ކޮމަންވެލްތުން ވަކިވުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް ވާހަކަ ދައްކަވަނީ.-- މިހާރު ފޮޓޯ
13 އޮކްޓޯބަރ 2016 - 18:18
ކޮމަންވެލްތުން ވަކިވިޔަސް ރާއްޖޭގެ އިގްތިސާދާއި ބޭރުގެ އިންވެސްޓްމަންޓުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.
ކޮމަންވެލްތުން ވަކިވާން ކެބިނެޓުން މިއަދު ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދިނުމާ އެކު، ރައީސް ވަނީ އެ ގޮތަށް އެކަން ނިންމަވާފަ އެވެ. އެ ގޮތަށް ނިންމެވީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ބޭ އިންސާފުން ފިޔަވަޅު އަޅަމުން ދާ ކަމަށް ބުނެ އެވެ.
ކޮމަންވެލްތުން ވަކިވާން ނިންމިކަން އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ގޮތުގައި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ތަރައްގީގެ އިތުރުން، ބޭރުގެ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓުތަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ. އެކަން ކަށަވަރު ކުރާނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ އަށް އިހުތިރާމް ކުރާ އެހެން ޖަމާއަތްތަކާއި ގައުމުތަކާ އެކު މިހާރު ވެސް ކުރަމުން އަންނަ މަސައްކަތް ކުރިއަށް ގެންގޮސްގެންނެވެ.
ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވެސް ވިދާޅުވީ ކޮމަންވެލްތުން ވަކިވުމުގެ މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. އެ ގޮތުން، ރާއްޖޭން އދ. އާއި މުސްލިމް ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ) ފަދަ ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކާއި ހެޔޮ އެދޭ ގައުމުތަކާ އެކު މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ އެ ގުޅުންތައް ކުރިއެކޭ ވެސް އެއްގޮތަށް ވަރުގަދަކޮށް، އެކި ދާއިރާތަކުން މަސައްކަތް ކުރެވޭނެ ކަމަށް. އަޅުގަނޑުމެން ރާއްޖޭގައި، ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާ އަށް މަސައްކަތް ކުރާއިރު ޓޫރިޒަމް އަދި އިންވެސްޓްމަންޓުގެ ދާއިރާގައި މަސައްކަތްތަކެއް ކުރަމުން މި ދަނީ. ހަމަ ކުރިއެކޭ ވެސް އެއްގޮތަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވާލަން،" އާސިމް ވިދާޅުވި އެވެ.
އެކަމަކު، ކޮމަންވެލްތުން ވަކިވުމުގެ ގެއްލުން ކޮށްފާނެ އެއް ސަބަބު އަނިލް ނެންގެވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންގެ ލާބަ އާއި މަންފާ އަށް ސަރުކާރުން ނިންމާ އުދަނގޫ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައި އިދިކޮޅު ފަރާތްތަކުން އެ ކަންކަން އޮޅުވާލުމެވެ.
"އަޅުގަނޑުމެންނަށް ދިމާވާނެ ދަށްޗަކީ ދިވެހިންގެ ތެރޭން ބަޔަކު އެކަން އެކްސްޕްލޮއިޓްކޮށް، ރާއްޖެ އަށް ގެއްލުންތަކެއް ދޭން މި ކުރާ މަސައްކަތުގެ ނޭދެވޭ ނަތީޖާ، ނޭދެވޭ އަސަރު ނުކުރާނެއެކޭ އަޅުގަނޑު ނުދަންނަވާނަން،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ވިދާޅުވި އެވެ.
ކޮމަންވެލްތުން ވަކިވުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް (ކ) އާއި ފޮރިން މިނިސްޓަރު އާސިމް ބައިވެރިވެވަޑައިގަންނަވަނީ.-- މިހާރު ފޮޓޯ
އެކަމަކު، އިދިކޮޅު ފަރާތްތަކުގެ އެ އަމަލުތަކުގެ މާ ބޮޑު އަސަރެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލައި ބޭރުގެ މީޑިއާތަކުގައި ރާއްޖެއާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރަމުން ދިޔައަސް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރާ ވަރު ވެސް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމަންވެލްތުން ވަކިވުމުން، ބައެއް ގައުމުތަކަށް ވިސާ ހޯދަން ދަތިވެދާނެތޯ ކުރި ސުވާލަށް އެއްވެސް ބޭފުޅަކު ސީދާ ޖަވާބެއް ނުދެއްވި އެވެ.
ކޮމަންވެލްތުން ވަކިވާން ނިންމިިއިރު، ކޮމަންވެލްތުން ރާއްޖެ އަށް ގިނަ ފަންނީ އެހީތަކެއް ދެ އެވެ. ހާއްސަކޮށް، ސްކޮލަޝިޕްގެ ފުރުސަތުތަކާއި ޑިމޮކްރެސީ ހަރުދަނާކޮށް، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ދާއިރާ އިން ދޭ އެހީތައް ހިމެނެ އެވެ. އެ ގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން ކޮމަންވެލްތުން ހާއްސަ މަންދޫބެއް ކަނޑައަޅާފައި ވާއިރު، ގާނޫނު ހެދުން ހަރުދަނާ ކުރުމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދެ މުޝީރަކު ރާއްޖެ އަށް ހަމަޖެއްސުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ތިރީސް ހަތަރު އަހަރު މެމްބަރު ކަމުގައި އޮތުމަށް ފަހު ކޮމަންވެލްތުން ވަކިވާން މި ނިންމީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި މިދިޔަ މަހުގެ 23 ގައި ރާއްޖެ ހިމަނައި، ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންކަން އިސްލާހު ނުކޮށްފި ނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރުމާ މެދު ވިސްނަން ނިންމާފައި ވަނީ މާޗް 2017 ގައި ބާއްވާ ސީމެގްގެ ބައްދަލުވުމުގަ އެވެ.
ކޮމަންވެލްތާއި އެ ޖަމާއަތުގައި ހިމެނޭ ގިނަ ގައުމުތަކަކުން ދަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންމެވެ. އެ ފަރާތްތަކުން ފާޑުކިޔާ ކަންކަމުގެ ތެރޭގައި ދައުލަތުގެ ތިން ބާރު ރައީސްގެ މުށުތެރެ އަށް ދިއުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލުމުގެ އިތުރަށް، ގާނޫނުތަކާއި އެ ނޫން ވެސް ފިޔަވަޅުތައް މެދުވެރިކޮށް ފަރުދީ އަދި ސިޔާސީ ހައްގުތައް ނިގުޅައިގަތުން ހިމެނެ އެވެ.
އެ ގޮތަށް ބޮޑަށް ފާޑުކިޔަނީ ހުޅަނގުގެ ގައުމުތަކުން ކަމަށް ވާއިރު، ރާއްޖޭން މިހާރު ބޮޑަށް ގުޅުން ބަދަހިކުރަމުން އަންނަނީ ޑިމޮކްރެސީއާ ބީރަށްޓެހި ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކާ އެވެ. އެ ގޮތުން، ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެ ގައުމުތަކުން ފައިސާ ހޯދުމުގެ އިތުރަށް، ސަރުކާރުން ހިންގާ ގިނަ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދަނީ ޗައިނާ ފަދަ ގައުމުތަކުން ލޯނު ނަގައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑު
16 October 2016
ކޮޅުބަދަލުވުމުން ދިމާ އިދިކޮޅަށް ތިދުލުން ބަސްނުކުންނަ އަޑުވެސް އިވޭނެ. ދުނިޔޭގައި ތިބިބަޔަކު އަޑުއަހާނެ. މި މީހުން ކިޔެވީ ކޯޗެއްތަ؟ ހަރުދަނާ އުސޫލެއް ހަމައެއް ދަންނަ ބައެއް ނޫނެވެ.
އަލްޖިބްރާ
15 October 2016
" ރާއްޖެ ކަޑުފެއްތިއަސް " ގެއްލުމެއް ވާނެ ކަމަކަށް ކަލޭމެން ނުބުނާނެ ! އެއީ ކަލޭމެނަށް ނޭގޭތީއެއް ނޫން ! އެއީ ކަލޭމެންނަކީ " ދަންނަ ޖާހިލުން " ކަމަށް ވާތީ 1
އާދަނު
15 October 2016
ޢަނިލް ކިޔެވީ ކޮމަންވެލްތު ސުކޮލާޝިޕްގަ، މިޙާރު އެކަންހަދާނެއް ނެތް. މީހަކަށްް ޝުކޮލާޝިޕެއް ލިބިދާނެތީ ހާސްވި ދޯ.
ހޯހޯ
14 October 2016
ހޫ އިޒް އޯ.އައި.ސީ. އެއީ އޯގަނައިޒޭޝަން އޮފް އިސލާމިކް ކޯޕަރޭޝަން އޭ ބުނީމަ މަގޭ ރައްޓެއްސަކު ބުނި އޯއައިސީއޭ. ސުވާލަކީ ކޮމަންވެލްތު ގެ ބަދަލަކަށް ތިޔަބުނާ ބަޔަކު ފުދޭހޭ. އެމީހުން ކުރަނީ ކޮންކަމެއްހޭ؟
ރާސް
14 October 2016
ސީމެގް އެޖެންޑާގައި ހިމަނާ ފިޔަވަޅު އަޅާނެކަން ޔަގީންވުމުން ވަކިވީ. ރައްޔިތުން ކޮށާ ކުދިކޮށްގެންވެސް ވެރިކަން މުހިއްމުވެއްޖެ ނަމަ ވާނެގޮތް މިފެންނަނީ.
މުހަންމަދުޝަހީމުއަލީސައީދު
14 October 2016
އަޅުގަނޑު އެއްގޮތަކައްވެސް ތާއީދުކުރާކަމެއްނޫން ގައުމުތަކާ ގުޅުންކަނޑާލުމަކީ ދީނުގަވެސް އޮންނަނީ ސުލްހަވެރިކަމާ އެކުމަސްވަރާކުރަން ތަފާތު ރައްތަކެއްގަ އަޅުގަނޑުމެން ލެއްވީ އެކަކު އަނެކަކައް ތައާރަފްވުމައް ކޮމަންވެލްތުން ވަކިވުމަކީ މިރާއްޖޭގެ ބައިތުލް،ާލައް އޭގެއަސަރުކޮއް ވަޒީފާގަ ރިސޯޓުގަ ތިބި މީހުންނައް އިންވެސްޓަރުންނައް އޭގެ އަސަރު ކުރާނެ ކަންކަން ޔާމީނު ކުރާ ހުރިހާ ކަމަކީ ރަނގަޅު ކަންކަމެއްނޫން ބޭބޭފުޅާމެދު އެފަދަ ގޮތަަކައް ކަންކުރާ ބޭފުޅަކާއެކު އުޅުމަކީ އެއްގޮތަކައްވެސް ރަނގަޅު ގޮތެއްނޫން
ހަބީބު މީދޫ
14 October 2016
ޑިމޮކްރަސީއެއްނޫން މައްސަލަޔަކީ އަރަބިންގެ ގޮތްދޫނުކުރުމުން މުސްލިމުން ހަލާކުވަނީ މިސާލަކައް އީރާނަކީ ތިޔަބުނާ ޑިމޮކްރަސީ ގައުމެއްނޫން ސީރިޔާއަކީ ދެންކީއްވެ ސައުދީ އަރަބިއްޔާ އެމެރިކާނުން ގޮވައިގެންގޮސް ބޮންއަޅަނީ މިރާއްޖެޔައް ޖެހިފަ މިވަނީ ޔާމީނުގެ ފިނޑިކަމުގެ ނަތީޖާ ވެރިކަމައްޓަކާ ސިޔާސީ މީހުން ޖަލައްލީމަ އަދުލުވެރި ފަނޑިޔާރުން ނެތީމަ ކޮމަންވެލްތުން ފިޔަވަޅުއަޅަނީ
އަލީ
14 October 2016
ކިތަންމެ ހަބަރެއް ލިޔުނަސް ،،ރާއްޖެއާ މެދު އދ އިން ފިޔަވަޅު އަޅަން ގަރާރެއް ފާސްބިޔަ ނުދޭނެ...ޗައިނާއަތުގަ ވީޓޯ ކުރުމުގެ ބާރު ..ސައުދީން ވެރިކަން ދިފާއުކޮއްދޭނެ..މިތަނައް ސިފައިންވެސް ފޮނުވާދޭނެ!
މަރީ
14 October 2016
އެހެންވީމާ ހަނަ ނިމުނުއިރު މިތިބެންޖެހެނީ ބޭރުމީހުންގެ އަޅުވެތިކަމުގަ ދޯ ހަމަ؟ ކޮންތާކުބާ މެޖެހުނީ؟ މިސަރުކާރުން ކުރާ ކޮރަޕްޝަނަށް މަގު ފަހިކޮށްދޭ ގައުމުތަކުގެ އަޅުވެތިކަމުގަ. ސައުދީންނަށް ފ.އަތޮޅު ވިއްކާލީމޭ ދެން އެނޫންގޮތެއް ނޯންނާނެ ދޯ. ނޭގެ ޗައިނާއާއެކު ހަދާފަ އޮތީ ކިހާވަރެއްގެ ޑިލް އެއް ކަމެއްވެސް.
ޙަމީދު
14 October 2016
ޑިމޮކްރަސީ އޭ މިކިޔާ ބަލާވެރިކަން މިހުރިހާވެސް މައްސަލައަކީ، މެދުއިރުމަތި ސުންނާފަތިކޮށްފައި އެވަނީ ތި ޑިމޮކްރަސީގެ ދަޅަދައްކައިގެން. ރައީސްއަށް ސާބަސް
ގާސިމު
14 October 2016
ޑިމޮކުރެސީ ކިޔާ އަޑު ދެތްތޯ އަހަނީ، ކަލޭމެންފަދަ ނާތަހުޒީބު ނާގާބިލު ބަޔަކު ތާރީޙުގެ ތެރެއިން އިންޑިއާވެސް ވަނީ 1947 ގައި ދެކެފައި... އެމަދު ބަޔަކު ވަނީ އިންގިރޭސީން އިންޑިއާ މިނިވަންކޮށް މުސްތަގިއްލު ކައުމެއްކަމައް އިއުލާންކުރުމާއިމެދު ދެކޮޅުހަދައިފައި ނަމަވެސް އެ އާބާދީގެ ޕަސެނޤޓޭޖަކީ %0،009 ކަމަުން އެއްމަހުން ޖަނަގަލީ ވަލުތެރޭ ފިލާތިބެ މީހުން ކަތިލަމުން ގޮސްފައިވޭ...
ހުން އަންނާނެ ކަމްއް
14 October 2016
މިމީހުން ދިވެހި ރައްޔިތުންނައް މިގެއްލުން ދެނީ އެކަން އެގިތިބެ، މިގުޅިގެން ހިންގާ ޖަރީމާ ތަކުން މިކަންކަމުގައި ބައިވެރިވާ މީހުންގެފަރާތުން ބަދަލު ހޯދަންވާނެ.