ފުލުހުންގެ މައި އިދާރާ: ކޭއެސްޖޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑްގެ ފައިސާތަކަކާއި އެހެން ބައެއް ތަކެތި ވަގަށް ނެގި ލަންކާގެ މީހަކު މިދިޔަ އާދިއްތަ ދުވަހު ވަނީ ހައްޔަރު ކޮށްފައި.---ފައިލް ފޮޓޯ: މިހާރު
14 އެޕްރީލް 2020 - 21:47
ރިސޯޓެއްގައި މަސައްކަތް ކުރާ އަމިއްލަ ކުންފުންޏެއްގެ މުވައްޒަފުންތަކަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 1.9 މިލިއަން ރުފިޔާ، އެ ރިސޯޓަށް ގެންދިއުމަށް ހަވާލުކުރި ސްރީ ލަންކާގެ މީހަކު އެ ފައިސާ އާއި އެހެނިހެން ބާވަތްތައް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ކޭއެސްޖޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑްގެ އެ ފައިސާ ވަގަށް ނެގި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކުރީ ލަންކާގެ ރައްޔިތެއް ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި، މި ވައްކަމުގައި ޝާމިލްވި މީހާ އަކީ ކޭއެސްޖޭގެ ފަރާތުން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފޮނުވަންޖެހޭ ފައިސާ ބަލައި މާލެ އައިސްފައި ހުރި މީހާ އެވެ. އޭނާ އެ ޖަރީމާ ހިންގީ ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު، ރިސޯޓަށް ދެވެންދެން ގެސްޓް ހައުސްއެއްގައި މަޑުކޮށްގެން ހުރި ހުރުމުގަ އެވެ.
ފުލުހުން ބުނީ، 1.9 މިލިއަން ރުފިޔާގެ އިތުރުން އެހެން ބައެއް ތަކެތި ވެސް އެ މީހާ ވަގަށް ނެގި ކަމަށެވެ. އެއީ 25،000ރ. ގެ އަގު ހުރި ޑާޓާ ކާޑާއި ރައުޓާ އަކާއި 11،000ރ. ގެ އަގު ހުރި ފަސް މޮބައިލް ފޯނާއި 29،500ރ. ރީޗާޖް ކާޑެވެ.
ނަމަވެސް ފުލުހުން ބުނިގޮތުގައި 1.9 މިލިއަން ރުފިޔާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ވަނީ ފުލުހުންގެ މަސައްކަތުން މިދިޔަ އާދިއްތަ ދުވަހު ހޯދައިފަ އެވެ. އަދި ފައިސާގެ އިތުރުން އެ މީހާ ވަގަށް ނެގި އެހެން އެއްޗެހި ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުބުށޭމު
15 April 2020
ނިބުރަވެރި ކަމެއްތޯ ނުވަތަ ހައްދުފަހަނައެޅުމުގެ ކަމެއްތޯ ބަލާ! މި ދެގޮޅިއަށް ނުފެތޭނަމަ އެއީ އާދައިގެ ކަމެއް. ތާކުންތާކުޖެހޭ ކަމެއް ނޫން. މުއްސަނދިވުމަށް ހިންގާލި ނަލަ މަޝްރޫޢެއް.
ރަދީފްއޮފިޝިއަލް
15 April 2020
ސްރީލަންކާގެ ފައިސާއަށް ކޮންވާޓް ކުރީމަ ގާތްގަނޑަކަށް 23 މިލިއަން ރުޕީސް.އެހެންވީމަ ރަނގަޅަށް އޭނަ މޮޔަވީ ފައިސާ ފެނިފަ.ބޮޑު ވަގުގެ ލަދުކޮބާ؟؟
ޚިޔާލު
15 April 2020
ޚަބަރުގެ ސުރުޚީ ކިޔާފައި އަހަރެން ހީކުރީ ކޮންމެވެސް ސިޔާސީ މީހެއް ކަމަށް
އޮނަރަބްލް އަފީފު ދީދީ
14 April 2020
ހަޤީގަތުގައި އޭނާގެމައްސަލައަށްވުރެން މިދައުލަތުގެމައްސަލަ ތިކަމުގައިބޮޑުކަމަށްވާތީ "އޭނާއަށް ވަގަށް ގޮވޭކަށްނެތް" ކަމުގައިދެކެން. # ބިދޭސިކުންފުންޏަކުން 1.9 މިލިޔަން ރުފިޔާގެ މުސާރަ މުވައްޒަފުންނަށްދޭއިރު އެއީކިތައްމީހުންކަމާއި ވާރކް ވީސާ ދޫކުރެވިފައިވާ މީހުންގެ އަދަދާއި ޓެކްސް ދައްކާފައިވާ ގޮތާއި އަހަރީ ހިސާބު އަދި ކުންފުނީގެ އާމްދަނީ ބޭރުކުރިގޮތް ވެސް އިގެން އެބަހުރިތޯ؟ # މިފަހަރު ވައްކަމާއި އެކު ކުންފުނީގެ ޙަޤީގަތްވެސް ދެނެގަންނާންޖެހޭނެ.
ކޭ.އެސް4
14 April 2020
ޚޭ އެސްޖޭ ގައި ތިބުނާ ރިޒޯޓް ގައި މަސައްކަތް ކުރަނީ ކިތައް ލީގަލް ވޯކާރ އިންތޯ ޗެއްކް ކޮށްލަ ބަލަ؟ ބުރާތިން އުޅޭ އިކޮނުމިކް މިނިސްޓުރީ!!!