އިސްލާމިކް މަރުކަޒުގައި މިރޭ ޖަމާއަތުގައި ތަރާވީހް ނަމާދު ކުރަނީ
24 އެޕްރީލް 2020 - 00:08
އިސްލާމިކް މަރުކަޒުގައި ޖަމާއަތުގައި ތަރާވީހް ނަމާދުކުރަނީ ލޮކްޑައުންގައި ތިބި އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ނުރައްކާތެރި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ވެސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނުކުރުމަށެވެ.
ނަމަވެސް އިސްލާމީ މަރުކަޒުގައި މިރޭ ވަނީ ޖަމާއަތުގައި ތަރާވީހް ނަމާދުކޮށްފަ އެވެ. މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެ ނަމާދު ޓީވީތަކުން ވަގުތުން ދެއްކި އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައިފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް، "މިހާރު" އަށް ވިދާޅުވީ ޖަމާއަތުގައި ތަރާވީހް ކުރަނީ ދީނީ ޕްރޮގްރާމްތައް އުފެއްދުމަށް އެ މިނިސްޓްރީގެ ތެރޭގައި ލޮކްޑައުންވެ ތިިބި މުވައްޒަފުން ކަމަށެވެ. އަދި އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭއިރު އެއީ ސްޓޭޓް މިނިސްޓާ ޝައިހް އިލްޔާސް ޖަމާލްގެ ދަރިކަލުން ކަމަށާއި އެ ކުއްޖާ ވެސް ހުރީ ލޮކްޑައުންގައި ކަމަށް އަފްރާހް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީ ހިންގަނީ އިސްލާމިކް މަރުކަޒުގަ އެވެ.
އަފްރާހް ވިދާޅުވީ ރޯދަ މަހުގެ ކޮންމެ ރެއަކު ވެސް ލޮކްޑައުންގައި ތިބި 10 މީހުންގެ ޖަމާއަތުން ތަރާވީހް ނަމާދުކޮށް ޓީވީތަކުން ލައިވްކުރާނެ ކަމަށެވެ.
"އެ މުވައްޒަފުން މިނިސްޓްރީގެ ތެރެއިން ނުކުންނާނީ ލޮކްޑައުން ނިމުނީމަ. އެ ޓީމަކީ ދީނީ އެކިއެކި ޕްރްގްރާމްތައް އުފައްދައި ޓީވީތަކުން ދެއްކުމުގެ މަސައްކަތް ކުރާ ޓީމް،" އަފްރާހް ވިދާޅުވި އެވެ.
މިނިސްޓްރީގެ ތެރޭގައި ލޮކްޑައުންވެ ތިބި މީހުންގެ ތެރޭގައި ޝައިހުންނާއި ކެމަރާމަނުން ފަދަ ޓެކްނިކަލް މީހުން ވެސް ހިމެނެ އެވެ.
ރޯދަ މަހަކީ މިސްކިތްތަކަށް ބާރު ބޮޑުވާ މަހަކަށް ވިޔަސް ކޮރޯނާވައިރަހާ ހެދި މިކަމަށް ވަނީ ހުރަސްއެޅިފަ އެވެ. އިސްލާމީ އެތައް ގައުމެއްގައި ވަނީ، މި ދުވަސްވަރު މީހުން އެއްވެ އުޅުން ރައްކާތެރި ކަމަކަށް ނުވާތީ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފަ އެވެ. މައްކާގެ ހަރަމްފުޅުގައި ވެސް އަމަލުކުރަނީ މިގޮތަށެވެ. ނަމަވެސް އެތަނުގައި ވެސް ގާއިމުވެ ތިބޭ މުވައްޒަފުން ތަރާވީހް ނަމާދުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު ކަތީބު
25 April 2020
އެންމެން ލޮކްޑައުން ވާންވީ ނަމާދު ކޮށް ނިމުނީމަ ގެއަށްދާނީ އިސްލާމީ މަރުކަޒުގައި ނިދާ ކައިބޮއި ފެންވަރާ ފާހާނާކުރުން މިދެން ކިހާދެރަކަމެއް.. ލޮކްޑައުނުވެގެން ..ގޭގަތިބެބަލަ
އަލީ އަހުމަދު
26 April 2020
އެކީއްވެތަ ދެރަ ކަމަކަށް ވާންވީ؟ އެމީހުން އެތާ ތިބެގެން އެ ހަދާ ދީނީ ޕްރަގްރާމްތައް ރާއްޖޭގެ ހުރިހާ ރައްޔިތުން ގޭގައި ތިބެގެން ރަމަޟާން މަހުގެ ބަރަކާތް ހޯދުމަށް އެބަ ބަލަމުން ގެންދޭ. ތިބޭފުޅާ ދީނީ ޕްރަގުރާމްތައް ބަލާހިއް ނުވަނީހެން އަޅުގަނޑަށް ހީވަނީ. ތިބޭފުޅާ ގޭގައި ރީތިކޮށް ހުރެވޭތޯ ބައްލަވާ. ކުފޫ ހަމަ ނުވާ ބޭފުޅުން ވާހަކަ ނުދައްކަވާ.
އިބްރާ1
24 April 2020
ތިޔަ މިނިސްޓްރީ ގަ ކުޑަކުދިން ވެސް ތިބޭތަ؟؟
މަގޭމިރާއްޖެ
24 April 2020
ތި މީހުން ނަމާދު ކުރަމުން ދިޔައިރު އައްތަހިއްޔާތުގައި އިން މީހަކު އެއްވެސް މަޑުކުރުމެއްތި އިގިލި ދިޔައީ ތަޅުވަމުން. އަހަރެމެންނަށް ދަސްވެފައިވަނީ ނަމާދުގައި ހަރަކާތްމަދުކުރުމާއި އެކު ހެއްދެވިފަރާތް ހަންދުމަކުރުން.
ނީރާ
24 April 2020
މުޅި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާޢަތުގައި ނަމާދު ނުޖުރުމަށް އިސްލާމިކް މިނިސްޓްރީން އަންގަވާފައިވާ ވަގުތެއްގައި އަދި އަމުދުން ކޮވިޑް 19 މާލޭގައި ފެތުރެމުންދާ ވަގުތެއްގައި މާލޭގެ މިސްކިތެއްގައި އިސްލާމިކް މިނިސްޓްރީގެ މުއައްޒަފުންތަކެއް ޖަމާޢަތެއްގައި ތަރާވީސްކޮށް މުޅި ރާއްޖެއަށް ފެންނަހެން ލައިވްކުރުމަކީ މި ޚައްސާސް ވަގުތަށް ބަލާއިރު މު ޅި މުޖުތަމަޢުގެ މަޞްލަޙަތު ގެއްލިގެން ހިގައިދާނޭ ކަމެއްކަމަށް ދެކެން.
ހަކީމް
24 April 2020
ކަމަކުން ބޯދަމައިގަންނަން ވީމަ ވަރަށް ފަސޭހައިން ދޮގުހަދައިލައިގެން ފުއްދާލެވޭނެ.
ނު ކިޔަވާ؛^::""؛
24 April 2020
ލޮކްޑައުން ފެށުނު އިރު ތިޔަ ކަންތައް ކުރައްވަމ މުން ގެންދިޔަނަ މަ!
ހިތާދޫ ފޮށާ
24 April 2020
މިތަނުގާ ބައެއްމީހުން އެބަ ޝަކުވާކުރޭ އެއީ އެމީހުން ދެއްކޭންވެގެން ކުރާކަމެކޭ. އަހަރެމެންގެ ކަމެއްނޫން މީސްމީހުންގެ ހިތްފަޅައިގެން އެމީހުންގެ ހިތުގައި އޮތީ ކޯންޗެއްތޯ ބަލުމެއް. އެބައިމީހުންގެ ހިތުގައިވާއެއްޗެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ. އުމަރުގެފާނު ރިވާކުރެވި ހަދީޘެއްގައި އޮންނަނީ "ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އެމީހަކު ނިޔަތްގަތްކަމެއް އެމީހަކަށް ލިބޭނެއެވެ."
ޚަންދު0
24 April 2020
މިއީ ވަކި މޫސުމަކަށް ވަކިމަހަކަށް މިސްކިތްތަކަށް ބާރު ބޮޑުކުރާ ފަރާތްތަކަށް ލިބިގެންދާ އިލާހީ ފިލާވަޅެއް.
ޕިކްޗަރއިޓް
24 April 2020
މަމެންގެ ލޯ ހުޅުވި މަމެންނަށް ހޭލެވިއްޖެއޭ އައި ކޭން ޕިކްޗަރ އިޓް އާރފްޓަރ އޯލް ދީސް ޑޭޒް ދޯ...
ހުސޭނު
24 April 2020
އިސްތިހާރުވާންވެސް ތީ ބޮޑުވަރު! މާތް ﷲ އަށް ތިމާކުރާ ނަމާދުވެސް މުޅި ރާއްޖެއަށް ފެންނަގޮތަށް! ތިޔައިގެ އަޖުރު ލިބޭނީ ކިހިނަކުން ހެއްޔެވެ?