29 އެޕްރީލް 2020 - 19:21
ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާ ގާތުން ބައްދަލުވެފައިވާ ނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް ހެލްތު ޕްރޮޓެލްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ތައާރަފް ކޮށްފި އެވެ.
"ޓްރޭސްއެކީ" އަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން ރާއްޖެ އަށް ޑިޒައިން ކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ހަދާފައި ވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭ ގޮތަށެވެ.
މިއީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކައިރީގައިވާ ނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ. މި ގޮތުން ފޯނުގެ ބްލޫޓޫތު މެދުވެރިކޮށް މިނެޓަކު ދެތިން ފަހަރު "ބީކަން" އެއް ފޮނުވާލަ އެވެ. މި ބީކަންގައި އެކުލެވިގެން ވަނީ އެޕް ބޭނުންކުރާ ފަރާތަށް ދޫކުރާ އައިޑީ އެކެވެ. މިއީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންވެ އެ ބީކަން އަކީ ކާކުގެ ބީކަންއެއް ކަމެއް ކޮންމެ މީހަކަށް ނޭނގޭނެ އެވެ. ބީކަންއެއް ފެނިއްޖެ ނަމަ، "ޓްރޭސްއެކީ" އެޕްގައި ރެކޯޑް ކުރެ އެވެ. ނަމަވެސް އެ ގޮތަށް ރައްކާކުރެވޭ މައުލޫމާތު އޮޓޯ އިން އެޗްޕީއޭއަކަށް ނުފޮނުވާނެ އެވެ. އަދި އެޕްގައި ރައްކާކުރާ ރެކޯޑާ އެކު އިތުރު އެއްވެސް ޒާތީ މައުލޫމާތެއް އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރާނެ އެވެ. އެޕްގައި ޒާތީ މައުލޫމާތު ގެންގުޅޭ ގޮތުގެ ޕޮލިސީ، ވެބްސައިޓްގައި ޝާއިޢު ކޮއްފައިވާނެ އެވެ. (https://trace.hpa.gov.mv/privacy.html
އެޕް އިންސްޓޯލްކޮށްފައިވާ މީހުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ ނަމަ، އެޗްޕީއޭ އިން އެ މީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން ރިކުއެސްޓު ކުރާނެ އެވެ. މި ޑޭޓާ އަޕްލޯޑް ކުރާނީ އެ ފަރާތުގެ ރުހުން ހޯދައިގެން، އެ މީހެއްގެ އިޚްތިޔާރުގަ އެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށް ފަހު، އެ މީހަކާ ބައްދަލުވީ ކޮން ބައެއްކަން ދެނެގަނެވޭނެ އެވެ. އަދި މީގެ ތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގޭނެ އެވެ.
މިފަދަ އެޕްތައް އެހެން ގައުމުތަކުގައި ވެސް މި ވަގުތު ބޭނުން ކުރެ އެވެ. އެޕްގެ ކާމިޔާބީ ވަނީ ވީހާ ވެސް ގިނަ މީހުން އެޕް އިންސްޓޯލްކޮށް ބޭނުން ކުރުމުންނެވެ. ޚާއްސަކޮށް، އެކި ކަންކަމުގައި މި ދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާ ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ބޭނުންކުރުން މުހިންމެވެ.
މި އެޕްލިކޭޝަން މަސައްކަތް ކުރާނީ ދިމާވާ އެންމެން ވެސް އެޕް ފޯނަށް އަޅާފައިވާ ނަމަ އެވެ. އަދި އެޕްލިކޭޝަނުން ނަގާ ޕްރޮކްސިމިޓީ ޑާޓާ ފޯނުގައި ރައްކާކުރާނެ އެވެ. މީގެ ސަބަބުން، ދިމާވެފައިވާ މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން، އޭނާއާ ދިމާވި މީހުންގެ މައުލޫމާތު އެނގި ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެހީވެދޭނެ އެވެ.
މިއީ ސިންގަޕޫރު ސަރުކާރުން ހެދި އަދި އެ ގައުމުގައި މިހާރު ބޭނުން ކުރަމުން އަންނަ "ޓްރޭސްޓުގެދާ" އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެކަމަކު މި އެޕްލިކޭޝަނުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އޮތް ގޮންޖެހުމަކީ، އެންމެން އެޕްލިކޭޝަން ބޭނުން ނުކުރުމެވެ. އެހެންވެ، މިދިޔަ މަހުގެ 20 ވަނަ ދުވަހު ސިންގަޕޫރުގައި ބޭނުން ކުރަން ފެށި މި އެޕް، ވީހާ ވެސް ގިނަ ބަޔަކު ފޯނަށް އެޅުމަށް އެ ގައުމުގެ ސަރުކާރުން ވެސް ވަނީ އެދިފަ އެވެ.
ސިންގަޕޫރުގައި މިިހާރު 1.1 މިލިޔަނަށް ވުރެ ގިނަ މީހުން މި އެޕްލިކޭޝަން ބޭނުން ކުރެ އެވެ. އެއީ އެ ގައުމުގެ އާބާދީގެ ފަސްބައިކުޅަ އެއްބަ އެވެ.
މާލެތެރެއިން އެންމެ ކޮވިޑް-19 ގެ މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، މިހާތަނަށް 269 މީހަކު ވަނީ ރާއްޖޭން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން ފެނިފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓެޕް އައްޔަ
30 April 2020
ތިއެޕު އެއްވިއެސް ބޭފުޅަކު ބޭނުން ނުކުރައްވާތި, ތިއެޕް ބޭނުންކުރާ ފޯނުތަކުގެ ހުރިހާ ޑާޓާ އެއް ވަގުތުން ރައީސް އޮފީހުގަ ދަނީ ބަލާ ރައްކާ ކުރަމުން, މީސަރުކާރު ތެރެއިން އަޅުގަޑައް ލިބުނު މައުލޫމާތު..އެބޭނުން ނުކުރައްވާތި, ކައިރީ އެންމެން ކައިރީވެސް ދަންނަވާ..
ޕާޓިކަލްސް
30 April 2020
އެޗްޕީއޭއިން ހެދި އެޕެކޭ ލިޔެފައޮތީމަ އުއްމީދުކުރަން ބިޑަކާނުލާ މިލިއަނުން ތި އެޕަށް ޚަރަދު ނުކުރާކަމަށް. ތިއީ މިފަދަ ހާލަތެއްގައި ޑިވެލޮޕަރުން ހިލޭސާބަހަށްވެސް ކޮށްދީފާނެ ކަމެއްކަމަށް ޤަބޫލުކުރެވޭތީވެ.
ފޮނިކަޑާޑިވެލޮޕާރސް
30 April 2020
ސިންގަޕީރިމީހުންހެދި އެޕް ކޯޑު ޝެއަރކުރިކަމަށް ޝުކުރިއްޔާ. އެބޭފުޅުންނަށް ހައްގުކުރެޑިޓު ދިނުން މިހިއްމު. މީ ދިވެހި ކުދިންކޮޅެއް ހެދި އެޕެއްނޫން. އެކުދިން ކުޑަކޮށް ބަދަލު ތަކެއްކޮށް ޑާޓާ 21ދުވަހައްވުރެން ދިގު މުއްދަތައް ބެހެއްޓޭގޮތް ހެދި. ބޮޑަށްކުރިކަމަކީ ފޮޓޯޝޮޕް މަސައްކަތް. ކޯޑަކީ ސިންގަޕޫރުގެ ހަދިޔާއެއް. ދެން ޓްވިޓާގަ ފޮނުކެނޑުން.
އަލާ7
30 April 2020
އެންޑްރޮއިޑްގެ ފަރމްވެއަރގެ ތެރެއަށް ވައިރަހެއްގޮތަށް ދެމިގަންނަ ގޮތަށް މީތި ހަދަންވީ އޭރުން ހުރިހާ މީހުންގެ ފޯނަށް ތީތި އިންނާނީ ވަދެފަ.ކޮންމެހެން އެމަޖެންސީގަ ނުޖެހޭ އެންމެ ތާހިރުކޮން ކަންތައްތައް ކުރާކަށް.
ޝީލާ އާދަމް
30 April 2020
މިއީ މުހިންމުކަމެއް.މާ ލަސްވެއްޖެ މިކަން ކުރަން.އަދިވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަން ހުރި ކަންކަން އެހެރީ ނުކޮށް.މި ކަންކަން އަވަސް ކުރަންޖެހޭ.ޗައިނާ،ކޮރެއާ ތަންތަނުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރި ހޯދިގޮތް ދިރާސާކޮށް ޢަމަލުކުރަން ފަށަންޖެހޭ.މިއީ ހުރިހާ ދާއިރާތަކެއްގެވެސް މަސައްކަތްތައް ޓެކްނޮލޮޖީއާއި ރަށްޓެހިކޮށް ކުރުމަށް ނިންމަައި ކަންކަން ފަހި ކުރަންވީ ވަގުތު.
އެސްކޮބާރ
30 April 2020
މިއަށްވުރެ މާމުހިއްމުކަމެއް ޕީސީއާރު ޓެސްޓް ކިޓާއި މެޝިން ގެނެސްގެން ރާއްޖޭގައި ޓެސްޓްކުރުމުގެ ގާބިލިއްޔަތު އިތުރުކުރަން. ޕްރެސް ކޮންފަރެންސްތަކުގައި މޮޅުވާހަކަ ދެއްކުން ފިޔަވާ ކުރެވެނީ ކޮންކަމެއް؟
ހެހެހެހެ
30 April 2020
މީ ދިވެހި ކުދިންތަކެއް ހިލޭ ސާބަހައް ކުރިކަމެއް. ތިޔަބުނާ ޓެސްޓުގެ ކަންތައް ސަރުކާރުން ދަނީ ކުރަމުން.
ސިނާން
30 April 2020
ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ހަމަ ރަނގަޅުކަމެއް. ކުރިއަށް ވަޑައިގަންނަވާ. އެހެން ވުޒާރާތައްވެސް ހެލްތާ އެބަ ޖެހޭ އަރާ ހަމަ ކުރަން. އޭރުން އެކައްޗެއް ގޮތުގައި މި ދުވާނީ. އެހެންނޫނީ ފަހަތު ފަޔަށް ބުރަވެފައި އޮންނާނީ.
ނޫޅެން
29 April 2020
އައި ފޯނަކަށް ބޭނުމެއް ނުކުރެވޭ. ހަމަ އެކަނި ގޫގުލް ސްޓޯރ ގަ އިނީ މި އެޕް. ވަރަށް ސަޕޯޓް ކުރާ ކަމެއްމީ އެކަމަކު އަމާ ބުނީތީ ފަރަށްދާ އުސޫލުން އެޕް ހެދީމަ ކަމަކު ނުދޭ.
ބޮސް
29 April 2020
ރަގަޅުވާނީ ބޮޑެތި ވަގުން
މުސަޅު
29 April 2020
ކޮރިއާގަ ތި އެޕު ބޭނުންކުރަން ފެށިފިހުން ވަރި ގިނަވާންފެށި ކަމަށް ވަނީ
ހިޔަޅު
30 April 2020
މިގައުމުގަ ތި އެޕް ބޭނުންނުކުރާއިރުވެސް ވަރި އެހާ ގިނަ.