ޚަބަރު / ކޮވިޑް-19

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ

13 މެއި 2020 - 22:10

33 comments
14 މެއި 00:23

ހުސައިން އަބްދުﷲ އަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ފަހަކާ ޖެހެންދެން ވެސް ޒަކާތާ ބެހޭ ގޮތުން، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ދެއްވަމުން ގެންދެވި އުސްމާން އަބްދުﷲ ގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު.

14 މެއި 00:17

ސަރުކާރުން ވަނީ ޖަމާއަތަށް ފައިދާ ހުރި ޚާއްސަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ގައި ހުސައިން އަބްދުﷲ އަށް އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައި. އޭގެ 13 އަހަރު ފަހުން، 2005 ވަނަ އަހަރު އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް އެ މަނިކުފާނަށް ސަރުކާރުން އެރުވި.

14 މެއި 00:14

ށ. މަރޮއްޓަށް އުފަން ހުސައިން އަބްދުﷲ ވަނީ އެ ރަށުގެ ކަތީބުކަން ކުރައްވާފައި. މަރޮށީގައި ތައުލީމު ފުޅާކުރެއްވުމަށް އަމިއްލަ ގޮތުން ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި. ފުރަތަމަ ކުރެއްވި އެއް ކަމަކީ މަރޮށީގެ މައުލޫދުގޭގައި އެ މަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ދީނީ ކަންތައްތައް ދަސްކޮށްދެއްވަން ދެއްވަން ފެއްޓެވުން. އޭގެ ތެރެއިން ކުދިންނަށް އުރުދޫ ބަސް ވެސް ކިޔަވައި ދެއްވި. ހިލޭ ސާބަހަށް އެ ރަށުގައި ކިޔަވައި ދިނުމަށް އަލްމަދްރަސަތުލް މުނައްވަރާގެ ނަމުގައި އެ މަނިކުފާނުގެ އަމިއްލަފުޅު ގޭގައި ނޮވެމްބަރު 11، 1979 ގައި ސްކޫލެއް ހުޅުއްވި. އޭގެ ފަހުން 80 ގެ އަހަރުތަކުގެ ތެރޭގައި، ޒަމާނާ ގުޅޭގޮތަށް އެ ސްކޫލް ތަރައްގީ ކުރައްވައި، 10 ކްލާސްރޫމާއި ހޯލަކާއި އޮފީސް އމާރާތެއް ބިނާކުރެއްވި. އެ ސްކޫލްގެ ދަރިވަރުން، 1998 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި ވެސް ބައިވެރިވި ކަމަށް ރައީސް އޮފީހުގެ ލިޔެކިޔުންތަކުން ދައްކާ. ހުސައިން އަބްދުﷲ ވަނީ 27 އަހަރު ވަންދެން މަރޮށީ މުނައްވަރާ ސްކޫލް ހިންގަވާފައި. ޒަމާނީ ފެންވަރަށް އެ ސްކޫލް ތަރައްގީ ކުރައްވާފައި ވަނިކޮށް، ސަރުކާރުގެ ސްކޫލަކަށް ހަދަން ސަރުކާރުން ބޭނުންވުމުން މުނައްވަރާ ސްކޫލަކީ ސަރުކާރުގެ ސްކޫލެއް ކަމަށް ފަހުން ބަދަލުކުރި. ހުސައިން އަބްދުﷲ ވަނީ ށ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ޕާކިސްތާނަށް ފޮނުވައި، ގުރުއާން ވެސް ހިތުދަސް ކުރުވާފައި ކަމަށް އެ މަނިކުފާނުގެ ގާތްބޭފުޅުން ވިދާޅަުވޭ.

14 މެއި 00:04

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ގައި އަރުވާފައިވާ ހުސައިން އަބްދުﷲ މިރޭ އަވަހާރަވިއިރު، މިދިޔަ މަހުގެ 30 ގައި އެ މަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އައީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން. ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިމްޕޯޓަރުންގެ ތެރޭގައި ހިމެނޭ އެމްއެޗްއޭގެ އިސްވެރިޔާ ހުސައިން އަބްދުﷲގެ އަނބިކަނބަލުން އާމިނަތު އާދަމް 83، ވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު އަވަހާރަވީ އެ ބައްޔަށް ޕޮޒިޓިވް ވެގެން.

14 މެއި 00:00

އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް-19 ގައި އުމުރުން 88 އަހަރުގެ މީހަކު ނިޔާވެފައިވާ ކަމަށް. މިއީ ކޮވިޑް-19 ގައި ރާއްޖެ އިން ނިޔާވި ހަތަރުވަނަ މީހާ.

13 މެއި 23:51

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް-19 ގައި ދެންމެ އަވަހާރަވެއްޖެ.

13 މެއި 22:56

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ދައްކައިލެއްވި ގްރާފް.

13 މެއި 22:55

މިރޭގެ ބްރީފިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ.

13 މެއި 22:55

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

13 މެއި 22:54

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ދައްކައިލެއްވި ގްރާފް.

13 މެއި 22:54

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. މުރާދު ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

13 މެއި 22:43

މަބްރޫކް: ފިލައިގެން ދިޔަ މީހުން ނެތް ކަން އެނގުނީ މި މަހުގެ 6-7 ގައި. އެ މީހުން ނެތްކަން އެނގުނީ އައިސޮލޭޝަނަށް ގެންދަން ވެގެން ބެލިބެލުމުން.

13 މެއި 22:35

މަބްރޫކް: ފިލައިގެން ދިޔަ މީހުންގެ މައުލޫމާތު އެބަހުރި. ކުރިން ތިބި ތަންތަނުގައި އެ މީހުން ނެތް ކަމަށް ވަނީ. އެ މީހުން ދީފައި އޮތް ނަންބަރަކުން ނުވެއް ގުޅޭ.

13 މެއި 22:25

ޑރ. މޫސާ މުރާދު: ކޮވިޑަށް ސީރިއަސް ބަލި މީހުންގެ ތެރެއިން އެންމެ ހާލު ބޮޑު މީހުން ތިބީ ޑީއެޗް 11 ގައި. ޖުމްލަ ތިން މީހަކު އެބަތިބި ޑީއެޗް 11 ގައި. އޭގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގައި. އަދި އަނެކަކުގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު. ޓްރީޓޮޕްގައި 10 ބަލި މީހުން އެބަތިބި. ދެ މީހަކު ވަނީ ވެންޓިލޭޓަރުގައި. އެކަމަކު ވެންޓިލޭޓަރަށް ނުލާ އޮތް ބަލި މީހަކު ވަރަށް ސީރިއަސް ހާލަތުގައި އޮތީ. އޭނާ ވަރަށް ގާތުން މޮނީޓާ ކުރަމުން އެބަ ގެންދަން. އެހެން މީހުންގެ ހާލު ރަނގަޅު.

13 މެއި 22:18

ޑރ. އަފްޒަލް: ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އާންމުންގެ އެއްބާރުލުމެއް ނުލިބޭ. ސާމްޕަލް ނެގުމަށް އެބަ އިންކާރުކުރޭ. އެކަމަކު ރެންޑަމްކޮށް މި ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމެއް. އޭރުން އެނގޭނީ މި އުމުރުގެ ތެރޭގައި ބަލި އޮތީ ކިހާ ވަރަކަށްކަން. ބައެއް ފަރާތްތަކުން ފަހަރެއްގައި ވެދާނެ ސާމްޕަލް ނެގީމަ ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު އޮތީމަ އެކަމަށް އިންކާރު ކުރަނީ ކަމަށް ވެސް.

13 މެއި 22:17

ޑރ. އަފްޒަލް: ބަލިން މިއަދު 8 މީހަކު ވަނީ ރަނގަޅުވެފައި. އެހެންވެ މި ބަލިން ޖުމްލަ 40 މީހަކު ވަނީ ރަނގަޅުވެފައި.

13 މެއި 22:15

މަބްރޫކް: ސާމްޕަލް ނެގުމަށް ފަހު ބަޔަކު ޕޮޒިޓިވްވީ ފަހުން ހަތް މީހަކު ވަނީ ފިލައިފައި. އޭގެ ތެރޭގައި ހިމެނެނީ ސައިޓްތަކުން ނެގި ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ ހަތަރު މީހަކާއި އެހެން ތިން މީހަކު. އެ މީހުން ފިލުމާ ގުޅިގެން އެޗްޕީއޭ އިން ޕޮލިހަށް އެންގި. އެ މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ހޯދައިފައި. އަދިވެސް ތިން މީހަކު ނުފެނޭ.

ރޭގެ 12 އިން ފެށިގެން މިހާތަނަށް 51 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ. މި އަދަދާ އެކު ޕޮޒިޓިވްވި ޖުމްލަ މިހާރު ވަނީ 955 އަށް އަރައިފަ އެވެ.

މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް މިއަދު 300 ސާމްޕަލް ނަގާފައިވާ ކަމަށާއި ޖުމްލަ ސާމްޕަލްގެ އަދަދަކީ 13084 ކަމަށެވެ. މަބްރޫކްގެ އިތުރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ޑރ. އިބްރާހިމް އަފްޒަލް އަދި ޑރ. މޫސާ މުރާދެވެ.

33 ކޮމެންޓް, 107 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 90%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރީފު

14 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ރަގަޅު ހިތްހެޔޮ މަޑުމައިރި ބޭފުޅެއް އެއީ.

The name is already taken The name is available. Register?

ފުވައްމުލަކި މީހާ

14 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ނަމޫނާ ޚިދުމަތް ތެރިއެއް. ވަކިން ޚާއްސަ ކޮށް ށ. އަތޮޅުގެ ފަޚުރެއް. މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

ބަސް

14 May 2020

انا لله وانا اليه راجعون اللهم اغفر له وارحمه واسكنه في الجنة

The name is already taken The name is available. Register?

މުނަށްވަރާ ސުކޫލް

14 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މުނަށްވަރާ ސުކޫލްގެ އެންމެހައި ދަރިވަރުން އަދި މުވަށްޒަފުންގެ ނަމުގަ ހުސެއިން އަބުދުއްލޯ އަދި އައިމިނަތް އާދަމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަން..

The name is already taken The name is available. Register?

މުނަށްވަރާ ސުކޫލް

14 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މުނަށްވަރާ ސުކޫލްގެ އެންމެހާ ދަރިވަރުން އަދި މުވަށްޒަފުންގެ ނަމުގަ މަރުހޫމް ހުސައިން އަބްދުއްލޯ އަދި އައިމިނަތް އާދަމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަން.

The name is already taken The name is available. Register?

Ekamaku

14 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

The name is already taken The name is available. Register?

ރާފިޢު

14 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

The name is already taken The name is available. Register?

މުނަށްވަރާ

14 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ .. ހުސޭނުބެއަށާ އަނބިކަނބަލުންގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ޖަންނަތުގެ ހިޔާވަހިކަން ދެއްވާށި. އާމީން

The name is already taken The name is available. Register?

އަޙްމަދު

14 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ކައްވަޅުގެ ނުބައިކަމުން އެ މަރްޙޫމު ރައްކާތެރިކޮށްދެއްވަވައި، ޝަހީދެއްގެ ދަރަޖަ މިންވަރުކުރައްވައި، ސުވަރުގެއިން މަތިވެރި ދަރަޖައެއް އެ މަރްޙޫމަށް މިންވަރުކޮށްދެއްވުން އެދި ﷲ ޙަޟްރަތުގައި ދުޢާ ދަންނަވަން… އާމީން...

The name is already taken The name is available. Register?

ކަބުރު

14 May 2020

އާމީން

The name is already taken The name is available. Register?

Ali Gasim

14 May 2020

ޟީ މީ އާންމުކޮށްވެސް 200000 އެއހާމީހިން ފިލައިގެން އުޅޭގައުމެއް ތީން މީހެއްގެ މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިގައުމަކު ނުހުންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454