އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެއްވަނީ: ވަރަށް ގިނަ އަަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ އައިޖީއެމްއެޗުގައި ތަމްރީން ކުރަންފަށާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
19 އެޕްރީލް 2020 - 16:13
ކޮވިޑް-19 މާލޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި ތިން ކްލަސްޓާގެ ތެރޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހަކު، އޭނާއާ ބައްދަލުވި މީހުން ސިއްރުކޮށް ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދޭތީ އެ މީހާގެ ޒާތީ މައުލޫމާތު އާއްމުކުރަން ސަރުކާރުން ނިންމައިފި އެވެ.
އެންއީއޯސީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރޭގައި ޕޮޒިޓިވްވި ކޭސް 35އާ ވެސް އޭނާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު މިހާތަނަށް ސައްހަ މައުލޫމާތު ކޮންޓެކްޓް ޓްރޭސިންގައި ފޯރުކޮށްދެމުން ނުދާ ކަމަށް ވިދާޅުވި އެވެ.
ބަލި ޖެހިދާނެ ކަމަށް ލަފާކުރެވޭ އެންމެން ހޯދަމުން އަންނަ އިރު ދިމާވި މީހުން ރަނގަޅަށް ކިޔައި ނުދިނުމަކީ ކޮންޓެކްޓް ޓްރޭސިން ޓީމުގެ މަސައްކަތަށް ވެސް ބޮޑު ގޮންޖެހުމެކެވެ. އެހެންވެ އޭނާ އަށް މިހާރު ވަނީ ޒާތީ މައުލޫމާތު އާއްމުކުރާނެ ކަމުގެ ފަހުގެ އިންޒާރު ދީފަ އެވެ.
ކޮވިޑް-19 އަށް ޚާއްސަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ނުދޭ މީހާގެ މައްސަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައި ކަމަށެވެ. މިރެއާ ހަމައަށް މައުލޫމާތު ނުދީފި ނަމަ، އޭނާގެ ޒާތީ މައުލޫމާތު މިރޭގެ ބްރީފިންގެ ކުރިން އާއްމުކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި 16 ބިދޭސީންނާ އެކު ރާއްޖޭގައި އެންމެ ގިނަ މީހުން މިއަދު ޕޮޒިޓިވް ވެފައިވާ އިރު އެންމެންނާ ވެސް ކުރީގެ ކޭސްއަކާ ގުޅުން ހުރި ކަމަށް ބެލެވެ އެވެ. ޕޮޒިޓިވްވި ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްގެ 16 މީހުންނަކީ ލިލީ ސްޓޯރުގައި މަސައްކަތް ކުރާ މީހުންނެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ކަމާ ބެހޭ އިދާރާތަކުގެ އެންގުންތަކަށް ކިޔަމަން ނުވާ މީހުންގެ ޒާތީ މައުލޫމާތު އާއްމުކުރެވޭ ގޮތަށް ރާއްޖޭގައި އަލަށް އުސޫލެއް ހަދައި މިހާރު އަންނަނީ އަމަލުކުރަމުންނެވެ. އެ އަށް އަމަލު ކުރަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.
މާލެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 31 އެވެ. އޭގެ ތެރެއިން 16 މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް/ އިންޑިއާގެ މީހުންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 51 އަށް އަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިނާ
05 May 2020
މީގެ ދެ ހަފްތާ ކުރިން ވުދާޅުވި "ދެ ހަފްތާ ފަހުން ޕީކް ވާނޭ" ތީ ކިހިނެއް އެނގޭނެ ޕީޖެއް. ނޭގެ ތި ޑޮކްޓރުންނަކަށް ވެސް .. އެންމެން ގެންގޮސްގެން ސަރުކާރުން ކާންދީގެން ގެންގުޅުމުގެ ބަދަކުގަ ބޮޑުވަރުވާ މީހުން އެކަނި ގެންގުޅެފަ އެހެން މީހުން ދުނިޔޭގަ އުޅުނަދޫބަލަ. ޢެ ނިމުނީނުން. ކޮންފަދަ ކަމެއް ތީ. ހަމަ ެެw
ޕޮޓަސް
19 April 2020
އާންމު ކޮށްފިތަ?
ާއައްޒަނ
19 April 2020
ބަލަ އޭނަގާތުގަ ބުނެބަލަ ލަސްވާ ކޮންމެ ސިކުންތަކީ ރައްޔިތުން ތެރެއިން މީހަކަށް ބަލި އަރަމުންދާ ވަގުތެކޭ.. މަމީ ސަރުކާރުނަމަ މިހާރު ތިމީހާ ހުންނާނީ ވަކިން ހުންނަ ޖަލެއްގަ.. އޮވެދާނެ އެއްނު އެއްބާރުލުން ދީދީ
ބަސްނާ
19 April 2020
ދިވެހިންންކީ ފޮނި ބޮޑާ ކިބުރުވެރި ބައެއް.ހީވަނީ މީ މަޖާ ކަމެއްހެން
އޮނަރަބްލް އަފީފު ދީދީ
19 April 2020
އޭނާ ދެކޮޅުހެދި ހިސާބުން ފެށިގެން އެޗްޕީއޭގެ ޑައިރެކްޓަރ ޖެނަރަލްގެ ނިންމުން ތަންފީޒު ކުރާންވާނެ. # އާންމު ކުރަނީއޭ ކުރާނަމޭ ކިޔަކިޔާ ތިބޭކަށް ނުޖެހޭ. މިވެސް ރައްޔަތުން އެއްބާރުލުން ދީގެން ތަންފީޒު ކުރެވޭނެ ކަމެއްތޯ؟
ދަތްނެތްކުއްޖާ
19 April 2020
ތިމީހާ މަޢުލޫމާތު ދިނަސް ނުދިނަސް ދެން ތިމީހާއާއި މެދު ޖިނާޢީ ދަޢުވާ އުފަލަންޖެހޭނެ. ސަބަބުތައް ވަރަށް ގިނަ.
އިނބި ކާލޯ
19 April 2020
ކީއްތޯ ކުރާނީ މިގައުމުގަ އެބައުޅޭ ގާނޫނައް ވުރެ މަތީގައި އުޅޭ ބަޔެއް އެބުނާ އެއްބާރުލުން ނުދޭ މީހާގެ ނަން ހާމަކޮއް ރައްޔިތުންނައް އޮޅުން ފިލުވާދިނިއްޔާތާ ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުންވެސް އެމީހާޔާ ބައްދަލުވީބަޔަކައް ޓެސްޓް ހަދާ މިކަމުން ގިނަމީހުން ސަލާމައް ކުރެވޭނީ ޓީވީތަކުން ބަލި ޖެހުނުމީހާ އެއީ ކާކުތޯ ނުބަލާށޭގޮވީމަވެސް ޔަގީނައް ބަދަލުވަމުން މިދަނީ ކޮންމެވެސް ބާރުހުރި ފަރާތެއްކަން ޖިނާއީ ދައުވާއެއް ބަޔަކު ކޮއްފަނެތީ ފޮރުވަނީ ކަމައް ބެލެވެނީ
ފެންސު
19 April 2020
އޭ! ވެދާނެނު އޭނަ ވަންނަން ނުޖެހޭ މީހެއްކާރިޔަށް ވަނީކަމަށް. އެހެންވެ ފަލީހަތްވެދާނެތީ، ގޭމީހުނަށް ފަޅާއަރާދާނެތީ ނުބުނަނީ ކަމަށް. އެހެންޏާފަހެ، ދެން މިކަހަލަ އެއްޗެއްދޯ ބުނެވޭނީ އެހެން ކަންތައްކުރަންޏާ. އަޖައިބެއް!!!
ނައީމާ
05 May 2020
ކޮންޓެކްޓް ޓްރޭސް ނުކުރެވޭ ބައިވަރު މީހުން މިހާރު އެބަތިބިނުންތަ. ދެން އެއީ މީހަކު ކައިރިޔަށް ވަނީތަ؟
ގޮޅާ
19 April 2020
މަޢުލޫމާުތު ދޭވަރަށް އަދަބުދީ! ރައްޔިތުންނަށް ދޯކާދޭ!
މިހާފީ
19 April 2020
ޖުމްލަކޮށް "ދިވެހިން" ގަމާރޭ، "ދިވެހިން" ބަހެއް ނޭހިޔޭ މިގޮތަށް ދޭހަވާގޮތަށް، ވާހަކަދައްކާ މީހުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ. ގިނަ ރައްޔިތުން ތިބެނީ ގޭގައި. 7 މިނެޓް ތެރޭ 70 މީހުން ގެންދިޔައިމަ އެގުނީ އެއީ ކީއްވެ އުޅޭ ބައެއްކަން. ރައްޔިތުންނަކީ އަނގަ އޮންނަ ކޮންމެމީހަކު ޖަހައި ނަގަން އޮންނަ ތާވަޅު ބައިގަނޑެއް ނޫން.