމެވެ. އެކަމަކު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފަ އެވެ. މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕުގައި، ހާއްސަކޮށް އިޓަލީގަ އެވެ.
ޕްރިމިއާ ލީގުގެ އެވަޓަން އިން ވިދާލި ފެލައިނީ މިދިޔަ އަހަރު ޝަންޑޮން އަށް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑަށް ހަ އަހަރު ކުޅުމަށް ފަހު އެވެ. ފެލައިނީ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް 2007-2018 އަށް 87 މެޗު ކުޅެދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސްމީރު
22 March 2020
ތިޔަ ކިޔާ އެއްޗެއް ދިމައެއް ނުވޭ. ޗައިނާއިން ބުނަނީ މިހާރު ޗައިނާގައި އެތެރެއަކުން އަލަށް ޕޮޒިޓިވް ނުވާކަމަށް. އަދި މިހާރު ޗައިނާއިން ފެންނަނީ އެގައުމުން ބޭރުން އަންނަ ފަރާތްތަކުން ކަމަށް. އެހެންވީމަ ތި ކިޔާ އެއްޗަކާއި ދިމައެއް ނުވެއެއްނު. އެހެންވީމާ ބޮޑަށް ބެލެވެނީ ތިޔައީ ރާއްޖެއިން ޕޮޒިޓިވް ވެގެން ފެލައިނީ ދިޔަ ދިއުމެއްކަމުގައި. ދެކޮޅު ޖެހޭ ވާހަކަ ދައްކާ
ގުޑުގުޑާ
22 March 2020
މިކަހަލަ ދުވަސްވަރެއްގަ މިސޮރު އައިމަވެސް އެއާޕޯޓުގަ އުޅޭމީހުން މީނަގައިގަ ބައްދަބައްދައިގެން ފޮޓޯނަގަނަގާފަ ގެއަށްދަންޏާ ދެން މިގައުމުގެ ހާލަތާއިދޭތެރޭ އެއްޗެކޭ ބުނުމަށްވުރެ ނުބުނިއްޔާ ރަނގަޅުވާނީ.
ގޯސް
22 March 2020
ޢެހެންވީމައޭ މި ދަނޑިވަޅުގައި ފަޔުރުވެރިން ނުގެންނަންވީ. އަނެއްކާ އެތައްބަޔަކު ޓެސްޓްތައް ހަދަންވީ. ދައުލަތަށް ކިހާބޮޑު ހަރަދެއް އަދި ސިއްހީ އެހީތެރިންނަށް ކިހާބޮޑު ބުރައެއް.