މިއަދުގެ ހަވީރު މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިއެއްގެ ސުވާލެއް ނޯޓު ކުރައްވަނީ.
21 އެޕްރީލް 2020 - 18:52
ރާއްޖޭގައި އާއްމުންގެ ތެރެއަށް ކޮވިޑް-19 ފެތުރިފައި މިހާރު މި އޮތީ، އާއްމުންގެ ތެރެއަށް އެ ބަލި އައުމަށް މެދުވެރިވި ބަލި މީހާ (އިންޑެކްސް ކޭސް) ހޯދުމުގެ ފައިދާއެއް ނުކުރާ ވަރަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ހަވީރު ބޭއްވި މީޑިއާ ބްރީފިން ގައި އެޗްޕީއޭގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، އިންޑެކްސް ކޭސް ހޯދުމަކީ އެހެން ގައުމުތަކުގައި ވެސް ފުރަތަމަ ކޭސް ފެނިގެން އުޅޭ އިރު ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އެތައް ބަލީގެ އެތައް ކްލަސްޓާއެއް ފެނުމަށް ފަހު، އިންޑެކްސް ކޭސް ހޯދައި، އެ ކޭހާ ގުޅިގެން އަޅާ ފިޔަވަޅުގެ މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެ ސްޓޭޖުގައި [ގިނަ ކްލަސްޓާތައް ފެންނަ ސްޓޭޖްގައި] ބޮޑަށް ބަލާނީ އެ ފެންނަ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމާއި ދެން އޯވައޯލްކޮށް، ޖެނެރަލްކޮށް އެ އޭރިއާއެއްގައި ،މިސާލަކަށް މާލެ ވިއްޔާ މާލެ އަށް އަޅަން ޖެހޭނީ ކޮން ފިޔަވަޅުތަކެއްތޯ، ބްރޯޑްކޮށް ވިސްނާފައި. އެހެންވީމާ އެ ސްޓޭޖުގައި މިހާރު މި ތިބީ،" އަފްޒަލް ވިދާޅުވި އެވެ.
މާލެ އަށް ބަލި ފެތުރިފައި އޮތްކަން އެނގުނީ މިދިޔަ ބުދަ ދުވަހު އެވެ. މާލޭގެ ފުރަތަމަ ކޭހާ އެކު އިންޑެކްސް ކޭސް ހޯދަން އޭރުއްސުރެ މަސައްކަތް އައީ ކުރަމުންނެވެ. އެޗްޕީއޭ އިން އޭރު ބުނީ އިންޑެކްސް ކޭސް ހޯދައި، އައިސޮލޭޓްކޮށް، ވައިޑް ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ. އެކަމަކު އޭގެ ފަހުން ކޭސްތައް ދުވަހުން ދުވަހަށް އިތުރުވަމުން ގޮސް މިހާރު މާލެ އިން 63 ކޭސް ވަނީ ފެނިފަ އެވެ.
"އެހެންވީމާ އެ ސްޓޭޖުގައި [ގިނަ ކްލަސްޓާތައް ފެންނަ ސްޓޭޖްގައި] ބޮޑަށް ބަލާނީ އެ ފެންނަ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމާއި ދެން އޯވައޯލްކޮށް، ޖެނެރަލްކޮށް އެ އޭރިއާއެއްގައި ،މިސާލަކަށް މާލެ ވިއްޔާ މާލެ އަށް އަޅަން ޖެހޭނީ ކޮން ފިޔަވަޅުތަކެއްތޯ، ބްރޯޑްކޮށް ވިސްނާފައި. އެހެންވީމާ އެ ސްޓޭޖުގައި މިހާރު މި ތިބީ،" އަފްޒަލް
މާލެ އިން ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން ދާއިރު، ގޭގެ އަށް ބޭނުންވާ ޒަރޫރީ ތަކެތި ޑެލިވާ ކޮށްދިނުމުގެ ނިޒާމް ފެއިލް ވުމުގެ ސަބަބުން މީހުން ބޭރަށް ނުކުންނާނެ އިންތިޒާމްތަކެއް ފުލުހުން ވަނީ ހަމަޖައްސައިފަ އެވެ.
ޑރ. އަފްޒަލް ވިދާޅުވީ މާލޭގައި ބަލި ކޮންޓްރޯލްވާން ފަށާނީ ޕީކަށް ދިއުމަށް ފަހުގ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ބަލިން ރައްކާތެެރި ވުމަށް އޭނާ ތަކުރާރުކޮށް އިރުޝާދު ދެއްވި އެވެ. އެގޮތުން ޒަރޫރީ ބޭނުމަށް ނުކުންނަ އިރު ވެސް މާސްކް އެޅުމަށާއި ފިހާރަތަކުގައި ދުރު ދިރުގައި ތިބުމަށް އޭނާ އިރުޝާދު ދެއްވި އެވެ.
"އަޅުގަނޑުމެންގެ ނަމްބާސް އެބަ ކްލައިމްބް ވޭ. މި ކަހަލަ ސިއުއޭޝަންސްގައި ކުރިއަށް އޮތް ދުވަސްވަރުގައި ހަމަ ޕީކަކަށް ގޮސްފައި ކަމަށް އަޅުގަނޑަށް ފެންނަނީ އިތުރަށް ރަނގަޅު ވުުމުގެ ހާލަތަކަށް އަންނާނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނާނާ
22 April 2020
އަލީ ވަހީދުމެން ކަހަލަ މަގާމަށް ނާގާބިލް މީހުނަށް ބާރު ދިނީމަ ވާގޮތް މިވަނީ. ޕޯޑިއަމްތަކުގައި އަގަފަރިތަވުމަކީ މިނިސްޓްރީ އެއް ހިންގަން އެގޭނެ ކަމުގެ ހެއްކެއްނޫން. ކަމެއްދިމާވީމާ މިއޮތީ ފެންވަރު އެގިފަ.
މަހުދީ ހހސ
22 April 2020
ބޭނުން ދަންނަވަންތޯ؟ އޭރުން ތީގަ އިހުމާލުވީމީހުން ހޯދޭނީ... މުސްތަގުބަލުގައި ފިލާވަޅު ލިބިގަނެވޭނީ...
ނުފެންނާނެދޯ
22 April 2020
ޗައިނާގެ ދިރާސާތަކުން މި ވައިރަސް ނޮވެމްބަރު ހިސާބުގައި އުޅުނުކަމަށް ދައްކާއިރު އެމީހުންނަށްވެސް ޕޭޝަންޓް ޒީރޯ ނުހޯދޭ. ދެން މިތަނުގައި ހޯދޭނީ ކިހިނެތް؟
މާދަމާ
22 April 2020
ޗައިނާޔާ މިތަނާ ތަފާތު ދޯ؟ އެވަރުވެސް ނޭގެންޏާ ކޮމެންޓު ނުކުރާނީ. އެއީ ވައިރަސް އެއް އުޅޭކަމެއްވެސް ނޭގިވިކަމެއް. މިތަނަކީ ނުލާހިކު ފަސޭހައިން މިކަން ކޮންޓްރޯލްވެފަ އޮތް ތަނެއް. ގަސްތުގަ މިތަނަށް ގެނައީކަމަށް ގިނަބަޔަކު ޝައްކުކުރާނެ ޖާގަ އެބައޮތް. ޢެހެންވީމަ ހަމަ ހޯދަންޖެހޭ. ހޯދެންވެސް ހޯދޭނެ. އެންގެންވެސް އެނގޭނެ. ސިއްރު ކުރަނީ.
ހަސަނު1
22 April 2020
ކުރާނެ ކަމެއް ނެތިފަ ދޯ އެޗްޕީއޭއާއި ޕޮލިސް އޮތީ.. ތި ހޯދިގެން ބައެއްގެ އީގޯއަށް ފައިދާއެއް ވިޔަސް މިގައުމަށް އިތުރަށް ކުރާނެ ފައިދާއެއް ނެތް.
އަހުމަދު މީމު
22 April 2020
ބަޔަކު ބޭޒާރު ވުން ގާތީ
ޑރ ހުއްތޭ
22 April 2020
އަދިވެސް މީހުން ޖެހެމުންދާތީ ބަލަންޖެހޭނީ ބަލި ޖެހިފައިވާ މީހުން މުޖްތަމައުގެ ތެރޭގައި އެބަ އުޅޭ ކަމަށް.
ރައްޔތނ
22 April 2020
ބަލަ ތީ އެން މޭނައް އިނގޭ ބޮޑު ސިއްރެ. ކުރެވުނު ކަންތައް ފަޅާ އެރީ މާ ހާ މަކުރަން ބިރުގަތީދޯ. ބުނެފި ނަ މަ މައި މޫނާ ގެ ވަޒީފާ ގެއްލިދާނެތީ.
އައްމާރު
22 April 2020
މަބުރޫކުގެ ސަޅިބައިސާ ޝޯއިން ހުރިހާ ކަމެއް ބަރާބަރުވާނެ. އެއްވެސް ކުއްޖަކު ދެރަނުވާތި. ހިތްބަރު ނުކުރާތި.
ހަސަނު1
22 April 2020
މަބްރޫކު ކުރަނީ ހަމަ ރަނގަޅު މަސައްކަތެއް. ހަމަ ގައިމުވެސް މިވަގުތުގައި ކަލެއަށް ވުރެ މުހިންމު މަސައްކަތެއް އޭނަ ކުރަމުން އެދަނީ. ޝުކުރިއްޔާ މަަބްރޫކް.
ސިމްޕަލް
22 April 2020
ބަލީގެ އަލާމާތެއް ނުފެނި 2 ހަފްތާ ވާއިރު، ބަލިޖެހޭ ކޮންމެ މީހަކު އިތުރު 2-3 މީހުންނަށް ބަލިޖައްސާކަމަށްވޭ. އަދި ބައެއް މީހުންނަށް މާބޮޑުވަރުނުވެ ރަގަޅުވާކަމަށްވެސް ބުނޭ. ވީމާ އިންޑެކްސް ކޭސް އަކީ އެތައް ހަފްތާއެއް ކުރިން ބަލިޖެހި ރަގަޅުވެފައި ހުރި މީހަކަށްވުން ވެސް ކައިރި. މާލެ ފަދަ ތޮއްޖެހިފައި އޮތް ތަނެއްގައި އެޗްޕީއޭ ކިތަންމެ ފުރިހަމައަށް ތައްޔާރުވިއަސް ބަލިފެތުރުން ކޮންޓްރޯލް ކުރަން އުދަގޫވާނެ. އެކަން މިހާރު ސިންގަޕޫރުން ފެންނަނީ.
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
22 April 2020
ދެގެރި ތަޅަންޏާ ކައްގަލަށް ބާރުކުރާނެއޭ ބުނެ އުޅޭ. މީގެ މާނައަކީ ގަބުރުސްތާނެއްގައި ވިނަ ކާންއުޅޭ ދެގެރި ތަޅާ ނަމަ މަހާނަ ގާތަށް ފުނޑުފުނޑު ވާނެއޭ. ފުން ކޮށް މާނައަކީ މަރުވެފަތިބި މީހުން މަރުވެފަ ތިބިއަކަވެސް ނުދޭނެޔޭ. ވީމާ ދިރިތިބިމީހުންނަށް ކޮށްލާނެ ވަރު ވިސްނުމަށް ވެސް ނުގެނެވޭ. ގައުމުގެ އިސް ދެވެރިންކަންކަމުގައި ދެބަސް ވަމުން ވަމުން އައި ތަން ފެނިގެން ދިޔައީ. ހިތާމައިގެ ކޮޅެއްވެސް ނެތް. އެއަރޕޯޓް ބަންދު ނުކުރުމުގެ ގެއްލުމުގެކޮޅެއްވެސް ނެތް !
ދޮން ދީނި
22 April 2020
ހަމަ ތިމޭރުމުން އެއަރޕޯޓް ކުރިން ބަންދުކޮށްގެން އެއްޗެހި ގޮވާނެ މީހުން އަދި މާގިނަވީސް. ކަންވާފަހު މިވެނި ކަމެއްކޮށްލިނަމަ މާ ރަނގަޅުވީހޭ ބުނެލުން ތީ ކޮންމެ މީހަކަށްވެސް ކޮށްލެވޭނެ އެންމެ ފަސޭހަކަންތައް. ޑިސިޝަން ނަގަން ޖެހޭވަގުތު ވިސްނަންޖެހޭ ވިސްނުން އެއީ އެންމެ އުނދަގޫ ކަންތައް. އެހެންނަމަ ދުނިޔެ 180 ގައުމަކުން މި ވައިރަޙެއް ނުފެނުނީސް.
falcon_autho
21 April 2020
ކޮން ގައުމަކަށްތޯ މިބަލިން ސަލާމަތްވެވުނީ. ޑިމޮކްރަސީއާއާ ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ގައުމުތަކުގައި ރައްޔިތުން މަތަކުރެވިފައިވާ ތަނެއް ނުފެނު. އެކަމުގެ ނަތިޖާއަކީ އެތައް ބަޔަކު މަރުވުމާއި މަރުވަމުން ދިއުން. ނާތަހުޒީބު ކޮމިއުނިސްޓް ނުބައި ގައުމުގެ ރައްޔިތުން މަގުމައްޗަށް ނުކުތުން ވެރިން މަނާކުރުމުން ބަސް އަހައިގެން ތިބިތަނުގާ ތިބީ. ޕާޓީ ބާއްވައި މަސްދަތުރު ގޮސް ބާބަކިއު ހަދައި ފިނިބުރު ތަޅާކަށް ނުދޭ. އަދިވެސް ޑިމޮކްރަސީގައި ގަދަ ދެއްކުން ކުރިއަށް
ޒަޢީމް
21 April 2020
މިޢީ ބަޔަކު އެނގިތިބެ ކޮއްލި ކަމެއް