22 މެއި 2020 - 00:39
ލޮކްޑައުންކޮށްފައިވާ ރަށްރަށާއި، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށް ނޫން އެހެން ހުރިހާ ރަށެއްގެ މިސްކިތްތައް ހުޅުވަން ނިންމައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވީ މިހާރު ލޮކްޑައުންގައި އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ހުރިހާ ރަށްތަކެއްގައި މާދަމާގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ލުއި ދިނުމާ އެކު ސަމާލުވާން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި އެ ކަންކަން ރަށްތަކުގެ ކައުންސިލްތަކަށް ލިޔުމުން އަންގާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ސަމާލުވާން ޖެހޭ ބައެއް ކަންތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުމެވެ. އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.
ކޮވިޑް-19އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އޭގެ ކުރިން ވަނީ މިސްކިތްތަކުގެ ކާޕެޓުތައް ނަގައިފަ އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި ފިޔަވަޅުތައް އަޅަމުން އަންނަނީ ރާއްޖޭގައި ބަލީގެ ހާލަތަށް ބަލައި ޑޮކްޓަރުން ދޭ އިރުޝާދުގެ މަތިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ލުއިތައް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާދަމާގ ހުކުރު ނަމާދު ޖަމާއަތުގައި ކުރަން ނިންމާފައިވާއިރު، ހުކުރު ހުތުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް-19އާ ގުޅިެގެން މާލެ ލޮކްޑައުން ހާލަތުގައި އޮންނަތާ އެއް މަސްވެފައިވާއިރު، މާލޭގެ އިތުރުން ބަލި ފެނިފައި ވަނީ ހއ. އުލިގަން، ތަަކަންދޫ، ށ. ނަރުދު އާއި، މިލަންދު، ނ. މަނަދޫގެ އިތުރުން ތުލުސްދޫންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
22 May 2020
ނަމާދު އަދި ތަންކޮޅެއް ފަސް ކޮށްލަން ފެނޭ.
މައުލޫމާތަށް
22 May 2020
ހުއްދަދިނީ މޮނިޓަރިންގ އިން ނެގިފަހުން 28 ދުވަސް ހަމަވެފައިވާ ރަށްރަށާއި ކުރިން މޮނިޓަރިންގ އަށް ނުލާ ރަށްރަށަށް. ހުއްދަ ނުދީ 25 ރަށެއް އެބައޮތް.
އަކު
22 May 2020
ޝުކުރިއްޔާ އުމަރު ނަސީރު. އުމަރުމެން ބުނީމަ މި ބޯނެތް ސަރުކާރަށް އެއްޗެއް ހީވަނީވެސް. ކީއްކުރާނީ , އިބުރަތް ހާސިލުކުރަން ޖެހޭ ދިވެހި ރައްޔިތުން
ހާސަރު
22 May 2020
އެރަށެއްގައި ރޯގާނެތް، ރޯގާއުޅޭރަށަކުން މީހަކުއައުން މަނާކޮށް އޮތީ ދެން ހަމަ އެޗްޕީއޭއިން ބުނީމަ މިއޮއްހުރިހާ ދުވަހު މިސްކިތުގަ ނަމާދު ނުކޮށްތިބެން ޖެހޭތަ. ޢަހަރެންވެސް ގަބޫލްކުރަން މާލެއާއި ރޯގާ އުޅޭއެހެންރަށްރަށުގައި ނުކުރުން އޯކޭ. މިކަހަލަ އެތައްކަމެއް ހަމައެކަނި އެޗްޕީއޭ ބުނީތީ އެބަކުރޭ! ޢެޗްޕީއޭ ބުނިނަމަވެސް ބުނާހާ ގޮތެއް ނުޖެހޭ ސަރުކާރުން ހަދާކަށް.
ކަކުނިބޯ
22 May 2020
އަދި ކިރިޔާތޯ ހުޅުވަނީ ހުވަފެނަކުން ފެނުނީތޯ ... މުޅިރާޖޭގެ ހުރިހާމިސްކިތެއް ބަންދުކޮށްގެން ލިބޭނީ ފައިދާތޯނޫނީ ގެއްލުންތޯ އާއެކެވެ މިސްކތުގެ ފެންބިލު އަދި ކަރަންޓުބިލް ދެއްތޯ....ހަޤީޤީ ޝިފާވަނީ އަޅަ މެންހެއްދެވިފަރާތުގައެވެ. ތެޅިތެޅިފަ އާހިރަތުގަ ހަ މަ ކުޑަކަކޫޖަހަންޖިހޭނެކަންކަށަވަރެވެ.
ޑައިބާރު55
22 May 2020
ވަރަށް މުހިންމެ ޕޮއިޓެއް. ގެއިން ވުލޫކޮެްގެން ދާންތި.
ދިދަދ
22 May 2020
ރަށްރަށުގައި ނަމާދު ކުރެވޭ ގޮތް ހެދުން ލަސްވެސް ވެއްޖެ. މާލެއަށް ލުއިދޭކަށް ނުފެނޭ
ޙާމް1
22 May 2020
އައްޑޫން ކިތައް ދިވެހިންނާ ބަންގާޅު މީހުން ޓެސްޓު ހެދުނުތޯ. ކިނބިއްސެއް ނާޅާތި ނަމަ ނަމަ މިސްކިތުގަ.
ސްކިޕަރ
22 May 2020
ހިތާމަކުރަން ޑރ.މުރާދު މިއަދު ދެއްކެވި ވާހަކަތަކުން. ތިޔަބޭފުޅުން ކިތަންމެ އިރުޝާދެއް ދެއްވިޔަސް މާލޭގެ މިސްކިތް/ސްކޫލް/ކޮލެޖްތަކަށް މީހުންނަށް ދެވޭގޮތަށް މިހާރު ހުޅުވާލައިފިނަމަ ދުނިއޭގެ އެންމެ ތޮއްޖެހިފައިވާ އެއްރަށްކަމުގައިވާ މާލޭގައި މިބަލިފެތުރުން ކޮންޓްރޯލެއް ނުވާނެ. ޑރ އަށް މާރަގަޅަށް އެނގިލައްވާނެ ކޮވިޑް-19 އަކީ ޚާއްސަކޮށް ތޮއްޖެހިފައިވާ ތަންތަނުގައި ކޮންޓްރޯލެއްނެތި ފެތުރޭބައްޔެއްކަމާއި އިރުޝާދުތަކަށް ބޯލަނބާމީހުން މާލޭގައި މަދުކަންވެސް
ރާއިދުދު2
22 May 2020
މާސްކު ގަންނާކަށް ލާރިއެއް ނެތް. މުޅީން އަތްމަތި ހުސްވެއްޖެ. ވާރެފެނާ މިވައިގަ ގޭގަހުން ފައިބާފަހުރި ގިތި ބަނބުކެޔޮ މި ދެދުވަހު މިކެއީ. ވަޒީފާއިން ކަނޑާލީމަ ރަޖިސްޓްރީވެގެން ދޭން ބުނި ލާރިކޮޅު އިބޫ އަރާ ދޭންފަށައި ފިމޭ ބުންނަސް އަދި މަށަކަށް ނުލިބޭ. އަދި ބަހާތަނުން ކަދުރު ކޮޅެއްހާ ހިސާބުވެސް ނުލިބި ރޯދަމަސް މިޔޮށް ނިމުނީ ވޯޓް ހޯދަން ދެއިރު ދެދަޅަޔަށް ގުޅި މަޖިިލިސް މެންބަރު ކުޑަމިނުން ހާލު ބަލާލަންވެސް މިޔަދު ނުގުޅި.