ހެލްތު މިނިސްޓަރު އަމީނާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މަޝްވަރާއެއްގައި.
14 މެއި 2020 - 00:34
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމަށް މީގެ ކުރިން މައިމޫނާ ނެރުއްވި އެންގުންތަކާ ޚިލާފަށް މި ފަހަރުގެ އެންގުމުގައި ވަނީ، ލޮކްޑައުން ދެންމުމުގެ ނިންމުމަށް ބަދަލު ގެނެސް ލުއިތަކެއް ގެނެވޭނެ ކަމަށެވެ.
- އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުމެ އުޅުން.
- ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުން.
- މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓާއި ގުޅިފަޅަށް މީހުން އަރައި ފޭބުން.
- ސިފައިންނާއި ފުލުހުން.
- ސިއްހީ ޚިދުމަތް ދޭ މުވައްޒަފުންނާއި އެ މީހުން ދުއްވާ އުޅަނދުފަހަރު.
- އެމްބިއުލާންސް.
- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުން.
- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީޑިއާގެ މީހުން.
- ފުލުހުން ހުއްދަ ދީފައިވާ ފަރާތްތައް.
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުުރުން
— Health Protection Agency (@HPA_MV) May 13, 2020
އިތުރު މަޢުލޫމާތު:https://t.co/bybX3PCKgV
މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު ކުރިކަން އަންގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މިރޭ އާންމު ކުރެއްވި އެންގުން.
މާލެ އިން ކޮވިޑް-19 ގެ މީހަކު ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދު ފުރަތަމަ ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ން ފެށިގެން 24 ގަޑިއިރަށެވެ. އެކަމަކު، އެ މުއްދަތު ހަމަވުމާ އެކު، މިދިޔަ މަހުގެ 17 ން ފެށިގެން އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިލި އެވެ. އެއީ މިދިޔަ މަހުގެ 30 އާ ހަމއަށެވެ. ނަމަވެސް އެ މަހުގެ 30 ން ފެށިގެން މި މަހުގެ 14 އަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރީ އެވެ. އެހެންކަމުން މިއީ މާލެ ސަރަހައްދުގައި ލޮކްޑައުންގެ މުއްދަތު އެޗްޕީއޭ އިން އިތުރުކުރި ހަތަރުވަނަ ފަހަރެވެ. އެހެންވެ، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން "ގޭބަންދު" މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ތިބޭނެ އެވެ.
މާލޭގެ ލޮކްޑައުންގެ މުއްދަތުގައި މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 900 އަށް ވުރެ މަތިވެފަ އެވެ. މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން 955 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެންމެ ގިނައީ މާލެ އިން އެ ބަލި ޖެހުނު މީހުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 300 ގައި އުޅޭއިރު، ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ އަދަދު މިހާރު ވަނީ 500 އަށް ވުރެ މަތިވެފަ އެވެ. ރާއްޖެ އިން އެންމެ ގިނައިން ޕޮޒިޓިވްވް ވީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ. ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ. އެ ގައުމުގެ 98 މީހަކަށް މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުއަލޯ
14 May 2020
ހަގީގަތަކީ ހިންނަވަރު އިބޫ ކޮވިޑާގުޅިގެން ހޯދާ ކާމިޔާބީފެނި، ކެނެރީގޭ ނަށީދު ހުތްވެ އޭނާގެ އައުވާނުންނަށް ކޮވިޑު އޮޕަރޭޝަން ފުނޑާލާނެ ގޮތް ކިޔާދެނީއެވެ. އެހެންޏާ، އިބޫ މީގެއިން ކުރިއަރައިފިއްޔާ އަންނިއަކީ ބޭކާރު މީހަކަށްވެ، ސިޔާސީ ގޮތުން 'އުމަރަަކަށް' ބަދަލުވާނެއެވެ.
ތޮށަލިތަކުރު
14 May 2020
"މަގުމައްޗަށް ނުކުމެ އުޅުން" މިގޮތަށް އޮތީމާ އިއުލާނުވެސް ބަލައިފީމެވެ. އޭގައިވެސް އޮތީ މަގުމައްޗަށް ނުކުތުމުގެ ވާހަކައެވެ. ވީއިރު ތަންފީޒު ކުރަންތިއްބަވާ ފުލުހުން މީގެ މާނަ ހަނިކޮށް ފުޅާކޮށް ހުޅުމާލެ ފަދަ ތަންތާނގައި ދިރިއުޅޭ ތަނުގެ ބޭރު ދޮރުން ބޭރަށް ނުކުންނަންވެސް ހުއްދަ ހޯދަންޖެހޭކަމަށް ހަދައިގެން މިއުޅެނީ ކޮން ހަމަޔަކުން ބާވައެވެ. މިކަން މިރޭ ބާއްވާ ނިއުސްކޮންފަރެންސްގައި ކޮންމެސް ފަރާތަކުން ސާފުކޮށްލަދިނުން އެދެމެވެ.
ސިން ގަފޫރުބެ
14 May 2020
ކުރީކޮޅުގަ ވަރަށްގަދަޔަށްދެއްކެވި ސިންގަޕޫރުމޮޑެލް ތަންކޮޅެއްގިނަދުވަހު ހިފެހެއްޓުނީތޯ
މުސަޅު
14 May 2020
ލޮކްޑައުންގެ ސަބަބުން ނުސީދާގޮތުން ލިބޭ ގެއްލުން ކޮވިޑަށް ވުރެ ކުޑަވާނެތަ؟ ދުނިޔޭގެ ޓީ.ބީ ޖަމްއިއްޔާއިން ބުނެފި ލޮކްޑައުންގެ ސަބަބުން ޑައިގްނޯސް ނުކުރެވި ގޮސްގެން 1.4 މިލިއަން މީހުން މަރުވެދާނެކަމަށް..އެފްރިކާ ޑަބްލިއު.އެޗް.އޯ ހެޑު ބުނެފި ލޮކްޑައުންގެ ސަބަބުން ޓްރީޓްމަންޓް ނުދެވި 700،000 މީހުން މެލޭރިއާ ޖެހިގެން މަރުވެދާނެކަމަށް. ދެން މީގެ އިތުރަށް އިޤްތިސާދު ދަށަށް ދިއުމުގެ ސަބަބުންވެސް ނުސީދާކޮށް ސިއްހަތަށް އަސަރުކުރާނެއެއް ނޫންތަ.
ޗޮކްޑައުން
14 May 2020
މިފެންނަ އަދަދުން ޕޮޒިޓިވްތައް ފެންނައިރު 14 ދުވަހަކުން އަދިވެސް ނިންމޭނެހެން ހީނުވޭ.
ސާދަ ސާދަ ސާދަ
14 May 2020
ލޮކްޑައުންގެ ފަހު 21 ދުވަހު، ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ޑެލިވަރީ ކުރުމަށް ސިފައިން، ފުލުހުން، ޒޯން ތަކަކަށް ބަހާލައިގެން ހަމަޖެއްސިނަމަ މިހާރު މިކަން ނިމިފައިވަނީ. ޓެސްޓިންގ ކެޕޭސިޓީ ވެސް ވަރަށް ބޮޑަށް އިތުރު ކުރެވެން ޖެހޭ. ސިއްހީ މަހިރުންނަށް ހުރިހާ ކަމެއް ދޫކޮށްލުން ރަގަޅެއް ނޫން، އެ ބޭފުޅުންނަކީ ލަފާ ދޭން ހުންނަ ފަރާތްތަށް، ނިންމުން ނިންމަން ނިންމަނީ ކެބިނެޓް/ރައީސްލްޖުމްހޫރިޔާ . ދުނިޔޭގެ އެހެން ޤައުމުތަކުގައި ފެންނަނީ އެގޮތަށް،
ގާކޮށި ހުސޭނު
14 May 2020
ރާއްޖޭގެ ކުދިކުދި ރަށްތަށް ކޮވިޑް 19އިން ފުރާލަންތަ؟ ތިއުޅެނީ މާލޭގަ ބޯކޮން ކޮވިޑް އޮތްއިރު އެއްގޮތަކަށްވެސް އައިސްގެން ނުވާނެ ބަލިއޮންނަ ރަށަކުން ބަލިނެތް ރަށަކަށް އެރުމެއް އެއްވެސް ދީނެއް ހުއްދައެއް ނުކުރާނެ. މާލޭގަ އުޅޭނީ މިހާރު މުއްސަދިން ރާއޖެތެރޭގެ މަދުމީހެއް ރަށަށް އަންނަން އުޅޭނީ މާލޭ މުއްސަދިންގެ ދަރިން ކޮވިޑަށް ފިލަންވެގެން ރާއްޖެ ތެރެއަށް އަންނަން އެއުޅެނީ އަންނާނެކަމެއް ނެތް
ވިސްނާލުމަށް އެދެމޭ
14 May 2020
ރަށަށް ނުދެވި ހައްޔަރުކޮއްގެން މާލޭގަ ތިބި ރައްރަށުގެ ރައްޔިތުން ރަށަށް ފޮނުވަދޭށޭ ކިހާދެރަކަ މެ މީ އާއިލާތައް ވަކިކޮއްގެން ތިދެނީ އަނިޔާއޭ ދެންބުނާނެ އާއިލީ މައްސަލަ ގިނަވީ މަ ގިނަވެއްޖޭ މާލޭގަ ހާލުގަތިބި ތި މާގެ ކޮއް މެވެސް މީހެއްގެ ހިޔަލުގަތިބެން ޖެހު މުންއެ މީހުންގެ ބޮލުގެ ރިހުންވަކިކުޑަވާނެތަ ކިތައް ގޭގޭގަ މި މައްސަލައުޅޭނެ ދަތިދުވަސްވަރެއްގަ އިތުރުއަނގަތަކެ ކާންދޭންޖެހި ކަންޓް ފެން އިތުރަށްހަރަދުވީ މަ ބައެއަކަށް ތަކުލީފަކަށް ވާކަށްގިނަ މީހުންނޭދޭނެ
ބިޗޫ
14 May 2020
ލޮކްޑައުން އުވާލަން ގޮވަނީ ކެނެރީގެ ނަޝީދު. ކޮވިޑް އޮޕަރޭޝަން ފެއިލް ކޮށްލަން އެކި ގޮތް ގޮތުން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެއް. ޖަނަވަރީ މަހުން ފެށިގެން ހެލްތު މިނިސްޓްރީއާއި އެޗްޕީއޭއިން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އެކަމަކު މާރިޗު މަހާ ހަމަޔަށްވެސް ނަޝީދު ހުރީ ޕާޓީ މީހުން ގޮވައިގެން ކެމްޕޭނު ކުރަން ގޮސް. ދެން މިހާރު މަޖިލީސް ތެރެއިންވެސް ހުސް ޖެއްސުން. ގައިމު ދިވެހިންނާ މެދު ވިސްނާ ބައެއް ވިއްޔާ މިވަގުތު ގައުމު އިސްކުރާނެ.
ކޮމިއުނިސްޓް
14 May 2020
ލޮކްޑައުންކޮށްގެން މާލޭގައި މީހުން ގެންގުޅުމަށްވުރެ ރަގަޅުވާނެ މި އެންމެން މާކަޑުގެ ބޭރަށް އުކާލިއަސް ސިފައިންނާއި ފުލުހުން އަދި އިތުރު އެތައްބަޔަކު މަގުތަކުގައި ކޮންމެހެން އަދާކުރަންޖެހޭ ޒިއްމާއެއްނެތި އުޅެން ދޫކޮށްފައި ތިބުމެކޭ ކޮމިއުނިސްޓް ނޯތް ކޮރެއާ އެކޭ ކޮބާ ތަފާތެއް؟ 100 މިލިއަން މީހުން އުޅޭ އާބާދީ އަކަށްވުރެ ބައިފޫޓް ގެ މިތަންކޮޅުގެ ކަންތައް ނުބައި ދެން ތިކުރާކަމެއްގެ ނަތީޖާ ވަރަށްދަށް