މިއަދު މަރުވި ބަންގްލަދޭޝް މީހާގެ ޖަނާޒާ ބާއްވަން ސިފައިން ތައްޔާރުވެފައި. މަރުވި މީހާއަކީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރި މީހެއް.
05 މެއި 2020 - 20:42
ފިޓްޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް، މިއަދު މަރުވި ބަންގްލަދޭޝް މީހާ އަކީ އެމްއެންޑީއެފްގެ ކަޅުތުއްކަލާކޮށި (ކޭކޭ) ގައި މަސައްކަތް ކުރާ މީހެއްކަން އެނގިއްޖެ އެވެ.
ބަންގްްލަދޭޝްގެ އުމުރުން 22 އަހަރުގެ އެ މީހާ ފިޓް ޖެހިގެން އައިޖީއެމްއެޗަށް އިއްޔެ ހަވީރު ގެންދިއުމުން ޓެސްޓް ކުރި އިރު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންވެ އޭނާ އަކީ ކޮވިޑް ޖެހިގެން ރާއްޖެ އިން މަރުވި ދެވަނަ މީހާގެ ގޮތުގައި ރެކޯޑް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަކީ ކަޅުތުއްކަލާ ކޮށީގައި ތިބޭ ސިފައިންނަށް ކެއްކުމަށް އެ ތަނުގެ ބަދިގޭގައި މަސައްކަތް ކުރާ މީހެކެވެ. ސިފައިންނަށް ކެއުންބުއިމުގެ ކަންކަންކަން ކޭކޭގައި ހަމަޖައްސަނީ ސިފައިންގޭގައި ހަދާފައި އޮންނަ ކުންފުނި ސިފްކޯ އިން ކަމަށް އެނގިފައިވެ އެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ސެނެހިޔާ ހޮސްޕިޓަލްގައި ހުންނަ ފްލޫ ކްލިނިކަށް ދައްްކަން ގޮސްް ހުއްޓާ ފިޓްޖެހުމުންނެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު މެންދުރު ފަހު ބޭއްވި ޕްރެސް ބްރީފިންއެއްގައި އައިޖީއެމްގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. މުހައްމަދު ފައިޝަމް ވިދާޅުވީ އެ މީހާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އަރާފައިވާކަން އެ ހިސްޕިޓަލުން ހެދި ސީޓީ ސްްކޭނުން ދައްކާ ކަމަށެވެ.
"ލޭ އަރަން ދިމާވި ސަބަބަށް ވެދާނެ ލޭހޮޅިއެއް ފަޅައިގެން ގޮސްގެން ސިކުނޑި ތެރެއަށް ލޭ އަރައިގެން ގޮސްގައި އޭނާއަށް ވީ އުނދަގޫތައް ވެސް،" ޑރ. ފައިޝަމް ވިދާޅުވި އެވެ.
ފިޓްޖެހުމާއި ހިތް ހުއްޓުން ފަދަ އެހެން ކަންތައްތަކަކީ އޭނާގެ ސިކުނޑި އަށް ވެފައި ހުރި ގެއްލުންތަކުގެ ސަބަބުން ކުރިމަތިވި ކަންތައްތައް ކަމަށް ވެދާނެ ކަމަށާއި ސިކުނޑިއަށް ލޭ އެރީ ކުރިން ވެސް ހުރި ބައްޔެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ފައިޝަމް ވިދާޅުވި އެވެ.
މިއަދުގެ ޕްރެސް ބްރީފިން ގައި އައިޖީއެމްއެޗުގެ ޑރ. މޫސާ ހުސައިން ވެސް ވިދާޅުވީ ބިދޭސީ މީހާ މަރުވީ ކޮވިޑް-19 ޖެހި، އެބަލި ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވޭނެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. ކޮވިޑްގައި ބަލި ބޮޑުވެ، މީހުންގެ ފުރާނަ އަށް ނުރައްްކާ ވަނީ ނިއުމޯނިއާ އަށް ބަދަލުވެ، އޮކްސިޖަން މަދުވުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް އަށް ޓެސްޓް ކުރުމެވެ.
މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން ސިފައިންގެ ބައެއް މީހުން ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެ ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަަދަދު 557 އެރި އިރު، އެ ބަަލީގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިސްކޯފު
06 May 2020
މައުލޫމާތު ރަނގަޅު ކޮށްލައްވާ. އެއީ ކޭކޭ ބަދިގޭގައި ކައްކާ މީހެއް ނޫން. އެއީ އެތަނުގެ ފިހާރައެއް ސާފުކުރަން ހުންނަ މީހާ. މައުލޫމާތު ރަނގަޅު ނުވީމަ އެތައް ބަޔެއްގެ ވިސްނުން ގޯސްވެއްޖެކަން އެނގިއްޖެ ކޮމެންޓުތައް ކިޔާލުމުން. އެހެންވީމަ މައުލޫމާތު އަވަހަށް ރަނގަޅު ކޮށްލައްވާ.
ދެރަ
06 May 2020
މުޅި ގައުމު ހަލާކުވީ ނަޝީދުކުރަންފެށި އައުޓް ސޯސް ކުރުމުން. ދެން މަތީމީހުންނަށް ކަޓް ލިބޭގޮތަށް ކުންފުނި ހަދައިގެން ސަރުކާރުގެ ހުރިހާ ތަނެއްގައި ސެކިއުރިޓީ ބެލެއްޓުންވެސް ހަމަބިދޭސީންނަށް. ސިފައިންގެ ތެރޭގައި ކަށްކަން ދަންނަމިހުން ތިބެންވާނެ އެމީހުން ސިފައިންނަށް ކަށްކަންވާނީ. ދުނޮޔޭގެ އެއްވެސްގައުމެއްގެ މިލިޓްރީ ތަނެއްގައި ބިދޭސީން ވަޒީފާތަކުގައި ނޫޅޭނެ. ހާދަދެރައޭ. މުޅި ސަރުކާރުން ބިދޭސީން ބޭރުކޮށް ނަމޫނާ ދައްކަންވެއްޖެ. ދިވެހިންނަށްވުރެ ބޮޑު މުސާރަ ބިދޭސީންނަށްދޭ. މީހަގީގަތް.
ބޮޑުމީހާ
06 May 2020
ސިފައިންގޭގަ ބިދޭސީން މަސައްކަތް ކުރަންޏާ ދެން ގައުމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ސިފައިން ގެއަކީ އެހެން ގައުމުތަކުގެ މީހުންނަށް އެއްވެސް ގައުމަކުން ވަޒީފާ ނުދޭތަނެއް. ސިފައިންގެތެރެއިން ސިފައިންގެ ކެއުމުގެ ކަންކަން ހަމަޖެއްސޭނެކަމަށް ގަބޫލުކުރެވޭ. ޑިއުޓީ ބަހައިގެން ކެއްކުމާއި، ތަށިދޮވެ ސާފުކުރުމަކީ މައްސަލައެއް ނޫން.
ާހަސަންގެ ފޮޑި
06 May 2020
މީީކީ ގައުމެއް ނޫން ކުންފުނި ތަކެކެވެ. މަދުބަޔަކަށް ފައިދާ ވާގޮތަށް ހިނގާ. ޢާދައިގެ ދިވެހިން ނަކީ މިގައުމުގަ ދެވަނަ ދަރަޖައިގެ އަހުލުން ހެން ހީވޭ!
ހެޑްކުއަޓަރ
06 May 2020
މާރިޔާ ދީދީ އަކީ އެއްގޮތަކަށްވެސް ޑިފެންސް މިނިސްޓަރުގެ މަގާމަށް ކުފޫ ހަމަވާ މީހެއް ނޫން. މަގާމަށް އައުމުގެ ކުރީގައިވެސް ނަޝީދުއާއެކީ ސިފައިންނަކީ ފިނޑި ބަޔެކޭ ގޮވާ ސިފައިންގެ އަގުވެއްޓޭ ގޮތަށް އެތައް ކަމެއް ކޮށް އިތުބާރު ގެއްލިފައިވާ މީހެއް. މީގެ އިތުރުން ހިންގުމުގެވެސް މާ ބޮޑު ތަޖުރިބާއެއް ހުރި މީހެއް ނޫން. މިހާރުވެސް ޑިޒާސްޓާ މެނޭޖްމެންޓަށް ވަންނަ ފާއިސާއާއި ނިކުންނަ ފާއިސާއާއި ވާނުވާ ނޭނގޭ. މިކަމެއް ނިމޭއިރު ބަޖެޓަށް ވީނުވީއެއްވެސް ނޭނގޭނެ ތޯއްޗެއް.
ޢަލީހަމަ
05 May 2020
ޢަދިވެސް ޗީފް އަރާފަ ބުނާނެ ސިފައިން ކިތައްމެ ބައިވަރު ޕޮޒިޓިވް ވިޔަސް އަޒުމެއް ނުގުޑާނެއޭ.. ބަލަ މުޅި ގައުމު ގުޑާނެ ތިތަން ދިޔައީމަ
އޮކްސިޖަން
05 May 2020
އެނޫން މީހެއް ނެތް ކޭކެ ބަދިގެ މިނިސްޓަރުންގެ ކާރުގަ ޑްރައިވަރުން އެއްޓިއޯ ލެބަރ ކްއާޓަރ މުލީއާގޭގަވެސް ހަމަ އެމީހުންމީ ބަޔަކު ގެނެސް އަޅާފަ ހާލިވެފަ އޮތް ކަމެއް
ޚިޔާލު
05 May 2020
އެހެންވީމާ ބަންގްލާދޭޝްއާއި ދިވެހިރާއްޖެއާއި ހަނގުރާމައެއް ކުރާ ދުވަހުވެސް ކޭކޭގައި ކައްކަން ތިބޭނީ ބަންގާޅީންތާ
ހަސަނު55
05 May 2020
އެމރުހޫމްގެ އުމުރަކީ 22 އެއް ނޫން
ޙަބީބު.
05 May 2020
މިފަދަތަންތަނައް ބިދޭސީން ނުވައްދާ ދިވެހި މަސަތަކަތްތެރިން ލިބޭނެ ރަނގަޅުމުސާރަ ދޭކަމައްވާނަމަ ދައުލަތުގެ ސިފަނުޖެހޭތީ ވާހާކަންތައްމީ