ކޮވިޑުގެ މަސައްކަތުގެ އިސް ސަފުގައި މަސައްކަތް ކުރާ އައިޖީއެމްއެޗުގެ ލެބޯޓްރީ ޓެކްނީޝަނުންތަކެއް: ޑޮކްޓަރުންނަށް ައަމާޒުކޮށްގެން މިރޭ ސައިބަ އެޓޭކްތަކެއް ފޮނުވަމުންދާ ކަަމަށް ފުލުހުން ބުނޭ. --ފޮޓޯ/މިހާރު
14 މެއި 2020 - 23:54
ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ މީހުންގެ ފޯނު ހެކްކުރަން އުޅޭ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މެސެޖިން އެޕްލިކޭޝަންގެ ތެރޭގައި ހިމެނޭ ވަޓްސްއެޕް މެދުވެރިކޮށް، ދަންނަ މީހުންގެ ނަމްބަރުތަކުން މެސެޖްކޮށްގެންނާއި ގުޅައިގެން ފޯނު ހެކްކުރަން މަސައްކަތް ކުރަމުންދާ އިރު މިރޭ ބޮޑަށް އަމާޒުކޮށްފައި ވަނީ މި މަސައްކަތުގައި އުޅޭ ޑޮކްޓަރުންނަށެވެ. އެކަމަކު، އެ ނޫން ވެސް އިސް ސަފުގައި އުޅޭ މީހުންގެ ފޯނުތަކަށް މި ކޯޑު ދަނީ ފޮނުވަމުންނެވެ.
ޑޮކްޓަރުންނަށް މިރޭ އަމާޒުކޮށްފައިވާ އިރު، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް އާއްމުންގެ ފޯނުތަކަށް ވެސް ވަޓްސްއެޕުން ކޯޑު ފޮނުވާފައިވެ އެވެ. ކޯޑު ފޮނުވާ މީހުން މަސައްކަތް ކުރަނީ ވަޓްސްއެޕް އެކްޓިވޭޓްކުރަން އެސްއެމްއެސް މެދުވެރިކޮށް ލިބޭ އޯޓީޕީ ކޯޑު ހޯދައިގެން ވަޓްސްއެޕް އެކައުންޓްގެ ކޮންޓްރޯލް އަތުލައިގަންނާށެވެ.
ރާއްޖޭގައި އެކަންޏެއް ނޫނެވެ. ކޮރޯނާވައިރަސްގެ ހާސްކަމުގެ ތެރޭގައި ތިއްބާ އެކި ގައުމުތަކުގައި މިގޮތަށް އެތައް ބައެއްގެ ވަޓްސްއެޕް އެކައުންޓަށް ވެރިވެގަތުމުގެ މައްސަލަތައް ފެންމަތިވެ މީޑިއާތަކުގައި ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ވަޓްސްއެޕުގެ އިތުރުން ބައެއް މީހުންގެ ޖީމެއިލް އެކައުންޓްތައް ހެކްކުރަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ކޮވިޑްގެ މަސައްކަތުގެ އިސް ސަފުގައި އުޅޭ މީހުންގެ ފޯނުތައް ހެކްކުރަން އުޅޭ ކަމުގެ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ފުޅާދާއިރާއެއްގައި، ޚާއްސަކޮށް ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ސައިބަ އެޓޭކްތަކެއް ކުރަމުން އަންނަ ކަމުގެ މައްސަލަ ހުށަހަޅާފައިވޭ. ފޯނުތަކަށް މެސެޖްކުރަނީ ޑުޕްލިކޭޓް ޕްރޮފައިލްއަކުން،" އިޒްމިއާ ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި ފޯނުތައް ހެކްކުރަނީ ދަންނަ ނަމްބަރަކުން ވަޓްސްއެޕް މެދުވެރިކޮށް މެސެޖްކުރާ ކޯޑު ހޯދައިގެންނެވެ. ފޯނުކޮށްގެން ވެސް އެ ކޯޑު ހޯދަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މި ކޯޑުތަކަކީ ޑުޕްލިކޭޓްކޮށްފައި ހުންނަ ޕްރޮފައިލްތަކަކުން ފޮނުވާ ސައިބަ އެޓޭކްތަކެއް ކަމަށް ފުލުހުން ބުންޏެވެ.
މިގޮތަށް ޝައްކުވާ ޒާތުގެ ލިންކެއް ނުވަތަ މެސެޖެއް ކޮށްފި ނަމަ އެ ލިންކު ނުހުޅުވުމަށް ފުލުހުން އެދެ އެވެ. އަދި ދަންނަ މީހެއްގެ ނަމްބަރުން ފޯނަށް އަންނަ ކޯޑު ވެސް މީހަކަށް ނުދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމިޔާ
15 May 2020
ތިޔަބަޔަކު ކާންބޯންކުރާކަމަކީތޯއްޗެ ؟؟
ބޯގޯސްހެކަރު
15 May 2020
އަޅެ ކަލޭމެން ތިހާ މޮޅިއްޔާ ކުރިމައްޗަށް އައިސް ތިކުރާ ހެކެއް ކޮށްބަލަ. ފިނޑިވިޔަސް ތިޔައީ ފިނޑިގެ ބޮޑުވަރެއް
ހުސެން
15 May 2020
ކޮވިޑް19 ބަލިމީހުނަށް ފަރުވާދިނުމުގެ އިސްސަފުގައި މަސައްކަތް ކުރާމީހުންގެ ފޯނު ހެކުކުރަންޖެހޭ އެއްވެސް ސަބަބެއް މަށަކަށް ނުވިސްނޭ، ކޮންމެވެސް ފައިދާއެއް ނެތްކަމެއް އެއްވެސްބަޔަކު ނުކުރާނެ! ބޮޑަށްވައްތަރީ ބަންގާޅިންގެ އުދަނގުލާހުރެ ބަލިކޮންޓްރޯލުނުކުރެވި މުޅިސިސްޓަމް ފެއިލްވަމުންދާތީ މީހުންގެ ސަމާލުކަން އަނބުރާލުމަށް ސަރުކާރުން ފަތުރާ ދޮގުހަބަރަކާ!
ދޮގު ޚަބަރު
15 May 2020
މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް. ދުނިޔެމަތީ ވާނުވާ ބަލާ ކޮންމެ މީހަކަށް މިކަން ހިނގާ ގޮތް އެބަ އެނގޭ. ދެން ފުލުހުން ބުނިއްޔޭ ކިޔައިފަ ކަލޭމެން ދޮގު ހަދަންޖެހޭ ސަބަބަކީ ކޮބާ؟
އޮނަރަބްލް އަފީފު ދީދީ
15 May 2020
ފޯނު ހެކު ކުރަނީއޭ..؟؟! ރާއްޖޭގެ ގިނަމީހުން ޙާއްސަކޮށް ހައިޕްރޮފައިލް މީހުން ގެންގުޅެނީ އައިފޯނު. ސެކިއުރިޓީގެ ގޮތުން އެންމެ އިތުބާރު ކުރެވޭ މިފޯނު ތިބުނާ ހެކެއް ނުކުރެވޭނެ. އަދި ފޯނުގެ ވެރިފަރާތް ބޭނުން ނޫންނަމަ ނުވަތަ އޭނާގެ އިޒްނައާއި އެކުގައި މެނުވީ އެއްވެސް އެޕްލިކޭޝަނެއް ލޯޑްކޮށް އެކްޓިވޭޓް ކުރާން ހުއްދަދީފައިނުވާނަމަ ބަގް ފޮނުވައިގެންވެސް ތިކަމެއް ނުކުރެވޭނެ. # ކިރިޔާވެސް ޓެކްނޯލަޖީ ބެކްގްރައުންޑެއް ހުރިމީހެއްގެ ސޯޝަލްމީޑިއާ ތިހެން ދަމައިނުގަނެވޭނެ.
ހެލޯ ތަރުޖަމާނު
15 May 2020
ޑޮކްޓަރުންނަށް އަމާޒުކުރީއެއް ނޫން އިނގޭތޯ. ތި މެސެޖު ލިބޭ މީހެއްގެ ފޯނުން އެ ފޯނުގެ ކޮންޓެކްޓަށް މެސެޖު ދަނީ. ތިޔަ ތިބީ ގައުމު ބެލެހެއްޓިފަ.
ހަންޏާމީދޫ މީހާ
15 May 2020
ތިޔަ ޓެކުސްޓް ދެފަހަރަކު ލިބިއްޖެ އަޅުގަންޑަކީ ތިޔަ ވިދާޅުވާ ކަހަލަ ބޭފުޅެއް ނުން ވަޒީފާ އެއް އަދި މަގާމެއް ވެސް އޮތް މީހެއް ނުން ، ތިޔަ މެސެޖު ލިބުމުން އަޅާ ނުލީމަ އެ ނިމުނީނު.
ނާއިފް
15 May 2020
އަޅުގަނޑަށްވެސް ލިބުނު. އިތުބާރު ކުރެވޭ މީހަކު ފޮނުވީ މެސެޖް. އެހެންވެ ރިޕްލައި ކުރީ. ބޮނޑިވެސް ބޮއެފިން. އިތުބާރު ކުރެވުނު މީހާއަށް ބަވާލަން ގުޅިއިރު އޭނަވެސް ހަމަ އެއްހާލެއްގަ.
ތެދުތެދު
15 May 2020
މަޑަށް ވެސް އެ މެސެޖް ލިބުނެވެ. މަށަކީ ވެސް ސަރުކާރުގެ ވަޒީފާއެއް އަދާ ކުރާ މީހެއް ނޫނެވެ. ގޭގައި ހުންނަ މުސްކުޅި އަކީ މެވެ.