ގާނޫނީ އިމުގެ ތެރެއަށް ވަންނަން ފުރުސަތު ހުޅުވާލުމުން ބިދޭސީން ކިޔޫ ޖެހިގެން: މާލޭގައި ކުދި ތަންތަންކޮޅުގައި ވަރަށް ހާލުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ މައްސަލައަށް ހައްލު ހޯދަން އަންނަނީ މަސައްކަތް ކުރަމުން. --ފޮޓޯ/މިހާރު
07 މެއި 2020 - 09:46
މާލޭގައި ކޮވިޑް-19 ފެތުރުމާ އެކު އެންމެ ނުރައްކާ ބޮޑުވާނެ އެއް ބަޔަކީ، އޭރު ވެސް ފެންނަން އޮތް ގޮތުގައި ، ބިދޭސީ މަސައްކަތްތެރިންނެވެ. އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި، އެ މީހުންގެ ނިކަމެތި ދިރިއުޅުމަކީ ސިއްރެއް ނޫނެވެ. ކުޑަ ކޮޓަރިތަކުގައި ޑިއުޓީ ބަހައިގެން 50 މީހުން ނިދުމަކީ އެ މީހުންނަށް ކުރިމަތި ކުރުވި މަޖުބޫރީ ހާލަތެވެ.
އާއްމުންގެ ތެރޭގައި ވައިރަސް ފެތުރިއްޖެ ކަން އެޕްރީލް، 15 ގައި ދެނެގަނެވި، މަންޒަރު މިހާރު ފެންނަނީ ކުުރިން ހީކުރެވިފައި އޮތް ގޮތަށެވެ. މާލޭގައި ފުރަތަމަ ދިވެއްސަކު ޕޮޒިޓިވްވެ، މިހާތަނަށް އެޗްޕީއޭ އިން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ބަލި ޖެހުނު މީހުންގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ. ބަލި ޖެހުނު 600 ހުރަސްކޮށް ދިޔަ އިރު 300 އަށް ވުރެ ގިނައީ ބިދޭސީންނެވެ. މީގެތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.
އެ މީހުންނާ ގުޅުން ހުރި ބޮޑެތި ކްލަސްޓާސްތައް ފެނި ޓެސްޓް ނުކުރެވި ތިބި ބަޔަކު ވެސް އެބަ ތިއްބެވެ. ޓެސްޓް ކުރެވުމުން، އަދަދު ކުރިއަށް ވުރެން ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މި ބަލި ޖެހުނު ބަންގްލަދޭޝްގެ މީހަކު މިހާރު ވަނީ މަރުވެފަ އެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ، ފިޓް ޖެހިގެން އައިޖީއެމްއެޗަށް ގޮސް ފަރުވާ ދިނުމުގެ ތެރޭގައި ޓެސްޓްކުރުމުންނެވެ. ކަމާ ބެހޭ އިދާރާތަކުން ބަލަނީ އެއީ ކޮވިޑް ޖެހިގެން ރާއްޖެ އިން މަރުވި ދެ ވަނަ މީހާގެ ގޮތުގަ އެވެ.
ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ގިނަ ތަންތަން މޮނިޓަކުރަމުން އަންނަ އިރު އަދިވެސް ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެންނާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންގެ ސިއްހީ ބޭފުޅުން ލަފާކުރައްވަ އެވެ. އެއް ތަނެއްގައި އުޅޭ 95 ބިދޭސީން އެއްފަހަރާ ވެސް ޕޮޒިޓިވްވެފައިވެ އެވެ. އެހެންވެ މިހާރު ވަނީ އަވަސް މިނުގައި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. ބިދޭސީންނަށް ޚާއްސަ ވަގުތީ ހިޔާތަކެއް ހަދައި އެ ތަންތަނަށް މީހުން އަންނަނީ ބަދަލުކުރަމުންނެވެ.
އެކަމަކު އެއް ބަޔަކަށް މި ގޮތް ގޯހެވެ. ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި، ދައުލަތުން ބޮޑު ހޭދައެއް އެ މީހުންނަށް ކުރަމުންދާ ކަމުގެ ފާޑުކިއުންތައް ބޮޑެވެ. ބަންގްލަދޭޝް އަށް ނިސްބަތްވާ ގިނަ ބަޔަކު ތިބިއިރު، ބޯޓަކަށް ލައި އެންމެން ގައުމަށް ފޮނުވަން ވެސް ދަނީ ގޮވާލަމުންނެވެ. މިއީ، އިންސާނިއްޔަތުކަން އެއްކައިރިކޮށް، ކޮން ކަހަލަ ވިސްނުމެއް ހެއްޔެވެ؟
ތުލުސްދޫން ކޮވިޑް-19 ގެ އިތުރު މީހުން ފެނި، ރަށް ބަންދުކުރުން ދިގުލައިގެންދާތީ އެ ރަށުގެ ސިއްހީ މަރުކަޒު ކައިރީގައި މިރޭ މުޒާހަރާ ކުރަނީ.
ބިދޭސީންނާ ގުޅުން ހުރި ޚަބަރުތަކާއި ސޯޝަލް މީޑިއާގައި ބައެއް ކޮމެންޓްތައް ހުރީ މިހެންނެވެ!
"ދިވެހި ރައްޔިތުންގެ ބަޖެޓް ހުސްކުރަނީ ބިދޭސީންނަށް. ދިވެހި ރައްޔިތުން ދަރުވައި ލޯނު ނަގައި ޚަރަދުކުރަނީ ބިދޭސީންނަށް. ދިވެހިރާއްޖެއަށް ދޭ އެހީ ޚަރަދުކުރަނީ ވެސް ބިދޭސީންނަށް. ނުވިތާކަށް ދިވެހި ރައްޔިތުންނަށް ބަހަންދިން ކަދުރުކޮޅު ވެސް ބަހާލީ ބިދޭސީންނަށް،" އެކަކު ލިއެފައިވެ އެވެ.
މި ހިތްހަަމަނުޖެހުމުގައި ތިބި އަނެއް ބަޔަކަށް މައްސަލައަކީ، ހާލުގައި ދިވެހިން ތިއްބައި ބިދޭސީންނަށް އަޅާލުމެވެ. ކޮވިޑް-19އާ ދެކޮޅު ފިޔަވަޅުތަކަށް ދައުލަތުން ކުރާ ބޮޑު ހޭދައިގެ ތެރޭގައި ބިދޭސީން ހިމެނުމެވެ.
ރާއްޖޭގައި ލައްކައަކަށް ވުރެން ގިނަ ބިދޭސީން އުޅޭއިރު އޭގެ ތެރޭގައި 60،000 އަށް ވުރެން ގިނަ މީހުންގެ އަތުގައި ސައްހަ ލިޔެކިޔުމެއް ނެތެވެ. މި އަދަދުތަކަށް ސަރުކާރުތަކުން ވަރަށް ފަރިތަ އެވެ. މިހާތަނަށް އެއްވެސް ބަޔަކަށް ހައްލު ނުހޯދުމުގެ ފަހަތުގައި ތަހުގީގު ހިންގަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބެލެވިދާނެ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ފެށި އެވެ. އެ މަސައްކަތް ހިނގަނިކޮށް، ކޮމިއުނިޓީ ސްޕްރެޑެއް ފެށިދާނެ ކަމުގެ ބިރު އޮތުމުން، އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ތެރޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސާވޭއެއް ސަރުކާރުގެ ބޭނުމަށް މާލޭ ސިޓީ ކައުންސިލުން ކުރި އެވެ. އެ ސާވޭ އިން އޮތީ އެ މީހުންގެ ތެރޭގައި ވައިރަސް ފެތުރިއްޖެ ނަމަ ދެން ވާނެ ގޮތް މާ ބޮޑަށް ސާފުވެފަ އެވެ. އެއާއެކު އެންމެ ހާލުގައި އުޅޭ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ވެސް ފެށި އެވެ.
އެކަމަކު ވައިރަސް ފެތުރުނުއިރު އެންމެ އެކަށީގެންވާ ގޮތެއްގައި ފިޔަވަޅެއް ނޭޅެ އެވެ. އެންމެ ހާލުގައި އުޅުނު ގިނަ މީހުން ތިބީ ރައްކާތެރި މާހައުލުތަކަށް ބަދަލުނުކުރެވި އެެވެ.
ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ގަވައިދުގެ ތެރެއަށް ފެތެން ފޯމް ފުރަން ނަމްބަރު ހޯދަން ގަލޮޅު ދަނޑަށް އެއްވެފައި. ފައިލް ފޮޓޯ/މިހާރު
ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެއީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.
ބިދޭސީންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ 600 ތަނެއް ބެލި، އެ މީހުންނާ ގުޅޭނެ ނަމްބަރުތައް ވެސް ދުރާލައި ހޯދި ކަމަށެވެ.
"ވަަރަށް ދެރަކޮށް އެ ތަންތަނުގައި ބިދޭސީންގެ ހާލަތު ހުރީ. އެ ހާލަތަށް ގެނައުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ ވަރަށް ބޮޑު އިހުމާލެއް އެބަ އޮތް،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ވަރަށް އަވަހަށް ކޮންމެވެސް ހައްލެއް ލިބޭނެ އެވެ. ގިނަ އަދަދެއްގެ ބިދޭސީން ވަރަށް ރަނގަޅު ތަންތަނަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ ކުރިއަށް އޮތް ތަނުގައި 1000-3،000 ދެމެދުގެ އަދަދެއްގެ ބިދޭސީން އެކި ފެސިލިޓީތަކަށް ބަދަލުކުރެވޭނެ ކަމަށް،" ޝިފާ ވިދާޅުވި އެވެ.
ބިދޭސީން ބަދަލުކުރަން ގުޅީފަޅުގައި ތަނެއް ހަދާފައިވާ އިރު ހުޅުމާލޭގައި ވެސް 80 މީހުންގެ ޖާގައިގެ ތަނަކާއި 2،000 ބިދޭސީންނަށް ތިބެވޭވަރުގެ ތަނެއް އެޗްޑީސީން ވެސް އެބަ ހަދަ އެވެ. އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު މިހާރު ނިންމާފައި ވަނީ 1،500 ބިދޭސީން ގައުމަށް ފޮނުވާލާށެވެ.
ދައުލަތަށް އެ މީހުން ބަދަލުއެރިއިރު އެ މީހުން ރާއްޖެ ގެނެސް މި ހާލަށް ދޫކޮށްލި މީހުން ތިބޭނެ އެވެ. މި ޝަކުވާ ރަނގަޅެވެ. ބިދޭސީން ރާއްޖެ ގެނައުމަކީ އެންމެ ފައިދާ ބޮޑު ވިޔަފާރީގެ ގޮތުގައި ދެކި އެކަމުން މަންފާ ހޯދި ބަޔަކު އެބަ ތިއްބެވެ. ބައެއް މީހުންގެ ތަހުގީގުތައް ވެސް ކަމާ ބެހޭ އިދާރާތަކުން ކުރި އެވެ. ބިދޭސީން ރާއްޖެ ގެނެސް ކުޑަ މުސާރައެއްގައި އެ މީހުން ލައްވައި މަސައްކަތް ކުރުވައި، އެ މީހުންގެ މަގުމައްޗަށް ދޫކޮށްލި މީހުން ވެސް މަދެއް ނޫނެވެ.
އެކަމަކު ބޮޑެތި ވިޔަފާރިތަކާ ގުޅިފައިވާ މި މީހުންގެ ނުފޫޒާއި ކޮންމެ ސަރުކާރެއްގެ ވެސް ކަމާ ބެހޭ ފަރާތްތަކާ އެކު އޮންނަ ގުޅުން ބޮޑުކަމުން ފިޔަވަޅެއް ނޭޅެ އެވެ. ދެން ވެސް އެ ބަޔަކު ހޯދި ފިޔަވަޅެއް ނޭޅޭނެ އެވެ. އަމުދުން، މި ބަލިމަޑުކަމުގައި އިދާރާތަކުން އެކަމަށް ހުސްވާވަރަށް ވަރަށް ވުރެން ހާލަތު ގޯހެވެ.
މިފަދަ ބަލިމަޑުކަމެއްގައި، އެ މީހުންނާ މެދު އަޅާނުލައި ދޫކޮށްލުމަކީ ސަރުކާރަކަށް ވެސް ވެވޭނެ ވަރަށް ބޮޑު އިހުމާލެކެވެ. އަދި އެއީ ކޮންޓްރޯލްނުވެ ބަލި ފެތުރި ބިދޭސީންގެ އިތުރުން ދިވެހިންނަށް ވެސް ނުރައްކާ އޮތް ކަމެކެވެ. ދައުލަތުން ބަޖެޓުން ހޭދަކޮށްގެން ފިޔަވަޅު އަޅަން ޖެހިފައިވާ މައިގަނޑު އެއް ސަބަބަކީ ވެސް މިއެވެ؛
ބިދޭސީން ގެނެސް މަގުމަތިވާން ދޫކޮށްލި މީހުން ތިބީ ޒިންމާއިން ރެކިގެން، ފިލަ އެވެ. ބައެއް އާންމުން ބިދޭސީންނަށް ބާލަނީ މި ރުޅި ކަމަށް ވެދާނެ އެވެ. އެކަމަކު، ބަލިމަޑުކަމުގެ މި ހާލަތުގައި، ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނާ މެދު އަޅާލުމަކީ ދިވެހިންނަށް ވެވޭ ބޭއިންސާފެއް ނޫނެވެ. އަދި އެކަން އެގޮތަށް ނުކޮށް ސަރުކާރަށް ދުލެއް ވެސް ނުކުރެވޭނެ އެވެ. ޒިންމާވާން ޖެހޭ ކުށްވެރިން ފިލާ ތިއްބަސް، މިހާރު ޖެހިފައި މި އޮތީ، ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު ބިދޭސީން އެހެން ތަންތަނަށް ބަދަލުކޮށް، މި ބަލިމަޑުކަން ހައްލުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެއްސެއްގެއާދޭސް
07 May 2020
ތަރައްގީ އެކު ދިވެހިންނައައި ކުރިއެރުންތަކުގައިވެސް އެއްކަމެއް އޮތީބަދަލުނުވެއެވެ. ބައެއްދިވެހިންްގެ ވިސްނުން ހުރީ ވަރަށްބޯދާހިޔާލުގައެވެ. އެއްމެ އަވަހަށްނިކުންނަ އައިފޯނާ އެކު ލާހެދުންބަދަލުކުރިޔަސް އެނިމުނީއެއްނޫނެވެ. ދިވެހިންނަކީ އިސްލާމުދީނުގެ މަތިވެރި ރީތިމިސާލުން މިސާލުނަގައިގެން އުޅެމުންއައިބަޔަކަށްވީއިރު ކީއްވެތޯ ނަސްލީތަފާތުކުރަނީ؟ އަޅުގަނޑަކީ ބޭރުގައުމެއްގައި ދިރިއުލެމުންދާ ދިވެއްސެކެވެ އެހެންވީމައި ދަންނަވާލީއެވެ.
falcon_autho
07 May 2020
ނަސްލީ ތަފާތުކުރުމެއްކަމަށް މަނިކުފާނަށް ހީވިއަސް އެއީ ނަސްލީ ތަފާތު ކުރުމެއްނޫނެވެ. ގަވާއިދުން މިގައުމުގައި އުޅޭ އެއްވެސް ބިދޭސީއަކަށް ދިވެހިން ނަފުރަތު ކުރާނޭ ކަމަކަށް ނުފެނެއެވެ. ގަވާއިދާ ޚިލާފަށް އެއްވެސް ލިއެކިއުމެއްނެތ 60000 ބިދޭސީން އުޅުމަކީ ތިޔަ ދޯހަޅި ވިސްނުމަށް ނަޔަސް ބޮޑު މައްސަލައެކެވެ. މަނިކުފާނު ތިޔަ ގައުމުގައި އިމިގްރޭޝަންގެ ގަވާއިދާ ޚިލާފަށް އުޅުއްވާނަމަ މަނިކުފާނަށް އައްސަރިބަހާއި ސާބަސް ރައްދުކުރުމަށްފަހު ތިޔަ ވިސްނުން ބަލައިގެންފީމެވެ.
އުތުރު މީހާ
08 May 2020
ކަލޭ ބޭރުގަ ތިޔަ އުޅެނީ ގަވައިދާ ހިލާފަށްތަ. އަތުގަ ޕާސަޕޯޓް އެބައޮތް ވިސާފީދައްކާ. ގަވައިދާ ހިލާފަށް އުޅެނަމަ މޫނުގަ ފިރުމާލާފަ ލާނީ ޖަލަށް އެޔަކީ ނަސަލީ ތަފާ ތުކުރުމެއް ނޫން
ފަންގި ފިލާ
07 May 2020
ކިހާ ހެއްވާ ބަލަގަ ތިމާއަށް އޮބިނިއޮތީމަ ދެން ކުރާނެ ކަމެއް ބުނެ ދީބަލަ. މިޚަބަރު ލިއުނު ނޫސް ވެރިއާ ވ އާ، އެމީހުންގެ ބައެއް މީހުން ނަކީ މިގައޮމުގެ ގާނޫނަށް ބެލުމެއް ނެތި ބަންގާ ޅުން މި ގައޮމަށް އެތެރެ ކޮއްގެން ޖަރީމާ ހިންގާ ބައެއް.
މާލި
07 May 2020
ދިވެހިންނެކޭ އެއް އުސޫލުން ބަންގާޅީންނާ މެދު ކަންކުރުމަކީ މައްސަލައެއްނޫން. އެކަމަކު އެއްކޮޓަރިއެއްގައި ދިހަ ބާރަ ދިވެހިން އުޅެމުންދާކަން ސަރުކާރުތަކަށް ނޭނގޭކަމީ ބޮޑު މައްސަލައެއް. ތިޔަ ބުނާ ބަނަގާޅީންގެ ގިނަ މީހުންނަކީ ބޮޑު މުސާރަ ހޯދަން ފިލައިގެން އުޅޭ މީހުން. އެމީހުންގެ ޑޮކިއުމެންޓްތައް އެ މީހުންއަމިއްލަ އަށް ނައްތާލަނީ. އެމީހުންނާ ސުވާލުކުރުމުން ގިނަ ބަޔަކު ހަދަނީ ދޮގު. މިކަން ބެލޭނެ ގޮތް އެބަހުރި. އެ އެންމެންގެ ފޮޓޯ ޖަހާފައި ހުރިހާ ކުންފުނިތަކާ ފިހާރަތަކާ އެހެނިހެންވެސް ތަންތަނަށް އަންގާބަލަ އެ ބަޔަކު ކައިރިން ފިލައިގެން ދިޔަ މީހުން ފާހަގަކޮށް ބުނެދޭން. މިކަމަށް އެއްބާރުލުން ނުދޭ ފަރާތްތައް ޖޫރިމަނާކޮށްބަލަ. ގަޓުހުރެގެން ކަންކުރެވޭނީ
ޢަލި މަނިކާގެ ނާފިޒް ސ. މީދޫ
07 May 2020
ބިދޭސީން ގެނެސް ކަޓު ނެގި ބޮޑުން އެތިބީ މަހުޖަނުންނަށް ވެފަ.
ރެކިފުތާ
07 May 2020
މިހުރިހާ ދުވަހު އަޅާވެސް ނުލާ ކަހާތަން ހިރުވާ ވެސްނުލައި ހުރީމާ މިހަރު ތިޔޮތި އަތަށް ގޮވައިފަ. އެއްވެސް ސަރުކާރަކުން ހައްލު ކުރަން އުޅުން ކަމެއްނޫން މީކީ. ގާނޫނުގައިޔާ އިމިގްރޭޝަނުން އަމަލު ކުރަމުން އަންނަ އުސޫލުތަކުގެ ހުރިބޮޑެތި ބައިގަނޑުތައް ނުބައްދާ ހަމަ ތިބީ ބަޔަކަށް ފައިދާ ވަމުން ދިޔާމަ. ހައްލު ކުރަން އުޅުންނަމަ ހައްލު ވެފަ އޮންނާނި މިހާރު. މިވިޔަފާރި ކޮށްގެން އަނބިދަރިންނަށް އަލިފާން ކާންދޭ ބަޔަކުވެސް ތިބޭނެ މިހާރު ކުޅިބަލަން.
falcon_autho
07 May 2020
އެމަނިއްޕުޅު އެވިދާޅުވީ ނޫންތޯ ބޯޓަކަށް ލާފައި ނުފޮނުވޭނެޔޭ. ދެން މަނަވަރު އައިފަހަރު ކީއްވެތޯ ނުފޮނުވުނީ. ދެން އެމީހުން ބަންގާޅަށް ގެންދަން ސްޕޭސް ސްޓޭޝަންތޯ މިރާއްޖޭގެ ބައިތުލްމާލުން ކުއްޔަށް ހިފައިގެން ގެންނަންވީ. އިމްރޭޝަނުގައި ހުންނަ ބިދޭސީންނާ ގުޅޭ ސާވަރ މަހަކު އެއްފަހަރު ގޮތަކަށް އޮޅުވާލީ ކޮންބައެއްތޯވެސް ބެލެން ހުންނާނެ. އަދި އެތާގައި ހުންނާނެ ރާއްޖެ ވިސާގައި ވިޔަސް އަދި ވިސާޔާ ނުލައިވިޔަސް އެތެރެވީ މީހުންގެ މަޢުލޫމާތު. ގައުމު ހަލާކުކޮށްލައިފި.
ނަ
07 May 2020
ބީދޭސީންނާހުރެ ޒުވާނުންގެ ކިބައިން މަސައްކަތުގެ ރޫހު ގެއްލިއްޖެ. މަސައްކަތެއް ކުރާމީހާގެ ދަރަޖައަކީ ބަންގާޅިންގެ ދަރަޖަ ކަމަށްވެ މަސައްކަތަށް ނުކުންނާނެ ބަޔަކުނެތް. ރޭވުންތެރިކަމެއް ގައުމިއްޔަތެއް ނެތް ސަރުކާރުތަކުން ގައުމު ހިންގުމުގެ ބަލާޔާ މުސީބާތް ދިވެހިންނަށް.
އިބްރާހީމްގެ
07 May 2020
ތިބުނީ ހަމަ ތެދެއް. ވިކްޓިމް ކާޑު ޖަހައިގެން. ހަނދާންވޭތަ މާލޭގައި ހިނގާދޮޔަ އަލިފާނުގެ ހާދިސާގައި މި ގުރޫޕު ހާލުގައި ޖެހިގެންނޭ ކިޔައިގެން ދޮގުހަދައިގެން އުޅުން ހަނދާން.
ައަފުރާސިޔާބު
07 May 2020
ބިދޭސީންގެ މައްސަލަ ބެހެނީ 3 ބަޔަކަށް. ފުރަތަމަ ބަޔަކީ ކުންފުނިތަކާއި އިމިގްރޭޝަން ގުޅިގެން ހިންގި ވަގު ވިޔަފާރިއާ. ދެވަނަ ބަޔަކީ ބަންގާޅު މީހުންނާ ބަންގާޅު މީހުންނާ އިމިގްރެޝަން ގުޅިގެން ހިންގި ވަގު ވިޔަފާރިއާ. ތިން ވަނަ ބަޔަކީ ޓޫރިސްޓުންގެ ގޮތުގައި އެތެރެވިމީހުންނާ އިމިގްރޭޝަން ގުޅިގެން ހިންގި ވަގު ވިޔަފާރިއާ. މިކަމުގެ ސާފު ދަލީލަކީ އެއްވެސް ބިދޭސީއަކަށް ޕާސްޕޯޓަކާ ނުލައި އެތެރެ ނުވެވޭނެ ކަމާއި އެމީހާ އައުމުގެ ކުރިން ވަނަވަރާއި ފޮޓޯވެސް ހުށަހަޅަންޖެހޭކަން.
އިމިގްރޭޝަން ކޮންޓްރޯލަރު
07 May 2020
އަދި އެމީހުންގެ ޑާޓާ އިމިގްރޭޝަން ގައި ހުންނަން ޖެހޭނެ.
އަހްމަދުމަރ
07 May 2020
ބޮންދުންނަށް ފްލެޓް ދޭން ފެނޭ .
ބޭބެބެ
07 May 2020
ކަލޭމެން ހަގީގަތް ގަބޫލުނުކުރަނީ ކީއްވެ. މިހާރު މާލޭގައި ތިއުޅޭ ގިނަ ބަންގާޅީންނަކީ އަމިއްލަޔަށް ރާއްޖެއައި މީހުން. ކޮންމެހެން އެހެންމީހުންގެ ބޮލަށް ކަނޑާނެ ކަމެއްނެތް. އެއްތާކަށް ގިނަމީހުން ލައިގެން އެކޮމަޑޭޝަން ދެނީވެސް ހަމަ ބަންގާޅީން. ދެން މިހާރު ބަންގާޅީންކިޔަނީ ބިދޭސީ މިބަހަށްތަ؟ އެހެންވީމާ އައްޑޫހުވަދޫ ވެސް ނުކިޔާތި. ތިބޭނީ ދޭސީން. މާލޭދޭސީން، އައްޑޫ ދޭސީން. ޙުވަދޫ ދޭސީން.
ޢަޙްމަދު.
07 May 2020
ކޮންމެ ބަޔަކު ގެނެސް މަގުމައްޗަށް ދޫކޮށްލިޔަސް އެއީކީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދާ ހިލާފަށް އުޅެން ލިބޭ ލައިސަންސްއެއް ނޫން! ރާއްޖެ ގެންނަ ވެރި މީހާއަށް ފިލައިގެން ކިތަށް ބިދޭސީން އުޅޭބާ؟ މި ރާއްޖޭގެ ޤާނޫނުތަކާއި ހިލާފަށް އެތަށް ކުށެއް އެބަކުރޭ، އެތަށް ވިޔަފާރިއެއްކޮށް މިލިއަނުން ޤައުމަށް ރުފިޔާ ފޮނުވަމުންދަނީ! ދެން މިތާގަ އެމީހުން ހާލިތަކެއްގަ އުޅުން އެއީ ދިވެހިންގެ މައްސަލައެއްތަ؟
@އަހަންމަ
07 May 2020
ވެގެން އުޅޭގޮތަކީ ވަގަށް މީހުން އެތެރެކުރުމުގަ ބޮޑެތި މީހުން ތިބީ ބައިވެރިވެ ބައިލިބިގަނެގެން ދެން ބަންގާޅީންގެ ހުރިހާކަމެއްގަ އެމަިހުން ތިބީ ފިސާރި ރަނގަޅަށް ފޫ ގަޅައިގެން ގައުުމު ހުރީ ޖަހާލަތާ ދިމާއަށް މިސްރާބު ޖަހާފައި