09 އެޕްރީލް 2020 - 15:39
މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި އެއް ހަފުތާގެ ކާފިއު މިއަދުން ފެށިގެން އުވާލައިފި އެވެ.
އެޗްޕީއޭ އިން ދެންމެ ކުރި އިއުލާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މިއަދު ހަވީރު 5 ން ފެށިގެން އުވާލާފައިވާ ކަމަށެވެ. ނަމަވެސް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އެއް ވަގުތެއްގައި ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އުޅުން އަދިވެސް މަނާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
"މިއާ އެކު، މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރު ކުރުމަށްޓަކައި މާލޭގެ ލޯކަލް މާރުކޭޓުތަކާއި ސުޕާ މާކެޓްތަކާއި ފިހާރަތަކާއި އޮފީސްތަކާއި ބޭންކުތަކާއި އެހެނިހެން ގޮތްގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކަމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެ އެވެ،" ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ވެ އެވެ.
"އަދި ޚިދުމަތް ހޯދާ ފަރާތްތަކުން ވެސް ގައިދު ކުރުމުގެ ގޮތްތަކާއި އާދަތަކަށް އިސްކަންދިނުމަށާއި އެގޮތަށް އަމަލު ބެހެއްޓުމަށް ދަންނަވަމެވެ."
މާލެ ސަރަހައްދުގައި ކާފިއު އުވައިލި ނަމަވެސް އަންނަ ހަފުތާގައި ވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ބަންދެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުއްޓާލައިފަ އެވެ. މީގެ އިތުރުން ކެފޭ/ރެސްޓޯރަންޓްތަކުގައި ތިބެގެން ކެއުންބުއިން ވެސް ވަކި ގޮތަކަށް އެޗްޕީއޭ އިން އަންގަންދެން މަނަލެވެ. އެ ތަންތަނުގައި މިހާރު ދެނީ ޑެލިވަރީގެ ޚިދުމަތެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޑުގުޑާ
10 April 2020
ކިހާވަރެއްގެއާމުދަލީއެއް ރައްޔެތުއްގެއަތުއް ދަމާގަނެވުނުބާ؟
ރީތި މޫސަ
10 April 2020
ކާފިއު އުވާލިޔަސް މަގުތަކުމަތީގަޔާ ގޭގޭދޮށުގަ އެއްވެތިބުމާއި، މަގުމަތީގަޔާ ގޭގޭދުށުގަތިބެގެން ސިގިރޭޓްބުއިން އެއްކޮންމަނާކުރަންޖެހޭ ޚާއްސަކޮށް މިކަންކުރަނީ ބިދޭސީން ހ ވައިޖެހޭމަގަކީ އާދަޔާއިޚިލާފަށް ބިދޭސީން ގިނަމަގެއް ދެގެޔެއްގަ 200 އެއްހާ މީހުންއުޅޭ މިކަމުގެ ސަބަބުން މުޅިހިސާބަށް އުނދަގޫވެ މިކަންވެސް ބަލަންޖެހޭ
ރަދީފްް
09 April 2020
ކާފިއު އުވާލުމުގައި އާއްމުންނަށް ނޭނގޭ ސިއްރުތަކެއް ހުރުން އެކަށީގެންވޭ! ފުލުހުންނާއި ސިފައިންގެ މުސާރަ ކުޑަކުރުމުން ޖެހޭނެ މައްސަލަ ދެންއޮތީ ފެންނަށް ބަލއިގެންތިބޭ
ބަކުރ
09 April 2020
ކުދިންނޭ މިއަށް ކިޔާނީ 'އެޑަޕްޓް' ވުން... ޙާލަތަށް ފެތުން، އިތުރު މީހަކު ބަލިނުވުމުން ކާފިއު ނެގީ، މިއީ ރަނގަޅު ކަމެއް އެކަމަކު ފަރުވާކުޑަކުރާނެކަމެއް ނެތް އެންމެން ވެސް ޒިންމާދާރު ކޮށް ފަރުދީ ޒިންމާ ނަގާ ، ހޭކެޑެން ދެން އަތް ދޮވުމާއި ދުރުދުރުން އުޅުން މުހިންމު... ބާއްޖަވެރި ހުކުރަކަށް އެދެން... ކަހަފް ސޫރަތް ކިޔާތި އެންމެންވެސް
ބޮޑުމީހާ
09 April 2020
ނޭގެ މިވާގޮތެއް. ކިޔަނީ ވަރަށް ސީރިއަސް. އަނެއްކާ ހަފްތާއަކށް ބަންދު. ކާފިއު އުވާލީ.
888777
09 April 2020
ކާފިއު ނެރުނީމަ އެކަނިތަ ގޭގަ ތިބެވެނި. ގޭގަ ތިބޭށޭ ބުނީމަ ގޭގަ ތިބެބަލަ ކާފިއު އޮތަސް ނެތަސް.
ޛސސޖސު
09 April 2020
މީގަ ކޮބާ މަސަލްއަކީ..ހުޅުވީމަ ބޮޑާ ހާކާފަ މަގުމަތީ އުޅުމީހުން އުޅެ ދާނެ އެއްނު. ޢެކަމާ ނުރުހޭ މީހުން ގެއިން ނިނިކިމެ ތިބެމާ... އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހަކު
ބަލްގިޝް
09 April 2020
ރާއްޖޭގެ އާމްދަނީ ލިބޭ މަސައްކަތްތައް ހުއްޓުވާލައިގެން މިހެން ބަލަން ނުތިބެވޭނެ. ރާއްޖެގައި ބަލިފެތުރަނުދެވޭނެ ހުރިހާގޮތެއް ހަދާފައި ބަންދު އެޅުވި ހުރިހާކަމެއް ހުޅުވަން ހުއްދަ ދޭންވީ.
ދުންމަތަލޮބީ
09 April 2020
ތިހެން މޭފުއްޕާފަ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް އުޅުނު. މިހާރު އޮތީ ވެންޓިލޭޓަރަށް ލާފަ. އެކަމު އެވެންޓިލޭޓަރު ލިބުނީ އެއީ ބޮޑުވަޒީރަށްވީމަ. އާދައިގެ މީހެއްނަމަ ނުލިބޭނެ.
މަވޭ
10 April 2020
ރާއްޖޭގައި ނެތް ވެެންޓިލޭޓަރ އެއް ހަރުކުރުމަށްފަހު އެނައްޓަން އެގޭނެފެންވަރުގެ ޑޮކްޓަރެއްވެސް.
ދަރްޒީ ކަލޭގެ
09 April 2020
ނުފޯރާފޮތިން ފޫގެޅީމަ ވާނީ ބަރަހަނާ! 3 ގަޑިރުގެ ކާފިޔުއެއްގަވެސް ގާނޫނުމުގުރާ މީހުން މައިތިރި ނުކުރެވުނީ!
ނައީމް
09 April 2020
ފޯރާ ފޮތިން ފޫގަޅާފައި 14 ދުވަހަށް ދޫނިދޫއަށް ލީމަ ކަލޭމެން ބުނާނެ ރައްޔިތުންގެ ފައިސާއިންނޭ ތި ހަރަދު ކުރަނީ. ސަލާމަތް އެއް ގޮތްވެސް އަޅެ އޮވޭތަ؟ އަދަބު ދީ ދަނޑި މާރުނޭޅިއްޔާ ނޫނީ ފަރުދީ ޒިންމާ ނަގައިގެން ވެސް ހަމަ ނުވަނީތަ؟ މިއޮތީވާ ގައުމެއް
ރާބޮޑޭ
09 April 2020
ދަރުޒީކަލޭގެއަށް ތިޔަހުރީ ފުޅަންގަތްވާގޮތްވެފައެވެ އެއީ ކަނޑުއަޑިޔަށް ފީނައިގެންފިނަމަ ކަންނެލި ފަހާގަންނާނެއެވެ މައްޗައް އުދުހިގަންނައިރަށް ހޯރަ ޖައިގަންނަނެއެވެ ހެޔޮއެއްގޮތްވެސް ނެތެވެ
އިސްމާލުކަލޭފާނު
09 April 2020
މަހީކުރީ ކާފިއު ވަރުގަދަކަމަށް ކޮށްލާނީ. ސްކޫލުތައް އޮފީސްތައްވެސް ބަންދުވިއްޔަ. އަނެއްކާ މީހުން އެހާ ބަސްނާހާވިއްޔަ.
ހަސަންތައުފީޤު344
09 April 2020
ކާފިއުގެ އުސޫލުތައް ވަރުގަދަކޮށް ހަރުދަނާކުރުމުގެ ބަދަލުގައި އެއްކޮށް އުވާލީ ކާކު ހިތްހަމަޖައްސައިދެންކަން ވަރަށް ސާފު. މަޖިލީހުގައި މީހަކު ރުޅިއައިސް ބޮޑާހޭކިތާ 48 ގަޑިއިރުނުވޭ.