މީޑިއާ ބްރީފިން އަކަށް ފަހު ހެލްތު މިނިސްޓަރު އަމީން ނޫސްވެރިއަކާ ވާހަކަ ދައްކަވާއިރު، އަރިހުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ
29 އެޕްރީލް 2020 - 14:52
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ އާއި ވިިލިމާލެ އާއި ހުޅުމާލެ ފުރަތަމަ ލޮކްޑައުން ކުރީ މި މަހުގެ 15 ން ފެށިގެން 24 ގަޑިއިރަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާ އެކު، މި މަހުގެ 17 ން ފެށިގެން އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިލި އެވެ. އެ މުއްދަތު ހަމަވާނީ މާދަމާގެ މެންދުރަށެވެ.
އެކަމަކު، މާދަމާ އިން ފެށިގެން ލޮކްޑައުންގެ މުއްދަތު އަނެއްކާ ވެސް 14 ދުވަހަށް އިތުރު ކުރުމުން އަންނަ މަހުގެ 14 އާ ހަމައަށް ކުރިއެކޭ އެއްގޮތަށް މާލެ ސަރަހައްދު އޮންނާނީ ލޮކްޑައުންގެ ހާލަތުގަ އެވެ.
މި މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19 އަށް މާލެ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކަ އެވެ. އޭގެ ފަހުން މާލެ އަށް އެ ބަލި ފެތުރިފައިވާކަން ހާމަވެ، 150 އަށް ވުރެ ގިނަ މީހުން ވަނީ މާލެ އިން އެކަނި ވެސް ޕޮޒިޓިވްވެފަ އެވެ. މުޅި ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 250 އެވެ.
Gazette
Gazette - Maldives' official public record
ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމުގެ އިއުލާން
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި މިދިޔަ މާޗް 12 ން ފެށިގެން ރާއްޖޭގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.
- އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުމެ އުޅުން.
- ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުން.
މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓާއި ގުޅިފަޅަށް މީހުން އަރައި ފޭބުން.
ސިފައިންނާއި ފުލުހުން.
- ސިއްހީ ޚިދުމަތް ދޭ މުވައްޒަފުންނާއި އެ މީހުން ދުއްވާ އުޅަނދުފަހަރު.
- އެމްބިއުލާންސް.
- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުން.
- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީޑިއާގެ މީހުން.
- ފުލުހުން ހުއްދަ ދީފައިވާ ފަރާތްތައް.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސިއްހީ ދާއިރާގެ އޮފިޝަލުންނަށް ފެނިވަޑައިގަންނަވާ ހާލަތަށް ރިއާޔަތް ކުރައްވައި ކުރިއްސުރެ ވިދާޅުވަމުން ގެންދެވީ މާލެ ސަރަހައްދުގެ ލޮކްޑައުން އުވައިލާ ހިސާބަށް އަދި ނުދާ ކަމަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން މާލެ އިން އަދިވެސް ފެންނަމުން ދާއިރު، ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރެންޑަމް ސާމްޕަލް ނެގުން އެޗްޕީއޭ އިން ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެ އެވެ. މަގުމަތީގައި އުޅޭ މީހުންނާއި ބިދޭސީންގެ ސާމްޕަލް ނެގުމަށް އެ އިދާރާ އިން މިހާރު ވަނީ ޚާއްސަ އިސްކަމެއް ދޭން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާލޮކް
29 April 2020
ފޮތުން ކިޔަވައިގެން އަތުން ފައިން ނުކިޔަވައި ތިބި ބަޔަކު ލައިގެން ކަމެއް ނުކުރެވޭނެ. 2 މަސްދުވަސް ދިޔައިރު ރަށްރަށަށް ފުރަފުރައިގެން ދިއުމާއި، ރަށްރަށުން މާލެ އައުމަށް އެއްވެސް އިންތިޒާމެއް ހަމަޖެއްސިފައެއް ނެތް. އަންނަނީ ކޮންބައެއްތޯ ދަނީ ކޮންބައެއްތޯ ބެލިފައެއްނެތް. ޝިގެއްލާ ހުއްޓުވީ މިކަންކަން ނިކަން ރަނގަޅަށް ބަލައިގެން. ހުރިހާ ކަމެއް ފުލުހުން. ފުލުސް އޮފީހުގައި ތިބީވެސް ޅަގަބުޅި ކުދިން.
މިވަރެއްނެތް
29 April 2020
ލޮކްޑައުން ނިމޭނީ ރާއްޖޭގެ އެންމެނަށް ކޮރޯނާވައިރަސް ޖެހިގެން. ހެލްތް މިނިސްޓްރީއާއި އެޗްޕީއޭގައި އުޅޭ ކުދިންނަށް ކޮރޯނާވަރިސަސް ކޮންޓްރޯލްވާނެކަމުގެ އެއްވެސް އުންމީދެއްނެތް. މުޅިރާއްޖެއަށް އެވައިރަސް ފެތުރުނުއިރުވެސް އެސޮރުމެންގެ ވިސްނުމުގައި ރާއްޖެއަކީ ކޮރޯނާ ފްރީގައުމެއް. އެހެންވީމަ ހައްލަކީ އެންމެނަށް އަވަހަށް މިބަލިޖެހުން ނުވަތަ މިކަން ހަވާލުވެތިބި އިސްވެރިން ބަދަލުކުރުން ނުވަތަ މިބައްޔާއެކު އުޅެން ގައުމު ހުޅުވާލުން. ސަރުކާރުގެ ޕްލޭނެއްތް.
ޕޮގުބަ
29 April 2020
މީހަކަށް ގޮތެއް ނެހެދޭނެ ސަރުކާރުން ނިންމާނީ އެންމެ ރަގަޅަށް
ވިސްނާލުމަށް އެދެމޭ
29 April 2020
މައި މޫނާ މަގޭފިރި މީހާ ރަށަށް ފޮނުވަދީ....ކިހާދުވަހެއް މިވީ ތިގޮތަށް ބަންދުކޮއްގެންއުޅޭތާ...ބަލި ކޮންޓްރޯލުކުރަން ހަރުދަނާ ފިޔަވަޅުއަޅަން ރައްޔިތުން ދެކޮޅެނުވާނެ އެކަ މަކު މިހާރު ކަންތައް ތިކުރާގޮތުން އާއިލާތައް ބިކަވަނީ..އަ މިއްލަ މަސައްކަތުން އާ މްދަނީ ހީދަ މުންއައި އެތައްބައެއްގެ ދިރިއުޅުން ކޮވިޑާއެކު ވަޅުލެވެނީ..އަހަރެ މެން ކިހާދުވަހަކު ކެތްކޮއްފިން..އާދޭސް މިކުރަނީ ރައްރަށުން މާލެއައި މީހުންނަ ފުރޭނެގޮތެ ހޯދަދީ.. އިސްތިއުފާއަށް ގޮވަން މަޖުބޫރުނުކުރޭ..
މާކޯން
29 April 2020
ރާއްޖޭގައި ލޮކްޑައުން ތަފާތުގޮތަކަށް ގެނަސް ބަލިން އެއްކޮށް ރާއްޖެ ސަލާމަތްކުރެވިދާނެ. ކޮއްމެހެން ހުރިހާ ކަމެއް މަނާނުކޮއް. މީހުންނަށް ކޮއްމެވެސް ވަރެއްގެ ޒަރޫރީކަންކަން ކުރަން ނުކުމެވޭގޮތަށް އަދި މުޅިވިޔަފާރިތައް ބަންދުނުކޮއްވެސް ސޯޝަލް ޑިސްޓެންސިން ފުޅާދާއިރާއެއްގައި ގާއިމްކޮއްގެން.
ޢެދުރުބެ87
29 April 2020
ވަރައް ބޮޑައް އެދެން... ޕޯސްޓް އޮފީސް ހަފްތާއަކު 2 ފަހަރު ހުޅުވަން... ހަމައެކަނި ރާއްޖޭން ބޭރައް ފޮނުވާ ތަކެތި ބައިވަރު މީހުން އެބަތިބި..އެއީވެސް ގައުމައް ވަންނަ ޑޮލަރު... ސުކުރިއްޔާ...
އަހުމަދުއަލީ
29 April 2020
މިހާރުނޫހުގެ ޓްރެންޑްސް ގްރާފުގެ ނަންބަރުތަކާ ސަރުކާރުގެ ނަންބަރުތަކާއި ދިމަލެއްނުވޭ. 73 ކޭސްހަމަކުރި ދުވަހެއް ނެތް. ޑަބްލިއުއްޗްއޯ އަދި ޖޯންހޮޕްކިންސް ޑާޓާގަވެސް ރާއްޖެއަކުން ދުވާލަކު އެވަރަކަށް ނާރާ. މިހާރުނޫހުން މިކަން ރަގަޅުކޮށް ދިނުން އެދެން. އިތުބާރު ގެއްލޭގޮތްވަނީ އެހެންނޫންނަމަ.
ދޮގު ތެދު
29 April 2020
ކާރވް އާއި ކުޅެން އުޅޭހެން ހީވޭ... ހަގީގަތް ފޮރުވާ ހެން ހީވޭ... ކަރަންސީ ސްވޮޕް އަކީ އިންޓްރެސްޓް ދައްކަންޖެހޭ ލޯނެއް... މިކަންވެސް ފޮރުވީ... ޖެނުއަރީ 15 ގެ ފަހުން ބޭރުން އެތެރެވުން ހުއްޓުވާ ފަތުރުވެރިން ފުރުވަން ޖެހޭ... ފުރަތަމަ ކޮޅު ރާއްޖެއައި ހުރިހާ ދިވެހިން ފުނުވީ ގެޔައް ހޯމް އައިސޮލޭޓް ގަ ތިބޭށޯ... އިޓަލީގަ މި ބަލި އެންމެ ބޮޑަށް ފެތުރުނު އިރު އަލިޓާލިއާ ފްލައިޓްތައް ބަރާބަރަށް އައި... ޗައިނާ ގަ 80،000 މީހުންނަށް މިބަލި ޖެހުނީމަވެސް ތިބީ...
މުނައްވރު ޑރ
29 April 2020
ޣައިރު ޤާނޫނީ ލޮކު ޑައުނެއް. ލޮކުޑައުނުގައި މަނާކުރެވޭނެ ކަންކަން ޤާނޫނުގައި ވަނީ ބަޔާންކޮށްފަ، ހެޔޮނުވާނެ ޤާނޫނާ ޚިލާފު އަމުރު ތަކަށް ބޯލަނބަން.
އެދުރޭ
29 April 2020
ގާނޫނު ވިދާޅުވުން އެދެން.
ކިނބޫ
29 April 2020
ތެދުފުޅެއް. ޤާނޫނު އަސާސީގެ 253 ގެ ދަށުން ކުއްލި ނުރައްކާ އިއުލާނުކޮށްފައި މީހެއްގެ އަސާސީ ހައްޤެއް ނިގުޅައިގަނެވޭނީ. ބަލިމަޑުކަމުގެ ވާހަކަ އެ މާއްދާގައި ބުނޭ. މާނަ ކުރަންވާނީ 69 ވަނަ މާއްދާގެ ދަށުން. އަސާސީ ހައްޤު ނިގުޅައިގަތުމަކީ ޤާނޫނަކުން މީހަކަށް ޑެލިގޭޓް ކުރެވޭވަރަށް ވުރެ މުހިއްމު އެއްޗެއް. މިހާރު ކައުންސިލްތަކުން ވެސް އަސާސީ ހައްޤުތަކަށް އަރައިގަންނަނީ. މި ސެޓް ކުރީ ވަރަށް ނުރައްކާތެރި ޕްރިސިޑެންޓެއް. ގާނޫނީ އިމަށް ރުޖޫއަވަަޑައިގަންނަވާ.
ޕީޖީ އޮފީސ
29 April 2020
"ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" އިޢުލާނުކުރި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ؛ ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން. ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން. ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން. މިނޫން ކަމެއް ނުކުރެވޭނެ.
ޓަކިބެ
29 April 2020
ދުވާލަކު ހައެއްކަ އަށެއްކަ ޕޮޒިޓިވް ކޭސް އިއުލާނުކޮށްލައިގެން ބަލި ކޮންޓްރޯލްގަ އޮތްކަން ދައްކަން އުޅުނަސް ހަގީގަތަކީ ހުރިހާކަމެއް ބޮއްސުންލާފަ އޮތްކަން. ދެން ލޮކްޑައުން ދަންމަދަންމަ ތިބުން ނޫންގޮތެއް ނެތެއްނު!!